އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މި ހޮސްޕިޓަލުގައި މަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ދަންނަވަމެވެ. މިމަޤާމަށް ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަން ހުރި ޤާބިލު މީހުންނެވެ.

މަޤާމު

ސީނިއަރ ސުޕަވައިޒަރ

ބޭނުންވާ އަދަދު

01

މަޤާމުގެ ކްލެސިފިކޭޝަން:       އޮފިސަރ ގްރޭޑް 2

ރޭންކް: GS4

މުސާރަ

މަހަކު -/5020 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/1500 ރުފިޔާ

ރިސްކް އެލަވަންސް:

-/75 ރުފިޔާ (މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް)

ޑިޕާޓްމަންޓް

ސެކްޝަން

އެސްޓޭޓް އެންޑް ސަޕޯޓް ސަރވިސް ޑިޕާޓްމަންޓް

ޓްރާންސްޕޯޓް ޔުނިޓް

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

1. ޓްރާންސްޕޯޓް ސާރވިސަސް ޔުނިޓް ހިންގަވަން އެއިރެއްގައި ހުންނަވާ ވެރިޔެއްގެ ލަފަޔާއި މަޝްވަރާގެމަތިން ދުއްވާއެއްޗެހި މަރާމާތު، މަސައްކަތްކުރާ ފަރާތްތައް ލައްވައި ކުރުވުމާއި، އެމަސައްކަތް ކުރަމުންދާގޮތް ބެލުމާއި، ވެހިކަލްތަކުގެ ޚިދުމަތް މެދުނުކެޑި ލިބޭނެގޮތްތައް ރާވައި ސްޕަވައިޒްކޮށް ބެލެހެއްޓުން. 

2. ވެހިކަލްތަކަށް ބޭނުންވާ ތެޔޮ ޚިދުމަތްދިނުމަށް ދަތި ނުވާނެހެން ހުރިތޯ ބަލައި ޗެކްކޮށް ތެޔޮނޯޓް ހޯދުމަށް މަސައްކަތް ކުރުމާއި، ތެޔޮ އެޅުމަށްފަހު ޑެލިވަރީނޯޓްތައް ދުވަހުންދުވަހަށް ފޮތުގައިލިޔެ ކަމާބެހޭ ފަރާތަށް ފޮނުވުން.

3. ޑިއުޓީއަށް މުވައްޒަފުން މަދުވެއްޖެ ޙާލަތުގައި ސެކްޝަނުގެ އިންޗާޖުގެ ލަފަޔާއެކު މުވައްޒަފުން ނެރުމާއި ހަމަޖެހިފައިވާ ގަވާއިދެއްގެ މަތިން އިތުރުގަޑި ލިޔާފޮތުގައިލިޔެ ހުއްދަ ހޯދުން.

4. އެމްބިއުލާންސްތަކުގައި ކުއްލިޙާލަތުގައި ބޭނުންކުރެވޭގޮތަށް އޮކްސިޖަން ހުރިތޯ ބަލައި ޗެކްކޮށް ހޯދުމަށް މަސައްކަތްކުރުން.

5. ކޮންމެ ޝިފްޓެއްގެ ޑިއުޓީ ނިމުމުގެ ބައިގަޑިއިރު ކުރިން ނިމޭޑިއުޓީގެ މުވައްޒަފުންލައްވާ ވެހިކަލްތައް ފޮޅައި، ފޮހެ ސާފުކުރުވުން.

6. ވެހިކަލްތަކަށް ދިމާވާ މައްސަލަތައް ރެކޯޑްކޮށް ބަލަހައްޓައި، ދިމާވާ މައްސަލަތައް އިންޗާޖަށް އަންގައި، އެ މައްސަލަތައް ޙައްލުކުރުމަށް މަސައްކަތްކުރުން.

7. ވެހިކަލްތައްކުރާ ދަތުރުތަކުގެ ރެކޯޑް ވަގުތުން ވަގުތަށް ލިޔެ ބެލެހެއްޓުން.

8. ދުވަހު ރެކޯޑާއި، މައިލޭޖް ރިޕޯޓް އަދި އަހަރީ ރިޕޯޓް ތައްޔާރުކުރުމަށް އިންޗާޖަށް އެހީތެރިވެދިނުން.

   ސެކްޝަނުގެ ލިޔެކިޔުމާއި ވެހިކަލްތަކަށް ބޭނުންވާ އޮކްސިޖަނާއި ވެހިކަލް ސާފުކުރުމަށް ބޭނުންވާ ތަކެއްޗާއި އެހެނިހެންތަކެތި ހޯއްދަވައި ސެކްޝަނުގައި ބެހެއްޓުން.

9. އިމަރޖެންސީ ޙާލަތެއް މެދުވެރިވެގެން ހޮސްޕިޓަލް ކުއްލި ޙާލަތަށް އަންނަހިނދު ޓްރާންސްޕޯޓް ޔުނިޓްގެ ހުރިހާ މުވައްޒަފުން ނެރެ އެމަސައްކަތުގައި ޙަރަކާތްތެރިވެވޭނެ އިންތިޒާމު ހަމަޖައްސައިދިނުން.

ތަޢުލީމާއި ތަޖުރިބާ:

 

 

 

1. ހިއުމަން ރިސޯސް މެނޭޖްމަންޓް، ބިޒްނަސް މެނޭޖްމަންޓް، ޕަބްލިކް ރިލޭޝަން، ޓްރޭނިންގ އެންޑް ޑިވެލޮޕްމަންޓް، އިންފޮމޭޝަން ޓެކްނޮލޮޖީ، ބިޒްނަސް އެޑްމިނިސްޓްރޭޝަން، ޕްރޮޖެކްޓް މެނޭޖްމަންޓްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ،

2. މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން އީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ހަޔަރ ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިހާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. ނުވަތަ،

3. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިހާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު، ހިއުމަން ރިސޯސް މެނޭޖްމަންޓް، ބިޒްނަސް މެނޭޖްމަންޓް، ޕަބްލިކް ރިލޭޝަން، ޓްރޭނިންގ އެންޑް ޑިވެލޮޕްމަންޓް، އިންފޮމޭޝަން ޓެކްނޮލޮޖީ، ބިޒްނަސް އެޑްމިނިސްޓްރޭޝަން، ޕްރޮޖެކްޓް މެނޭޖްމަންޓްގެ ދާއިރާއަކުން 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

މިމަޤާމަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް

  1. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
  2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ ބަލައިގެން.
  3. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.

(މިވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ އިންޓަރވިއުއަށް ކިޔާނީ ތަޢުލީމާއި ތަމްރީނަށް ބަލައި 10 ފަރާތެއް ޝޯޓްލިސްޓު ކުރުމަށްފަހުގައެވެ.)

މަޤާމު

ސްޕަވައިޒަރ

ބޭނުންވާ އަދަދު

03

މަޤާމުގެ ކްލެސިފިކޭޝަން:       އޮފިސަރ ގްރޭޑް 1

ރޭންކް: GS 3

މުސާރަ

މަހަކު -/4465 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/1500 ރުފިޔާ

ރިސްކް އެލަވަންސް:

-/75 ރުފިޔާ (މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް)

ޑިޕާޓްމަންޓް

ސެކްޝަން

އެސްޓޭޓް ޑިޕާޓްމަންޓް

ލޯންޑްރީ ޔުނިޓް

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

1. ހޮސްޕިޓަލުގައި ގެންގުޅޭ ލޯންޑްރީން ދޮންނަންޖެހޭ ތަކެތި ލޯންޑްރީއަށް ގެނައުމުން އެތަކެތި ދޮންނަންވާ ފެންވަރުތަކާއި ސައިޒްތަކަށް ބައިކުރުވުން. ދޮވުމަށްޓަކައި އެކިވައްތަރު ހުރިނަމަ އެތަކެތި ވަކިކުުރުވުން. (ކުލައެއްޗާއި ހުދު ވަކިކުރުވުން.) އަދި ގައުން ފަދަ ތަކެތި ވަކިން ދޮވޭތޯއާއި ލޭޖެހިފައިވާ ތަކެތި ލޭސާފުކުރުވުމަށްފަހު ދޮވޭތޯ ބެލުންް. އަދި ރަބަރުޝީޓްތައް ވަކިކުރުވުން.

2. ވޯޑްތަކުން ގެންނަ ތަކެތި ލޯންޑްރީ ރިސިޓްގައި ލިޔެގެން ގެންނަ އަދަދަށް ހުރިތޯ ބެލުމާއި އެއަދަދަށް ތަކެތިހުރިނަމަ އެތަކެތި ބަލައިގަނެ އެތަކެތި ގެނައި ތާރީޚު އަދި ނަންޖެހުން. އިތުރު މައްސަލައެއް ދިމާވެފައިވާނަމަ އެމައްސަލައެއް ހައްލުކޮށް ދުވަހު ރެކޯޑްސް ފޮތުގައި ނޯޓްކުރުން.

3. ބަޔޯހަޒާޑްގެ ގޮތުގައި ގެންނަ ތަކެތި އެޅުމަށް ޚާއްޞަ ކުރެވިފައިވާ ޓޭންކްތަކަށް ކަނޑައެޅިފައިވާ މިންގަނޑަށް ފެނާއި ކެމިކަލްސް އެޅުމަށްފަހު ވަގުތު ހަމަވަންދެން ބެހެއްޓުމާއި ރަނގަޅަށް ފެންގަނޑުގެ ތެރޭގައި ހާވައިހެދުން. މިމަސައްކަތް ބަޔޯހަޒާޑް ތަކެތި ދޮވުމަށް ކަނޑައެޅިފައިވާ މުވައްޒަފު ލައްވައި ކުރުވުން.

4. ބަޔޯހަޒާޑްގެ ގޮތުގައި ގެންނަ ތަކެތި ދޮވުމަށް ޚާއްޞަ ކުރެވިފައިވާ މެޝިނަކުން އެތަކެތި ދޮވުން. އަދި ދޮވެނިމި މެޝިނުން ތަކެތި ނަގާއިރު ރަނގަޅަށް ދޮވެވިފައި ހުރިތޯ ޗެކްކުރުން. ރަބަރުޝީޓްތައް ޓޭންކަށް އަޅައިގެން ދޮވުމަށްފަހު ތަނެއްގައި އަޅައިގެން ހިއްކުން. އަދި ދޮވެނިމޭތަކެތި ލަސްނުކޮށް ދޮންނަ ސަރަހައްދުން ނެރުން. މި މަސައްކަތް ބަޔޯހަޒާޑް ތަކެތި ދޮވުމަށް ކަނޑައެޅިފައިވާ މުވައްޒަފު ލައްވާ ކުރުވުން.

5. ލޯންޑްރީގެ މެޝިންތަކަށް ތަކެތި އެޅުމުގައި އެމެޝިނަކަށް ކަނޑައެޅިފައިވާ މިންގަނޑަށްވުރެ އިތުރު ނުވާނެހެން ތަކެތި އަޅައިގެން ދުވުމާއި އެތަކެތި ދޮވުމަށް ކަނޑައެޅިފައިވާ ގަޑި ހަމަވަންދެން ދޮވުން. އަދި މެޝިނަށް އެކިކެމިކަލްސް އަޅަން ކަނޑައެޅޭ ގަޑިތކުގައި އެޑިއުޓީގެ ސްޕަވައިޒަރ/ސެކިއުރިޓީ އޮފިސަރ ބަލަމުން ގެންދިޔުން.

ތަޢުލީމާއި ތަޖުރިބާ:

1. ހިއުމަން ރިސޯސަސް، ހެލްތް ސަރވިސް، ޕަބްލިކް ރިލޭޝަން، މެނޭޖްމަންޓް، އެޑްމިނިސްޓްރޭޝަންގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ހިއުމަން ރިސޯސަސް، ހެލްތް ސަރވިސް، ޕަބްލިކް ރިލޭޝަން މެނޭޖްމަންޓް، އެޑްމިނިސްޓްރޭޝަންގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

2. ސާނަވީ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި ދިވެހި މިމާއްދާއިން ދަށްވެގެން ސީ ގްރޭޑް ލިބިފައިވުން.

މިމަޤާމަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް

  1. ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.
  2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ ބަލައިގެން.
  3. ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.

( މިވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 15 އަށްވުރެ ގިނަނަމަ އިންޓަރވިއުއަށް ކިޔާނީ ތަޢުލީމާއި ތަމްރީނަށް ބަލައި 15 ފަރާތެއް ޝޯޓްލިސްޓު ކުރުމަށްފަހުގައެވެ.)

ހުށަހަޅަންޖެހޭ ލިޔުންތައްް

 

1. އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު މިހޮސްޕިޓަލުގެ ފުރަތަމަ ފަންގިފިލާގައި ހުންނަ ރިސެޕްޝަން ކައުންޓަރުން ލިބެން ހުންނާނެއެެވެ.)

2. ލިބިފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ

3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް އަދި ސްކޫލް ލީވިން ސެޓުފިކެޓުގެ ކޮޕީ

4. ވަޒީފާގެ ދާއިރާއާގުޅޭ ކުރުމުއްދަތުގެ ކޯހާއި ވާރކްޝޮޕް، ސެމިނަރ ފަދަ ތަމްރީން ޕްރޮގްރާމްތަކުގެ ސެޓުފިކެޓު ނުވަތަ ބައިވެރިވި ކަމުގެ ލިޔުންތައް.

5. ލެވެލް ކަނޑައެޅިފައިވާ ސެޓުފިކެޓު ބޭނުންވާ މަޤާމުތަކަށް ހުށަހަޅުއްވާއިރު މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓު ހުށަހަޅުއްވަންވާނެއެވެ.

  ސެޓުފިކެޓު ލިބިފައިނުވާނަމަ ކޯސް ނިމުނު ކަމުގެ ލިޔުމާއެކު މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީންގެ އެސެސްމަންޓް ރިޕޯޓް ހުށަހަޅުއްވަން ވާނެއެވެ.

6. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ވަނަވަރުގައި ގުޅޭނެ ފޯންނަންބަރު އޮންނަންވާނެއެވެ.)

7. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

8. ސިވިލް ސަރވިސްއަށް ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް އެމުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

9. އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް އެމުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

10. މަސައްކަތުގެ ތަޖުރިބާ ލިޔުން (މިލިޔުމުގައި އަދާކޮށްފައިވާ މަޤާމުތަކާއި އެމަޤާމުތައް އަދާކޮށްފައިވާ ތާރީޚުތައް އެނގެން އޮންނަންވާނެއެވެ.

ނޯޓު: ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަ ނުކޮށް ހުށަހަޅާ ފޯމުތައް ބާޠިލު ކުރެވޭނެ ވާހަކަ ދެންނެވީމެވެ. 

އިނާޔަތްތައް

ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ސުންގަޑި

12 އޮކްޓޫބަރު 2015 ހޯމަ ދުވަހުގެ 14:30ގެ ކުރިން އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް

އަދި 12 އޮކްޓޫބަރު 2015 ހޯމަ ދުވަހުގެ 14:30ގެ ފަހުން ހުށަހަޅާ އެއްވެސް ލިޔުމެއް، ފޯމެއް ބަލައެއް ނުގަނެވޭނެއެވެ.

ފޯމު ބަލައިގަތުމާއި ދޫކުރުން

01 އޮކްޓޫބަރު 2015 ވާ ބުރާސްފަތި ދުވަހުން ފެށިގެން ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 08:30 ން މެންދުރުފަހުގެ 14:30އަށް

އިތުރު މަޢުލޫމާތު

މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 3335234 އެވެ. ވަޒީފާއަށް އެދޭ ފޯމު މިހޮސްޕިޓަލުގެ އިދާރީ ކައުންޓަރުން ލިބެން ހުންނާނެއެވެ.

އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން:

2015 ވަނަ އަހަރުގެ އޮކްޓޫބަރުމަހުގެ ތެރޭގައި، އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލްގައި

28 ސެޕްޓެންބަރު 2015
ހޯދާ