މޯލްޑިވްސް އެނަރޖީ އޮތޯރިޓީ
ދިވެހިރާއްޖެ
ޓެކްނީޝަން

ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެ.

މަޤާމު

ޓެކްނީޝަން

މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން

ޖީ.އެސް. 4

އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 2

މުސާރައާއި އިނާޔަތްތައް

މުސާރަ:  -/5,020 ރުފިޔާ ، ސަރވިސް އެލަވަންސް: -/1,500 ރ، އެހެން ވަޒީފާއެއް އަދާކުރުން މަނާކުރާތީ ދޭ އެލަވަންސް: މުސާރައިގެ %35

( އިތުރުގަޑީގައި ކުރާ މަސައްކަތްތަކަށް ހަމަޖެހިފައިވާ އުސޫލުން ފައިސާ ދެވޭނެއެވެ. )

ވަޒީފާ އަދާކުރަންޖެހޭ ރަށް، އޮފީސް، ސެކްޝަން

މާލެ / މޯލްޑިވްސް އެނަރޖީ އޮތޯރިޓީ/ ޓެކްނިކަލް ރެގިއުލޭޝަންސް ސެކްޝަން

ބޭނުންވާ އަދަދު

01

ޝަރުޠު

  1. އިލެކްޓްރިކަލް ނުވަތަ ހަކަތައާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ،
  2. މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ހަޔަރ ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. ނުވަތަ،
  3. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައި ވުމާއެކު، އިލެކްޓްރިކަލް ނުވަތަ ހަކަތައާ ގުޅޭ ދާއިރާއަކުން  2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. އެނަރޖީ އޮތޯރިޓީން މާލެއާއި މާލޭން ބޭރުގައި ހިންގާ އެކިއެކި ޓެކްނިކަލް އިންސްޕެކްޝަން މަސައްކަތްތަކުގައި އެހީތެރިވުން.
  2. ކަރަންޓުގެ ނިޒާމުތައް މޮނިޓަރކުރުމުގެ މަސައްކަތްތަކުގައި އެހީތެރިވުން.
  3. ގަވާއިދުތަކާއި މިންގަނޑުތައް އެކުލަވާލުމުގައި އަދި އިޞްލާޙުކުރުމުގައި އެހީތެރިވުން.
  4. މި ނޫނަސް އޮފީހުން ރާވައި ހިންގާ ދާއިރާގެ އެކިއެކި މަސައްކަތްތަކުގައި ބައިވެރިވެ އެހީތެރިވުން.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް  މިއޮތޯރިޓީގެ ނަންބަރު 3019100 އަށް ގުޅުއްވުން އެދެމެވެ.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް:

  1. އިލެކްޓްރިކަލް ދާއިރާއިން ތައުލީމާއި ތަޖުރިބާ ލިބިފައިވުން.
  2. ރާއްޖޭގެ ކަރަންޓްގެ ގަވާއިދަށް އަހުލުވެރިވެފައިވާ މިންވަރު
  3. ރިނިއުބަލް އެނަރޖީ ނުވަތަ ހަކަތައާ ގުޅުންހުރި ދާއިރާއަކުން ތަޢުލީމާއި ތަޖުރިބާ ލިބިފައިވުން
  4. މައިކްރޯސޮފްޓް އޮފީސް ޕެކެޖަށް އަހުލުވެރިވެފައިވާ ދާއިރާއާ ގުޅޭ އިތުރު ސޮފްޓްވެއަރ ބޭނުންކުރަން އެނގުން
  5. ދިވެހިބަހާއި، އިނގިރޭސިބަހުން ފަރިތަކޮށް ޓައިޕްކުރަން އެނގޭ ފަރާތަކަށްވުން.
  6. ވަޒީފާއާ ބެހޭ ޤާނޫނާއި، ދިވެހި ސިވިލް ސަރވިސްގެ ގަވާއިދަށް އަހުލުވެރިވެފައިވާ މިންވަރު.
  7. ފީލްޑްގައި މަސައްކަތްކުރުމުގެ ތަޖުރިބާއާއި ޤާބިލުކަން ހުރުން

ހުށަހަޅަންޖެހޭ ތަކެތި:

  • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު މި އޮތޯރިޓީގެ ކައުންޓަރުން ބަންދު ނޫން ކޮންމެ ދުވަހަކު ލިބިވަޑައިގަންނަވާނެއެވެ. އަދި  މިއޮތޯރިޓީގެ ވެބްސައިޓުން ޑައުންލޯޑްވެސް ކުރެވޭނެއެވެ.
  • ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، މި މަޤާމަށް ކުރިމަތިލާއިރު، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  • ސިވިލް ސަރވިސްގައި މަސައްކަތް ކުރާމުވައްޒަފެއްނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އެ އިދާރާއަކުން އިއުތިރާޒު ނުކުރާކަމުގެ ލިޔުން.
  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ  ( އެކްރެޑިޓް ކުރެވިފައިވާ ) ފޮޓޯކޮޕީ
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު ކޮޕީ
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.
  • ސިވިލް ސަރވިސްގެ މުވައްޒަފުންގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓް އިން ހިންގާ ކޯސްތައް ފުރިހަމަކޮށް ހުށަހަޅާ ސެޓުފިކެޓުތައްވެސް ( އެކްރެޑިޓް ކޮށްފައި ނުވި ނަމަވެސް ) ސިވިލް ސަރވިސްގެ މަޤާމުތަކުގެ އަސާސީ ޝަރުޠު ފުރިހަމަ ކުރުމުގައި ބެލެވޭނެއެވެ. 
  • މިވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމާއި ތަމްރީނަށް ބަލައި 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.
  •  ސުންގަޑި:22 އޮކްޓޫބަރު 2015 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މޯލްޑިވްސް އެނަރޖީ އޮތޯރިޓީއަށް.
  •  އިންޓަރވިއު އަދި ޕްރެކްޓިކަލް 25 އޮކްޓޫބަރު 2015 އާއި 25 ނޮވެންބަރު 2015 އާ ދޭތެރޭގައި މި އޮތޯރިޓީގައި އޮންނާނެއެވެ.
  •  ދިވެހި އަދި އިނގިރޭސިބަހުން ތަރުޖަމާކުރުމަށްޓަކައި ޕްރެކްޓިކަލް ޓެސްޓެއް ދެވޭނެއެވެ.

15 ޛުލްޙިއްޖާ 1436

28 ސެޕްޓެންބަރު 2015
ހޯދާ