މިނިސްޓްރީ އޮފް ހޯމްއެފެއާޒް
ދިވެހިރާއްޖެ
ތަރައްޤީ 1 ލޯންޗް މަރާމާތުކޮށްދެއްވާނެ ފަރާތެއް ހޯދުމަށް

މި މިނިސްޓްރީގެ ތަރައްޤީ 1 (ގަލްފް ކްރާފްޓް ޓޯރިންގ 36) ލޯންޗް މަރާމާތުކޮށްދެއްވާނެ ފަރާތެއް ހޯދުމަށް ކުރި ނަންބަރު: IUL)10-F/1/2015/117)ފ(03 ސެޕްޓެންބަރު 2015) އިޢުލާނާ ގުޅިގެން އަންދާސީހިސާބު ހުށަހަޅުއްވާފައިވަނީ 02 ފަރާތުން ކަމަށްވާތީ އެ އިޢުލާން ބާޠިލުކޮށް، އެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.

ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 06 އޮކްޓޫބަރު 2015 ވާ އަންގާރަ ދުވަހުގެ 10:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 12 އޮކްޓޫބަރު 2015 ވާ ހޯމަ ދުވަހުގެ 10:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މައުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި، ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެކަމުގައި ދެންނެވީމެވެ.

‏15 ޛުލްޙިއްޖާ 1436

28 ސެޕްޓެންބަރު 2015
ހޯދާ