ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
އެސްޓީއޯ އިން ކަނޑައަޅާ މުދާ އެމްޕީއެލް ސަރަހައްދުން އެސްޓީއޯގެ ގުދަންތަކަށް ގެންގޮސްދޭނެ ފަރާތެއް ހޯދަން

އެސްޓީއޯ އިން ކަނޑައަޅާ މުދާ އެމްޕީއެލް ސަރަހައްދުން އެސްޓީއޯގެ ގުދަންތަކަށް ގެންގޮސްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ.

އެސްޓީއޯގެ މުދާ އެމްޕީއެލް ސަރަހައްދުން މިކުންފުނީގެ ގުދަންތަކަށް ގެންގޮސްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު އިޢުލާން ނަންބަރު ADM/2015/302-ފ60 ގައި ބަޔާން ކޮށްފައިވާ މަސައްކަތަކަށް އެސްޓީއޯ އިން ވަނީ ބަދަލުތަކެއް ގެންނަން ނިންމާފައެވެ.

ވީމާ، އިސްވެ ދެންނެވުނު އިޢުލާން ބާޠިލުކޮށް، މި މަސައްކަތް ކުރުމުގެ ޢަމަލީ އަދި ފަންނީ ތަޖުރިބާހުރި އެންމެހައި ފަރާތްތަކަށް ފުރުޞަތު ހުޅުވާލަމެވެ.

މަސައްކަތް:            އެސްޓީއޯގެ މުދާ އެމްޕީއެލް ސަރަހައްދުން އެސްޓީއޯގެ މާލެ، ހުޅުމާލެ އަދި ތިލަފުށީ ސައިޓްތަކަށް ގެންގޮސްދިނުމުގެ މަސައްކަތް 1 އަހަރު ދުވަހުގެ މުއްދަތަށް ކޮށްދިނުން

މަސައްކަތުގެ ވެރިފަރާތް:    ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ

ރަޖިސްޓަރީ ކުރުން:       ރަޖިސްޓަރީ ކުރައްވަން ބޭނުންފުޅުވާ ބޭފުޅުން 2015 އޮކްޓޫބަރު 06 ވަނަ ދުވަހުގެ 10:00 ގެ ކުރިން އެސްޓީއޯ ހެޑްއޮފީހަށް ދުރުވެ ރަޖިސްޓަރީ ކުރަންވާނެއެވެ.

ބީލަންކަރުދާސް ދޫކުރުން:    ރަޖިސްޓަރީ ކުރަައްވާފައިވާ އެންމެހައި ފަރާތްތަކަށް ބީލަން ކަރުދާސް ދޫކުރާނީ 2015 އޮކްޓޫބަރު 06 ވަނަ ދުވަހުގެ 16:00 ގެ ކުރިން އީމެއިލް މެދުވެރިކޮށެވެ.

ސުވާލާއި ޖަވާބު:         ރަޖިސްޓަރީ ކުރެއްވުމަށްފަހު ހުށަހަޅުއްވަން ބޭނުންފުޅުވެލައްވާ ސުވާލުތައް 2015 އޮކްޓޫބަރު 12 ވާ ދުވަހުގެ 15:00 ގެ ކުރިން އީ-މެއިލްގެ ޒަރިއްޔާއިން ފޮނުވަންވާނެއެވެ. އަދި ރަޖިސްޓަރީ ކުރައްވާފައިވާ ފަރާތްތަކަށްް 2015 އޮކްޓޫބަރު 13 ވަނަ ދުވަހު ޖަވާބުދާރީވެވޭނެއެވެ.

ބީލަން ކަރުދާސް:         ބީލަންކަރުދާސް ހުޅުވުން އޮންނާނީ 2015 އޮކްޓޫބަރު 20 ވަނަ ދުވަހުގެ 09:00 ގައި އެސްޓީއޯ ހެޑްއޮފީހުގައެވެ.

އިތުރު މައުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ:

ފޯން:  224 3012 ، 3344196

ފެކްސް:  3344633

އީމެއިލް: [email protected]

29 ސެޕްޓެންބަރު 2015
ހޯދާ