ކަނޑުހުޅުދޫ ސްކޫލް
ދިވެހިރާއްޖެ
ހޯލް ޢިމާރާތްކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް

ގއ.ކަނޑުހުދޫ ސުކޫލް ހޯލް ޢިމާރާތްކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް

މި ސްކޫލުގެ ހޯލް އިމާރާތް މަރާމާތު ކުރުމަށް ކުރެވުނު ނަންބަރު: GS197-AB/IUL/2015/08ފ(17 ސެޕްޓެންބަރު 2015) އިޢުލާނުގައިވާ މަޢުލޫމާތު ސާފުކުރުމަށާއި އަންދާސީހިސާބު ހުށަހެޅުމަށް ހަމަޖެހިފައިވާ ތާރީޚުތަކަށް ބަދަލު އައިސްފައިވާތީ އެއިޢުލާން ބާޠިލުކޮށް، އަލުން ފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މި ސްކޫލުގެ ހޯލް ޢިމާރާތްކުރުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް ގއ. ކަނޑުހުޅުދޫ ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު މި ސްކޫލަށް ހުށަހެޅުއްވުމަށް ދަންނަވަމެވެ.

މަޢުލޫމާތު ސާފުކުރުމަށް

ޕްރީ ބިޑް މީޓިންގ

އަންދާސީހިސާބު ހުށަހެޅުމަށް

04 އޮކްޓޫބަރު 2015 ވާ އާދީއްތަ ދުވަހުގެ 11:15

07 އޮކްޓޫބަރު 2015 ވާ ބުދަ ދުވަހުގެ 11:15

11 އޮކްޓޫބަރު 2015 ވާ އާދީއްތަ ދުވަހުގެ 11:15

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 7983078 ނަންބަރު ފޯނާއެވެ.

17 ޛުލްޙިއްޖާ 1436

01 އޮކްޓޫބަރު 2015
ހޯދާ