ދިވެހިރާއްޖެ
އެސްޓީއޯ ޕލކ ލ.ފޮނަދޫ ފިހާރައިގެ ކާޑު ގުދަން ބޮޑު ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ
މި ކުންފުނީގެ ލ.ފޮނަދޫ ފިހާރައިގެ ކާޑު ގުދަން ބޮޑުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު އިޢުލާނާ ގުޅިގެން ހުށަހަޅާފައިވާ ބިޑުތަކުގައި މަޢުލޫމާތު ހަމަނުވާތީ، އެ އިޢުލާން ބާޠިލުކޮށް، މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން އަލުން އިޢުލާނު ކުރަމެވެ.
މަސައްކަތް: މިކުންފުނިން ދޭ ކުރެހުން އަދި ބީއޯކިއު އާ އެއްގޮތަށް އެސްޓީއޯ ޕލކ. ގެ ލ.ފޮނަދޫ ފިހާރައިގެ ކާޑު ގުދަން ބޮޑުކުރުމުގެ މަސައްކަތް
މަސައްކަތުގެ ވެރިފަރާތް: ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ރަޖިސްޓަރީ ކުރުން: ރަޖިސްޓަރީ ކުރައްވަން ބޭނުންފުޅުވާ ބޭފުޅުން 2015 އޮކްޓޫބަރު 06 ވާ ދުވަހުގެ 15:00 ގެ ކުރިން އެސްޓީއޯ ހެޑްއޮފީހަށް ދުރުވެ ރަޖިސްޓަރީ ކުރައްވަންވާނެއެވެ.
ބީލަންކަރުދާސް ދޫކުރުން: ރަޖިސްޓަރީ ކުރަައްވާފައިވާ ފަރާތްތަކަށް ބީލަންކަރުދާސް ދޫކުރާނީ 2015 އޮކްޓޫބަރު 06 ވާ ދުވަހުގެ 16:00 ގެ ކުރިން އީމެއިލުންނެވެ.
މަޢުލޫމާތު ދިނުން: ރަޖިސްޓަރީ ކުރައްވައިފައިވާ އެންމެހައި ފަރާތްތަކަށް 2015 އޮކްޓޫބަރު 07 ވަނަ ދުވަހުގެ 15:30 ގައި މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް އެސްޓީއޯ ހެޑްއޮފީހުގައި އޮންނާނެއެވެ.
ސުވާލާއި ޖަވާބު: ރަޖިސްޓަރީ ކުރެއްވުމަށްފަހު ހުށަހަޅުއްވަން ބޭނުންފުޅުވެލައްވާ ސުވާލުތައް 2015 އޮކްޓޫބަރު 12 ވާ ދުވަހުގެ 15:00 ގެ ކުރިން އީ-މެއިލްގެ ޒަރީޢާއިން ފޮނުވަންވާނެއެވެ. އަދި 2015 އޮކްޓޫބަރު 15 ވަނަ ދުވަހުގެ ކުރިން ޖަވާބުދާރީވެވޭނެއެވެ.
ބީލަންކަރުދާސް : ބީލަންކަރުދާސް ހުޅުވުން އޮންނާނީ 2015 އޮކްޓޫބަރު 22 ވަނަ ދުވަހުގެ 14:00 ގައި އެސްޓީއޯ ހެޑްއޮފީހުގައެވެ.
އިތުރު މަޢުލޫމާތު ހޯދުމަށް ގުޅުއްވާނީ:
ފޯން: 3344262 ، 3344196
ފެކްސް: 3344633
އީމެއިލް: [email protected]