ދިވެހިރާއްޖެ
ޤާނޫނު ނަންބަރު 13/2015 (ޞިއްޙީ ޚިދުމަތުގެ ފަންނީ މަސައްކަތްތެރިންގެ ޤާނޫނު) ދަށުން އުފެއްދުމަށް ލާޒިމްކުރާ ކައުންސިލްގެ މެމްބަރުންނަށް ވުމަށް ފުރުޞަތު ހުޅުވާލުމަށް މިނިސްޓްރީގެ ނަންބަރު: IUL)23-OAA/1/2015/198)ފ(18 އޮގަސްޓު 2015) އިޢުލާނާ ގުޅިގެން އެކަށީގެންވާ އަދަދަކަށް އެޕްލިކޭޝަން ތިރީގައި ދަންނަވާ ދާއިރާއަށް ހުށަހަޅުއްވާފައިނުވުމާއި، އެޕްލިކޭޝަން ހުށަހަޅުއްވާފައިވާ ފަރާތްތަކުގެ ޝަރުޠު ހަމަނުވާތީ ޤާނޫނު ނަންބަރު 13/2015 (ޞިއްޙީ ޚިދުމަތުގެ ފަންނީ މަސައްކަތްތެރިންގެ ޤާނޫނު) ދަށުން އުފެއްދުމަށް ލާޒިމްކުރާ ކައުންސިލްގެ މެމްބަރުންނަށް ވުމަށް ފުރުޞަތު އަލުން ހުޅުވާލަމެވެ.
ކައުންސިލްގެ ނަން |
މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލް އެކުލަވާލުން |
ބޭނުންވާ އަދަދު |
1 |
ބޭނުންވާ ދާއިރާ |
ދިވެހިރާއްޖޭގައި އެލައިޑް ހެލްތް ޕްރޮފެޝަނަލުންގެ ތެރެއިން މަސައްކަތްކުރާ މީހެއް އެލައިޑް ހެލްތް ޕްރޮފެޝަނަލުންގެ ތެރޭގައި ހިމެނެނީ އަންނަނިވި ގިންތީގެ ޕްރޮފެޝަނަލުން.
ކޮންމެ ދާއިރާއަކުން އެންމެ މަތީ މާކްސް ލިބޭ ފަރާތެއް ހޮވުން. |
އެލަވަންސް |
ބައިވެރިވާ ކޮންމެ ބައްދަލުވުމަކަށް ކަނޑައެޅިފައިވާ އެލަވަންސް ލިބޭނެއެވެ. |
ކައުންސިލް މެމްބަރުންގެ މައިގަނޑު މަސްއޫލިއްޔަތުތައް |
|
ތަޢުލީމާއި ތަޖުރިބާ |
މަތީގައި ބަޔާންކޮށްފައިވާ ގިންތިތަކުން ހޯއްދަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތައް
ޑިޕްލޮމާ 20 މާކްސް ޑިގްރީ 30 މާކްސް މާސްޓަރސް ޑިގްރީ 40 މާކްސް ޕީ.އެޗް.ޑީ 50 މާކްސް ޞިއްޙީ ދާއިރާއާ ގުޅުންހުރި އެހެނިހެން ތަޢުލީމީ ސެޓުފިކެޓުތައް: ޑިޕްލޮމާ ލެވެލް 05 މާކްސް ޑިގްރީ ލެވެލް 10 މާކްސް މާސްޓަރސް ލެވެލް 15 މާކްސް ޕީ.އެޗް.ޑީ ލެވެލް 20 މާކްސް މަސައްކަތުހެ ތަޖުރިބާ (ދާއިރާގެ މަސައްކަތުގެ ތަޖުރިބާ) 5 އަހަރު ދުވަހުގެ ތަޖުރިބާ 10 މާކްސް 7.5 އަހަރު ދުވަހުގެ ތަޖުރިބާ 20 މާކްސް 10 އަހަރު ދުވަހުގެ ތަޖުރިބާ 30 މާކްސް 12 އަހަރަށް ވުރެ މަތި ތަޖުރިބާ 50 މާކްސް އިޢުލާނަށް ކުރިމަތިލާ ފަރާތްތަކުގެ މާކްސް އެއްވަރުވެއްޖެނަމަ އިންޓަރވިއު ކޮށްގެން އެންމެ މަތީ މާކްސް ލިބޭ ފަރާތެއް ހޮވުން. |
މަޤާމަށް ކުރިމަތިލާ މެންބަރުންގެ ޝަރުޠުތައް |
|
ހުށަހަޅަންޖެހޭ ލިޔުންތައް |
|
ސުންގަޑި |
08 އޮކްޓޫބަރު 2015 ގެ ކުރިން މިނިސްޓްރީ އޮފް ހެލްތު (ރޯޝަނީ ބިލްޑިންގގެ ކައުންޓަރަށް) |
އިތުރު މަޢުލޫމާތު |
މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 3014468 އަދި 3014480 އެވެ. |