ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ޖަނަވަރީ 2016 ގައި ފެށުމަށް ހަމަޖެހިފައިވާ ކޯހަކާ ބެހޭ

2016 ގައި ފެށުމަށް ހަމަޖެހިފައިވާ ކޯހަކާބެހޭ

ތިރީގައި މިވަނީ މި ޔުނިވަރސިޓީގައި ޖަނަވަރީ 2016 ގައި ފެށުމަށް ހަމަޖެހިފައިވާ ކޯހެއްގެ މަޢުލޫމާތެވެ. މި ކޯސްތަކަށް ފޯމު ބަލައިގަންނަން ފަށްޓާނީ، 28 ސެޕްޓެންބަރު 2015 ވާ ހޯމަ ދުވަހުން ފެށިގެންނެވެ. ކޯހަށް އެދޭ ފޯމު، ޔުނިވަރސިޓީގެ ދަރިވަރުންގެ ޚިދުމަތްތަކާބެހޭ ބައިންނާއި ޔުނިވަރސިޓީގެ ވެބްސައިޓް www.mnu.edu.mv އިން ލިބެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު 3345155 ފޯނާ ގުޅުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.

1- ބެޗްލަރ އޮފް އެޑިޔުކޭޝަން (އިންގްލިޝް)

  ބެޗްލަރ އޮފް އާޓްސް އިން ޓީޗިންގ އިންގްލިޝް އޭޒް އަ ފޮރިން ލޭންގްވިޖް

މުއްދަތު: ބެޗްލަރ އޮފް އެޑިޔުކޭޝަން (އިންގްލިޝް): 4 އަހަރު (8 ސިމެސްޓަރ)

      ބެޗްލަރ އޮފް އާޓްސް އިން ޓީޗިންގ އިންގްލިޝް އޭޒް އަ ފޮރިން ލޭންގްވިޖް: 3 އަހަރު (6 ސިމެސްޓަރ)

ޖާގަ: 80

ކޯސް ހިންގާ ކެމްޕަހާއި ކޯސް ހިންގާނެގޮތް: ކ.މާލެ- ފުލްޓައިމް (40 ޖާގަ)، ސ.ހިތަދޫ – ފުލްޓައިމް (40 ޖާގަ)

ކޯހަށް ވަނުމަށް ބޭނުންވާ އެންމެ ދަށް މިންގަނޑު:

ހ. ޖީ.ސީ.އީ އޭ.ލެވެލް/އެޗް.އެސް.ސީ. އިމްތިޙާނުތަކުން 2 މާއްދާއިން ފާސްވެފައިވުން ނުވަތަ އެއާ އެއްފެންވަރެއްގެ ފާހެއް އޮތުން އަދި ޖީ.ސީ.އީ. އޯ.ލެވެލް އިނގިރޭސި ހިމެނޭގޮތަށް 3 މާއްދާއިން ފާސްވެފައިވުން ނުވަތަ އެއާ އެއްފެންވަރެއްގެ ފާހެއް އޮތުން.

ށ. ބެޗްލަރ އޮފް އެޑިޔުކޭޝަން (އިންގްލިޝް) ކޯހަށް އަމާޒުކޮށްގެން ޔުނިވަރސިޓީން ހިންގާ ފައުންޑޭޝަން ސްޓަޑީޒް ލެވެލް 2 ން ފާސްވެފައިވުން. ނުވަތަ

ނ. އިނގިރޭސި ކިޔަވައިދިނުމުގެ ރޮނގުން އެމް.ކިޔު.އޭ. ގަބޫލުކުރާ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ

ރ. އިނގިރޭސި ކިޔަވައިދިނުމުގެ ރޮނގުން އެޑްވާންސްޑް ސެޓުފިކެޓު ލެވެލްގެ ސަނަދެއް އޮތުމާއެކު، ސަނަދު ލިބުމަށްފަހު 1 އަހަރު ދުވަހު، ސްކޫލެއްގައި ކިޔަވައިދިނުމުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

ބ. އުމުރުން 20 އަހަރުވުމާއި، ޖީ.ސީ.އީ. އޯ.ލެވެލްގެ އެއް މާއްދާއިން ފާސްވެފައިވުން. އަދި 5 އަހަރު ދުވަހު ސާނަވީ ފެންވަރުގައި ކިޔަވައިދިނުމުގެ ތަޖުރިބާ ލިބިފައިވުން އަދި އިނގިރޭސިބަހުގެ ފެންވަރު ހުރިކަން އަންގައިދޭ ސަނަދެއް ނުވަތަ އެއާ އެއްފެންވަރެއްގެ ފާހެއް އޮތުން ނުވަތަ ޔުނިވަރސިޓީން ދޭ އިނގިރޭސިބަހުގެ ޓެސްޓުން ފާސްވުން.

ނޯޓް: ކިޔަވައިދިނުމުގެ ތަޖުރިބާ ހުރިކަން ސާބިތުވާ ލިޔުމެއް، ފޯމާއެކު ހުށަހަޅަންވާނެއެވެ. އަދި މާލޭގައި ކިޔަވަން ގަސްތުކުރާ ފަރާތްތައް ކިޔަވަން ގަސްދުކުރާގޮތެއް، އެޕްލިކޭޝަން ފޯމުގައި ބަޔާންކުރަންވާނެއެވެ.

17 ސެޕްޓެންބަރު 2015
ހޯދާ