މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
އިސްލާމް އަދި ޤުރުއާން ޓިޗަރުން ތަމްރީނުކުރުމުގެ ޚާއްޞަ ޕްރޮގުރާމް 2015

އިސްލާމް އަދި ޤުރުއާން ޓިޗަރުން ތަމްރީނުކުރުމުގެ ޚާއްޞަ ޕްރޮގުރާމް 2015

މި މިނިސްޓްރީއާއި މޯލްޑިވްސް އިސްލާމިކް ޔުނިވަރސިޓީއާ ގުޅިގެން، ތިރީގައި ބަޔާންކޮށްފައިވާ ސްކޫލުތަކަށް ޑިޕްލޮމާ ފެންވަރަށް އިސްލާމް އަދި ޤުރުއާން ޓިޗަރުން ތަމްރީނުކުރުމުގެ ގޮތުން ކޯހެއް ހިންގުމަށް ވަނީ ހަމަޖެހިފައެވެ. ވީމާ، މި ކޯހުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 5 އޮކްޓޫބަރު 2015 ގެ ކުރިން ގުޅެން ބޭނުންވާ ސްކޫލަކަށް ޕްރޮގުރާމުގައި ބައިވެރިވުން އެދި ހުށަހެޅުން އެދެމެވެ. މި ޕްރޮގުރާމް އަމާޒުކުރެވޭ ސްކޫލްތަކަކީ، އިސްލާމް އަދި ޤުރުއާން ކިޔަވައިދިނުމަށް އިޢުލާނުކުރުމުން ދާއިމީ ޓީޗަރުން ނުލިބޭ ސްކޫލުތަކެވެ. މިފަދަ ސްކޫލުތަކުގައި ކޮންޓްރެކްޓް އުސޫލުން ނުވަތަ ވޭޖް އެމްޕްލޯއިމަންޓުގެ އުސޫލުން މިވަގުތު މަސައްކަތްކުރާ ފަރާތްތަކަށާއި، އަލަށް ގުޅެން ބޭނުންވާ ފަރާތްތަކަށްވެސް މި ޕްރޮގުރާމުގައި ބައިވެރިވުމަށް އެދެވޭނެއެވެ. މި ޕްރޮގުރާމުގައި ތަމްރީނުކުރެވޭނީ ޑީޕްލޮމާ ފެންވަރަށެވެ. ތަމްރީނުގެ މުއްދަތަކީ އެއްއަހަރު ނުވަތަ ދެ އަހަރެވެ.

ޝަރުޠު:

  • އެންމެ ދަށްވެގެން އެސް.އެސް.ސީ./ޖީ.ސީ.އީ. އޯ.ލެވެލް 3 މާއްދާއިން ފާސްވެފައިވުން.

އިތުރު މަޢުލޫމާތު:

ސަރުކާރުގެ ސްކޫލުތަކުން އިތުރު މަޢުލޫމާތު ލިބޭނެއެވެ. މިނިސްޓްރީއަށް ގުޅުއްވާނީ ފޯން:  3341200، ފެކްސް: 3321201،

ސުންގަޑި:

ޝަރުޠު ހަމަވާ ފަރާތްތަކުން 5 އޮކްޓޫބަރު 2015 ވަނަދުވަހުގެ 15:00 ގެ ކުރިން، ތިރީގައި ބަޔާންކޮށްފައިވާ ތަކެއްޗާއެކު އެބޭފުޅަކު ނިސްބަތްވާ ރަށެއްގެ ސްކޫލަކަށް ހުށަހެޅުއްވުން އެދެމެވެ.

ހުށަހަޅުއްވަންޖެހޭ ތަކެތި:

  1. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (މި ޕްރޮގުރާމް އަމާޒުކުރެވޭ ސްކޫލްތަކުން އެޕްލިކޭޝަން ފޯމު ލިބެން ހުންނާނެއެވެ.)
  2. ލިބިފައިވާ ތަޢުލީމު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ)
  3. ކޯހަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނަގޮތަށް ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީއެއް.
  4. ކޯހަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ. (ގުޅޭނެ ނަންބަރާއެކު).
28 ސެޕްޓެންބަރު 2015
ހޯދާ