ށ. އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
ޢިމާރާތްތައް މަރާމާތުކޮށް ކުލަ, ދަވާދުލުމާ ބެހޭ

މިމަރުކަޒުގެ ބައެއް ޢިމާރާތްތައް މަރާމާތުކޮށް ކުލަ، ދަވާދުލުމާ ބެހޭ

މިމަރުކަޒުގެ ނަންބަރު GS09/2015/15 (ތާރީޚު:11 އޮގަސްޓް 2015 ) ގެ އިޢުލާން ބާޠިލުކުރުމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ނަންބަރު MSG)22-G/GS-09/2015/21) (ތާރީޚު:13 ސެޕްޓެންބަރު 2015) ގެ މެސެޖުން އަންގަވާފައިވާތީ، އެއިޢުލާން ބާޠިލުކުރުމަށްފަހު އަލުން އިޢުލާން ކުރަމެވެ.              

މިމަރުކަޒުގެ ބައެއް ކުލާސްތަކުގެ ފަންކާ ބަދަލުކުރުމާއި، 4 ބުރި ޢިމާރާތުގެ ފެންމޯޓަރ ބަދަލުކުރުމާއި، ފުރާޅުން ހަލާކުވެފައިވާ ބައެއްޓިނު ބަދަލުކުރުމާއި، ފާޚާނާތައް މަރާމާތުކުރުމާއި އަދި ޢިމާރާތްތަކާއި ފުރާޅުގައި ކުލަ، ދަވާދުލުމަށް ބޭނުންވެއެވެ.

ވީމާ، މިމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2015 އޮކްޓޫބަރު 06 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 1:30 އަށް އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ. އަދި މިކަމާ ގުޅޭގޮތުން މަޢުލޫމާތު ސާފުކޮށްދިނުމާއި ބީލަންފޯމްދޫކުރުން 2015 ސެޕްޓެންބަރު މަހުގެ 30 ވާ ބުދަ ދުވަހުގެ މެންދުރުފަހު 1:30ގައި މިމަރުކަޒުގައި އޮންނާނެއެވެ. މަޢުލޫމާތު ސާފުކުރަން ހާޒިރުނުވާފަރާތްތަކަށް ބީލަންފޯމު ދޫނުކުރާނެ ވާހަކަ ދަންނަވަމެވެ.

ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

03 ޛުލްޙިއްޖާ 1436

17 ސެޕްޓެންބަރު 2015
ހޯދާ