ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް
ދިވެހިރާއްޖެ
ގޭބިސީގެ އާމްދަނީ އާއި ޚަރަދުކުރުން ހުރިގޮތުގެ ސަރވޭ 2015 ގައި ހަރަކާތްތެރިވާނެ އެނިއުމަރޭޓަރުން ހޯދުމާބެހޭ

މިބިއުރޯގެ ފަރާތުން ނޮވެންބަރު 2015 އިން އެޕްރީލް 2016އަށް މާލެއާއި އަތޮޅުތެރޭގައި ކުރުމަށް ހަމަޖެހިފައިވާ "ގޭބިސީގެ އާމްދަނީ އާއި ޚަރަދުކުރުން ހުރިގޮތުގެ ސަރވޭ 2015" ގައި ހަރަކާތްތެރިވުމަށް 74 އެނިއުމަރޭޓަރުންނާއި 8 ސުޕަރވައިޒަރުން ބޭނުންވެއެވެ. މިސަރވޭގައި ބައިވެރިވެވޭނީ ޖީ.ސީ.އީ އޯ ލެވަލް ފެންވަރަށް ތައުލީމު ހާސިލު ކޮށްފައިވާ އަދި އުމުރުން 18 އަހަރާއި 35 އަހަރާ ދެމެދުގެ މީހުންނަށެވެ. އަދި ޖީ.ސީ.އީ އޭލެވެލް ފެންވަރު ހުރި، ބޯހިމެނުން ނުވަތަ މިފަދަ ސަރވޭއެއްގައި ބައިވެރިވެ ތަޖުރިބާ ލިބިފައިވާ މީހުންނަށާއި އަތޮޅުތެރެއަށް ގޮސް މަސައްކަތް ކުރެވޭ މީހުންނަށް އިސްކަން ދެވޭނެއެވެ.  

އެނިއުމަރޭޓަރުންގެ ގޮތުގައި ހޮވޭ މީހުންނަށް 6 ދުވަހުގެ ތަމްރީނެއް ދެވޭނެއެވެ. އަދި ތަމްރީނު ފުރިހަމަކޮށް ސަރވޭގައި ހަރަކާތްތެރިވާ ފަރާތްތަކަށް ތަމްރީނުގައި ހޭދަކުރާ ކޮންމެ ދުވަހަކަށް -/100ރ ގެ އެލަވަންސެއް އަދި ސަރވޭގެ މަސައްކަތުގައި ހޭދަކުރާ ދުވަސްތަކުގައި ދުވާލަކު -/300ރ ގެ މަގުން އެލަވަންސެއް ދެވޭނެއެވެ. އަދި ސުޕަރވައިޒަރުންގެގޮތުގައި މަސައްކަތްކުރާ ފަރާތްތަކަށް ސަރވޭގެ މަސައްކަތްކުރާދުވަސްތަކުގައި ދުވާލަކު -/350ރ ގެ މަގުން އެލަވަންސެއްދެވޭނެއެވެ. ސަރވޭގެ މުއްދަތުގައި ހަފުތާއަކު 6 ދުވަހު މަސައްކަތް ކުރިއަށްދާނެއެވެ.

މިސަރވޭގެ މަސައްކަތުގައި ހަރަކާތްތެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން ފުރިހަމަކުރުމަށް ތައްޔާރުކުރެވިފައިވާ މަޢުލޫމާތު ފޯމު، މިބިއުރޯގެ (މިނިސްޓްރީ އޮފް ފައިނޭންސް އެންޑް ޓްރެޜަރީ) ކައުންޓަރުންނާއި ވެބްސައިޓުން (http://www.statisticsmaldives.gov.mv/ ނުވަތަ www.planning.gov.mv) އިން ލިބެން ހުންނާނެއެވެ.

ވީމާ، މިމަސައްކަތުގައި ހަރަކާތްތެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން މިދެންނެވި އެޕްލިކޭޝަން ފޯމު ފުރިހަމަކުރުއްވުމަށްފަހު އައިޑީ ކާޑުގެ ކޮޕީއާއެކު 11 އޮކްޓޫބަރު 2015ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން މިބިއުރޯއަށް ހުށަހެޅުއްވުން އެދެމެވެ. އަދި އީމޭލް ([email protected]) ނުވަތަ ފެކްސް (3327351) ވެސް ގަބޫލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.

މިސަރވޭގެ ކަންތައްތަކާ ބެހޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުނަމަ މިބިއުރޯގެ ނަންބަރު 3349489 / 3349496 އަށް ގުޅުއްވުން އެދެމެވެ.

 

28 ސެޕްޓެންބަރު 2015
ހޯދާ