ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ
ދިވެހިރާއްޖެ
ރޭގަނޑުގެ ފަރިއްކޮޅެއްގެ އިންތިޒާމު ހަމަޖައްސައިދިނުމާ ގުޅޭ

މިއަހަރުގެ އޮކްޓޫބަރު 18 އިން 22 އަށް މިއޮތޯރިޓީއާ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކު ގުޅިގެން ރާއްޖޭގައި ކުރިޔަށްގެންދިއުމަށް ހަމަޖެހިފައިވާ 'ރީޖަނަލް ސެމިނަރ އޮން ރެގިއުލޭޝަން އެންޑް ސްޕަރވިޝަން އޮފް އިންވެސްޓްމަންޓް ފަންޑްސް' ގެ 60 ބައިވެރިންނަށް 18 އޮކްޓޫބަރު 2015 ދުވަހުގެ ރޭ ބޭއްވުމަށް ހަމަޖެހިފައިވާ އޮފިޝަލް ޑިނަރ އަދި ދަތުރުގެ އިންތިޒާމުތައް މާލެ ފިޔަވައި ކައިރި ރިސޯޓެއް ނުވަތަ ރަށެއްގައި ހަމަޖައްސައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

މަތީގައިވާ އިންތިޒާމު ހަމަޖައްސަވައިދެއްވުމަށް އެދިލައްވާ ފަރާތްތަކުން، 30 ސެޕްޓެންބަރު 2015 ވާ ބުދަ ދުވަހު 11:30 އަށް މިއޮތޯރިޓީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 5 އޮކްޓޫބަރު 2015 ވާ ހޯމަ ދުވަހުގެ 14:00 އަށް މިއޮތޯރިޓީއަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މިބިޑު ހުށަހެޅުމުގެ ފުރުސަތު ދެވޭނީ ހަމައެކަނި މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާ ފަރާތްތަކަށެވެ.

އިތުރު މައުލޫމާތު:

    ކެޕިޓަލް މާރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ/ އެމް.ޓީ.ސީ.ސީ ޓަވަރ، 4 ވަނަ ފަންގިފިލާ

    ބޮޑުތަކުރުފާނު މަގު، މާލެ، ދިވެހިރާއްޖެ

    ފޯނު: 3336619 / 3014112  ފެކްސް: 3336624

    އީމެއިލް: [email protected]

3 ޛުލްޙިއްޖާ 1436 

17 ސެޕްޓެންބަރު 2015
ހޯދާ