މާޅޮސްމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސަތަރި ފަހައިދޭނެ ފަރާތެއް ހޯދުން

މި އިދާރާގެ އަކުރިސް ލޯންޗަށް، އަމިއްލަ ތަކެތީގައި ސަތަރި ފަހައިދޭނެ ފަރާތެއް ހޯދުމާބެހޭ

ސުރުޚީގައި ދެންނެވިފައިވާ މި އިދާރާގެ ލާންޗަށް (އަކުރިސް ލާންޗަށް) ސަތަރި ފަހައިދޭނެ ފަރާތެއް ހޯދުމަށް ކައުންސިލުން ވަނީ ނިންމަވާފައެވެ. ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާނީ 30 ސެޕްޓެންބަރު 2015 ވާ ބުދަ ދުވަހުގެ 11:00 އަށް، މި އިދާރާގެ ޖަލްސާކުރާ މާލަމަށެވެ. އަދި އަކުރިސް ލާންޗަށް ސަތަރި ފަހައިދިނުމުގެ ޕްރޮޕޯޒަލް ހުށަހެޅުން އޮންނާނީވެސް، 7 އޮކްޓޫބަރު 2015 ވާ ބުދަ ދުވަހުގެ 11.00 ގައި، މި އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދަންނަވަމެވެ. މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުގެ ތެރެއިން އެއްވެސް ފަރާތަކުން މިމަސައްކަތުގެ މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގެންނެވެން ނެތްފަދަ ޙާލަތެއް ދިމާވެގެން ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ، ބަދަލުގައި ފޮނުއްވިކަން އެނގޭނެ ސިޓީއެއް، އަދި ކުންފުންޏަކުން ފޮނުއްވާނަމަ އެއީ ކޮން ކުންފުންޏެއް ތަމްސީލު ކުރުމަށް ވަޑައިގެންނެވި ބޭފުޅެއްކަން އެނގޭނެ، ކުންފުނީގެ ލެޓަރހެޑުގައި ލިޔެފައިވާ ސިޓީއެއް ހިއްޕަވައިގެން ވަޑައިގެންދެއްވުން އެދި ދަންނަވަމެވެ. މި މަސައްކަތަށް އެދި ހުށައަޅާ ޕްރޮޕޯޒަލް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. މި މަސައްކަތަށް އެދި ހުށަހަޅުއްވާ ސިޓީއުރައިގެ ބޭރުގައި "ރ.އަތޮޅު ކައުންސިލް އިދާރާގެ އަކުރިސް ލާންޗަށް، އަމިއްލަ ތަކެތީގައި ސަތަރި ފަހައިދިނުމާބެހޭ ޕްރޮޕޯޒަލް" މިހެން ލިޔެފައި އޮންނަންވާނެއެވެ. އަދި މީގެއިތުރުން ޕްރޮޕޯޒަލް ހުށަހަޅާ ފަރާތުގެ ނަމާއި، އެޑްރެސް އަދި ފޯން ނަންބަރު، ސިޓީއުރައިގެ ބޭރުގައި އޮންނަންވާނެއެވެ. އަދި އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް، ރަސްމީގަޑީގައި މި އިދާރާގެ 6580027، 6580149 މިނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.

2 ޛުލްޙިއްޖާ 1436

16 ސެޕްޓެންބަރު 2015
ހޯދާ