ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެ
|
މަޤާމު
|
ލީގަލް އެސިސްޓެންޓް
|
މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން
|
ސީއެސް 4-7 / ލީގަލް އެސޯޝިއޭޓް ޕްރޮފެޝަނަލްސް
|
ބޭނުންވާ އަދަދު
|
01
|
ވަޒިފާ އަދާ ކުރަންޖެހޭ ރަށް / އޮފީހާއި، ސެކްޝަން
|
ލީގަލް ޔުނިޓް/ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ، ކ. މާލެ
|
މުސާރައާއި އިނާޔަތްތައް
|
މުސާރަ: -/9220ރ
ސަރވިސް އެލަވަންސް: -/2400ރ
ސްޕެޝަލް ޑިއުޓީ އެލަވަންސް: މުސާރައިގެ %35
(އިތުރު ގަޑީގައި ކުރާމަސައް ކަތްތަކަށް ހަމަޖެހިފައިވާ އުސޫލުން ފައިސާ ދެވޭނެ.)
|
ޝަރުޠު
|
- ޤާނޫނީ ގޮތުން ނުވަތަ ޤާނޫނާއި ޝަރީޢާގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ ލެވެލް 6 ގެ ސަނަދެއް ހާސިލްކޮށްފައިވުން. ނުވަތަ؛
- ލީގަލް ދާއިރާގެ އޮނިގަނޑުގެ، ސީ.އެސް 3-7 ގްރޭޑުގައި 2 އަހަރު މަސައްކަތްކޮށް މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %85 އިން މަތިން މާކްސް ހޯދާފައިވުން.
|
މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް
|
- މިމިނިސްޓްރީގެ ޕާރމަނަންޓް ސެކްރެޓަރީއަށާއި މިނިސްޓްރީގެ އެހެން ސެކްޝަންތަކަށް ބޭނުންވާ ޤާނޫނީ ލަފާދިނުން
- އެޓާރނީ ޖެނަރަލް އޮފީހަށް ފޮނުވަންޖެހޭ މައްސަލަތައް ފޮނުވުމުގައި ކުރަންޖެހޭ ކަންތައްތައް ކުރުން.
- އޮފީހުގެ މުވައްޒަފުން ކުރާ ސިވިލްސާރވިސް ޤާނޫނާ ޚިލާފު ކަންކަން ބަލައި އެމައްސަލަތައް ތަހުޤީގަށް ބޭނުންވާ ލިއުން ތައްޔާރުކުރުން.
- ވަޒީފާއާބެހޭ ޓްރައިބިއުނަލްއަށް ހުށަހެޅޭ މައްސަލަތަކާ ގުޅިގެން މިނިސްޓްރީގެ ފަރާތުން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން.
- އޮފީހުގެ ކަންކަމާ ގުޅިގެން މުވައްޒަފުން ހުށަހަޅާ މައްސަލަތައް ބަލާ އެމައްސަލަތައް ޙައްލުކުރުމަށް ދޭންޖެހޭ ލަފާ ދިނުން.
- މިނިސްޓްރީން ހިންގާ އެކިއެކި ޕްރޮޖެކްޓްއާ ބެހޭ ޤާނޫނުތަކާއި ގަވާއިދުތައް މުރާޖާކުރުން.
- އޮފީހުން ހަދާ އެކި އެކި ކޮންޓްރެކްޓްތައް ހަދާއިރު ގާނޫނީ ގޮތުން ލަފާދިނުމާއި ކޮންޓްރެކްޓަރ ހެދިފައވާ އެގްރިމެންޓްތަކާއި ޚިލާފުވާނަމަ އެކަމުގައި ދޭންޖެހޭ ޤާނޫނީ ލަފާދިނުން.
- މިނިސްޓްރީއާއި މިނިސްޓްރީގެ ދަށުން ހިނގާ އޮފީސްތައް ހިންގުމުގައި ޤާނޫނާއި ގަވާއިދު ހިފެހެއްޓުމަށްޓަކައި ހަދަންޖެހޭ ގައިޑްލައިންތަކާއި ހިފަހަށްޓަންޖެހޭ މިންގަނޑުތައް އެކުލަވާލުން.
- މިނިސްޓްރީތަކާ ހަވާލުކުރެވޭ ބިންތައް ވިޔަފާރި އުސޫލުން މުއާމަލާތްކުރުމާއި ބެހޭ ގަވާއިދުގެ ދަށުން މުޢާމަލާތުކުރެވޭ ބިންތަކާ ގުޅިގެން މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓަރަކްޗަރ އިން ދޭންޖެހޭ އެންމެހައި ހުއްދަތައް ދިނުމުގެ މަސައްކަތްކޮށް ބެލެހެއްޓުން.
- މިނިސްޓްރީތަކާއި ހަވާލުކުރެވޭ ބިންތައް ވިޔަފާރި އުސޫލުން މުޢާމަލާތުކުރުމާބެހޭ ގަވާއިދުގެ ދަށުން މުޢާމަލާތުކުރެވޭ ބިންތަކާ ގުޅިގެން މިނިސްޓްރީ އަށް ހުށަހަޅާ އެކިއެކި ޝަކުވާތަށް ބަލައި، އަޅަންޖެހޭ ފިޔަވަޅު އެޅުމާއި، ޖަވާބުދޭންޖެހޭ ފަރާތްތަކަށް ޖަވާބުދާރީވުން.
- މިނިސްޓްރީތަކާއި ހަވާލުކުރެވޭ ބިންތައް ވިޔަފާރި އުސޫލުން މުޢާމަލާތުކުރުމާ ބެހޭ ގަވާއިދުގެ ދަށުން މުޢާމަލާތުކުރެވޭ އެކި ބިންތައް ރަޙުނު ކުރުމާއި ގުޅޭގޮތުން ދަފްތަރެއް އެކުލަވާލުމުގައި ދޭންޖެހޭ ޤާނޫނީ އެހީތެރިކަން ދިނުން.
- މިނިސްޓްރީތަކާ ހަވާލުކުރެވޭ ބިންތައް ވިޔަފާރި އުސޫލުން މުޢާމަލާތުކުރުމާބެހޭ ގަވާއިދުގެ ދަށުން މުޢާމަލާތުކުރެވޭ އެކި ބިންތަކާ ގުޅިގެން ދުވަހުން ދުވަހަށް އެކުލަވާލާންޖެހޭ އުސޫލްތައް އިސްވެރިންގެ މަޝްވަރާއާއި އެއްގޮތަށް އެކުލަވާލާ ތަންފީޒުކުރުން.
- އަދި މިނޫނަސް އޮފީހުން ހަވާލުކުރާ ސަރުކާރުގެ ރަސްމީ އެންމެހާ މަސައްކަތްތައް ކުރުން.
|
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިމިނިސްޓްރީގެ ނަންބަރު 3004343، 3004340 އަށް ގުޅުއްވުން އެދެމެވެ.
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް:
- ތަޢުލީމާއި ތަމްރީން.
- މަސައްކަތުގެ ތަޖުރިބާ.
- އިންޓަރވިއު.
- ގިނަވަގުތު ހިވާގިކަމާއެކު އޮފީހުގައި މަސައްކަތް ކުރެވޭނެ މީހެއްކަމުގައިވުން.
- މުޢާމަލާތުކުރުމުގެ ހުނަރު.
|
ތަކެތި ހުށަހަޅަންޖެހޭ ތާރީޚު
- މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ (އަމީނީމަގު، މާފަންނު / މާލެ) ކައުންޓަރަށް.
- ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 06 އޮކްޓޫބަރު 2015 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން.
|
އިންޓަވިއު ކުރުން
- މި މަޤާމަށް މީހަކު ހޮވުމަށް ކުރެވޭ އިންޓަވިއު އޮންނާނީ 2015 އޮކްޓޫބަރު - ނޮވެންބަރު މަހުގެ ތާރީޚެއްގައި މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ގައެވެ.
- އިންޓަވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓު ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.
|
ހުށަހަޅަންޖެހޭ ތަކެތި:
- ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމު (ވަޒީފާއަށް އެދޭ ފޯމު މި މިނިސްޓްރީގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ. އަދި މިނިސްޓްރީގެ ވެބްސައިޓް އިން ޑައުންލޯޑްވެސް ކުރެވޭނެއެވެ.)
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިލަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
- ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ.
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.
މިވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ ތަޢުލީމާއި ތަމްރީނަށްބަލައި 10 ފަރާތެއް ޝޯޓް ލިސްޓް ކުރެވޭނެއެވެ.
|
14 ޛުލްޙިއްޖާ 1436
|