ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެ
|
މަޤާމު
|
ސުޕަވައިޒަރ
|
މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން
|
ޖީ. އެސް. 3/ އޮފިސަރ ގްރޭޑް 1
|
ބޭނުންވާ އަދަދު
|
04
|
ވަޒިފާ އަދާ ކުރަންޖެހޭ ރަށް / އޮފީހާއި، ސެކްޝަން
|
ލޭންޑް، ބިލްޑިންގ އެންޑް މުނިސިޕަލް ސަރވިސް ޑިޕާރޓްމަންޓް/ ސ. ހުޅުމީދޫ ސެކްޝަން
|
މުސާރައާއި އިނާޔަތްތައް
|
މުސާރަ: -/4465ރ
ސަރވިސް އެލަވަންސް: -/1500ރ
ސްޕެޝަލް ޑިއުޓީ އެލަވަންސް: މުސާރައިގެ %35
(އިތުރު ގަޑީގައި ކުރާމަސައް ކަތްތަކަށް ހަމަޖެހިފައިވާ އުސޫލުން ފައިސާ ދެވޭނެ.)
|
ޝަރުޠު
|
- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
- ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.
|
މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް
|
- ތާރު އަދި ގައު އަޅާފައިވާ މަގުތައް ފޮހެ ސާފުކުރުވުން.
- ބަނދަރުމަތީ ކުނިނަގާ ވިނަނޮޅާ ސާފުކުރުވުން.
- ބޯޅަ ދަނޑުތަކާއި ކުޅިވަރު ކުޅޭ ބިންތަކާއި ޕާރކްފަދަ ތަންތަން ވިނަ ދިގުވިޔަނުދީ ކޮށާ ސާފުކުރުވުން.
- ގަބުރުސްތާންތައް ވިނަ ދިގުވިޔަނުދީ ކޮށާ ސާފުކުރުވުން.
- މަގަށް ދަތިވާގޮތަށް ހުންނަ ގަސްތައް ކަނޑާ ސާފުކުރުވުން.
- މަގަށް ދަތިވާގޮތަށް ވެއްޓޭ ރުއްގަސް ނެގުވުމާއި މަގު ސާފުކުރުވުން.
- އޮފީހުން ބަލަހައްޓަންޖެހޭ މަގުތަކުގެ ވިނަނޮޅާ ސާފުކުރުވުން.
- ގުދުރަތީ ޙާދިޘާއެއް މެދުވެރިވެގެން ދިމާވާ ކަންތައްތަކުގައި އަވަށު އޮފީހުން އަންގާ އެންގުންތަކަށް އިޖާބަދީ އެވަގުތު ކުރަންޖެހޭ ކަންކަން ކުރުވުން.
- މަސައްކަތު މީހުން މަސައްކަތަށް ގަޑިއަށް ހާޒިރުވޭތޯ އާއި މަސައްކަތު ވަގުތު ހޭދަކުރަނީ ރަގަޅު ގޮތުގައިތޯ ބަލައި ފިޔަވަޅު އަޅަންޖެހޭ މުވައްޒަފުންގެ ކަންކަން ސުޕަވައިޒަރަށް ރިޕޯޓުކުރުން.
- މީގެ އިތުރަށްވެސް މަސައްކަތާ ގުޅޭގޮތުން އޮފީހުން އަންގާ މަސައްކަތް ކުރުން.
|
މަޤާމު
|
މަސައްކަތު
|
މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން
|
އެސް. އެސް. 3/ ސަޕޯޓް ސްޓާފް ގްރޭޑް 3
|
ބޭނުންވާ އަދަދު
|
08
|
ވަޒިފާ އަދާ ކުރަންޖެހޭ ރަށް / އޮފީހާއި، ސެކްޝަން
|
ލޭންޑް، ބިލްޑިންގ އެންޑް މުނިސިޕަލް ސަރވިސް ޑިޕާރޓްމަންޓް/ ސ. ހުޅުމީދޫ ސެކްޝަން
|
މުސާރައާއި އިނާޔަތްތައް
|
މުސާރަ: -/3875ރ
ސަރވިސް އެލަވަންސް: -/1000ރ
(އިތުރު ގަޑީގައި ކުރާމަސައް ކަތްތަކަށް ހަމަޖެހިފައިވާ އުސޫލުން ފައިސާ ދެވޭނެ.)
|
ޝަރުޠު
|
- މަޤާމަށް ބޭނުންވާ ތަމްރީނެއް/ލައިސަންސެއް/ހުއްދައެއް/ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ
- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 1 ގެ ސަނަދެއް ހާސިލްކޮށްފައިވުން.
|
މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް
|
- ތާރު އަދި ގައު އަޅާފައިވާ މަގުތައް ފޮހެ ސާފުކުރުން.
- ބަނދަރުމަތީ ކުނިނަގާ ވިނަނޮޅާ ސާފުކުރުން.
- ބޯޅަ ދަނޑުތަކާއި ކުޅިވަރު ކުޅޭ ބިންތަކާއި ޕާރކްފަދަ ތަންތަން ވިނަ ދިގުވިޔަނުދީ ކޮށާ ސާފުކުރުން.
- ގަބުރުސްތާންތައް ވިނަ ދިގުވިޔަނުދީ ކޮށާ ސާފުކުރުން.
- މަގަށް ދަތިވާގޮތަށް ހުންނަ ގަސްތައް ކަނޑާ ސާފުކުރުން.
- މަގަށް ދަތިވާގޮތަށް ވެއްޓޭ ރުއްގަސް ނެގުވުމާއި މަގު ސާފުކުރުން.
- އޮފީހުން ބަލަހައްޓަންޖެހޭ މަގުތަކުގެ ވިނަނޮޅާ ސާފުކުރުން.
- ގުދުރަތީ ޙާދިޘާއެއް މެދުވެރިވެގެން ދިމާވާ ކަންތައްތަކުގައި އަވަށު އޮފީހުން އަންގާ އެންގުންތަކަށް އިޖާބަދީ އެވަގުތު ކުރަންޖެހޭ ކަންކަން ކުރުން.
- މީގެ އިތުރަށްވެސް މަސައްކަތާ ގުޅޭގޮތުން އޮފީހުން އަންގާ މަސައްކަތް ކުރުން.
|
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިމިނިސްޓްރީގެ ނަންބަރު 3004343، 3004340 އަށް ގުޅުއްވުން އެދެމެވެ.
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް:
- ތަޢުލީމާއި ތަމްރީން.
- މަސައްކަތުގެ ތަޖުރިބާ.
- އިންޓަރވިއު.
- ކޮމްޕިޔުޓަރަށް އަހުލުވެރިވެފައިވާ މިންވަރު.
- ގިނަވަގުތު އޮފީހުގައި މަސައްކަތް ކުރެވޭނެ މީހެއްކަމުގައިވުން.
|
ތަކެތި ހުށަހަޅަންޖެހޭ ތާރީޚު
- މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ
- މާލޭގައިނަމަ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ (އަމީނީމަގު، މާފަންނު / މާލެ) ކައުންޓަރަށް
- އައްޑޫ ސިޓީގައިނަމަ ލޭންޑް، ބިލްޑިންގ އެންޑް މުނިސިޕަލް ސަރވިސް ޑިޕާރޓްމަންޓް / ސ. ހިތަދޫ އަދި ސ. ހުޅުދޫ އަވަށު އޮފީހުގައި ގާއިމުކުރެވިފައިވާ ހައުސިންގ މިނިސްޓްރީގެ ސެކްޝަނަށް.
- ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 06 އޮކްޓޫބަރު 2015 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން.
|
އިންޓަވިއު ކުރުން
- މި މަޤާމަށް މީހަކު ހޮވުމަށް ކުރެވޭ އިންޓަވިއު އޮންނާނީ 2015 އޮކްޓޫބަރު މަހުގެ ތާރީޚެއްގައިއެވެ.
- މާލޭގައިނަމަ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ގައެވެ.
- އައްޑޫ ސިޓީގައިނަމަ ލޭންޑް، ބިލްޑިންގ އެންޑް މުނިސިޕަލް ސަރވިސް ޑިޕާރޓްމަންޓް / ސ. ހިތަދޫ އަދި ސ. ހުޅުދޫ އަވަށު އޮފީހުގައި ގާއިމުކުރެވިފައިވާ ހައުސިންގ މިނިސްޓްރީގެ ސެކްޝަނުގައެވެ.
- އިންޓަވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓު ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.
|
ހުށަހަޅަންޖެހޭ ތަކެތި:
- ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމު (ވަޒީފާއަށް އެދޭ ފޯމު މި މިނިސްޓްރީގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ. އަދި މިނިސްޓްރީގެ ވެބްސައިޓް އިން ޑައުންލޯޑްވެސް ކުރެވޭނެއެވެ.)
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިލަތިލާ މަގާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
- ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ.
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.
މިވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ ތަޢުލީމާއި ތަމްރީނަށްބަލައި 10 ފަރާތެއް ޝޯޓް ލިސްޓް ކުރެވޭނެއެވެ.
|
14 ޛުލްޙިއްޖާ 1436
|