ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ

މިއިދާރާގެ މިދަންނަވާ މަޤާމަށް މީހަކު ހޯދަން ބޭނުންވެއްޖެއެވެ.

މަޤާމު:

ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމުގެ ކްލެސިފިކޭޝަން:

ސީނިއަރ އޮފިސަރ ގްރޭޑް 2 (ރޭންކް: އެމް.އެސް 02)

މުސާރަ:

-/6,295 ރުފިޔާ

ސަރވިސް އެލަވަންސް:

-/2,000 ރުފިޔާ

ބޭނުންވާ އަދަދު:

01

މަސައްކަތް ކުރަންޖެހޭ ތަނާއި ޔުނިޓް:

ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ / (އެޑްމިނިސްޓްރޭޝަން، އެޗް.އާރު އެންޑް އިންފޮރމޭޝަން)

ތަޢުލީމާއި ތަޖުރިބާ:

  1. ހިއުމަން ރިސޯސް މެނޭޖްމަންޓް، ބިޒްނަސް މެނޭޖްމަންޓް، ޕަބްލިކް ރިލޭޝަން، ޓްރޭނިންގ އެންޑް ޑިވެލޮޕްމަންޓް، އިންފޮރމޭޝަން ޓެކްނޮލޮޖީ އަދި ބިޒްނަސް އެޑްމިނިސްޓްރޭޝަނުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލު ކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތު ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  2. ހިއުމަން ރިސޯސް މެނޭޖްމަންޓް، ބިޒްނަސް މެނޭޖްމަންޓް، ޕަބްލިކް ރިލޭޝަން، ޓްރޭނިންގ އެންޑް ޑިވެލޮޕްމަންޓް، އިންފޮރމޭޝަން ޓެކްނޮލޮޖީ އަދި ބިޒްނަސް އެޑްމިނިސްޓްރޭޝަން ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލު ކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތު ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  3. ހިއުމަން ރިސޯސް މެނޭޖްމަންޓް، ބިޒްނަސް މެނޭޖްމަންޓް، ޕަބްލިކް ރިލޭޝަން، ޓްރޭނިންގ އެންޑް ޑިވެލޮޕްމަންޓް، އިންފޮރމޭޝަން ޓެކްނޮލޮޖީ އަދި ބިޒްނަސް އެޑްމިނިސްޓްރޭޝަން ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ
  4. ހިއުމަން ރިސޯސް މެނޭޖްމަންޓް، ބިޒްނަސް މެނޭޖްމަންޓް، ޕަބްލިކް ރިލޭޝަން، ޓްރޭނިންގ އެންޑް ޑިވެލޮޕްމަންޓް، އިންފޮރމޭޝަން ޓެކްނޮލޮޖީ އަދި ބިޒްނަސް އެޑްމިނިސްޓްރޭޝަން ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލު ކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

އަތޮޅުކައުންސިލްގެ އިދާރާގެ އިދާރީ ސެކްޝަނުގައި އިދާރީގޮތުން ކުރަންޖެހޭ މަސައްކަތްތަކުގެ ތެރެއިން ތިރީގައިވާ ކަންތައްތައް ކުރުމާއި ކަމާބެހޭ މުވައްޒަފުން މެދުވެރިކޮށް ކުރުވައި ބެލެހެއްޓުން.

  1. ޔުނިޓަށް ލިބޭ މައްސަލަތައް ބަލައިގަނެ ޖަވާބު ތައްޔާރުކުރަންޖެހޭ ލިޔުންތަކުގެ ޖަވާބު ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން. އަދި ފައިލިންގ ސިސްޓަމް ބެލެހެއްޓުން.
  2. ކޮންމެ އަހަރެއް ފެށުމުން އިދާރީ ޔުނިޓްގެ މުވައްޒަފުންގެ ޓާގެޓްތައް ކަނޑައަޅައި ނިންމުން.
  3. އަތޮޅު ކައުންސިލްގެ އިދާރާގެ މުއާޞަލާތާބެހޭ ކަންތައްތައް ކުރުމާއި ކުރުވައި ބެލެހެއްޓުން.
  4. އަތޮޅު ކައުންސިލްގެ އިދާރާގެ ދުވަހު ޔައުމިއްޔާއާއި މުހިންމުކަންތަކުގެ ޔައުމިއްޔާ ލިޔުމާއި ލިޔުއްވައި ބެލެހެއްޓުން.
  5. ޓްރާންސްޕޯޓް ޚިދުމަތްތަކާ ބެހޭގޮތުން ކުރަންޖެހޭ އެންމެހާ ކަންތައްތައް ކުރުވައި ބެލެހެއްޓުން.
  6. އަތޮޅު ކައުންސިލް އިދާރާގެ ކަނޑުގެ އުޅަނދުފަހަރު ބެލެހެއްޓުމާއި ކުރަންޖެހޭ ދަތުރުފަތުރުގެ ކަންތައްތައް އިންތިޒާމުކޮށް އެމަސައްކަތް ކުރުވައި ބެލެހެއްޓުން
  7. އައިޑެންޓިޓީކާޑު ހެއްދުމާއި، އުފަންދުވަހުގެ ސެޓުފިކެޓު އާކުރުމާއި، އެކަމާބެހޭގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި ކުރުވައި ބެލެހެއްޓުން.
  8. އަތޮޅުކައުންސިލްގެ އިދާރާ ހިނގިގޮތުގެ ރިޕޯޓާއި އަހަރުރިޕޯޓް ލިޔުމާއި އެކަމާބެހޭގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  9. އަތޮޅުކައުންސިލްގެ އިދާރާގެ އެންޓްރީ ލިޔެ ބެލެހެއްޓުން.
  10. އޮފީސް ހުޅުވައި ލެއްޕުމުގެ އިންތިޒާމު ހަމަޖެއްސުން.
  11. އިޖުތިމާޢީގޮތުން ކުރަންޖެހޭ ކަންތައް ރާވައި ހިންގުން.
  12. އިންތިޚާބުތަކާބެހޭ ކަންތައް ބެލެހެއްޓުން.
  13. ފަޤީރުންނާއި މިސްކީނުންގެ ލިސްޓު ނަގައި ކޮންމެ އަހަރެއްގެ ޖަނަވަރީ 31 ގެ ނިޔަލަށް އިސްލާމިކް މިނިސްޓްރީއަށް ފޮނުވުން.
  14. ބައްދަލުވުންތަކާއި ކޮންފަރެންސްތައް އިންތިޒާމުކޮށް ބެލެހެއްޓުން.
  15. ހަމަޖެހިފައިވާ އުސޫލުން އޮފީސް ހުޅުވައި ލެއްޕުން.
  16. ކޮންމެމަހެއް ނިމުމުންވެސް އިދާރީޔުނިޓްގެ މުވައްޒަފުންގެ މަންތުލީލޮގް ކުރިހަމަކުރުން.
  17. ހަވާލު ކުރެވޭ މަސައްކަތާ ގުޅިގެން އަދާކުރަންޖެހޭ އެހެނިހެން މަސްއޫލިއްޔަތުތައް އަދާކުރުން.
  18. ކައުންސިލަށް ދިމާވާ ކުއްލި އިމަރޖެންސީތަކާއި، ކައުންސިލް އިދާރާއިން ކުރިއަށްގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި، ކައުންސިލް އިދާރާގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. ތަޢުލީމާއި ތަމްރީނު.
  2. މަސައްކަތުގެ ތަޖުރިބާ.
  3. މަސައްކަތުގެ ހުނަރާއި ފެންވަރާއި ޤާބިލުކަމާއި ސިފަތައް.
  4. ގިނަވަގުތު މަސައްކަތު އުޅެވޭ ފަރާތަކަށްވުން.
  5. އިންޓަރވިއުއިން (ޕްރެކްޓިކަލްސްއާއެކު) އެންމެމަތީ މާކްސް ހޯދާ ފަރާތް.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

2015 އޮކްޓޫބަރު 08 ވަނަ ދުވަހުގެ 14:00 ގެ ކުރިން، 'ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު' ފުރިހަމަކުރެއްވުމަށްފަހު މިއިދާރާއަށް ހުށަހެޅުން.

އިންޓަރވިއު އަދި ޢަމަލީ މަސައްކަތް އޮންނާނެ ތަނާއި މުއްދަތު:

މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނީ 2015 އޮކްޓޫބަރު 11 އިން 17 އާ ދެމެދު ފ. އަތޮޅު ކައުންސިލްގެ އިދާރާގައެވެ.

އުޖޫރައާއި އިނާޔަތްތައް:

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސް ފަރުވާގެ ޚިދުމަތް.
  2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ފައިސާ.
  3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި ރަމަޟާންމަހުގެ ޢިނާޔަތު ފައިސާ އަދި ދަތުރު އެލަވަންސް

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމާއި ސިވިލްސަރވިސްގެ ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތައް ލިބުނުކަން ކަށަވަރުކުރާ ފޯމު (ފޯމު ފ. އަތޮޅު ކައުންސިލްގެ އިދާރާގެ ކައުންޓަރުންނާއި މިއިދާރާގެ ވެބްސައިޓް: www.faaf.gov.mv އިން ލިބެން ހުންނާނެއެވެ.)
  2. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  3. ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
  4. ސްކޫލެއްގައި އުޅެފައިވާނަމަ ލީވިންގ ސެޓުފިކެޓުގެ ކޮޕީ.
  5. ވަޒީފާއެއްގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތާއި މުއްދަތު އެނގޭނޭ، އެތަނުގެ ތައްގަނޑުޖެހި ރަސްމީ ލިޔުން.
  6. ސަރުކާރަށް ނުވަތަ ސިވިލް ސަރވިސްއަށް ޚިދުމަތް ކުރުމަށް ބޮންޑެއްގައިހުރި މުވައްޒަފަކު ފ. އަތޮޅު ކައުންސިލްގެ އިދާރާގެ ވަޒީފާއަށް ހޮވިއްޖެނަމަ އެވަޒީފާއަށް ބަދަލުވުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ރަސްމީ ލިޔުން.
  7. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު

އެހެނިހެން ކަންތައްތައް

  • މި މަޤާމަށް ކުރިމަތިލާ މީހުންނަކީ ޢުމުރުން 55 އަހަރުވެފައިވާ މީހުންކަމުގައި ވެގެންނުވާނެއެވެ.
  • ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ސުންގަޑި ހަމަވުމަށްފަހު ހުށަހަޅުއްވާ ހުށަހެޅުންތަކާއި، އެޓޭޗް ކުރަންޖެހޭ ލިޔުންތައް ހަމަނުކޮށް އަދި ފުރިހަމަނުކޮށް ހުށަހަޅާ ހުށަހެޅުންތައް ބަލައިނުގަނެވޭނެއެވެ.

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ މިއޮފީހުގެ ނަންބަރު: 6740017، 6740018 ފޯނަށް ގުޅުއްވުން އެދެމެވެ. ފެކްސް ނަންބަރަކީ 6740019 އެވެ. އަދި އީމެއިލް އެޑްރެހަކީ [email protected] އެވެ.

02 ޛުލްޙިއްޖާ 1436

15 ސެޕްޓެންބަރު 2015
ހޯދާ