ހއ. އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
ލީޑިންގ ޓީޗަރ

މިމަރުކަޒަށް ތިރީގައި މިދަންނަވާ މަޤާމަށް މީހުން ބޭނުންވެއްޖެއެވެ.

މަޤާމު: ލީޑިންގ ޓީޗަރ

ބޭނުންވާ އަދަދު: 01  

މަސައްކަތް ކުރަން ހަމަޖެހިފައިވާ ތަން: ހއ. އަތޮޅު ތަޢުލީމީ މަރުކަޒު، ހއ. ދިއްދޫ

މަޤާމުގެ ގިންތި: ދާއިމީ

ޝަރުޠު:

މަޤާމު

ކްލެސިފިކޭޝަން

ރޭންކް

ޝަރުޠު

މަޤާމުގެ އަސާސީ މުސާރަ

ސަރވިސް އެލަވަންސް

ޓީޗަރ

 

ސްކޫލްޓީޗަރސް

 

CS9-2

ކިޔަވައިދިނުމުގެ ރޮނގުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން، އަދި ސެން ޓީޗަރުކަމަށް ހަމަޖައްސާނަމަ ސެން ޓީޗަރުންގެ ޝަރުޠު ފުރިހަމަވުން.

5780.00

2500.00

CS9-3

ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ CS9-2 ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %85 އަށް ވުރެ މަތިން މާކްސް ލިބިފައިވުން.

6090.00

2500.00

CS9-4

ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ CS9-3 ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން 3 އަހަރު %85 އަށް ވުރެ މަތިން މާކްސް ލިބިފައިވުން.

6410.00

2500.00

CS9-5

ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ CS9-4 ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %85 އަށް ވުރެ މަތިން މާކްސް ލިބިފައިވުން.

6750.00

2500.00

ޓީޗަރ

 

ސްކޫލްޓީޗަރސް

 

CS11-2

ކިޔަވައިދިނުމުގެ ރޮނގުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ނުވަތަ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ސަނަދު ވެލިޑޭޓްކޮށްފައިވުން. އަދި ސެން ޓީޗަރުކަމަށް ހަމަޖައްސާނަމަ، ސެން ޓީޗަރުންގެ ޝަރުޠު ފުރިހަމަވުން.

7070.00

2500.00

CS11-3

ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ CS11-2 ގެ ރޭންކުގައި މަދުވެގެން 2 އަހަރު ދުވަހު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު ދުވަހު %85 އަށްވުރެ މަތިން މާކްސް ލިބިފައިވުން

7450.00

2500.00

CS11-4

ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ CS11-3 ގެ ރޭންކުގައި މަދުވެގެން 2 އަހަރު ދުވަހު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު ދުވަހު %85 އަށްވުރެ މަތިން މާކްސް ލިބިފައިވުން

7840.00

2500.00

CS11-5

ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ CS11-4 ގެ ރޭންކުގައި މަދުވެގެން 2 އަހަރު ދުވަހު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު ދުވަހު %85 އަށްވުރެ މަތިން މާކްސް ލިބިފައިވުން. އަދި ސެން ޓީޗަރުކަމަށް ހަމަޖައްސާނަމަ ސެން ޓީޗަރުންގެ ޝަރުޠު ފުރިހަމަވުން.

8250.00

2500.00

ޓީޗަރ

 

 

ސްކޫލްޓީޗަރސް

 

CS13-2

ކިޔަވައިދިނުމުގެ ރޮނގުން ނުވަތަ ކިޔަވައިދޭ މާއްދާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7ގެ ނުވަތަ އެއަށްވުރެ މަތީ ޑިގްރީ ސަނަދެއް ހާސިލުކޮށްފައިވުމާއެކު،  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ސަނަދުތައް ވެލިޑޭޓްކޮށްފައިވުން. އަދި ސެން ޓީޗަރުކަމަށް ހަމަޖައްސާނަމަ، ސެން ޓީޗަރުންގެ ޝަރުޠު ފުރިހަމަވުން.

8440.00

2500.00

CS13-3

ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ CS13-2 ގެ ރޭންކުގައި މަދުވެގެން 2 އަހަރު ދުވަހު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު ދުވަހު %85 އަށްވުރެ މަތިން މާކްސް ލިބިފައިވުން.

8890.00

2500.00

CS13-4

ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ CS13-3 ގެ ރޭންކުގައި މަދުވެގެން 2 އަހަރު ދުވަހު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު ދުވަހު %85 އަށްވުރެ މަތިން މާކްސް ލިބިފައިވުން.

9360.00

2500.00

CS13-5

ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ CS13-4 ގެ ރޭންކުގައި މަދުވެގެން 2 އަހަރު ދުވަހު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު ދުވަހު %85 އަށްވުރެ މަތިން މާކްސް ލިބިފައިވުން.

9850.00

2500.00

ސީނިއަރ ޓީޗަރ

 

ސްކޫލްޓީޗަރސް

 

CS15-2

  • ކިޔަވައިދިނުމުގެ ރޮނގުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް  ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައި  އޮތުމާއެކު، ތަޢުލީމީ ދާއިރާއިން ނުވަތަ ކިޔަވައިދޭ  މާއްދާއަށް ޚާއްޞަކުރެވިފައިވާ ދާއިރާއަކުން   ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ސަނަދުތައް ވެލިޑޭޓްކޮށްފައިވުން. އަދި ސެން ޓީޗަރުކަމަށް ހަމަޖައްސާނަމަ، ސެން ޓީޗަރުންގެ ޝަރުޠު ފުރިހަމަވުން. ނުވަތަ؛
  • ކިޔަވައިދޭ މާއްދާއަށް ޚާއްޞަކުރެވިފައިވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް  ހާސިލުކޮށްފައި އޮތުމާއެކު، ކިޔަވައިދިނުމުގެ ރޮނގުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ތަޢުލީމީ ދާއިރާއިން ނުވަތަ ކިޔަވައިދޭ މާއްދާއަށް ޚާއްޞަކުރެވިފައިވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުމާއެކު،  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ސަނަދުތައް ވެލިޑޭޓްކޮށްފައިވުން. އަދި ސެން ޓީޗަރުކަމަށް ހަމަޖައްސާނަމަ، ސެން ޓީޗަރުންގެ ޝަރުޠު ފުރިހަމަވުން.

9910.00

2500.00

CS15-3

ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ CS15-2 ގެ ރޭންކުގައި މަދުވެގެން 2 އަހަރު ދުވަހު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު ދުވަހު %85 އަށްވުރެ މަތިން މާކްސް ލިބިފައިވުން

10,100.00

2500.00

CS15-4

ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ CS15-3 ގެ ރޭންކުގައި މަދުވެގެން 2 އަހަރު ދުވަހު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު ދުވަހު %85 އަށްވުރެ މަތިން މާކްސް ލިބިފައިވުން

10,320.00

2500.00

CS15-5

ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ CS15-4 ގެ ރޭންކުގައި މަދުވެގެން 2 އަހަރު ދުވަހު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު ދުވަހު %85 އަށްވުރެ މަތިން މާކްސް ލިބިފައިވުން

10,640.00

2500.00

އެޑިޔުކޭޝަނަލް ކޮލިފިކޭޝަން އެލަވަންސް:

މުސާރައިގެ އިންސައްތަ

ސަނަދު

30%

ކިޔަވައިދިނުމުގެ ރޮނގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް އޮތުން.

25%

ކިޔަވައިދިނުމުގެ ރޮނގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ ލެވެލް 8 ގެ ސަނަދެއް އޮތުން.

20%

ކިޔަވައިދިނުމުގެ ރޮނގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް އޮތުން.

 

ކިޔަވައިދިނުމުގެ ރޮނގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް އޮތުން.

20%

ކިޔަވައިދިނުމުގެ ރޮނގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް އޮތުން.

އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

ޓީޗަރުންނާ ގުޅޭ

1- ޓީޗަރުންގެ ފެންވަރު ރަނގަޅުކުރުމަށް ކުރަންޖެހޭ ކަންތައްތައް ކުރުން.

2- ސްޕަވިޝަންގެ ކަންތައް ހަރުދަނާކަމާއެކު ކުރިއަށް ގެންދިއުމަށް ޕްރިންސިޕަލަށް އެހީތެރިވުން.

3- ޓީޗަރުން ކިޔަވައިދިނުމުގައިހުރި އުނި ކަންތައްތަކާއި ރަނގަޅު ކަންތައްތައް ފާހަގަ ކުރުމަށް މަދުވެގެން ދުވާލަކު އެއް ލެސަން އޮބްޒަރވްކުރުން. އަދި އޮބްޒަރވް ކުރުމަށްފަހު ރަނގަޅު ކަންތައްތަކަށް ތަޢުރީފްކޮށް ހިތްވަރުދީ އުނި ކަންތައްތައް އިޞްލާޙުކުރާނެ ގޮތުގެ އިރުޝާދުދީ މަޝްވަރާކުރުން.

4- ކިޔަވައިދޭ އެއްޗެތި ކުދިންނަށް އެނގޭ މިންވަރު ވަޒަންކުރުމަށް ޓީޗަރުން ގެންގުޅުއްވާ އުސޫލުތައް (އެސެސްމަންޓް ޓެކްނިކްސް) ޗެކްކުރުން.

5- ކިޔަވައިދިނުން އިޞްލާޙުކުރުމަށް ރޭވޭ ތަފާތު ޕްރޮގްރާމްތައް (ރެމީޑިއަލް، ނުވަތަ އެންރިޗްމަންޓް ނުވަތަ ބެލެނިވެރިންންނަށް މަޢުލޫމާތުދިނުން ފަދަ) ހިނގާނުހިނގާގޮތް ބަލައި އެކަން ފްލޯއަޕް ކުރުން

6- ލެސަން އޮބްޒަވޭޝަން ކުރިއަށް ގެންދިއުމަށް ޕްރީ އަދި ޕޯސްޓް މީޓިންގ ބޭއްވުން.

7- ކޯޑިނޭޝަން ބައްދަލުވުން / ޑިޕާޓްމަންޓް ބައްދަލުވުން / ސެޝަން ބައްދަލުވުން ބޭއްވުން.

ދަރިވަރުންނާ ގުޅޭ

8- ދަރިވަރުންގެ ތަމްރީނު ހަދާ ފޮތްތައް ޗެކްކުރުމުގައި ޕްރިންސިޕަލަށް އެހީވުން.

9- ދަރިވަރުންގެ ފެންވަރު މަތިކުރުމަށާއި ދަރިވަރުން މާއްދާތަކުން ފެއިލްވާ މިންވަރު ދަށްކުރުމަށް ތަފާތު ޕްރޮގްރާމް ރާވައި ހިންގުމުގައި ޕްރިންސިޕަލަށް އެހީވުން.

10- ރިމީޑިއަލް ކްލާސްތަކާއި އެންރިޗްމެންޓް ކުލާސްތައް ރާވައި ހިންގުން.

11- ދަރިވަރުންގެ އަޚުލާޤީ ފެންވަރު ހިފެހެއްޓުމަށް ބާރުއެޅުމާއި ސްކޫލުގެ ތެރޭގައި ދަރިވަރުންގެ އަޚްލާޤު ހުންނަގޮތް ބެލެހެއްޓުން.

12- އެސެމްބްލީގަޑި، ޕީއީ ނަގާ ސަރަހައްދު އަދި ދަރިވަރުން ހަރަކާތްތެރިވާ އެންމެހާ ތަންތަން ކިޔެވުން ކުރިއަށްދާއިރު ސްޕަވައިޒްކުރުން.

ކިޔަވައިދިނުމާ ގުޅޭ

13- ސްޕަވިޝަންގެ ޓައިމް ޓޭބަލް ތައްޔާރުކުރުމާއި ހާޒިރުނުވާ ޓީޗަރުންގެ ގަޑިތަކަށް ސަބްސްޓިޓުޝަން ގަޑިތައް ހަމަޖެއްސުން.

14- ކިޔަވައިދިނުމާ ގުޅޭގޮތުން ޓީޗަރުން ފުރިހަމަކުރަންޖެހޭ މަޢުލޫމާތުތައް ފުރިހަމަ ކުރޭތޯ ބެލުމާއި ޗެކްކުރުން.

15- ދަރިވަރުންގެ ދުވަހުގެ ހާޒިރީ ދުވަހުން ދުވަހަށް ޗެކްކުރުން.

އެކްސްޓްރާ ކަރިކިއުލަރ އަދި ކޯކަރިކުލަރ ހަރަކާތްތަކާ ބެހޭ

16- އެކްސްޓްރާ އަދި ކޯކަރިކުލަރ ހަރަކާތްތައް ކުރިއަށް ގެންދިއުމުގައި ޕްރިންސިޕަލަށް އެހީތެރިވުން.

17- ސްކޫލުގެ އެކްޓިވިޓީ ކަލަންޑަރުގައިވާ ހަރަކާތްތައް ހިންގުމަށް ޕްރިންސިޕަލަށް އެހީތެރިވުން.

ހިންގުމުގެ ދާއިރާއާ ބެހޭ

18- ސްކޫލުގައި އިސްކޮށް މަސައްކަތްކުރައްވާ ފަރާތްތަކާއި ގާތްގުޅުމެއް ބޭއްވުމާއެކު، ޕްރިންސިޕަލްގެ އެހީ ހޯދުމާއި ކަންކަމުގެ ފުރިހަމަ މަޢުލޫމާތު ފޯރުކޮށްދިނުން.

19- ތަފާތު ހަރަކާތްތަކާއި ކަންކަން ރާވައިހިންގުމުގައި ސްކޫލް މެނޭޖްމަންޓަށް އެހީފޯރުކޮށްދިނުން.

20- ސްކޫލް ކަލަންޑަރު އެކުލަވާލުމުގައި ސްކޫލް މެނޭޖްމަންޓަށް އެހީފޯރުކޮށްދިނުން.

21- ކްލާސްރޫމާއި ހޯލް، ކިޔެވުމާއި އިމްތިޙާންތަކާއި އެހެނިހެން ހަރަކާތްތަކަށް ތައްޔާރުކުރުމުގެ އިންތިޒާމު ހަމަޖެއްސުން.

22- އަޚުލާޤީ މައްސަލަތަކުގައި ހަރުދަނާ ފިޔަވަޅު އެޅުން.

23- ގަޑި ޖެހިގެން އަންނަ ކުދިންގެ ކަންތައްތައް ބެލެހެއްޓުން.

24- ސްކޫލަށް ހާޒިރުނުވާ ކުދިންނާއި ބަލިވުމުން ސްކޫލަށް ހާޒިރު ނުވެވޭ ކުދިންގެ ކަންތައްތައް ބެލެހެއްޓުން.

25- އަޚުލާޤީ ކަންކަން ރިކޯޑުކުރުން. (ޑިސިޕްލިންގ ރިކޯޑު)

26- އިމްތިޙާންތައް ހިންގުމުގައި އެހީތެރިކަން ފޯރުކޮށްދިނުން.

27- ބެލެނިވެރިންނާއި ޓީޗަރުންގެ ދެމެދު އޮންނަ ގުޅުން ހަރުދަނާކުރުމަށް މަސައްކަތްކުރުން.

28- އެސެމްބްލީ ރާވައި ހިންގުން.

އިތުރުގަޑީއާ ބެހޭ

29- ގްރޭޑްގެ އެންމެހާ ޓީޗަރުންގެ އިތުރުގަޑީގެ ހާޒިރީ ދުވަހުން ދުވަހަށް ޗެކްކުރުން.

30- އިތުރުގަޑީގެ ގޮތުގައި ކޮށްފައިވާ މަސައްކަތްތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުން.

31- އިތުރުގަޑީގެ ރިޕޯޓް ކޮންމެ މަހެއްގެ 15 ގެ ކުރިން ނިންމެވުން.

32- އިސްވެދިޔަ ކަންތައްތަކުގެ އިތުރަށް ޚާއްޞަގޮތެއްގައި ހަވާލުކުރެވޭ ޢާންމުގޮތެއްގައި ދިމާނުވާޒާތުގެ ބޮޑެތި މަސައްކަތްތަކުގައި، އަދި ކުއްލިގޮތެއްގައި ހަވާލުކުރެވޭ އަވަސް ކަންތައްތަކުގައި ވެރިން އަންގަވާގޮތުގެމަތިން، ފަރުވާތެރިކަމާއެކު ބަރާބަރަށް ޢަމަލުކުރުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

- ހާސިލު ކޮށްފައިވާ ތަޢުލީމާ ތަމްރީނަށް ބަލައިގެން

- މަސައްކަތުގެ ދާއިރާއަށް ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން

- ޤާބިލުކަން ކަށަވަރު ކުރުމަށް އިންޓަރވިއު ކޮށްގެން

އިންޓަރވިއު ކުރުން

ހ. މިމަޤާމަށް މީހުން ނެގުމަށް ހަމަޖެހިފައިވަނީ އިންޓަރވިއު ކުރުމަށް ފަހުގައެވެ. އިންޓަރވިއު އޮންނާނީ 06 އޮކްޓޫބަރ 2015 އާއި 18 އޮކްޓޫބަރ 2015 އާ ދެމެދުގެ ތާރީޚެއްގައި ހއ.އަތޮޅު ތަޢުލީމީ މަރުކަޒުގައެވެ.

ށ. މި މަޤާމަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބެލުމަށްފަހު، ޝޯޓްލިސްޓް ކުރެވޭނެއެވެ. އިންޓަވިއު ކުރެވޭނީ ޝޯޓްލިސްޓް ކުރާއިރު ހޮވޭ ފަރާތްތަކާއެވެ.

ހުށަހަޅުއްވަންޖެހޭ ލިޔުންތައް

ހ- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު މި ސްކޫލުގެ އޮފީހުން ލިބެން ހުންނާނެއެވެ.) އަދި ސިވިލްސަރވިސް ކޮމިޝަނުގެ ވެބްސައިޓުން (www.csc.gov.mv) އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

ށ- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

ނ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ)

ރ. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

ބ- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީއެއް.

ޅ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

- ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، ހއ.އަތޮޅު ތަޢުލީމީ މަރުކަޒަށެވެ.

- ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2015 އޮކްޓޫބަރު 05 ވަނަ ދުވަހުގެ 15:00 ގެ ކުރިންނެވެ.

ނޯޓް:

މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތަކާ އިންޓަރވިއު ކުރުމަށްފަހު އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.

އިތުރު މަޢުލޫމާތު:

ފޯން:   6500014

ފެކްސް: 6500560

މެއިލް އެޑްރެސް: [email protected]        

3 ޛުލްޙިއްޖާ 1436

16 ސެޕްޓެންބަރު 2015
ހޯދާ