ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރިސަރޗް އޮފިސަރ

މިއިދާރާގެ މިދަންނަވާ  މަޤާމަށް މީހަކު ހޯދަން ބޭނުންވެއްޖެއެވެ.

މަޤާމު:

ރިސަރޗް އޮފިސަރ

މަޤާމުގެ ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 1 (ރޭންކް: އެމް.އެސް 01)

މުސާރަ:

-/5,610 ރުފިޔާ

ސަރވިސް އެލަވަންސް:

-/2,000 ރުފިޔާ

ބޭނުންވާ އަދަދު:

01

މަސައްކަތް ކުރަންޖެހޭ ތަނާއި ޔުނިޓް:

ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ / (ޕޮލިސީ، ޕްލޭނިންގ، ރިސަރޗް އެންޑް މޮނިޓަރިންގ)

ތަޢުލީމާއި ތަޖުރިބާ:

  1. ރިސަރޗް، އިވެލުއޭޝަން، މޮނިޓަރިންގ، ސްޓެޓިސްޓިކްސް، އިންފޮރމޭޝަން ޓެކްނޮލޮޖީ އަދި ޕްލޭނިންގ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލު ކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތު ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  2. ރިސަރޗް، އިވެލުއޭޝަން، މޮނިޓަރިންގ، ސްޓެޓިސްޓިކްސް، އިންފޮރމޭޝަން ޓެކްނޮލޮޖީ އަދި ޕްލޭނިންގ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލު ކޮށްފައިވުން. ނުވަތަ
  3. ރިސަރޗް، އިވެލުއޭޝަން، މޮނިޓަރިންގ، ސްޓެޓިސްޓިކްސް، އިންފޮރމޭޝަން ޓެކްނޮލޮޖީ އަދި ޕްލޭނިންގ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލު ކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  1. ތަފާސްހިސާބާ ބެހޭ ރިޕޯޓްތައް ހަދައި ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.
  2. އަތޮޅު ކައުންސިލްގެ އިދާރާގެ ތަފާސްހިސާބުތައް ބެލެހެއްޓުން.
  3. ސީ. ޕީ. އައި އެކުލަވާލުމުގައި އަތޮޅާއި ރަށު ފެންވަރުގައި އެއްކުރަންޖެހޭ ބާޒާރުގެ އަގުތަކުގެ މަޢުލޫމާތު އެއްކޮށް ކަނޑައެޅިފައިވާ ސުންގަނޑިއަށް ގަވާއިދުން ކަމާބެހޭ ފަރާތްތަކަށް ފޮނުވުން.
  4. ޑީ. އެން. ޕީ ގެ ތަފާސްހިސާބާ ބެހޭ ޑިވިޝަނުން އެކުލަވާލުމަށް ހަމަޖެހިފައިވާ، ރަށްރަށުގެ ތަފާސްހިސާބުގެ އަހަރީ ފޮތަށް ބޭނުންވާ ރަށުފެންވަރުގެ ތަފާސްހިސާބު ފޯރުކޮށްދިނުން.
  5. ސަރުކާރުގެ އެކި އޮފީސްތަކުން އަތޮޅާއި ރަށުފެންވަރުގެ އިދާރީ ތަފާސްހިސާބު އެއްކުރުމަށް ބޭނުންކުރާ ފޯމްތައް ފުރިހަމަކުރުން.
  6. އަތޮޅާއި ރަށުފެންވަރުގައި ހިންގޭ ތަފާސްހިސާބުގެ ތަމްރީނު ޕްރޮގްރާމްތައް ވިލަރެސްކުރުން.
  7. އަތޮޅާއި ރަށުފެންވަރުގައި ހިންގޭ އެކިއެކި ސަރވޭތަކުގެ ލިސްޓާއި ރެކޯޑު ބެލެހެއްޓުން.
  8. އަތޮޅާއި ރަށުފެންވަރުގައި ތަފާސްހިސާބު ބޭނުންވާ ފަރާތްތަކަށް ފޯރުކޮށްދެވޭ މިންވަރު އިތުރުކުރުމާއި ކަމާބެހޭގޮތުން ހޭލުންތެރިކަން އިތުރުކުރުން.
  9. އަތޮޅާއި ރަށުފެންވަރުގައި މަސައްކަތް ހިންގާ ތަންތަނުގެ ލިސްޓެއް ބެލެހެއްޓުން.
  10. ބޯހިމެނުމާއި ސަރވޭތަކަށް ބޭނުންވާ ލިސްޓިންގ ރަށުފެންވަރުގައި ނެގުމާއި މިމަޢުލޫމާތު އަޕްޑޭޓްކުރަން ބޭނުންވާ މިންވަރަކުން އެމަސައްކަތް ކުރުން.
  11. ބޯހިމެނުމާއި ސަރވޭތަކަށް ބޭނުންވާ ރަށްރަށުގެ ޗާޓްތައް އަޕްޑޭޓްކޮށް ބެލެހެއްޓުން.
  12. ބޯހިމެނުމާއި ސަރވޭތަކުގައި އަތޮޅާއި ރަށުފެންވަރުގައި ޙަރަކާތްތެރިވާ އިނިއެމަރޭޓަރުންނާއި ސުޕަވައިޒަރުން ތަމްރީނުކުރުން.
  13. އަތޮޅާއި ރަށުފެންވަރުގައި ތަފާސްހިސާބު އެއްކުރުމުގެ މަސައްކަތް ސުޕަވައިޒްކޮށް ވިލަރެސްކުރުން.
  14. އަތޮޅާއި ރަށުފެންވަރުގައި ތަފާސްހިސާބު އެއްކުރުމުގެ މަސައްކަތް ޢަމަލީގޮތުން ސުޕަވައިޒް ކުރުމަށްޓަކައި އަތޮޅުގެ ރަށްރަށަށް ދަތުރުކުރުން.
  15. ތަފާސްހިސާބާ ބެހޭ މަސައްކަތް ހިނގާގޮތުގެ މަޢުލޫމާތުދީ ކަމާބެހޭ ފަރާތްތަކަށް ގަވާއިދުން ރިޕޯޓްކުރުމާއި ކަމާބެހޭ ބައްދަލުވުންތަކުގައި ބައިވެރިވުން.
  16. ސަރުކާރުގެ އެކި އޮފީސްތަކުން އަތޮޅާއި ރަށުފެންވަރުގެ އިދާރީ ތަފާސްހިސާބު އެއްކުރުމަށް ބޭނުންކުރާ ފޯމުތައް ފުރިހަމަކުރުން.
  17. ކުއްލި ޙާލަތްތަކުގައި ވަގުތުން ވަގުތަށް އަތޮޅާއި ރަށުފެންވަރުގައި އެއްކުރަންޖެހޭ އިމަރޖެންސީ އިންފޯ ހަލުވިކަމާއެކު ނެގުމަށްޓަކައި އެހީތެރިވުން.
  18. އަތޮޅާއި ރަށްރަށުގައި ހިންގަމުންދާ ތަރައްޤީގެ ޕްރޮޖެކްޓްތައް މޮނިޓަރކޮށް އިވެލުއޭޓްކޮށް ބެލެހެއްޓުން.
  19. ސެކްޝަނުންކުރާ މަސައްކަތްތަކާ ގުޅޭގޮތުން ރަށުކައުންސިލްތަކަށް ބޭނުންވާ ލަފާދިނުން.
  20. ރަށު ކައުންސިލްތައް މޮނިޓަރކޮށް އިވެލުވޭޓްކުރުން.
  21. ހަވާލު ކުރެވޭ މަސައްކަތާ ގުޅިގެން އަދާކުރަންޖެހޭ އެހެނިހެން މަސްއޫލިއްޔަތުތައް އަދާކުރުން.
  22. ކައުންސިލަށް ދިމާވާ ކުއްލި އިމަރޖެންސީތަކާއި، ކައުންސިލް އިދާރާއިން ކުރިއަށްގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި، ކައުންސިލް އިދާރާގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. ތަޢުލީމާއި ތަމްރީނު.
  2. މަސައްކަތުގެ ތަޖުރިބާ.
  3. މަސައްކަތުގެ ހުނަރާއި ފެންވަރާއި ޤާބިލުކަމާއި ސިފަތައް.
  4. ގިނަވަގުތު މަސައްކަތު އުޅެވޭ ފަރާތަކަށްވުން.
  5. އިންޓަރވިއުއިން (ޕްރެކްޓިކަލްސްއާއެކު) އެންމެމަތީ މާކްސް ހޯދާ ފަރާތް.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

2015 އޮކްޓޫބަރު 08 ވަނަ ދުވަހުގެ 14.00 ގެ ކުރިން، 'ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު' ފުރިހަމަކުރެއްވުމަށްފަހު މިއިދާރާއަށް ހުށަހެޅުން.

އިންޓަރވިއު އަދި ޢަމަލީ މަސައްކަތް އޮންނާނެ ތަނާއި މުއްދަތު:

މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނީ 2015 އޮކްޓޫބަރު 11 އިން 17 އާ ދެމެދު ފ. އަތޮޅު ކައުންސިލްގެ އިދާރާގައެވެ.

އުޖޫރައާއި އިނާޔަތްތައް:

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
  2. ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ފައިސާ.
  3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި ރަމަޟާންމަހުގެ ޢިނާޔަތު ފައިސާ އަދި ދަތުރު އެލަވަންސް

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމާއި ސިވިލްސަރވިސްގެ ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތައް ލިބުނުކަން ކަށަވަރުކުރާ ފޯމު (ފޯމު ފ. އަތޮޅު ކައުންސިލްގެ އިދާރާގެ ކައުންޓަރުންނާއި މިއިދާރާގެ ވެބްސައިޓް: www.faaf.gov.mv އިން ލިބެން ހުންނާނެއެވެ.)
  2. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  3. ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
  4. ސްކޫލެއްގައި އުޅެފައިވާނަމަ ލީވިންގ ސެޓުފިކެޓުގެ ކޮޕީ.
  5. ވަޒީފާއެއްގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތާއި މުއްދަތު އެނގޭނޭ، އެތަނުގެ ތައްގަނޑުޖެހި ރަސްމީ ލިޔުން.
  6. ސަރުކާރަށް ނުވަތަ ސިވިލް ސަރވިސްއަށް ޚިދުމަތް ކުރުމަށް ބޮންޑެއްގައިހުރި މުވައްޒަފަކު ފ. އަތޮޅު ކައުންސިލްގެ އިދާރާގެ ވަޒީފާއަށް ހޮވިއްޖެނަމަ އެވަޒީފާއަށް ބަދަލުވުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ރަސްމީލިޔުން.
  7. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު

އެހެނިހެން ކަންތައްތައް

  • މި މަޤާމަށް ކުރިމަތިލާ މީހުންނަކީ ޢުމުރުން 55 އަހަރުވެފައިވާ މީހުންކަމުގައި ވެގެންނުވާނެއެވެ.
  • ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ސުންގަޑި ހަމަވުމަށްފަހު ހުށަހަޅުއްވާ ހުށަހެޅުންތަކާއި، އެޓޭޗް ކުރަންޖެހޭ ލިޔުންތައް ހަމަނުކޮށް އަދި ފުރިހަމަނުކޮށް ހުށަހަޅާ ހުށަހެޅުންތައް ބަލައިނުގަނެވޭނެއެވެ.

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ މިއޮފީހުގެ ނަންބަރު: 6740017، 6740018 ފޯނަށް ގުޅުއްވުން އެދެމެވެ. ފެކްސް ނަންބަރަކީ 6740019 އެވެ. އަދި އީމެއިލް އެޑްރެހަކީ [email protected] އެވެ.

01 ޛުލްޙިއްޖާ 1436

16 ސެޕްޓެންބަރު 2015
ހޯދާ