މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ
ދިވެހިރާއްޖެ
ޑިރެކްޓަރ (އީ.އެކްސް 1)

މަޤާމު:

ޑިރެކްޓަރ (އީ.އެކްސް 1)

ބޭނުންވާ އަދަދު:

1

ކްލެސިފިކޭޝަން:

ޑިރެކްޓަރ

މުސާރަ:

-/8835 ރުފިޔާ

ސާރވިސް އެލަވަންސް:

މަހަކު -/2,000 ރުފިޔާ

އޮފީސް / ވަޒީފާ އަދާކުރަންޖެހޭ ތަން:

މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ،

ކ. މާލެ

ސެކްޝަން:

ކޯޕަރޭޓް އެފެއާޒް ޑިވިޜަން/ އެޑްމިން ސެކްޝަން 

މަޤާމުގެ ޝަރުޠު:

  • މަޤާމުގެ މަސައްކަތާ ގުޅޭ ގޮތުން (ބިޒްނަސް /މެނޭޖްމަންޓް/ އެޑްމިނިސްޓްރޭޝަން) ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 8 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  • މަޤާމުގެ މަސައްކަތާ ގުޅޭ ގޮތުން (ބިޒްނަސް /މެނޭޖްމަންޓް/ އެޑްމިނިސްޓްރޭޝަން) ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  • މަޤާމުގެ މަސައްކަތާ ގުޅޭ ގޮތުން (ބިޒްނަސް /މެނޭޖްމަންޓް/ އެޑްމިނިސްޓްރޭޝަން) ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  • މަޤާމުގެ މަސައްކަތާ ގުޅޭ ގޮތުން (ބިޒްނަސް /މެނޭޖްމަންޓް/ އެޑްމިނިސްޓްރޭޝަން) ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ
  • މަޤާމުގެ މަސައްކަތާ ގުޅޭ ގޮތުން (ބިޒްނަސް /މެނޭޖްމަންޓް/ އެޑްމިނިސްޓްރޭޝަން)  ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވަލް 6 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

އިތުރު ތަފުސީލު

  • ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތައް ފުރިހަމަކޮށް ހުށަހަޅާ ސެޓުފިކެޓުތައް (އެކްރެޑިޓްކޮށްފައި ނުވި ނަމަވެސް) ސިވިލް ސަރވިސްގެ އަސާސީ ޝަރުޠު ފުރިހަމަކުރުމުގައި ބެލެވޭނެއެވެ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

  1. ސެކްޝަނުގެ މޭންޑޭޓްގައިވާ މަސައްކަތްތައް ޤާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިން ނަތީޖާ ހާސިލުކުރުމަށް ކުރަންޖެހޭ މަސައްކަތްކުރުމާއި ކުރުވުން.
  2. ޑިވިޜަންގެ ވެރިޔާ އިރުޝާދު ދެއްވާ ގޮތުގެމަތިން މިނިސްޓްރީގެ ސެކްޝަންތަކުން ބޭނުންވާ އެންމެހާ ކަންކަން އިންތިޒާމުކޮށްދީ އެކަންކަން ކުރުވުމާއި ކުރުން.
  3. މިނިސްޓްރީ ޖެނެރަލް އެޑްމިނިސްޓްރޭޝަންގެ މަސައްކަތްތަކަށް ބޭނުންވާ އެސް.އޯ.ޕީ ތައްޔާރުކުރުން
  4. މިނިސްޓްރީގެ ފަރާތުން ކުރަންޖެހޭ ދަތުރުތަކުގެ މަސައްކަތް (ޕީ.އާރ މަސައްކަތްތައް) ހަމަޖެހިފައިވާ ގޮތުގެމަތިން ކުރުވައި ބެލެހެއްޓުން.
  5. މިނިސްޓްރީގެ ޔައުމިއްޔާ ދުވަހުން ދުވަހަށް ލިޔުއްވާ ބެލެހެއްޓުން. އަދި ޖަލްސާތަކާއި ބައްދަލުވުންތަކަށް މުވައްޒަފުން ހަމަޖެއްސުމަށްފަހު އެކަންކަން އެފަރާތްތަކަށް އެންގުން.
  6. މިނިސްޓްރީގެ ބައްދަލުވުންތަކުން ޖެނެރަލް އެޑްމިންއާ ގުޅޭގޮތުން ނިންމާ ނިންމުންތައް ތަންފީޒުކުރުމަށް މަސައްކަތް ކުރުމާއި ކުރުވުން.
  7. މިނިސްޓްރީގެ އަހަރީ ރިޕޯޓް ކަނޑައެޅިފައިވާ މުއްދަތަށް ލިޔެ ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުމުގެ މަސައްކަތް ކުރުވުމާއި ކުރުން.
  8. ސެކްޝަނަށް ލިބޭ ސިޓީ/ ނޯޓް ފަދަތަކެއްޗަށް ފިޔަވަޅު އެޅުން
  9. ސެކްޝަނުގެ މުވައްޒަފުންގެ މަސައްކަތްތައް ސުޕަވައިޒްކޮށް ބެލެހެއްޓުން.
  10. މިނިސްޓްރީގެ ލައިބްރަރީ ބެލެހެއްޓުމުގެ މަސައްކަތް ކަނޑައެޅިފައިވާ މުވައްޒަފުލައްވާ ކުރުވައި ބެލެހެއްޓުން
  11. މިނިސްޓްރީގެ ފަރާތުން ރަސްމީ ދަތުރުތަކުގައި ވަޑައިގަންނަވާ ބޭފުޅުންގެ ކަންތައްތައް ޕްރޮޓޮކޯލް މުވައްޒަފުން ލައްވައި ކުރުވުން. އަދި އެކަންތައްތައް ކުރިޔަށްދާގޮތް ސުޕަވައިޒްކުރުން
  12. މިނިސްޓްރީގެ ބޭފުޅުން ރަސްމީ ދަތުރެއްގައި ފުރާވަޑައިގަންނަވާއިރު، އަރިހުގައި އެއަރޕޯޓަށް ދިއުމާއި އަދި އެނބުރި ވަޑައިގަންނަވާއިރު އެއަރޕޯޓަށް ބަލައިދިއުން.
  13. މަތީގައި ބަޔާންކޮށްފައިވާ ކަންތައްތަކުގެ އިތުރުން ވެރިން އަންގަވާ އޮފީހުގެ މަސައްކަތްކުރުން

އުޖޫރައާއި އިނާޔަތްތައް:

- އިތުރުގަޑީގައި މަސައްކަތްކޮށްފިނަމަ އިތުރުގަޑީގެ ފައިސާ

- ފިނޭންސް އެލަވަންސްގެ ގޮތުގައި %35 އެލަވަންސެއްގެ ގޮތުގައި ދެވޭނެއެވެ.

- އާސަންދަ (ހެލްތް އިންޝުއަރެންސް)

މީހުން ހޮވުމުގައި ބަލާނެ ކަންތައްތައް:

- ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ މީހެއް ކަމުގައިވުން.  

- މަސައްކަތަށް ޝައުޤުވެރިކަން ހުރި މިންވަރު

- ކޮމްޕިއުޓަރަށް އަހުލުވެރިވާ މިންވަރު

- ތަޢުލީމާއި ތަމްރީނު (ކަނޑައެޅިފައިވާ އިންސައްތަ: %50)

- މަސައްކަތުގެ ތަޖުރިބާ (ކަނޑައެޅިފައިވާ އިންސައްތަ: % 12)

- އިންޓަރވިއު (ކަނޑައެޅިފައިވާ އިންސައްތަ %38)

ހުށަހަޅަންޖެހޭ ލިޔުންތައް:

- ފުރިހަމަކުރެއްވިފައިވާ އެޕްލިކޭޝަން ފޯމު (މި ފޯމު މި މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.)

- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތައް ލިބުނުކަން ކަށަވަރުކުރާ ފޯމު (މި ފޯމު މި މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.)

- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ ސެޓުފިކެޓު) އަދި ޓްރާންސްކްރިޕްޓް. ސެޓުފިކެޓު ލިބިފައިނުވާނަމަ މޯލްޑިވްސް އެކްރެޑިޓޭޝަން ބޯޑުން ދޫކުރާ ލިޔުން (އެސެސްމަންޓް ރިޕޯޓް ހުށަހަޅުއްވާނަމަ ކޯސް ނިންމިކަމުގެ ލިޔުމާއި ޓްރާންސްކްރިޕްޓް ހުށަހެޅުން)، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ވަނަވަރު / އައި.ޑީ ކާޑުގެ ކޮޕީ /ސްކޫލް ލީވިންގ ސެޓުފިކެޓު.

- ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެމުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އަދި ކުރަމުންގެންދާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް (މި ލިޔުމުގައި މުވައްޒަފު އަދާކޮށްފައިވާ މަޤާމުތަކުގައި ހޭދަވި މުއްދަތު އަދި ކޮށްފައިވާ މަސައްކަތް އެނގޭގޮތަށް ހުށަހެޅުން). 

ސުންގަޑި:

11 އޮކްޓޫބަރު 2015 (އާދީއްތަ) ދުވަހުގެ 14:30 ގެ ނިޔަލަށް.

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 3349339/3349335 ނަންބަރު ފޯނާއެވެ. މި މަޤާމަށް އިންޓަވިއު ކުރެވޭނީ މަޤާމުގެ ޝަރުޠު ހަމަވާ، ތަޢުލީމީ ފެންވަރު އެންމެ މަތީ 10 ފަރާތަކާއެވެ. އަދި ޝޯޓްލިސްޓް ކުރެވޭ ފަރާތްތައް ފިޔަވައި އެހެން ފަރާތްތަކަށް ފޯނުން ގުޅައި އެކަން އެންގޭނެއެވެ. އަދި އިޢުލާނުގެ މުއްދަތު ހަމަވާތާ 3 ހަފުތާގެ ތެރޭގައި މަޤާމަށް މީހުން ހޮވުމަށް ބާއްވާ އިންޓަވިއު އާއި ޕްރެޒެންޓޭޝަން އަދި ޕްރެކްޓިކަލްސް އާއި އިމްތިޙާން ކުރުން މިމިނިސްޓްރީގައި ބޭއްވޭނެއެވެ.

17 ސެޕްޓެންބަރު 2015
ހޯދާ