މާޅޮސްމަޑުލު ދެކުނުބުރީ ފެހެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވާރޭފެން ނަގާ ރައްކާކުރާނެ ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުން

ބީލަން ހުށަހެޅުމުގެ ދަޢުވަތު

1. ބ.ފެހެންދޫގެ މިސްކިތުގެ ގޯތިތެރޭގައާއި، ސްކޫލުގެ ގޯތިތެރޭގައި ވާރޭފެން ނަގައި ރައްކާކުރާނެ ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

2. ބީލަން ފޮތް ބަންދު ނޫން ކޮންމެ ދުވަހަކު 8:30 އިން 14:30 އަށް ފެހެންދޫ ކައުންސިލުގެ އިދާރާއިން ހިލޭ ލިބިވަޑައިގަންނަވާނެއެވެ.

3. މި މަޝްރޫޢުގެ ޕްރީ ބިޑް ބައްދަލުވުން އޮންނާނީ، 29 ސެޕްޓެންބަރު 2015 ވާ އަންގާރަ ދުވަހުގެ 10.00 ގައި، ފެހެންދޫ ކައުންސިލް އިދާރާގައެވެ.

4. ބިޑް ހުޅުވުން އޮންނާނީ، 8 އޮކްޓޫބަރު 2015 ވާ ބުރާސްފަތި ދުވަހުގެ 10.00 ގައި، ފެހެންދޫ ކައުންސިލް އިދާރާގައެވެ. ބީލަންތައް ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި، ތިރީގައިވާ މަޢުލޫމާތު ލިޔެފައި ހުންނަންވާނެއެވެ.

  ހ. "ފެހެންދޫގެ މިސްކިތުގެ ގޯތިތެރެއާއި، ސްކޫލުގެ ގޯތިތެރޭގައި ވާރޭފެން ނަގައި ރައްކާކުރާނެ ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތް"

  ށ. ބީލަން ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް އަދި ގުޅޭނެ ނަންބަރު

  ނ. ބީލަން ހުށަހަޅާ ތާރީޚާއި ވަގުތު

ބީލަން ފޮތުގައި ފުރިހަމަކުރަން ކަނޑައަޅާފައިވާ ހުރިހާ ފޯމުތައް ފުރިހަމަ ނުވާނަމަ، ބިޑް ކެންސަލް ކުރެވޭނެ ވާހަކަ ދަންނަވަމެވެ.

1 ޛުލްޙިއްޖާ 1436   

15 ސެޕްޓެންބަރު 2015
ހޯދާ