މިނިސްޓްރީ އޮފް ހޯމްއެފެއާޒް
ދިވެހިރާއްޖެ
އެންޖީއޯ މެނޭޖްމަންޓް މެނުއަލް (ޕްރެކްޓިކަލް ގައިޑް) ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުން

މި މިނިސްޓްރީގައި ރަޖިސްޓަރީ ކޮށްގެން ހިންގަމުންގެންދާ ޖަމްޢިއްޔާތައް ހިންގުން ހަރުދަނާކޮށް ދެމެހެއްޓެނިވި ގޮތެއްގައި ޖަމްޢިއްޔާތަކުގެ ޙަރަކާތްތައް ކުރިއަށްގެންދިޔުމަށްޓަކައި އެންޖީއޯ މެނޭޖްމަންޓް މެނުއަލް (ޕްރެކްޓިކަލް ގައިޑް) ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 28 ސެޕްޓެންބަރު 2015 ވާ ހޯމަ ދުވަހުގެ 13:30 އަށް މި މިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 01 އޮކްޓޫބަރު 2015 ވާ  ބުރާސްފަތި ދުވަހުގެ 13:30 އަށް މި މިނިސްޓްރީއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި، ގަޑިއަށް ހާޒިރުވެވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެކަމުގައި ދެންނެވީމެވެ.

‏29 ޛުލްޤަޢިދާ 1436 

13 ސެޕްޓެންބަރު 2015
ހޯދާ