މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ކުުދި މަސައްކަތާއި، ޚިދުމަތްދޭ ފަރާތްތައް ދަފްތަރު ކުރުމަށް

ކުދި މަސައްކަތާ ޚިދުމަތްދޭ ފަރާތްތައް ދަފްތަރު ކުރުމަށް ބޭނުންވެއްޖެ

މި މިނިސްޓްރީއާއި މިނިސްޓްރީގެ ދާއިރާތަކުގައި ކުރަންޖެހޭ -/25,000 (ފަންސަވީސްހާސް) ރުފިޔާއިން ދަށުގެ މަސައްކަތާއި ޚިދުމަތްތައް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުގެ ދަފްތަރެއް، މި މިނިސްޓްރީގައި ރަޖިސްޓަރީ ކުރުމަށް ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މިނިސްޓްރީ އޮފް އެޑިޔުކޭޝަން (ވެލާނާގޭގެ 8 ވަނަ ފަންގިފިލާ) އަށް ވަޑައިގެން މިކަމަށް އެދޭ ފޯމު ރިސެޕްޝަނުން ނެންގެވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް ފޯމު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ފޯމު ދޫކުރުން

ފޯމު ހުށަހެޅުމަށް

28 ސެޕްޓެންބަރު 2015 އިން 30 ސެޕްޓެންބަރު 2015 އަށް

1 އޮކްޓޫބަރު 2015 (ބުރާސްފަތި) ދުވަހުގެ 14:00 އަށް

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3341436, 3341403 ނަންބަރު ފޯނާއެވެ.

30 ޛުލްޤަޢިދާ 1436

14 ސެޕްޓެންބަރު 2015
ހޯދާ