ރެހެންދި ސްކޫލް/ހުޅުމާލެ
ދިވެހިރާއްޖެ
ސްކޫލްގެ އުފެދޭ ކުނި އުކާދޭނެ ފަރާތެއް ހޯދުން

ސްކޫލްގެ އުފެދޭ ކުނި އުކާދޭނެ ފަރާތެއް ހޯދުން

މިސްކޫލް ގެ އުފެދޭ ކުނި އުކާދޭނެ ފަރާތެއް ހޯދުމަށްކުރި ނަންބަރު: RS/IUL/2015/89 (ތާރީޚު:06 ސެޕްޓެންބަރު 2015) އިޢުލާނާ ގުޅިގެން އެކަށީގެންވާ ވަރަށް އަންދާސީ ހިސާބު ހުށަހަޅާފައިނުވާތީ އެ އިޢުލާން ބާޠިލުކޮށް މިސްކޫލް ގެ އުފެދޭ ކުނި އުކާދޭނެ ފަރާތެއް ހޯދަން އިޢުލާން ކުރަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 29 ސެޕްޓެންބަރު 2015 ވާ އަންގާރަ ދުވަހުގެ 11:00 ގައި މަޢުލޫމާތު ސާފު ކުރެއްވުމަށް މި ސްކޫލްގެ އޮފީހަށް ވަޑައިގެންނެވުމަށް ދެންނެވީމެވެ. އަދި 4 އޮކްޓޫބަރު 2015 ވާ އާދިއްތަ ދުވަހުގެ 11:00އަށް އަންދާސީ ހިސާބު މި ސްކޫލްގެ އޮފީހަށް ހުށަހެޅުއްވުން އެދެމެވެ. އަދި މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ ދަންނަވަމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3359901 ނަންބަރު ފޯނާއެވެ.

1 ޛުލްޙިއްޖާ 1436 

15 ސެޕްޓެންބަރު 2015
ހޯދާ