މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ
ދިވެހިރާއްޖެ
ކޮންފަރެންސް ރޫމްތަކުގެ ސެޓްއަޕް ހަދައިދޭނެ ފަރާތެއް ހޯދުމަށް

މި މިނިސްޓްރީގެ  ކޮންފަރެންސް ރޫމްތަކުގެ ސެޓްއަޕް މި މިނިސްޓްރީ އިން ދޭ މަޢުލޫމާތާ އެއްގޮތަށް އަމިއްލަ ތަކެތީގައި ހަދައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 6 އޮކްޓޫބަރު 2015 ވާ އަންގާރަ ދުވަހު 13:00 އަށް މި މިނިސްޓްރީއަށް، (ގ. ބިއްލޫރިޖެހިގެ) ވަޑައިގެން މަޢުލޫމާތު ސާފު ކުރެއްވުމަށް ފަހު 11 އޮކްޓޫބަރު 2015 ވާ އާދިއްތަ ދުވަހު 13:00 އަށް މި މިނިސްޓްރީއަށް، (ގ. ބިއްލޫރިޖެހިގެ) ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކާއި މަޢުލޫމާތު ފުރިހަމަނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

3 ޛުލްޙިއްޖާ 1436

17 ސެޕްޓެންބަރު 2015
ހޯދާ