މުލަކަތޮޅު މުލީ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
ފާޚާނާ ހެދުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކުރާނެ ފަރާތެއް ހޯދުން

މ.މުލީ މެޖިސްޓްރޭޓް ކޯޓްގެ ފެންތާނގީ ހިޔާކުރުމާއި، ވޮޗަރުންނާއި ކޯޓަށް ހާޒިރުކުރާމީހުން ބޭނުން ކުރުމަށް ފާޚާނާ ހެދުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކުރާނެ ފަރާތެއް ހޯދުން

މިކޯޓްގެ ފެންތާނގީ ހިޔާކުރުމާއި، ވޮޗަރުންނާއި ކޯޓަށް ހާޟިރުކުރާމީހުން ބޭނުން ކުރުމަށް ފާޚާނާ ހެދުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކުރާނެ ފަރާތެއް ހޯދުމަށް އެދި މިކޯޓުން 26 އޮގަސްޓް 2015 ގައި ކުރި އިޢުލާން ނަންބަރު: K5C/2015/23 އާ ގުޅިގެން ހުށަހަޅާފައިވާ އަންދާސީހިސާބުތައް އެކަށީގެންވާވަރަށްވުރެ ބޮޑުކަމަށް ފެންނާތީ އެ އިޢުލާން ބާޠިލްކޮށް އަމިއްލަތަކެތީގައި އެމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.

ވީމާ، މިކޯޓުންދޭ މަޢުލޫމާތާ އެއްގޮތަށް މިކޯޓްގެ ފެންތާނގީ ހިޔާކުރުމާއި، ވޮޗަރުންނާއި ކޯޓަށް ހާޒިރުކުރާމީހުން ބޭނުން ކުރުމަށް ފާޚާނާ ހެދުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 28 ސެޕްޓެންބަރު 2015 ވާ ހޯމަ ދުވަހު 11:00 އަށް މިކޯޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 01 އޮކްޓޫބަރު 2015 ވާ ބުރާސްފަތި ދުވަހު 11:00 އަށް މިކޯޓަށް އަންދާސީ ހިސާބު ހުށަހެޅުންވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީ ހިސާބާއި، މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބު ބަލައިނުގަނަވޭނެ ވާހަކަދެންނެވީމެވެ.

02 ޛުލްޙިއްޖާ 1436

16 ސެޕްޓެންބަރު 2015
ހޯދާ