ސިވިލް ސަރވިސް ކޮމިޝަން
ދިވެހިރާއްޖެ
ސަރުކާރުގެ އިދާރާތަކުގެ މެނޭޖްމަންޓް އޮޑިޓް ކުރުމުގައި ބޭނުންކުރާ

ސަރުކާރުގެ އިދާރާތަކުގެ މެނޭޖްމަންޓް އޮޑިޓް ކުރުމުގައި ބޭނުންކުރާ "އޮޑިޓް ޓޫލްސް" އިތުރަށް ހަރުދަނާކުރުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ

މި އިޢުލާނުގައިވާ ޓަރމްސް އޮފް ރެފަރެންސާ އެއްގޮތަށް ސިވިލް ސަރވިސް ކޮމިޝަނުގެ އިދާރާގައި "މެނޭޖްމަންޓް އޮޑިޓް ޓޫލްސް" ހަރުދަނާކުރުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

  • ބޭނުންވާ އަދަދު: 01
  • މަސައްކަތުގެ އަގު: -/50,000 (ފަންސާސްހާސް ރުފިޔާ / މުޅި މަސައްކަތަށް)
  • މަސައްކަތް ނިންމަންޖެހޭ މުއްދަތު: ހަވާލުކުރާތާ 3 މަސް ދުވަހުގެ ތެރޭގައި
  • ފެންވަރު ނުވަތަ ޝަރުޠު:  ޓަރމްސް އޮފް ރެފަރެންސްގައި ހިމެނިފައި
  • ކުރަންޖެހޭ މަސައްކަތާއި މަސްއޫލިއްޔަތާއި ޒިންމާ:  ޓަރމްސް އޮފް ރެފަރެންސްގައި ހިމެނިފައި (ޓަރމްސް އޮފް ރެފަރެންސް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓް: www.csc.gov.mv ގައި އާންމު ކުރެވިފައިވާނެއެވެ.)

މަތީގައިވާ މަޢުލޫމާތުތަކުގެ މައްޗަށް ރިޢާޔަތްކޮށް، މި މަސައްކަތް ކުރުމަށް ހަވާލުކުރާނެ ފަރާތެއް ހޮވާނީ، ކަނޑައެޅިފައިވާ ގޮތްތަކުގެމަތިން، މި މަސައްކަތްކޮށްދިނުމަށް ހުށަހަޅާ ފަރާތްތަކާ ކުރެވޭ އިންޓަރވިއުތަކާއި، ޤާބިލުކަން ވަޒަންކުރުމަށް ކުރެވޭ އެސެސްމަންޓުތަކުގެ ނަތީޖާއަށް ބަލައި، މެނޭޖްމަންޓް އޮޑިޓް ކޮމިޓީގެ ލަފާގެ މަތިންނެވެ.

މި މަސައްކަތްކުރުމަށް ޝައުޤުވެރިވާ، ޝަރުޠު ފުރިހަމަވާ ފަރާތްތަކުން، 2015 އޮކްޓޫބަރު 5 ވާ ހޯމަ ދުވަހުގެ 14:30 ގެ ކުރިން ވަނަވަރާއެކު ކޮމިޝަނަށް (ހ. ވެލާނާގެ، 12 ވަނަ ފަންގިފިލާ) ލިޔުމުން ހުށަހެޅުއްވުން އެދެމެވެ. މި މަސައްކަތާ ގުޅޭ އިތުރު މައުލޫމާތު ބޭނުންފުޅުނަމަ، މި ކޮމިޝަނުގެ ޕަރފޯމަންސް މެނޭޖްމަންޓް ސެކްޝަނުގެ ނަންބަރު 3307343 އާ ގުޅުއްވުން އެދެމެވެ.

1 ޛުލްޙިއްޖާ 1436
15 ސެޕްޓެންބަރު 2015
ހޯދާ