ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
ކޯޓުގެ ވަށާފާރުން ބައެއް އުސްކުރުމުގެ މަސައްކަތް ކޮށްދިނުމަށް

މި ކޯޓުގެ ވަށާފާރުން ބައެއް އުސްކުރުމުގެ މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތެއް ހޯދުމަށް ކުރެވުނު މި ކޯޓުގެ ނަންބަރު R1C-A/2015/6 އިޢުލާނާ ގުޅިގެން ހުށަހެޅި އަންދާސީހިސާބުގެ ވެލިޑޭޝަން ޕީރިއަޑް ހަމަވެފައިވާތީ، އެ އިޢުލާނު ބާޠިލުކޮށް، އަލުން އެ ފުރުޞަތު ހުޅުވާލަމެވެ. ވީމާ، މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން 28 ސެޕްޓެންބަރު 2015 ވާ ހޯމަ ދުވަހުގެ މެންދުރުފަހުގެ 2:00 އަށް މި ކޯޓަށް ވަޑައިގެން، މަސައްކަތާ ބެހޭގޮތުން މަޢުލޫމާތު ސާފުކުރުމަށްފަހު 30 ސެޕްޓެންބަރު 2015 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހުގެ 2:00 ގައި މި ކޯޓަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މި ބީލަމުގައި ބައިވެރިވެވޭނީ، އިސްވެދެންނެވި ތާރީޚުގެ ސުންގަޑިއަށް މި ކޯޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރައްވާފައިވާ ފަރާތްތަކަށެވެ.

2 ޛުލްޙިއްޖާ 1436

16 ސެޕްޓެންބަރު 2015
ހޯދާ