ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
އެސްޓީއޯ ޕލކގެ ހޯމް އިމްޕްރޫވްމެންޓުން ވިއްކާ އެއަރ ކޮންޑިޝަން އިންސްޓޯލްކޮށް އާފްޓަރ ސޭލްސްް ސާރވިސް ދޭނެ ފަރާތެއް ހޯދުން

އެސްޓީއޯ ޕލކގެ ހޯމް އިމްޕްރޫވްމެންޓުން ވިއްކާ އެއަރ ކޮންޑިޝަން އިންސްޓޯލްކޮށް އާފްޓަރ ސޭލްސްް ސާރވިސް ދޭނެ ފަރާތެއް ހޯދުން

އެސްޓީއޯ ޕލކގެ ހޯމް އިމްޕްރޫވްމެންޓް ފިހާރައިން ވިއްކާ އެއަރ ކޮންޑިޝަން އިންސްޓޯލްކޮށް އާފްޓަރ ސޭލްސްް ސާރވިސް ދޭނެ ފަރާތްތަކެއް ހޯދުމަށް ބޭނުންވެއެވެ.

ވީމާ މި މަސައްކަތް އަމިއްލަތަކެތީގައި ކޮށް ދޭނެ މިބާވާތުގެ މަސައްކަތްކުރުމުގެ ފަންނީ އަދި އަމަލީ ތަޖުރިބާ ހުރި ފަރާތްތަކަށް ފުރުޞަތު ހުޅުވާލަމެވެ.

މަސައްކަތް: އެސްޓީއޯ ޕލކގެ ހޯމް އިމްޕްރޫވްމަންޓުން ވިއްކާ އެއަރ ކޮންޑިޝަން އިންސްޓޯލްކޮށް އާފްޓަރ ސޭލްސްް ސާރވިސް ދިނުން

ބޭނުންވާ އަދަދު: 2      

މަސައްކަތުގެ ވެރިފަރާތް: ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން  ޕލކ

ރަޖިސްޓްރީ ކުރުން: ރަޖިސްޓްރީ ކުރަން ބޭނުންފުޅުވާ ބޭފުޅުން 2015 ސެޕްޓެންބަރު 29 ވާ ދުވަހު 1430 ގެ ކުރިން އެސްޓީއޯ ހެޑް އޮފީހަށް ދުރުވެ ރަޖިސްޓްރީ ކުރައްވަންވާނެއެވެ.

ބީލަންކަރުދާސް ދޫކުރުން: ރަޖިސްޓްރީ ކުރަައްވާފައިވާ ފަރާތްތަކަށް ބީލަންކަރުދާސް ދޫކުރާނީ 2015 ސެޕްޓެންބަރު 30 ވާ ދުވަހު 1700 ގެ ކުރިން އީމެއިލް މެދުވެރިކޮށެވެ.

މަޢުލޫމާތު ދިނުން: ރަޖިސްޓްރީ ކުރައްވައިފައިވާ އެންމެހައި ފަރާތްތަކަށް 2015 އޮކްޓޫބަރު 05 ވަނަ ދުވަހު 1530 ގައި މައުލޫމާތު ދިނުމުގެ ބައްދަލުވުމެއް އެސްޓީއޯ ހެޑް އޮފީހުގައި އޮންނާނެއެވެ.

ސުވާލާއި ޖަވާބު: ރަޖިސްޓްރީ ކުރެއްވިފަރާތްތަކުން ހުށަހަޅުއްވަން ބޭނުންފުޅުވެލައްވާ ސުވާލުތައް 2015 އޮކްޓޫބަރު 08 ވަނަ ދުވަހުގެ 1600 ގެ ކުރިން އީ-މެއިލްގެ ޒަރިއްޔާއިން ފޮނުއްވުމުން  އެފަރާތްތަކަށް 2015 އޮކްޓޫބަރު 12 ވަނަ ދުވަހުގެ ކުރިން ޖަވާބުދާރީ ވެވޭނެއެވެ. 

ބީލަންކަރުދާސް: ބީލަން ކަރުދާސް ހުޅުވުން އޮންނާނީ 2015 އޮކްޓޫބަރު 18 ވަނަ ދުވަހު 1400 ގައި އެސްޓީއޯ ހެޑް އޮފީހުގައެވެ.

އިތުރު މައުލޫމާތު ހޯދުމަށް ގުޅުއްވާނީ:

ފޯން: 3012457، 3344196، 3344224

ފެކްސް: 3344633

އީމެއިލް: [email protected]

15 ސެޕްޓެންބަރު 2015
ހޯދާ