މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
މަލްޓި ޕާރޕަސް ހޯލެއް އިމާރާތްކުރުމުގެ މަސައްކަތް ކޮށްދޭނޭ ފަރާތެއް ހޯދުމަށް

ހއ.އަތޮޅު ތަޢުލީމީ މަރުކަޒުގައި މަލްޓި ޕަރޕަސް ހޯލެއް އިމާރާތްކުރުމުގެ މަސައްކަތް ކޮށްދޭނޭ ފަރާތެއް ހޯދުމަށް

ދިވެހި ސަރުކާރުން ވަރލްޑްބޭންކުގެ އެހީއާއެކު ތަންފީޒުކުރާ އެންހޭންސިންގ އެޑިޔުކޭޝަން ޑިވެލޮޕްމަންޓް ޕްރޮޖެކްޓުގެ ދަށުން، ހއ.އަތޮޅު ތަޢުލީމީ މަރުކަޒުގައި މަލްޓި ޕަރޕަސް ހޯލެއް އިމާރާތްކުރުމުގެ މަސައްކަތް، އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ބީލަން ހުށަހެޅުމަށް ފުރުޞަތު ހުޅުވާލަމެވެ.

(1) ބީލަމާބެހޭ ލިޔުންތަކުގެ ސޮފްޓް ކޮޕީ ސީޑީގެ އަގަކީ -/200 (ދުއިސައްތަ) ރުފިޔާއެވެ. ފައިސާ ބަލައިގަތުމާއި ސީޑީ ދޫކުރުން އޮންނާނީ، 17 ސެޕްޓެންބަރު 2015 އިން 2 ނޮވެންބަރު 2015 އަށް ކޮންމެ ދުވަހަކު 9:00 އިން 14:00 އަށް މި މިނިސްޓްރީގެ ފައިނޭންސް ސެކްޝަން (ވެލާނާގޭގެ 8 ވަނަ ފަންގިފިލާ) އިންނެވެ.

(2) ޕްރީ ބިޑް މީޓިންގ އޮންނާނީ 18 އޮކްޓޫބަރު 2015 (އާދީއްތަ) ދުވަހުގެ 10:00 ގައި މި މިނިސްޓްރީގެ (ކޯޑިނޭޝަން ސަޕޯޓް ޔުނިޓް، ނަންބަރު 103، އެދުރުހިޔާ، 1 ވަނަ ފަންގިފިލާ) މީޓިންގރޫމްގައެވެ.

(3) ބީލަން ހުށަހަޅާ ފަރާތްތަކުން ބިޑް ސެކިއުރިޓީގެ ގޮތުގައި -/20،000 (ވިހިހާސް) ރުފިޔާ ބަހައްޓަންވާނެއެވެ.

(4) ބީލަން ހުޅުވުން އޮންނާނީ 2 ނޮވެންބަރު 2015 (ހޯމަ) ދުވަހުގެ 10:00 ގައި މި މިނިސްޓްރީގެ (ކޯޑިނޭޝަން ސަޕޯޓް ޔުނިޓް، ނަންބަރު 103، އެދުރުހިޔާ، 1 ވަނަ ފަންގިފިލާ) މީޓިންގރޫމްގައެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3341317 / 3341318 ނަންބަރު ފޯނާއެވެ.

އީމެއިލް ކުރައްވާނީ: [email protected] ، [email protected]

17 ސެޕްޓެންބަރު 2015
ހޯދާ