މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
3 ކްލާސްރޫމްގެ ބްލޮކް އިމާރާތްކުރުމުގެ މަސައްކަތް ކޮށްދޭނޭ ފަރާތެއް ހޯދުމަށް

ގއ.އަތޮޅު ތައުލީމީ މަރުކަޒުގައި 3 ކްލާސްރޫމްގެ ބްލޮކެއް އިމާރާތްކުރުމުގެ މަސައްކަތް ކޮށްދޭނޭ ފަރާތެއް ހޯދުމަށް – އިޢުލާން ބާޠިލުކޮށް އަލުން އިޢުލާނުކުރުން

ދިވެހި ސަރުކާރުން ވަރލްޑްބޭންކުގެ އެހީއާއެކު ތަންފީޒުކުރާ އެންހޭންސިންގ އެޑިޔުކޭޝަން ޑިވެލޮޕްމަންޓް ޕްރޮޖެކްޓުގެ ދަށުން، ގއ.އަތޮޅު ތަޢުލީމީ މަރުކަޒުގައި 6 ކްލާސްރޫމުގެ ބްލޮކެއް އިމާރާތްކުރުމަށް ކުރެވުނު ނަންބަރު: IUL)22-E/1/2015/300) އިޢުލާނުގައި ލިޔުމުގެ ކުށެއް ހިމެނިފައިވާތީ، އެ އިޢުލާން ބާޠިލުކޮށް އަލުން އިޢުލާން ކުރަމެވެ.

ދިވެހި ސަރުކާރުން ވަރލްޑް ބޭންކުގެ އެހީއާއެކު ތަންފީޒުކުރާ އެންހޭންސިންގ އެޑިޔުކޭޝަން ޑިވެލޮޕްމަންޓް ޕްރޮޖެކްޓުގެ ދަށުން، ގއ.އަތޮޅު ތަޢުލީމީ މަރުކަޒުގައި 3 ކްލާސްރޫމްގެ ބްލޮކެއް އިމާރާތްކުރުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ބީލަން ހުށަހެޅުމަށް ފުރުޞަތު ހުޅުވާލަމެވެ.

(1) ބީލަމާބެހޭ ލިޔުންތަކުގެ ސޮފްޓްކޮޕީ ސީޑީގެ އަގަކީ -/200 (ދުއިސައްތަ) ރުފިޔާއެވެ. ފައިސާ ބަލައިގަތުމާއި ސީޑީ ދޫކުރުން އޮންނާނީ، 14 ސެޕްޓެންބަރު 2015 އިން 27 އޮކްޓޫބަރު 2015 އަށް ކޮންމެ ދުވަހަކު 9:00 އިން 14:00 އަށް މި މިނިސްޓްރީގެ ފައިނޭންސް ސެކްޝަން (ވެލާނާގޭގެ 8 ވަނަ ފަންގިފިލާ) އިންނެވެ.

(2) ޕްރީބިޑް މީޓިންގ އޮންނާނީ 13 އޮކްޓޫބަރު 2015 (އަންގާރަ) ދުވަހުގެ 13:00 ގައި މި މިނިސްޓްރީގެ (ކޯޑިނޭޝަން ސަޕޯޓް ޔުނިޓް، ނަންބަރު 103، އެދުރުހިޔާ، 1 ވަނަ ފަންގިފިލާ) މީޓިންގރޫމްގައެވެ.

(3) ބީލަން ހުށަހަޅާ ފަރާތްތަކުން ބިޑް ސެކިއުރިޓީގެ ގޮތުގައި -/10،000 (ދިހަހާސް) ރުފިޔާ ބަހައްޓަންވާނެއެވެ.

(4) ބީލަން ހުޅުވުން އޮންނާނީ 27 އޮކްޓޫބަރު 2015 (އަންގާރަ) ދުވަހުގެ 13:00 ގައި، މި މިނިސްޓްރީގެ (ކޯޑިނޭޝަން ސަޕޯޓް ޔުނިޓް، ނަންބަރު 103، އެދުރުހިޔާ، 1 ވަނަ ފަންގިފިލާ) މީޓިންގރޫމްގައެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3341317 / 3341318 ނަންބަރު ފޯނާއެވެ.

އީމެއިލް ކުރައްވާނީ: [email protected] ، [email protected]

17 ސެޕްޓެންބަރު 2015
ހޯދާ