މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމު: ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު: 01

ރޭންކް: އެމް.އެސް 2

ކްލެސިފިކޭޝަން: ސީނިއަރ އޮފިސަރ ގްރޭޑް 2

މުސާރަ: -/6295 ރުފިޔާ

ސަރވިސް އެލަވަންސް: -/2000 ރުފިޔާ

ވަޒީފާއޮތް އޮފީސް: މިނިސްޓްރީ އޮފް އެޑިޔުކޭޝަން

ގިންތި: ދާއިމީ

ވަޒީފާއަދާކުރާ ސެކްޝަނާއި ތަން: ޕްރޮޓޮކޯލް ޔުނިޓް، މިނިސްޓަރގެ ބިއުރޯ، މިނިސްޓްރީ އޮފް އެޑިޔުކޭޝަން / މާލެ

ވަޒީފާގައި ކުރަންޖެހޭ މައިގަޑު މަސައްކަތްތައް:

  1. މިނިސްޓަރ ރައްޔިތުންގެ މަޖްލީހަށް ޖަވަބް ދާރީވުމަށް ބޭނުންވާ މަޢުލޫމާތުތައް ހޯދާ ތައްޔާރު ކުރުމުގައި އެހީވުން
  2. މިނިސްޓަރ އަތޮޅުތެރެއަށާއި ރާއްޖެއިން ބޭރަށް ކުރައްވާ ދަތުރުފުޅުތަކާއި ގުޅިގެން އެއްކުރަންޖެހޭ މަޢުލޫމާތުތައް އެއްކޮށް ތައްޔާރުކޮށް ފައިލްކޮށް ބެލެހެއްޓުމުގައި އެހީވުން
  3. އެކިއެކި މުނާސަބަތުތަކާއި ޖަލްސާތަކުގައި މިނިސްޓަރ ދެއްވާ ސްޕީޗްތަކާއި ޚިތާބުތައް ތައްޔާރުކުރުކޮށް ފައިލްކޮށް ބެލެހެއްޓުމުގައި އެހީވުން
  4. އެކިއެކި މުނާސަބަތުތަކާގުޅިގެން މިނިސްޓަރގެ ނަންފުޅުގައި ފޮނުވާ ތަހުނިޔާ ކާޑް/ސިޓީ/މެސެޖް ތައްޔާރުކޮށް ފޮނުވުމުގައި އެހީވުން
  5. ޔުނިޓްގެ އެންޓްރީ ބެލެހެއްޓުން
  6. ޔުނިޓްގެ ލިޔެކިޔުން ފައިލްކުރުން

ޝަރުޠު:                                               

  1. އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް/އިންފޯމޭޝަން ޓެކްނޮލޮޖީ/ހިއުމަން ރިސޯސް މެނޭޖްމަންޓްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް/އިންފޯމޭޝަން ޓެކްނޮލޮޖީ/ހިއުމަން ރިސޯސް މެނޭޖްމަންޓްގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  2. އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް/އިންފޯމޭޝަން ޓެކްނޮލޮޖީ/ހިއުމަން ރިސޯސް މެނޭޖްމަންޓްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް/އިންފޯމޭޝަން ޓެކްނޮލޮޖީ/ހިއުމަން ރިސޯސް މެނޭޖްމަންޓްގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  3. އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް/އިންފޯމޭޝަން ޓެކްނޮލޮޖީ/ހިއުމަން ރިސޯސް މެނޭޖްމަންޓްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ
  4. އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް/އިންފޯމޭޝަން ޓެކްނޮލޮޖީ/ހިއުމަން ރިސޯސް މެނޭޖްމަންޓްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް

ހ. ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށްބަލައިގެން

ށ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

ނ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.

ރ. މީގެ އިތުރުން ކޮމްޕިއުޓަރަށް އަހުލުވެރިވެފައިވާ މިންވަރު ބެލެވޭނެއެވެ.

އިންޓަރވިއު ކުރުން

ހ. މި މަގާމަށް މީހަކު ހޮވުމަށް އިންޓަރވިއު އޮންނާނީ 11 އޮކްޓޫބަރު 2015 - 15 އޮކްޓޫބަރު 2015 އާ ދެމެދުގެ ތާރީޚެއްގައެވެ.

ށ. އިންޓަރވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް

ހ. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު މި މިނިސްޓްރީގެ ކައުންޓަރުންނާއި، މި މިނިސްޓްރިގެ ވެބްސައިޓް  www.moe.gov.mvއިން ލިބިވަޑައިނަވާނެއެވެ.)

ށ. ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.   

ނ. ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ) އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް

ރ. ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭކާޑުގެ ދެފުށް ފެންނާނޭ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް

ކ. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ނަންބަރާއެކު)

ތަކެތި ހުށަހަޅަންޖެހޭ އޮފީސް

މިވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ މިނިސްޓްރީ އޮފް އެޑިޔުކޭޝަން / ހ. ވެލާނާގެ (8 ވަނަ ފަންގިފިލާ) ކައުންޓަރަށް.

ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 8 އޮކްޓޫބަރު 2015 ވަނަ ދުވަހުގެ 14:30 ގެ ކުރިން.

ނޯޓް:  

މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތައް އިންޓަރވިއު ކުރުމަށްފަހު އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައި ދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން މި މިނިސްޓްރީގެ ނަންބަރު 3341427 ފޯނަށް ގުޅުއްވުން އެދެމެވެ.  

17 ސެޕްޓެންބަރު 2015
ހޯދާ