މަޤާމުގެ ޝަރުޠު:
|
- ވަޒީފާގެ މަސްއޫލިއްޔަތުތައް އަންނަނިވި ހުނަރާއި ތަޢުލީމުގެ ފެންވަރުގައި ކުރަން އެގުން.
- އެމް.އެން.ކިޔޫ.އެފްގެ ލެވެލް 7 ގެ ބެޗްލަރ ޑިގްރީއަށް ފަހު ދަސްވެފައިވާ ތިއަރީތަކާއި އުސޫލުތައް ކޮންސޮލޮޑޭޓްކޮށް ފުރިހަމަ ކުރުމަށްޓަކައި މަދުވެގެން 2 އަހަރު ދުވަހުގެ މަސައްކަތާ ގުޅޭ ތަޖުރިބާ ލިބިފައިވުން.
- އެމް.އެން.ކިޔޫ.އެފްގެ (ލެވެލް 5/6 ފެންވަރުގެ) ޑިޕްލޮމާއެއް ހޯދުމަށް ފަހު، ޚާއްޞަ ދާއިރާއިން ފުން ޓެކްނިކަލް ނުވަތަ އިދާރީ ހުނަރާއި ޢިލްމުގެ މަދުވެގެން 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
- މަތީގައި ބަޔާން ކުރެވުނު ހުނަރާއި ތަޢުލީމުގެ ފެންވަރަށް ޢިލްމާއި ޤާބިލްކަން އެހެން ކޮންބިނޭޝަންތަކުން ލިބިފައިވުން
|
މަޤާމުގެ މަސްއޫލިއްޔަތު:
|
- ޔުނިވަރސިޓީ ކައުންސިލާއި ކައުންސިލުން އުފައްދާ އިސް ކޮމިޓީތަކުގެ ކޯޕަރޭޓް ސެކްރެޓެރޭއިޓްގެ ގޮތުގައި ޙަރަކާތްތެރިވުމާއި މި ކޮމިޓީތަކުގެ ލިޔެކިޔުން ބެލެހެއްޓުން އަދި ކޮމިޓީތަކުގެ ނިންމުންތައް އަންގަންޖެހޭ ފަރާތްތަކަށް އެންގުން.
- ޔުނިވަރސިޓީގެ އިސް ކޮމިޓީތަކުގެ މަސައްކަތް ވިލަރެސްކޮށް، އެމަސައްކަތްތައް ފަހިކޮށްދީ، މަސައްކަތުގެ ރެކޯޑު ބެލެހެއްޓުން.
- ޔުނިވަރސިޓީ ކައުންސިލާއި ކޮމިޓީތަކަށް މެންބަރުން އިންތިޚާބުކުރުމަށް ބާއްވާ އިންތިޚާބުތައް އިންތިޒާމްކޮށް ބެލެހެއްޓުން.
- ޔުނިވަރސިޓީގެ އިސް ކޮމިޓީތަކާއި ޔުނިވަރސިޓީ ހިންގުމާ ބެހޭ ފަރާތްތަކާދެމެދު ޕްރޮފެޝަނަލް ގުޅުންތައް ޕްރޮމޯޓްކުރުން.
- ޗާންސެލަރުގެ އޮފީހުގެ ޕްރޮޓޮކޯލާއި އިދާރީ ކަންކަން ބެލެހެއްޓުމާއި ޗާންސެލަރގެ އެޕޮއިންޓްމަންޓްތައް ހަމަޖެއްސުން އަދި އެކިއެކި ފަރާތްތަކާއެކު ބާއްވާ ރަސްމީ ބައްދަލުވުންތައް އިންތިޒާމްކުރުމާއި މިފަދަ ބައްދަލުވުންތަކުގެ ލިޔެކިޔުން ބެލެހެއްޓުން.
- ޔުނިވަރސިޓީގެ ގެޒެޓް ތައްޔާރުކޮށް ޝާއިޢުކުރުން.
- ޝަރުޢީ ކޯޓުތަކާއި ޓްރައިބިއުނަލްތަކުގައި ޔުނިވަރސިޓީން ދަޢުވާކުރާ އަދި ޔުނިވަރސިޓީއަށް ދަޢުވާލިބޭ މައްސަލަތަކާއި އެކިއެކި މައްސަލަތަކުގައި ޤާނޫނީ ލަފާ ހޯދުމާއި މައްސަލަތަކާ ގުޅިގެންކުރަންޖެހޭ އިދާރީ މަސައްކަތްތައް ކުރުން.
- ޤާނޫނީ ގޮތުން ޔުނިވަރސިޓީއިން ކުރަންޖެހޭ ކަންތައްތައް ކުރުމާއި، ގަވާއިދުތައް މެދުވެރިކޮށް ޔުނިވަރސިޓީގެ މަޢުލޫމާތު ހޯދާ ފަރާތްތަކަށް އެ މަޢުލޫމާތު ފޯރުކޮށްދިނުން.
- މީގެ އިތުރުންވެސް ޔުނިވަރސިޓީން ޙަވާލުކުރާ ވަޒީފާއާ ގުޅުންހުރި މަސައްކަތްތައް.
|
އުޖޫރައާއި ޢިނާޔަތްތައް:
|
އިތުރުގަޑީ ގައި މަސައްކަތް ކުރާނަމަ އިތުރުގަޑީގެ ފައިސާ ހަމަޖެހިފައިވާ އުސޫލުން ދެވޭނެއެވެ.
|
ސިޓީއާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:
|
- މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީ (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
- ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާ ކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓެވި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް.
- ލިބިފައިވާ ތަޢްލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (އެކްރިޑިޓް ކޮށްފައިވާ ސަނަދާއި އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަސްލު)
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)
ނޯޓް:
- އިޢުލާންގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާންގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
- އިޢުލާންގައި ބަޔާންކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއި އެކު ފޮނުވަންޖެހޭނެއެވެ.
- އިޢުލާންގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ފުރިހަމަ ނުވާ އެޕްލިކޭޝަންތައް ބާޠިލް ވާނެއެވެ.
- އިންޓަރވިޔު ކުރެވޭނީ އިޢުލާންގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠު ހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
- މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށް ފަހުގައެވެ.
- ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ތަޢުލީމީ ސެޓްފިކެޓް އެކްރިޑެޓް ކުރެވިފައިނުވިޔަސް ބަލައިގަންނާނެއެވެ.
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކޯހެއް ފުރިހަމަ ކޮށްފައިވާ ފަރާތްތައް ތަޢުލީމީ ސެޓްފިކެޓް ނުލިބެނިސް ޔުނިވަރސިޓީގެ ވަޒީފާއަކަށް ކުރިމަތި ލާނަމަ ކޯހުން ފާސްވިކަމުގެ ލިޔުމަކަށް ހުށަހަޅަންވާނީ ރެޖިސްޓްރާރ އޮފީހުގެ ލިޔުމެކެވެ.
|
ސިޓީ ފޮނުވަންވީ ތާރީޙް:
|
01 އޮކްޓޫބަރު 2015 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ/އިދާރީ މަރުކަޒަށް
|
އިތުރު މަޢުލޫމާތު:
|
މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3345131 ނަންބަރު ފޯނާއެވެ.
|