މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލަށް ކުރިމަތިލުމުގެ ފުރުޞަތު

ޤާނޫނު ނަންބަރ 13/2015 (ޞިއްޙީ ޚިދުމަތުގެ ފަންނީ މަސައްކަތްތެރިންގެ ޤާނޫނު) ދަށުން އުފެއްދުމަށް ލާޒިމްކުރާ މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލްގެ މެމްބަރުންނަށްވުމަށް ފުރުޞަތު ހުޅުވާލުމަށް މިނިސްޓްރީގެ ނަންބަރު IUL)23-OAA/1/2015/198) (ތާރީޚު:16 އޮގަސްޓް ) އެކަށީގެންވާ އަދަދަށް އެޕްލިކޭޝަން ތިރީގައި ދަންނަވާ ދާއިރާއަށް ހުށަހަޅުއްވާފައިނުވާތީ، ޤާނޫނު ނަންބަރު 2015/13 (ޞިއްޙީ ޚިދުމަތުގެ ފަންނީ މަސައްކަތްތެރިންގެ ޤާނޫނު) ދަށުން އުފެއްދުމަށް ލާޒިމްކުރާ މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލްގެ ތިރީގައިމިދަންނަވާ ދާއިރާގެ މެމްބަރުންނަށް ވުމަށް ފުރުޞަތު އަލުން ހުޅުވާލަމެވެ.

ކައުންސިލްގެ ނަން

މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް

ބޭނުންވާ އަދަދު

1 މެޑިކަލް ޕްރެކްޓިޝަނަރ

 އެލަވަންސް

ބައިވެރިވާ ކޮންމެ ބައްދަލުވުމަކަށް ކަނޑައެޅިފައިވާ އެލަވަންސް ލިބޭނެއެވެ.

ކައުންސިލް މެމްބަރުންގެ މައިގަނޑު މައްސޫލިއްޔަތުތައް

  1. ކަނޑައެޅިގެން އެނގެންއޮތް އުޒުރެއް މެދުވެރިވެގެން މެނުވީ، ކައުންސިލްގެ ބައްދަލުވުންތަކަށް ހާޒިރުވުން.
  2. ކައުންސިލްގެ ރައީސް ޙަވާލުކުރާ މަސްއޫލިއްޔަތުތައް އަދާކުރުން.
  3. ކައުންސިލުން ބަލާ ޝަކުވާތަކާ ގުޅިގެން ޒިޔާރާތް ކުރަންޖެހޭ ތަންތަނަށް ޒިޔާރާތްކުރުމާއި ސުވާލުކުރަންޖެހޭ ފާރާތްތަކާ ސުވާލުކުރުމާއި، ދިރާސާ ކުރަންޖެހޭ ލިޔުންތައް ދިރާސާކުރުމާއި، ތައްޔާރުކުރަންޖެހޭ ރިޕޯޓުތައް ތައްޔާރުކުރުން.
  4. މުޖުތަމަޢުގެ ތެރޭގަ  އި އުޅުމުގައި، ކައުންސިލްގެ މެމްބަރެއްގެ ހައިސިއްޔަތުން ހިފަހައްޓަންޖެހޭ އަޙްލާޤީ އަދި ސުލޫކީ މިންގަޑުތަކާއި އަބުރުވެރިކަން ހިފެހެއްޓުން.
  5. މީގެ އިތުރުންވެސް މިޤާނޫނުގައި ނުވަތަ މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ނުވަތަ އެހެންވެސް ޤާނޫނެއްގައި ކައުންސިލްގެ މެންބަރުންގެ ޒިންމާއާއި މަސްއޫޅިއްޔަތު ކަމުގައި ކަނޑައަޅާގައިވާ ކަންކަން ކުރުން.

ތަޢުލީމާއި ތަޖުރިބާ

އެމް.ބީ.ބީ.އެސް ޑިގްރީ 10 މާރކްސް                       

ސްޕެޝަލިސްޓް ޑިޕްލޮމާ 15 މާރކްސް

ސްޕެޝަލިސްޓް ޑިގްރީ 25 މާރކްސް

ސަބް ސްޕެޝަލިސްޓް ޑިގްރީ 35 މާރކްސް

ޞިއްޙީ ދާއިރާއާއި ގުޅުންހުރި އެހެނިހެން ތައުލީމީ ސެޓްފިކެތައް:

ޑިޕްލޮމާ ލެވަލް 05 މާކުސް

ޑިގްރީ ލެވަލް 10 މާކުސް

މާސްޓަރސް ލެވަލް 15 މާކުސް

ޕީ.އެޗް.ޑީ ލެވަލް 20 މާކުސް

މަސައްކަތު ތަޖުރިބާ (3 މެޑިކަލް ޕްރެކްޓިޝަނަރ)

  • މަދުވެގެން 5 އަހަރުދުވަހުގެ ކްލިނިކަލް ތަޖުރިބާ ހުރުން.
  • 5 އަހަރު ދުވަހުގެ ތަޖުރިބާ 30 މާރކްސް (މަދުވެގެން 5 އަހަރު ދުވަހުގެ ކްލިނިކަލް ޑޮކްޓަރ ނުވަތަ ޑެންޓާލް ޕްރެކްޓިޝަނާރއެއް މަދުވެގެން 25 އެނދުގެ ހޮސްޕިޓަލްއެއްގައި މަސައްކަތްކޮށްފައިވާ ތަޖުރިބާ)
  • 7 އަހަރު ދުވަހުގެ ތަޖުރިބާ 40 މާރކްސް (މަދުވެގެން 5 އަހަރު ދުވަހުގެ ކްލިނިކަލް ޑޮކްޓަރެއްގެ ގޮތުގައި މަދުވެގެން 25 އެނދުގެ ހޮސްޕިޓަލްއެއްގައި މަސައްކަތްކޮށްފައިވާ ތަޖުރިބާ)
  • 10 އަހަރު ދުވަހުގެ ތަޖުރިބާ 45 މާރކްސް (މަދުވެގެން 5 އަހަރު ދުވަހުގެ ކްލިނިކަލް ޑޮކްޓަރެއްގެ ގޮތުގައި މަދުވެގެން 25 އެނދުގެ ހޮސްޕިޓަލްއެއްގައި މަސައްކަތްކޮށްފައިވާ ތަޖުރިބާ)
  • 12 އަހަރައް ވުރެއް މަތި ތަޖުރިބާ 50 މާރކްސް (މަދުވެގެން 5 އަހަރު ދުވަހުގެ ކްލިނިކަލް ޑޮކްޓަރެއްގެ ގޮތުގައި މަދުވެގެން 25 އެނދުގެ ހޮސްޕިޓަލްއެއްގައި މަސައްކަތްކޮށްފައިވާ ތަޖުރިބާ)
  • 1 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ އަތޮޅު ތެރޭގައި ލިބިފައިވާ 1 ޕެރެކްޓިޝަނަރ ހޮވުން

އިޢުލާންއަށް ކުރިމަތިލާ ފަރާތްތަކުގެ މާކްސް އެއްވަރު ވެއްޖެނަމަ އިންޓަވިއު ކޮށްގެން އެންމެ މަތީ މާރކްސް ލިބޭ ފަރާތެއް ހޮވުން.

  • ސްޕެޝަލިސްޓް ޑިގްރީ އަދި ސަބް ސްޕެޝަލިސްޓް ޑިގްރީ ކަމަށް ބެލެވޭނީ މޯލްޑިވްސް މެޑިކަލް ކައުންސިލްގައި އެޑިގްރީއެއް ލެވެލް ކުރެވިފައިވާ ގޮތަށެވެ.

މަޤާމައް ކުރިމަތިލާ  މެމްބަރުންގެ ޝަރަޠުތައް

  • ދިވެހި ރައްޔިތެއްކަމުގައި ވުން.
  • ކައުންސިލްގެ މެމްބަރު ކަމުގެ މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރެވޭފަދަ ޢިލްމީ ފެންވަރާއި ލަޔާޤަތު އަދި މަސައްކަތުގެ އަޙްލާގް ހުރި މީހަކު ކަމުގައިވުން.
  • އިސްލާމްދީނުގައި ޙައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހެއް ކަމުގައި ނުވުނެ.
  • ޖިނާއި ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހެއް ކަމުގައިނުވުން.
  • ޞިއްޙީ ޚިދުމަތުގެ ފަންނީ މަސައްކަތްތެރިއެއްނަމަ، އެ ފަންނުގެ މަސައްކަތްތެރިއެއްގެ ގޮތުގައި މަސައްކަތްކުރާތާ މަދުވެގެން 5 (ފަހެއް) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވާ މީހެއް ކަމުގައިވުން.
  • ޞިއްޙީ ޚިދުމަތުގެ ފަންނީ މަސައްކަތްތެރިއެއްނަމަ، އެ ފަންނުގެ މަސައްކަތްތެރިން ޢަމަލުކުރަންޖެހޭ ސުލޫކީ މިންގަނޑާ ޚިލާފުވެފައިވާކަމަށް ސާބިތުވެފައިވާ މީހެއް ކަމުގައިނުވުން.
  • ޞިއްޙީ ޚިދުމަތުގެ ފަންނުގައި މަސައްކަތްކުރުމުގައި އެމީހަކު ކުރި ނުވަތަ ނުކޮށް ދޫކޮށްލި ކަމަކާ ގުޅިގެން ޝަރީއަތަށް ކުށެއް ސާބިތުވެފައިވާ މީހެއްކަމުގައި ނުވުން.
  • ޞިއްޙީ ޚިދުމަތްދެވޭ ތަނުގެ މަސްއޫލުވެރިއެއް ނުވަތަ ބޯޑު މެމްބަރެއް ނުވަތަ އެހެންވެސް މަގާމެއްގައި ހުރި މީހެއްކަމުގައި ނުވުން.
  • ޟިއްޙީ ޚިދުމަތްދޭ ތަނެއްގެ ޙިއްސާ އެމީހެއްގެ އަމިއްލަ ނަމުގައި ނުވަތަ އޭނާގެ ފަރާތުން ޢައްޔަންކޮށްފައިވާ ފަރާތެއްގެ ނަމުގައި ނުވަތަ އޭނާގެ ހިއްސާ ހިމެނޭ ކުންފުންޏެއްގެ ނަމުގައިއޮތް މީހަކު ކަމުގައި ނުވުން.
  • ޤާނޫނެއްގައި ކަނޑައެޅިފައިވާ އިންތިޙާބަކުން މަޤާމަކަށް ހޮވިފައިވާ މީހެއް ކަމުގައި ނުވުން.
  • ސިޔާސީ މަޤާމެއް ފުރަމުންދާ މީހެއްކަމުގައި ނުވުން. (ރައިސުލްޖުމްހޫރިއްޔާ އައްޔަންކުރާ މަޤާމެއް ނުވަތަ ސިޔާސީ ޕާޓީއެއްގެ މަޤާމެއް ފުރަމުންދާ މީހެއްކަމުގައި ނުވުން.)

ހުށަހަޅަންޖެހޭ ލިޔުންތައް

  1. މެމްބަރުކަމަށް އެދި ހުށަހަޅާ ސިޓީ
  2. ތައުލީމީ ސެޓްފިކެޓްތައް (އެކްރެޑިޓްކޮށް އެޓެސްޓްކޮށްފައިވާ ސެޓްފިކެޓްތައް)
  3. މެމްބަރުކަމަށް އެދޭ ފަރާތައް ލިބިފައިވާ މަސައްކަތު ތަޖުރިބާގެ ލިއުންތައް
  4. އައި.ޑީ.ކާޑު ކޮޕީ
  5. ސީވީ
  6. އަތޮޅު ތެރޭގައި މަސައްކަތްކޮށްފައިވާ ނަމަ، ޚިދުމަތް ކޮށްފައިވާ މުއްދަތު އަންގައިދޭފަދަ ސަރުކާރުގެ ލިޔުމެއް

ހުށަހަޅަންޖެހޭ ލިޔުންތައް

  1. މެމްބަރުކަމަށް އެދި ހުށަހަޅާ ސިޓީ
  2. ތަޢުލީމީ ސެޓްފިކެޓްތައް (އެކްރެޑިޓްކޮށް އެޓެސްޓްކޮށްފައިވާ ސެޓްފިކެޓްތައް)
  3. މެމްބަރުކަމަށް އެދޭ ފަރާތައް ލިބިފައިވާ މަސައްކަތު ތަޖުރިބާގެ ލިއުންތައް
  4. އައި.ޑީ.ކާޑު ކޮޕީ
  5. ސީވީ

ސުންގަޑި

30 ސެޕްޓެންބަރު 2015 ގެ ކުރިން މިނިސްޓްރީ އޮފް ހެލްތު (ރޯޝަނީ ބިލްޑިންގ ކައުންޓަރަށް)

އިތުރު މަޢުލޫމާތު

މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 3014468 އަދި 3014480 އެވެ.

17 ސެޕްޓެންބަރު 2015
ހޯދާ