ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ޖަނަވަރީ 2016 ގައި ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކުގެ މަޢުލޫމާތު

ތިރީގައި މިވަނީ މިޔުނިވަރސިޓީގައި ޖަނަވަރީ 2016 ގައި ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކުގެ މަޢުލޫމާތެވެ. މި ކޯސްތަކަށް ފޯމު ބަލައިގަންނަން ފަށްޓާނީ 28 ސެޕްޓެންބަރު 2015 ވާ ހޯމަ ދުވަހުން ފެށިގެންނެވެ. ކޯހަށް އެދޭ ފޯމު ޔުނިވަރސިޓީގެ ދަރިވަރުންގެ ޚިދުމަތްތަކާބެހޭ ބައިންނާއި ޔުނިވަރސިޓީގެ ވެބްސައިޓް www.mnu.edu.mv އިން ލިބެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު 3345155 ފޯނާ ގުޅުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.

ފެކަލްޓީ އޮފް އާރޓްސް

1. ބެޗްލަރ އޮފް އާރޓްސް އިން ދިވެހި ލޭންގްވިޖް

މުއްދަތު: ފުލް-ޓައިމް:3 އަހަރު (6 ސިމެސްޓަރ)    ބްލޮކް މޯޑް: 3 އަހަރު (6 ސިމެސްޓަރ)    

ޖާގަ: 150 (ޖުމްލަ)               

ކޯސް ހިންގާ ކެމްޕަހާއި ކޯސް ހިންގާނެގޮތް: ކ.މާލެ، ފުލް-ޓައިމް ހަވީރު ދަންފަޅި (30 ޖާގަ)، ކ.މާލެ، ބްލޮކް މޯޑް (30 ޖާގަ)، ލ.ގަން، ބްލޮކް މޯޑް (30 ޖާގަ)، ސ. ހިތަދޫ ކެމްޕަސް، ބްލޮކް މޯޑް (30 ޖާގަ)، ގދ.ތިނަދޫ، ބްލޮކްމޯޑް (30 ޖާގަ)

ތަޢާރުފު:

މި ކޯހުގެ މައިގަނޑު މަޤްޞަދަކީ، މަތީ ތަޢުލީމުގެ އުސޫލުތަކާ އެއްގޮތަށް ފުންކޮށް، ފުޅާކޮށް ވިސްނަން އެނގޭ، ކަންތައްތައް ނިންމުމުގައި ހުރިހާ ފަރާތަކަށް ވިސްނުން ފޯރުވާ، މަޢުލޫމާތުގެ އަލީގައި ކަންތައްތަކާ ދޭތެރޭ ދެކޭގޮތް ބަދަލުކުރަން ދަންނަ ދިވެހިން އުފެއްދުމެވެ. ކޯހުގެ ބައިތަކުގެ ތެރޭގައި، ވާހަކަ ދެއްކުމާއި ލިޔުމުގައި ނަތީޖާ ނެރެވޭ ގޮތަށް ދިވެހިބަސް ބޭނުންކުރަން ދަސްކޮށްދީ، ބަހާބެހޭ ސިޔާސަތުތަކާއި ގޮތްތައް ކަނޑަ އެޅުމުގައި ވިސްނަންޖެހޭ ކަންތައްތައް ވިސްނާނެގޮތްތަކަށް ބައިވެރިން އަހުލުވެރިކުރުވައި، ބަހާބެހޭ ދިރާސާތައް ކުރުމަށާއި ތަރައްޤީ ކުރުމަށް ބޭނުންވާ އަސާސީ ހުނަރު ކޯހުގެ ބައިވެރިންނަށް ލިއްބައިދެވެއެވެ. މި ކޯސް ފުރިހަމަ ކުރާ ފަރާތްތަކަށް ލިޔުންތެރިކަމުގެ ދާއިރާއިންނާއި، ބަހާއި ތާރީޚާއި ޘަޤާފަތާ ގުޅުންހުރި ދާއިރާތަކުންނާއި ކިޔަވައިދިނުމާއި ޚަބަރު ފަތުރާ ވަސީލަތްތަކުގެ ވަޒީފާތައް ހޯދުމުގެ މަގު ފަހިވެއެވެ.

ކޯހަށް ވަނުމަށް ބޭނުންވާ އެންމެ ދަށް މިންގަނޑު:

ހ. ޖީ.ސީ.އީ އޭ ލެވެލް/އެޗް.އެސް.ސީ އިމްތިޙާނުތަކުން ދިވެއްސާއެކު 2 މާއްދާއިން ފާސްވެފައިވުން. އަދި ޖީ.ސީ.އީ އޯލެވެލް/އެސް.އެސް.ސީ އިމްތިޙާނުތަކުން ދިވެއްސާއެކު 3 މާއްދާއިން ފާސްވެފައިވުން. ނުވަތަ

ށ. އެޑްވާންސްޑް ސެޓުފިކެޓު ފެންވަރުގެ ކޯހެއް ފުރިހަމަކޮށްފައިވުމާއެކު އެސް.އެސް.ސީ ދިވެހިން ފާސްވެފައިވުން ނުވަތަ އެފެންވަރު ހުރުން. ނުވަތަ

ނ. ދިވެހިބަހާ ގުޅުންހުރި ދާއިރާއަކުން ތަޖުރިބާ ލިބިފައިވާ، އުމުރުން 21 އަހަރު ވެފައިވާ މީހުން، ޖީ.ސީ.އީ އޯލެވެލް/އެސް.އެސް.ސީ ގެ ކޮންމެވެސް މާއްދާއަކުން ފާސްވެފައިވުން.

 

2. އެޑްވާންސްޑް ސެޓުފިކެޓު އިން ލޭންގްވިޖް ޔޫސް

މުއްދަތު: 1 އަހަރު (2 ސިމެސްޓަރ)                       

ޖާގަ: 150 (ޖުމްލަ)               

ކޯސް ހިންގާ ކެމްޕަހާއި ކޯސް ހިންގާނެގޮތް: ކ. މާލެ، ހަވީރު ދަންފަޅި (30 ޖާގަ)، ހދ. ކުޅުދުއްފުށި، ބްލޮކް މޯޑް (30 ޖާގަ)، ލ. ގަން، ބްލޮކް މޯޑް (30 ޖާގަ)، ގދ. ތިނަދޫ، ބްލޮކް މޯޑް (30 ޖާގަ)، ސ. ހިތަދޫ، ބްލޮކް މޯޑް (30 ޖާގަ)

ތަޢާރުފު:

މިއީ އޮފީސްތަކުގެ އެޑްމިނިސްޓްރޭޓިވް އޮފިސަރ ލެވެލްގައި މަސައްކަތްކުރާ ފަރާތްތައް ދިވެހިބަހަށް އަހުލުވެރިކުރުވައި މަތީ ތަޢުލީމު ހާސިލުކުރުމަށް މަގުފަހިކޮށްދިނުމަށް ފަރުމާ ކުރެވިފައިވާ ކޯހެކެވެ. މި ކޯހުގައި ދިވެހިބަހުން މާނަހުރި ގޮތެއްގައި މުއާސަލާތު ކުރަން ދަސްކޮށްދިނުމާއި، އޮފީސް މާހައުލުގައްޔާއި ދިރިއުޅުމުގެ އެކި ދާއިރާތަކުގައި މީހުންނާ ގުޅުން ބަދަހި ކުރުމުގެ ހުނަރުތައް ދަސްކޮށްދިނުމާއި، ތިމާގެ ކުރިއެރުމަށް މަސައްކަތް ކުރުމުގެ ހުނަރުތައް އުނގަންނައިދިނުމާއި، އޮފީސް މަސައްކަތަށް ބޭނުންވާ ކޮމްޕިއުޓަރ ހުނަރު ދަސްކޮށްދިނުން ހިމެނެއެވެ. މިކޯސް ފުރިހަމަކުރާ ފަރާތްތަކަށް ޔުނިވަރސިޓީގެ ބައެއް ދާއިރާތަކުގެ ޑިގްރީ ކޯސްތަކަށް ވަނުމުގެ ފުރުޞަތު ފަހިވާނެއެވެ.

ކޯހަށް ވަނުމަށް ބޭނުންވާ އެންމެ ދަށް މިންގަނޑު:

ހ. ޖީ.ސީ.އީ އޯ ލެވެލް/އެސް.އެސް.ސީ 3 މާއްދާއިން ފާސްވެފައިވުން. ނުވަތަ

ށ. އެމް.ކިޔު.އޭ ޤަބޫލުކުރާ ލެވެލް 3 ގެ ސަނަދެއް ހާސިލު ކޮށްފައިވުން. ނުވަތަ

 

3. ޑިޕްލޮމާ އިން ޖާރނަލިޒަމް

މުއްދަތު: 2 އަހަރު (4 ސިމެސްޓަރ)

ޖާގަ: 50 (ޖުމްލަ)

ކޯސް ހިންގާ ކެމްޕަހާއި ކޯސް ހިންގާނެގޮތް: ކ . މާލެ، ފުލްޓައިމް (25 ޖާގަ) ، ސ.ހިތަދޫ، ބްލޮކްމޯޑް (25 ޖާގަ)

ތަޢާރުފު:

މި ކޯސް ފަރުމާ ކުރެވިފައިވަނީ ދިވެހިރާއްޖޭގައި ޒިންމާދާރު ނޫސްވެރިން އުފެއްދުމުގެ މަޤްޞަދުގައެވެ. މި ކޯހުގެ އަލީގައި ތަފާތު މީޑިއާތަކުގައި މަސައްކަތް ކުރުމުގެ ހުނަރުތައް ކޯހުގެ ބައިވެރިންނަށް ދަސްކޮށްދެވެއެވެ. އަދި މި ކޯސް ފުރިހަމަ ކުރާ ފަރާތްތަކަށް މީޑިއާގެ އެކި ވަސީލަތްތައް ފޯރުކޮށްދޭ ފަރާތްތަކުން ވަޒީފާގެ ފުރުޞަތުތައް ހޯދުމުގެ ޤާބިލުކަން ލިބެއެވެ.

ކޯހަށް ވަނުމަށް ބޭނުންވާ އެންމެ ދަށް މިންގަނޑު:

ހ. ޖީ.ސީ.އީ އޯލެވެލް/އެސް.އެސް.ސީ އިމްތިޙާނުތަކުން ދިވެއްސާއެކު 3 މާއްދާއިން ފާސްވެފައިވުން. ނުވަތަ

ށ. އުމުރުން 18 އަހަރުވެފައިވުމާއި ގްރޭޑް 10 ނިންމާފައިވުން. އަދި ގުޅުންހުރި ދާއިރާއަކުން 1 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. އަދި ފެކަލްޓީން ދޭ ޚާއްޞަ އިމްތިޙާނަކުން ފާސްވެފައިވުން.

 

4. ބެޗްލަރ އޮފް އާރޓްސް އިން ޖާރނަލިޒަމް

މުއްދަތު: 3 އަހަރު (6 ސިމެސްޓަރ)

ޖާގަ: 20     

ކޯސް ހިންގާ ކެމްޕަހާއި ކޯސް ހިންގާނެގޮތް: ކ.މާލެ، ފުލްޓައިމް

ތަޢާރުފު:

މި ކޯސް ފަރުމާ ކުރެވިފައިވަނީ ދިވެހިރާއްޖޭގައި ޒިންމާދާރު ނޫސްވެރިން އުފެއްދުމުގެ މަޤްޞަދުގައެވެ. މި ކޯހުގެ އަލީގައި ތަފާތު މީޑިއާތަކުގައި ޤާބިލުކަމާއެކު މަސައްކަތް ކުރުމުގެ ހުނަރުތައް ކޯހުގެ ބައިވެރިންނަށް ދަސްކޮށްދެވެއެވެ. އަދި މި ކޯސް ފުރިހަމަކުރާ ފަރާތްތަކަށް މީޑިއާގެ އެކި ވަސީލަތްތައް ފޯރުކޮށްދޭ ފަރާތްތަކުން ވަޒީފާގެ ފުރުޞަތުތައް ހޯދުމުގެ ޤާބިލުކަން ލިބެއެވެ.

ކޯހަށް ވަނުމަށް ބޭނުންވާ އެންމެ ދަށް މިންގަނޑު:

ހ. ޖީ.ސީ.އީ އޭ ލެވެލް އިމްތިޙާނުން 2 މާއްދާއިން ފާސްވެފައިވުން އަދި ޖީ.ސީ.އީ އޯ ލެވެލް/އެސް.އެސް.ސީ އިމްތިޙާނުތަކުން ދިވެއްސާއި އިނގިރޭސިބަސް ހިމެނޭގޮތަށް 3 މާއްދާއިން ފާސްވެފައިވުން ނުވަތަ އެފެންވަރު ހުރުން. އަދި އިނގިރޭސިބަހުގެ ފެންވަރު ހުރިކަން އަންގައިދޭ ސަނަދެއް ނުވަތަ އެއާ އެއްފެންވަރެއްގެ ފާހެއް އޮތުން ނުވަތަ ޔުނިވަރސިޓީން ދޭ އިނގިރޭސިބަހުގެ ޓެސްޓުން ފާސްވެފައިވުން. ނުވަތަ

ށ. ގުޅުންހުރި ދާއިރާއަކުން އެޑްވާންސްޑް ސެޓުފިކެޓު ލެވެލްގެ ސަނަދެއް އޮތުމާއެކު، އިނގިރޭސިބަހުގެ ފެންވަރު ހުރިކަން އަންގައިދޭ ސަނަދެއް ނުވަތަ އެއާ އެއްފެންވަރެއްގެ ފާހެއް އޮތުން. ނުވަތަ ޔުނިވަރސިޓީން ދޭ އިނގިރޭސިބަހުގެ ޓެސްޓުން ފާސްވެފައިވުން. ނުވަތަ

ނ. ޔުނިވަރސިޓީން ހިންގާ ފައުންޑޭޝަން ސްޓަޑީޒް ލެވެލް 2 ން ފާސްވެފައިވުން. ނުވަތަ

ރ. އުމުރުން 20 އަހަރުވުމާއެކު، އެސް.އެސް.ސީ ދިވެހިން ފާސްވެފައިވުން. ނުވަތަ އެފެންވަރު ހުރުން. އަދި ގުޅުންހުރި ދާއިރާއަކުން 1 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. އަދި އިނގިރޭސިބަހުގެ ފެންވަރު ހުރިކަން އަންގައިދޭ ސަނަދެއް ނުވަތަ އެއާ އެއްފެންވަރެއްގެ ފާހެއް އޮތުން. ނުވަތަ ޔުނިވަރސިޓީން ދޭ އިނގިރޭސިބަހުގެ ޓެސްޓުން ފާސްވެފައިވުން.

 

5. އެޑްވާންސްޑް ސެޓުފިކެޓު އިން ލައިބްރަރީ އެންޑް އިންފޮމޭޝަން ސަރވިސަސް

މުއްދަތު: 1 އަހަރު (2 ސިމެސްޓަރ)

ޖާގަ: 25          

ކޯސް ހިންގާ ކެމްޕަހާއި ކޯސް ހިންގާނެގޮތް: މާލެ، ބްލޮކް މޯޑް    

ތަޢާރުފު:

ލައިބްރަރީއާއި އިންފޮރމޭޝަން ސާރވިސަސްގެ ދާއިރާއިން ޢިލްމު އުނގެނުމަށް ބޭނުންވާ ފަރާތްތަކަށް އަމާޒު ކޮށްގެން ހިންގޭ މިކޯހުގެ ޛަރީޢާއިން ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކަށް ބޭނުންވާ ލައިބްރޭރިއަނުން ތަމްރީން ކުރެވެއެވެ. މި ކޯހުގައި ކިޔަވައިދެވޭ ބައިތަކުގެ ތެރޭގައި ލައިބްރަރީގެ ޚިދުމަތްތަކަށް ބައިވެރިން ތަޢާރުފު ކުރުމާއި، ކެޓަލޮގިންގ އާއި ކްލެސިފިކޭޝަންގެ ބައިތަކާއި ކޮމްޕިއުޓަރ ޢިލްމު ހިމެނެއެވެ. އަދި މި ކޯސް ފުރިހަމަ ކުރާ ފަރާތްތަކަށް ސްކޫލްތަކުންނާއި އެހެނިހެން ދާއިރާތަކުގެ ލައިބްރަރީތަކުން ވަޒީފާގެ ފުރުޞަތުތައް ތަނަވަސްވެއެވެ.

ކޯހަށް ވަނުމަށް ބޭނުންވާ އެންމެ ދަށް މިންގަނޑު:

ހ. ޖީ.ސީ.އީ އޯލެވެލް/އެސް.އެސް.ސީ އިމްތިޙާނުތަކުން 3 މާއްދާއިން ފާސްވެފައިވުން. ނުވަތަ

ށ. ގުޅުންހުރި ދާއިރާއަކުން އެމް.ކިޔު.އޭ ގަބޫލޫކުރާ ލެވެލް 3 ގެ ސަނަދެއް ހާސިލު ކޮށްފައިވުން. ނުވަތަ

ނ. ގްރޭޑް 10 ނިންމާފައިވުން އަދި އުމުރުން 18 އަހަރު ވެފައިވުން އަދި ގުޅުންހުރި ދާއިރާއަކުން 1 އަހަރު ދުވަހުގެ މަަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

 

6. ޑިޕްލޮމާ އިން ލައިބްރަރީ އެންޑް އިންފޮމޭޝަން ސަރވިސަސް

މުއްދަތު: 1 އަހަރު (2 ސިމެސްޓަރ)

ޖާގަ: 25                 

ކޯސް ހިންގާ ކެމްޕަހާއި ކޯސް ހިންގާނެގޮތް: މާލެ، ބްލޮކް މޯޑް

ތަޢާރުފު:

ލައިބްރަރީއާއި އިންފޮރމޭޝަން ސާވިސަސްގެ ދާއިރާއިން ޢިލްމު އުނގެނުމަށް ބޭނުންވާ ފަރާތްތަކަށް އަމާޒު ކޮށްގެން ހިންގޭ މިކޯހުގެ ޛަރީޢާއިން ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކަށް ބޭނުންވާ ލައިބްރޭރިއަނުން ތަމްރީން ކުރެވެއެވެ. މި ކޯހުގައި ކިޔަވައިދެވޭ ބައިތަކުގެ ތެރޭގައި ލައިބްރަރީގެ ޚިދްމަތްތަކަށް ބައިވެރިން ތަޢާރުފު ކުރުމާއި، ކެޓަލޮގިންގ އާއި ކްލެސިފިކޭޝަންގެ ބައިތަކާއި ކޮމްޕިއުޓަރ ޢިލްމު ހިމެނެއެވެ. އަދި މި ކޯސް ފުރިހަމަކުރާ ފަރާތްތަކަށް ސްކޫލްތަކުންނާއި އެހެނިހެން ދާއިރާތަކުގެ ލައިބްރަރީތަކުން ވަޒީފާގެ ފުރުޞަތުތައް ތަނަވަސްވެއެވެ.

ކޯހަށް ވަނުމަށް ބޭނުންވާ އެންމެ ދަށް މިންގަނޑު:

ހ. ޖީ.ސީ.އީ އޭ ލެވެލް/އެޗް.އެސް.ސީ 2 މާއްދާއިން ފާސްވެފައިވުން. ނުވަތަ

ށ. އެޑްވާންސްޑް ސެޓުފިކެޓު އިން ލައިބްރަރީ އެންޑް އިންފޮރމޭޝަން ސާރވިސަސް ހާސިލު ކޮށްފައިވުން. ނުވަތަ

ނ. ދަށު ސާނަވީ އިމްތިޙާނަކުން 1 މާއްދާއިން ފާސްވެފައިވުމާއެކު އުމުރުން 20 އަހަރު ވެފައިވުން އަދި ގުޅުންހުރި ދާއިރާއަކުން އެމް.އެން.ކިޔު އެފް ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު 1 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ މިދާއިރާއިން ލިބިފައިވުން.

 

7. ބެޗްލަރ އޮފް ސައިކޮލޮޖީ

މުއްދަތު: 3 އަހަރު (6 ސިމެސްޓަރ)

ޖާގަ: 25                 

ކޯސް ހިންގާ ކެމްޕަހާއި ކޯސް ހިންގާނެގޮތް: މާލެ، ފުލްޓައިމް

ތަޢާރުފު:

ސައިކޮލޮޖީ ދާއިރާއިން މަތީ ތަޢުލީމު ހާސިލުކުރުމަށް އެދޭ ފަރާތްތަކަށް އަމާޒުކޮށްގެން ފަރުމާ ކުރެވިފައިވާ މިކޯސް ފުރިހަމަކުރުމަށްފަހު ކޯހުގެ ބައިވެރިންނަށް ސައިކޮލޮޖީގެ މަޢުލޫމާތާއި ހުނަރާއި ވެލިޔުސް ރާއްޖޭގެ މާޙައުލާ ގުޅޭގޮތުން ބޭނުންކުރަން އެނގޭނެއެވެ. މިކޯހުގެ ބައިތަކުގެ ތެރޭގައި ކޮގްނިޓިވް، ފޮރެންސިކް ސައިކޮލޮޖީ، ކައުންސެލިންގ ސައިކޮލޮޖީ، ނިޔުރޯ ސައިކޮލޮޖީ، ސޯޝަލް ސައިކޮލޮޖީ، އެބްނޯމަލް ސައިކޮލޮޖީ، އޯގަނައިޒޭޝަނަލް ސައިކޮލޮޖީ، ހެލްތް ސައިކޮލޮޖީ ފަދަ ދާއިރާތަކުން ގުޅުންހުރި ވަޒީފާތަކުގެ ފުރުޞަތުތައް ފަހިވެގެން ދާނެއެވެ. މިއީ ދިވެހިރާއްޖޭގައި ސައިކޮލޮޖީގެ ދާއިރާއިން މިފެންވަރަށް ތަޢުލީމުގެ ފުރުޞަތު ހުޅުވާލެވޭ ފުރަތަމަ ކޯހެވެ.

ކޯހަށް ވަނުމަށް ބޭނުންވާ އެންމެ ދަށް މިންގަނޑު:

ހ. ޖީ.ސީ.އީ އޭ ލެވެލް އިމްތިޙާނުން 2 މާއްދާއިން ފާސްވެފައިވުން. އަދި އިނގިރޭސިބަހުގެ ފެންވަރު ހުރިކަން އަންގައިދޭ ސަނަދެއް ނުވަތަ އެއާ އެއްފެންވަރެއްގެ ފާހެއް އޮތުން ނުވަތަ ޔުނިވަރސިޓީން ދޭ އިނގިރޭސިބަހުގެ ޓެސްޓުން ފާސްވެފައިވުން. ނުވަތަ

ށ. ގުޅުންހުރި ދާއިރާއަކުން އެމް.ކިޔު.އޭ ޤަބޫލުކުރާ ލެވެލް 4 ގެ ސަނަދެއް ހާސިލު ކޮށްފައިވުން. އަދި އިނގިރޭސިބަހުގެ ފެންވަރު ހުރިކަން އަންގައިދޭ ސަނަދެއް ނުވަތަ އެއާ އެއްފެންވަރެއްގެ ފާހެއް އޮތުން ނުވަތަ ޔުނިވަރސިޓީން ދޭ އިނގިރޭސިބަހުގެ ޓެސްޓުން ފާސްވެފައިވުން.

 

8. މާސްޓަރ އޮފް ދިވެހި ލޭންގްވިޖް އެންޑް ކަލްޗަރ

މުއްދަތު: 2 އަހަރު (4 ސިމެސްޓަރ)           

ޖާގަ: 20                 

ކޯސް ހިންގާ ކެމްޕަހާއި ކޯސް ހިންގާނެގޮތް: މާލެ، ފުލް-ޓައިމް

ތަޢާރުފު:

މި ކޯސް ފަރުމާ ކޮށްފައިވަނީ ދުނިޔޭގެ ބައެއް ޔުނިވަރސިޓީތަކާ ބެންޗްމާރކު ކޮށްގެން ދިވެހި މުޖުތަމަޢަށް، މި ހިނދުން މިހިނދަށް ކޮންމެހެން ބޭނުންވާ ބައިތައް ހިމަނައިގެން މުޅިން އަމިއްލަ ކޯހެއްގެ ގޮތުގައެވެ. މި ކޯހުގެ ސަބަބުން ދިވެހިބަސް ތަރައްޤީކޮށް ކުރި އެރުވޭނެ ދިވެހި ދަރިން، މުޖުތަމަޢަށް އިތުރުވެގެން ދާނެއެވެ. އަދި ދިވެހި ޘަޤާފަތުގެ މައްޗަށް ބިނާކުރަނިވި ގޮތެއްގައި ފާޑުކިޔައި ދިވެހި މުޖުތަމަޢުގެ ކުރިމަގު ބައްޓަން ކުރުމަށް ދިރާސާތައްކޮށް، ޝާއިޢުކުރެވޭނެ ފެންވަރުގެ ދިވެހި ދަރިން ދިވެހި މުޖުތަމަޢަށް އުފަން ކުރެވޭނެއެވެ. މި ކޯހަކީ ދިވެހިބަހާއި ޘަޤާފަތުގެ ދާއިރާއިން އެކުލަވާލި މާސްޓަރސް ފެންވަރުގެ ފުރަަތަމަ ކޯހެވެ. މި ރޮނގުން ކުރިއަށް ދާން ބޭނުންވާ ފަރާތްތަކަށް އެފަދަ ދެވަނައެއްނެތް ރަނުގެ ފުރުޞަތެކެވެ.

ކޯހަށް ވަނުމަށް ބޭނުންވާ އެންމެ ދަށް މިންގަނޑު:

ގުޅުންހުރި ދާއިރާއަކުން ބެޗްލަރ ޑިގްރީއެއް ހާސިލު ކޮށްފައިވުން ނުވަތަ އެ ފެންވަރު ހުރުން އަދި އިނގިރޭސިބަހުގެ ފެންވަރު ހުރިކަން އަންގައިދޭ ސަނަދެއް ނުވަތަ އެއާ އެއްފެންވަރެއްގެ ފާހެއް އޮތުން ނުވަތަ ފެކަލްޓީން ދޭ އިނގިރޭސިބަހުގެ ޓެސްޓުން ފާސްވެފައިވުން.

 

9. ބެޗްލަރ އޮފް އާރޓްސް އިން ޕޮލިޓިކަލް ސައިންސް އެންޑް އިންޓަނޭޝަނަލް ރިލޭޝަންސް

މުއްދަތު: 3 އަހަރު (6 ސިމެސްޓަރ)

ޖާގަ: 25                 

ކޯސް ހިންގާ ކެމްޕަހާއި ކޯސް ހިންގާނެގޮތް: މާލެ، ފުލްޓައިމް

ތަޢާރުފު:

މިކޯހުގެ މައިގަނޑު މަޤުޞަދަކީ، ޤައުމީ އަދި ބައިނަލްއަޤްވާމީ ފެންވަރުގައި ހިނގާ ސިޔާސީ އަދި އިޤުތިޞާދީ ކަންކަމާއި، ސަރުކާރުގެ ސިޔާސަތުތަކާއި އަދި ތާރީޚީ ކަންކަމާމެދު ދިރާސާކޮށް، ފުންކޮށް އަދި ފުޅާކޮށް ވިސްނައި، ފާޑުކިއުމާއި މި ދާއިރާތަކުގެ ކަންކަން ހިނގާނުހިނގާގޮތް ދެނެގަނެ، އެކަންކަމާމެދު ފާރަވެރިވެ، އަދި ޤައުމީ ކުރިއެރުމާއި ތަރައްޤީއަށް ބާރުއަޅާގޮތަށް، ޤައުމުގެ ސިޔާސަތުތައް ބައްޓަންކޮށް އިޞްލާޙުކުރުމުގެ ޤާބިލުކަމާއި ހުނަރުވެރިކަން ލިބިފައިވާ ބަޔަކު އުފެއްދުމެވެ. މިކޯސް ފުރިހަމަކުރާ ފަރާތްތަކަށް ދައުލަތުގެ މުއައްސަސާތަކުންނާއި، މީޑިއާގެ އެކި ވަސީލަތްތައް ފޯރުކޮށްދޭ ފަރާތްތަކުންނާއި، ޤައުމީ އަދި ބައިނަލްއަޤުވާމީ ފެންވަރުގައި މަސައްކަތްކުރާ އެކިއެކި ޖަމާޢަތްތަކާއި ޖަމްޢިއްޔާތަކުން ވަޒީފާގެ ފުރުޞަތުތައް ހޯދުމުގެ ޤާބިލުކަން ލިބޭނެއެވެ.

ކޯހަށް ވަނުމަށް ބޭނުންވާ އެންމެ ދަށް މިންގަނޑު:

ހ. ޖީ.ސީ.އީ އޭލެވެލް/އެޗް.އެސް.ސީ އިމްތިޙާނުތަކުން ދެ މާއްދާއިން ފާސްވެފައިވުން އަދި ޖީ.ސީ.އީ އޯލެވެލް/ އެސް.އެސް.ސީ އިމްތިޙާނުތަކުން ދިވެއްސާއެކު 3 މާއްދާއިން ފާސްވެފައިވުން. ނުވަތަ

ށ. ގުޅުންހުރި ދާއިރާއަކުން އެމް.ކިޔު.އޭ ޤަބޫލުކުރާ ލެވެލް 4 ގެ ސަނަދެއް ހާސިލު ކޮށްފައިވުން. ނުވަތަ

ނ. ޕޮލިޓިކަލް ސައިންސް ކޯހަށް އަމާޒުކޮށްގެން ޔުނިވަރސިޓީން ހިންގާ ފައުންޑޭޝަން ސްޓަޑީޒް ލެވެލް 2 ން ފާސްވެފައިވުން. ނުވަތަ

ރ. އުމުރުން 20 އަހަރު ފުރިފައިވުމާއެކު އެސް.އެސް.ސީ ދިވެހިން ފާސްވެފައިވުން ނުވަތަ އެ ފެންވަރު ހުރުން އަދި ގުޅުންހުރި ދާއިރާއަކުން އެއް އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ނޯޓް: ކޯހަށް ކުރިމަތިލާ ފަރާތްތަކުން ޖީ.ސީ.އީ އޯލެވެލް ނުވަތަ އައި.ޖީ.ސީ.އެސް.އީ އިމްތިޙާނުން އިނގިރޭސިބަހުން ފާސްވެފައިވާންވާނެއެވެ. ނުވަތަ އެފެންވަރުގެ ފާހެއް އޮންނަންވާނެއެވެ. ނޫނީ ޔުނިވަރސިޓީން ދޭ އިނގިރޭސިބަހުގެ އިމްތިޙާނުން ފާސްވާނެޖެހޭނެއެވެ.

 

10. ޑިޕްލޮމާ އިން ދިވެހި ލޭންގްވިޖް

މުއްދަތު: 1 އަހަރު (2 ސިމެސްޓަރ)

ޖާގަ: 30 (ޖުމްލަ)

ކޯސް ހިންގާ ކެމްޕަސް: މާލެ، ފުލްޓައިމް

ތަޢާރުފު:

މިކޯހުގެ މައިގަނޑު މަޤްޞަދަކީ ދިވެހިބަހަށް ޝައުޤުވެރިކަންހުރި ދިވެހިބަހަށް ލޯބިކުރާ އަދި ދިވެހިބަހުން ރަނގަޅަށް މުޢާމަލާތު ކުރަން ދަންނަ ދިވެހިން އުފެއްދުމެވެ. މިގޮތުން، މިކޯހަކީ ސާނަވީ އަދި މަތީސާނަވީ ތަޢުލީމު ނިންމާ ވަޒީފާތަކަށް ކުރިމަތިލާން ތިބި ކުދިންނާއި، މިހާރުވެސް ޚިދުމަތުގައި ތިއްބެވި ބޭފުޅުންނަށް ދިވެހިބަހުގެ ގަވާއިދާއި ބަހުގެ ހަމަތަކާއި ހުނަރުތައް ދަސްވެ ޑިގްރީ ފެންވަރަށް ކިޔެވުމަށް މަގުފަހިވެގެންދާނެ ކޯހެކެވެ. މިކޯސް ފުރިހަމަކުރާ ފަރާތްތަކަށް މުދައްރިސްކަމުގެ ދާއިރާއިންނާއި، އޮފީސް އެޑްމިނިސްޓްރޭޝަން، ބަހާއި، ތާރީޚާއި، ޡަޤާފަތާ ގުޅުންހުރި ދާއިރާތަކުންނާއި ޚަބަރު ފަތުރާ ވަސީލަތްތަކުގެ ވަޒީފާ ހޯދުމުގެ މަގު ފަހިވެގެންދާނެއެވެ. އަދި ސިޔާސީ ލީޑަރުންނާއި ވިޔަފާރިވެރިންގެ އެހީތެރިންގެގޮތުގައި މަސައްކަތް ކުރުމުގެ ޤާބިލުކަން ލިބޭނެއެވެ.

ކޯހަށް ވަނުމަށް ބޭނުންވާ އެންމެ ދަށް މިންގަނޑު:

ހ. ޖީ.ސީ.އީ އޭ ލެވެލް/އެޗް.އެސް.ސީ އިމްތިޙާނުތަކުން ދިވެއްސާއެކު 2 މާއްދާއިން ފާސްވެފައިވުން އަދި ޖީ.ސީ.އީ  އޯލެވެލް/އެސް.އެސް.ސީ އިމްތިޙާނުތަކުން ދިވެއްސާއެކު 3 މާއްދާއިން ފާސްވެފައިވުން. ނުވަތަ

ށ. އެޑްވާންސްޑް ސެޓުފިކެޓު ފެންވަރުގެ ކޯހެއް ފުރިހަމަކޮށްފައިވުމާއެކު އެސް.އެސް.ސީ ދިވެހިން ފާސްވެފައިވުން ނުވަތަ އެއްފެންވަރެއްގެ ފާހެއް އޮތުން. ނުވަތަ

ނ. ދިވެހިބަހާއި ގުޅުންހުރި ދާއިރާއަކުން ތަޖުރިބާ ލިބިފައިވާ، އުމުރުން 21 އަހަރުވެފައިވާ މީހުން، ޖީ.ސީ.އީ އޯލެވެލް/އެސް.އެސް.ސީ ގެ ކޮންމެވެސް މާއްދާއަކުން ފާސްވެފައިވުން.

 

11. އެޑްވާންސްޑް ޑިޕްލޮމާ އިން އިންގްލިޝް ލޭންގްވިޖް އެންޑް ކޮމިއުނިކޭޝަން

މުއްދަތު: 2 އަހަރު (4 ސިމެސްޓަރ)

ޖާގަ: 25                 

ކޯސް ހިންގާ ކެމްޕަހާއި ކޯސް ހިންގާނެގޮތް: މާލެ، ފުލްޓައިމް

ތަޢާރުފު:

މި ކޯހުގެ މައިގަނޑު މަޤުޞަދަކީ އިނގިރޭސިބަހުން ޑިގްރީ ފެންވަރުގައި ތަފާތު މުޢާމަލާތްތައް ކުރުމުގެ ހުނަރާ ޤާބިލުކަން ލިބިފައިވާ އަދި އިނގިރޭސިބަހާއި ބަހަވީޢިލްމުގެ މަޢުލޫމާތު އުނގެނިގެންތިބި މޮޅު ބަޔަކު އުފެއްދުމެވެ. މިކޯހުގައި ލިޔުމާއި ވާހަކަދެއްކުމުގައި އިނގިރޭސިބަސް ވަރަށްމަތީ ފެންވަރަކަށް ބޭނުންކުރަން ދަސްކޮށްދީ، ބަހާބެހޭ ސިޔާސަތުތަކާއި ގޮތްތައް ކަނޑައެޅުމުގައި ވިސްނަންޖެހޭ ތަފާތު ގޮތްތަކަށް ބައިވެރިން އަހުލުވެރިކުރެވޭނެއެވެ. އަދި ބަހާބެހޭ ދިރާސާތައް ކުރުމަށާއި ބަސްތަރައްޤީ ކުރުމަށް ބޭނުންވާނެ އަސާސީ ހުނަރުތައް ލިއްބައިދެވޭނެއެވެ. މި ކޯސް ފުރިހަމަކުރާ ފަރާތްތަކަށް އިނގިރޭސިބަސް އުނގަންނައިދިނުން، ޓޫރިޒަމް، މީޑިއާ، ޕަބްލިކް ރިލޭޝަންސް، ކޯޕަރޭޓް ކޮމިއުނިކޭޝަން، ޑިޕްލޮމަސީ، ބަހާބެހޭ ރިސަރޗް ކުރުން ފަދަ ދާއިރާތަކުން ވަޒީފާ ހޯދުމަށް މަގުފަހިވާނެއެވެ.

ކޯހަށް ވަނުމަށް ބޭނުންވާ އެންމެ ދަށް މިންގަނޑު:

ހ. ޖީ.ސީ.އީ އޭލެވެލް/އެޗް.އެސް.ސީ އިމްތިޙާނުތަކުން ދެ މާއްދާއިން ފާސްވެފައިވުން އަދި ޖީ.ސީ.އީ އޯލެވެލް/ އެސް.އެސް.ސީ އިމްތިޙާނުތަކުން 3 މާއްދާއިން ފާސްވެފައިވުން. އަދި އިނގިރޭސިބަހުގެ ފެންވަރު ހުރިކަން އަންގައިދޭ ސަނަދެއް ނުވަތަ އެއާ އެއްފެންވަރެއްގެ ފާހެއް އޮތުން ނުވަތަ ޔުނިވަރސިޓީން ދޭ އިނގިރޭސިބަހުގެ ޓެސްޓުން ފާސްވެފައިވުން.

 ނުވަތަ

ށ. އެމް.ކިޔު.އޭ ޤަބޫލުކުރާ ލެވެލް 4 ގެ ސަނަދެއް ހާސިލު ކޮށްފައިވުން. އަދި އިނގިރޭސިބަހުގެ ފެންވަރު ހުރިކަން އަންގައިދޭ ސަނަދެއް ނުވަތަ އެއާ އެއްފެންވަރެއްގެ ފާހެއް އޮތުން ނުވަތަ ޔުނިވަރސިޓީން ދޭ އިނގިރޭސިބަހުގެ ޓެސްޓުން ފާސްވެފައިވުން. ނުވަތަ

ނ. އުމުރުން 20 އަހަރު ފުރިފައިވުމާއެކު ޖީ.ސީ.އީ/އައި.ޖީ.ސީ.އެސް.އީ އޯ ލެވެލް އިމްތިޙާނުން 1 މާއްދާއިން ފާސްވެފައިވުން އަދި އެއް އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. އަދި އިނގިރޭސިބަހުގެ ފެންވަރު ހުރިކަން އަންގައިދޭ ސަނަދެއް ނުވަތަ އެއާ އެއްފެންވަރެއްގެ ފާހެއް އޮތުން ނުވަތަ ޔުނިވަރސިޓީން ދޭ އިނގިރޭސިބަހުގެ ޓެސްޓުން ފާސްވެފައިވުން.

 

12. ބެޗްލަރ އޮފް އާރޓްސް އިން އިންގްލިޝް ލޭންގްވިޖް އެންޑް ކޮމިއުނިކޭޝަން

މުއްދަތު: 3 އަހަރު (6 ސިމެސްޓަރ)           

ޖާގަ: 25                 

ކޯސް ހިންގާ ކެމްޕަހާއި ކޯސް ހިންގާނެގޮތް: މާލެ، ފުލްޓައިމް

ތަޢާރުފު:

މި ކޯހުގެ މައިގަނޑު މަޤުޞަދަކީ އިނގިރޭސިބަހުން ޑިގްރީ ފެންވަރުގައި ތަފާތު މުޢާމަލާތްތައް ކުރުމުގެ ހުނަރާ ޤާބިލުކަން ލިބިފައިވާ އަދި އިނގިރޭސިބަހާއި ބަހަވީޢިލްމުގެ މަޢުލޫމާތު އުނގެނިގެން ތިބި މޮޅު ބަޔަކު އުފެއްދުމެވެ. މިކޯހުގައި ލިޔުމާއި ވާހަކަދެއްކުމުގައި އިނގިރޭސިބަސް ވަރަށްމަތީ ފެންވަރަކަށް ބޭނުންކުރަން ދަސްކޮށްދީ، ބަހާބެހޭ ސިޔާސަތުތަކާއި ގޮތްތައް ކަނޑައެޅުމުގައި ވިސްނަންޖެހޭ ތަފާތު ގޮތްތަކަށް ބައިވެރިން އަހުލުވެރިކުރެވޭނެއެވެ. އަދި ބަހާބެހޭ ދިރާސާތައް ކުރުމަށާއި ބަސްތަރައްޤީ ކުރުމަށް ބޭނުންވާނެ އަސާސީ ހުނަރުތައް ލިއްބައިދެވޭނެއެވެ. މި ކޯސް ފުރިހަމަކުރާ ފަރާތްތަކަށް އިނގިރޭސިބަސް އުނގަންނައިދިނުން، ޓޫރިޒަމް، މީޑިއާ، ޕަބްލިކް ރިލޭޝަންސް، ކޯޕަރޭޓް ކޮމިއުނިކޭޝަން، ޑިޕްލޮމަސީ، ބަހާއި ބެހޭ ރިސަރޗް ކުރުން ފަދަ ދާއިރާތަކުން ވަޒީފާ ހޯދުމަށް މަގުފަހިވާނެއެވެ.

ކޯހަށް ވަނުމަށް ބޭނުންވާ އެންމެ ދަށް މިންގަނޑު:

ހ. ޖީ.ސީ.އީ އޭލެވެލް/އެޗް.އެސް.ސީ އިމްތިޙާނުތަކުން ދެ މާއްދާއިން ފާސްވެފައިވުން އަދި ޖީ.ސީ.އީ އޯލެވެލް/ އެސް.އެސް.ސީ އިމްތިޙާނުތަކުން 3 މާއްދާއިން ފާސްވެފައިވުން. އަދި އިނގިރޭސިބަހުގެ ފެންވަރު ހުރިކަން އަންގައިދޭ ސަނަދެއް ނުވަތަ އެއާ އެއްފެންވަރެއްގެ ފާހެއް އޮތުން ނުވަތަ ޔުނިވަރސިޓީން ދޭ އިނގިރޭސިބަހުގެ ޓެސްޓުން ފާސްވެފައިވުން. ނުވަތަ

ށ. އެމް.ކިޔު.އޭ ޤަބޫލުކުރާ ލެވެލް 4 ގެ ސަނަދެއް ހާސިލު ކޮށްފައިވުން. އަދި އިނގިރޭސިބަހުގެ ފެންވަރު ހުރިކަން އަންގައިދޭ ސަނަދެއް ނުވަތަ އެއާ އެއްފެންވަރެއްގެ ފާހެއް އޮތުން ނުވަތަ ޔުނިވަރސިޓީން ދޭ އިނގިރޭސިބަހުގެ ޓެސްޓުން ފާސްވެފައިވުން. ނުވަތަ

ނ. އުމުރުން 20 އަހަރު ފުރިފައިވުމާއެކު ޖީ.ސީ.އީ/އައި.ޖީ.ސީ.އެސް.އީ އޯ ލެވެލް އިމްތިޙާނުން 1 މާއްދާއިން ފާސްވެފައިވުން އަދި އެއް އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. އަދި އެއް އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. އަދި އިނގިރޭސިބަހުގެ ފެންވަރު ހުރިކަން އަންގައިދޭ ސަނަދެއް ނުވަތަ އެއާ އެއްފެންވަރެއްގެ ފާހެއް އޮތުން ނުވަތަ ޔުނިވަރސިޓީން ދޭ އިނގިރޭސިބަހުގެ ޓެސްޓުން ފާސްވެފައިވުން.

 

ފެކަލްޓީ އޮފް އެޑިޔުކޭޝަން

13. އެޑްވާންސްޑް ސެޓުފިކެޓު އިން އެޑިޔުކޭޝަން

މުއްދަތު: 1 އަހަރު (2 ސިމެސްޓަރ)

ޖާގަ: 240 (ޖުމްލަ)

ކޯސް ހިންގާ ކެމްޕަހާއި ކޯސް ހިންގާނެގޮތް: ކ.މާލެ - ފުލްޓައިމް، (60 ޖާގަ)، ހދ.ކުޅުދުއްފުށި- ބްލޮކް މޯޑް، (60 ޖާގަ)، ލ.ގަން- ބްލޮކް މޯޑް (30 ޖާގަ)، ގދ.ތިނަދޫ - ބްލޮކް މޯޑް، (60 ޖާގަ)،  ސ.ހިތަދޫ - ބްލޮކް މޯޑް، (30 ޖާގަ)

ތަޢާރުފު:

އެޑްވާންސްޑް ސެޓުފިކެޓު އިން އެޑިޔުކޭޝަން މި ކޯހަކީ ފެކަލްޓީ އޮފް އެޑިޔުކޭޝަންގައި ހިންގާ ބެޗްލަރ އޮފް އެޑިޔުކޭޝަން ޕްރައިމަރީ (އޮނަރސް)، ބެޗްލަރ އޮފް އެޑިޔުކޭޝަން އާރލީ ޗައިލްޑްހުޑް (އޮނަރސް)، ބެޗްލަރ އޮފް އެޑިޔުކޭޝަން (އޮނަރސް)، ޕްރައިމަރީ، ސްޕެޝަލް އެޑިޔުކޭޝަން އަދި ބެޗްލަރ އޮފް އެޑިޔުކޭޝަން ހެލްތް އެންޑް ފިޒިކަލް އެޑިޔުކޭޝަން (އޮނަރސް)، މި ކޯސްތަކަށް ކުދިން ތަމްރީން ކުރުމަށް އަމާޒުކޮށް ހިންގާ އެއް އަހަރު ދުވަހުގެ އެޑްވާންސްޑް ސެޓުފިކެޓު ކޯހެކެވެ. މި ކޯސް ފުރިހަމަކުރާ ދަރިވަރުންނަށް މަތީގައިވާ ޑިގްރީ ޕްރޮގްރާމްތަކަށް ވަނުމުގެ ފުރުޞަތު ހުޅުވިގެންދާނެއެވެ.

ކޯހަށް ވަނުމަށް ބޭނުންވާ އެންމެ ދަށް މިންގަނޑު:

ހ. ޖީ.ސީ.އީ އޯ ލެވެލް/އެސް.އެސް.ސީ އިމްތިޙާނުތަކުން، 3 މާއްދާއިން ފާސްވެފައިވުން ނުވަތަ އެއާ އެއްފެންވަރެއްގެ ފާހެއް އޮތުން. ނުވަތަ

ށ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމް.ކިޔު.އޭ) ޤަބޫލުކުރާ 3 ވަނަ ދަރަޖަގައި ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ

ނ. އުމުރުން 18 އަހަރުވުމާއެކު ގްރޭޑް 7 ފުރިހަމަކޮށްފައިވުން އަދި 1 އަހަރު ދުވަހު މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

 

14. ޑިޕްލޮމާ އިން ޓީޗިންގ ޕްރައިމަރީ

   އެޑްވާންސްޑް ޑިޕްލޮމާ އިން ޓީޗިންގ ޕްރައިމަރީ

   ބެޗްލަރ އޮފް ޓީޗިންގ ޕްރައިމަރީ

   ބެޗްލަރ އޮފް އެޑިޔުކޭޝަން ޕްރައިމަރީ (އޮނަރސް)

މުއްދަތު:  ޑިޕްލޮމާ އިން ޓީޗިންގ ޕްރައިމަރީ: 1 އަހަރު (2 ސިމެސްޓަރ)

       އެޑްވާންސްޑް ޑިޕްލޮމާ އިން ޓީޗިންގ ޕްރައިމަރީ: 2 އަހަރު (4 ސިމެސްޓަރ)

       ބެޗްލަރ އޮފް ޓީޗިންގ ޕްރައިމަރީ: 3 އަހަރު (6 ސިމެސްޓަރ)

       ބެޗްލަރ އޮފް އެޑިޔުކޭޝަން ޕްރައިމަރީ (އޮނަރސް): 4 އަހަރު (8 ސިމެސްޓަރ)

 ޖާގަ: 220 (ޖުމްލަ)   

ކޯސް ހިންގާ ކެމްޕަހާއި ކޯސް ހިންގާނެގޮތް: ކ.މާލެ- ފުލްޓައިމް، (60 ޖާގަ)، ހދ.ކުޅުދުއްފުށި- ބްލޮކް މޯޑް، (40 ޖާގަ)، ލ.ގަން- ބްލޮކް މޯޑް (40 ޖާގަ)، ގދ.ތިނަދޫ - ހަވީރު ދަންފަޅި، (40 ޖާގަ)، ސ.ހިތަދޫ – ފުލްޓައިމް(ހަވީރު ދަންފަޅި) (40 ޖާގަ)

ތަޢާރުފު:

މި ކޯހަކީ ފަށާ ތަޢުލީމުގެ ހަރުފަތުގައި ކިޔަވައިދޭން ޑިޕްލޮމާ ފެންވަރުގެ މުދައްރިސުން ތައްޔާރު ކުރުމުގެ މަޤްޞަދުގައި ހިންގޭ ކޯހެކެވެ. މިކޯހުގެ މައިގަނޑު ބައިތަކުގެ ތެރޭގައި ބައިވެރިން މުދައްރިސްކަމަށް އަހުލުވެރިކުރުވުމާއި، ކިޔަވައިދިނުމުގެ ހުނަރުތައް ދަސްކޮށްދިނުމާއި، ކިޔަވައިދިނުމަށް ބޭނުންވާ މަޢުލޫމާތު މުއްސަނދި ކުރުވުމާއި، ތަޢުލީމުގެ ރޮނގުން ކުރެވިފައިވާ ދިރާސާތަކަށް ބައިވެރިން އަހުލުވެރިކުރުވުން ހިމެނެއެވެ. މުދައްރިސް ކަމަކީ މުޖްތަމަޢުގައި ގަދަރުވެރި މަޤާމެކެވެ. އަދި މުސާރަވެސް އެހާމެ ރަނގަޅު ވަޒީފާއެކެވެ. އަދި މި ކޯސް ފުރިހަމަ ކުރުމުން ރާއްޖެއިން ބޭރުގެ ޔުނިވަރސިޓީތަކުން މާސްޓަރސް ހެދުމުގެ ފުރުޞަތު ތަނަވަސްވެއެވެ.

ކޯހަށް ވަނުމަށް ބޭނުންވާ އެންމެ ދަށް މިންގަނޑު:

ހ. ޖީ.ސީ.އީ އޭ ލެވެލް/އެޗް.އެސް.ސީ އިމްތިޙާނުތަކުން 2 މާއްދާއިން ފާސްވެފައިވުން ނުވަތަ އެފެންވަރު ހުރުން. އަދި ޖީ.ސީ.އީ އޯ ލެވެލް/އެސް.އެސް.ސީ އިމްތިޙާނުތަކުން، ދިވެހި ހިމެނޭ ގޮތަށް 3 މާއްދާއިން ފާސްވެފައިވުން. ނުވަތަ

ށ. އެޑްވާންސްޑް ޑިޕްލޮމާ އިން ޓީޗިންގ ޕްރައިމަރީ/ބެޗްލަރ އޮފް އެޑިޔުކޭޝަން - ޕްރައިމަރީ ކޯހަށް އަމާޒު ކޮށްގެން ޔުނިވަރސިޓީން ހިންގާ ފައުންޑޭޝަން ސްޓަޑީޒް ލެވެލް 2 ން ފާސްވެފައިވުން. ނުވަތަ

ނ. ކިޔަވައިދިނުމުގެ ރޮނގުން އެމް.ކިޔު.އޭ ޤަބޫލުކުރާ ލެވެލް 4 ގެ ސަނަދެއް އޮތުން. ނުވަތަ

ރ. އުމުރުން 20 އަހަރުވުމާއި ޖީ.ސީ.އީ އޯލެވެލް/އެސް.އެސް.ސީ އެއް މާއްދާއިން ފާސްވެފައިވުން އަދި 5 އަހަރު ދުވަހު ކިޔަވައިދިނުމުގެ ތަޖުރިބާ ލިބިފައިވުން.

 

15. ޑިޕްލޮމާ އިން ޓީޗިންގ ސެކަންޑަރީ (ދިވެހި ލޭންގްވިޖް އެންޑް ލިޓްރޭޗަރ)

   އެޑްވާންސްޑް ޑިޕްލޮމާ އިން ޓީޗިންގ ސެކަންޑަރީ (ދިވެހި ލޭންގްވިޖް އެންޑް ލިޓްރޭޗަރ)

   ބެޗްލަރ އޮފް ޓީޗިންގ ސެކަންޑަރީ (ދިވެހި ލޭންގްވިޖް އެންޑް ލިޓްރޭޗަރ)

   ބެޗްލަރ އޮފް އެޑިޔުކޭޝަން ސެކަންޑަރީ (ދިވެހި ލޭންގްވިޖް އެންޑް ލިޓްރޭޗަރ) - އޮނަރސް

މުއްދަތު: ޑިޕްލޮމާ އިން ޓީޗިންގ ސެކަންޑަރީ (ދިވެހި ލޭންގްވިޖް އެންޑް ލިޓްރޭޗަރ): 1 އަހަރު (2 ސިމެސްޓަރ)

       އެޑްވާންސްޑް ޑިޕްލޮމާ އިން ޓީޗިންގ ސެކަންޑަރީ (ދިވެހި ލޭންގްވިޖް އެންޑް ލިޓްރޭޗަރ): 2 އަހަރު (4 ސިމެސްޓަރ)

       ބެޗްލަރ އޮފް ޓީޗިންގ ސެކަންޑަރީ (ދިވެހި ލޭންގްވިޖް އެންޑް ލިޓްރޭޗަރ): 3 އަހަރު (6 ސިމެސްޓަރ)

       ބެޗްލަރ އޮފް އެޑިޔުކޭޝަން ސެކަންޑަރީ (ދިވެހި ލޭންގްވިޖް އެންޑް ލިޓްރޭޗަރ)- އޮނަރސް: 4 އަހަރު (8 ސިމެސްޓަރ)

ޖާގަ: 40 (ޖުމްލަ)

ކޯސް ހިންގާ ކެމްޕަހާއި ކޯސް ހިންގާނެގޮތް: ކ.މާލެ، ފުލްޓައިމް

ތަޢާރުފު:

މި ކޯހަކީ ޘާނަވީ ފެންވަރުގައި ދިވެއްސާއި އަދަބިއްޔާތު ކިޔަވައިދޭން ޑިޕްލޮމާ ފެންވަރުގެ މުދައްރިސުން ތައްޔާރު ކުރުމުގެ މަޤްޞަދުގައި ހިންގޭ ކޯހެކެވެ. މިކޯހުގެ މައިގަނޑު ބައިތަކުގެ ތެރޭގައި ބައިވެރިން މުދައްރިސްކަމަށް އަހުލުވެރިކުރުވުމާއި، ކިޔަވައިދިނުމުގެ ހުނަރުތައް ދަސްކޮށްދިނުމާއި، ކިޔަވައިދިނުމަށް ބޭނުންވާ މަޢުލޫމާތު މުއްސަނދި ކުރުވުމާއި، ތަޢުލީމުގެ ރޮނގުން ކުރެވިފައިވާ ދިރާސާތަކަށް ބައިވެރިން އަހުލުވެރި ކުރުވުން ހިމެނެއެވެ.

ކޯހަށް ވަނުމަށް ބޭނުންވާ އެންމެ ދަށް މިންގަނޑު:

ހ. ޖީ.ސީ.އީ އޭލެވެލް/އެޗް.އެސް.ސީ އިމްތިޙާންތަކުން 2 މާއްދާއިން ފާސްވެފައިވުން އަދި ޖީ.ސީ.އީ އޯލެވެލް/އެސް.އެސް.ސީ އިމްތިޙާންތަކުން، 3 މާއްދާއިން ފާސްވެފައިވުމާއެކު ދިވެހިން ދަށްވެގެން “ބީ” ގްރޭޑް ލިބިފައިވުން. ނުވަތަ

ށ. ބެޗްލަރ އޮފް އެޑިޔުކޭޝަން ކޯހަށް އަމާޒު ކޮށްގެން ޔުނިވަރސިޓީން ހިންގާ ފައުންޑޭޝަން ސްޓަޑީޒް ލެވެލް 2 ން ފާސްވެފައިވުން. ނުވަތަ

ނ. ޚާއްޞަވާން އެދޭ މާއްދާ ކިޔަވައިދިނުމުގެ ރޮނގުން ޑިޕްލޮމާ ލެވެލްގެ ސަނަދެއް އޮތުމާއެކު އެސް.އެސް.ސީ ދިވެހިން ފާސްވެފައިވުން. ނުވަތަ

ރ. ކިޔަވައިދިނުމުގެ ރޮނގުން އެޑްވާންސްޑް ސެޓުފިކެޓު ލެވެލްގެ ސަނަދެއް އޮތުމާއެކު ސަނަދު ލިބުމަށްފަހު 2 އަހަރު ދުވަހު، ސްކޫލެއްގައި ޚާއްޞަވާން އެދޭ މާއްދާތައް ކިޔަވައިދިނުމުގެ ތަޖުރިބާ ލިބިފައިވުން.

 

16. އެޑްވާންސްޑް ޑިޕްލޮމާ އިން އެޑިޔުކޭޝަން (އާރލީ ޗައިލްޑްހުޑް)

   ބެޗްލަރ އޮފް އެޑިޔުކޭޝަން (އާރލީ ޗައިލްޑްހުޑް) - އޮނަރސް

މުއްދަތު: އެޑްވާންސްޑް ޑިޕްލޮމާ އިން އެޑިޔުކޭޝަން (އާރލީ ޗައިލްޑްހުޑް): 2 އަހަރު (4 ސިމެސްޓަރ)

      ބެޗްލަރ އޮފް އެޑިޔުކޭޝަން އާރލީ ޗައިލްޑްހުޑް) އޮނަރސް): 4 އަހަރު (8 ސިމެސްޓަރ)

ޖާގަ: 190 (ޖުމްލަ)     

ކޯސް ހިންގާ ކެމްޕަހާއި ކޯސް ހިންގާނެގޮތް: ކ.މާލެ- ފުލްޓައިމް، (60 ޖާގަ)، ހދ.ކުޅުދުއްފުށި- ފުލްޓައިމް، (40 ޖާގަ)، ލ.ގަން- ބްލޮކް މޯޑް (30 ޖާގަ)، ގދ.ތިނަދޫ - ފުލްޓައިމް (ފްލެކްސީ މޯޑް)، (30 ޖާގަ)، ސ.ހިތަދޫ ފުލްޓައިމް (ފްލެކްސީ މޯޑް) (30 ޖާގަ)

ތަޢާރުފު:

މި ކޯހަކީ ޕްރީ ސްކޫލް މުދައްރިސުން ތަމްރީން ކުރުމަށްޓަކައި ފަރުމާ ކުރެވިފައިވާ ކޯހެކެވެ. މިކޯހުގައި ޕްްރީ ސްކޫލް އުމުރުފުރާގެ ދަރިވަރުންނަށް ކިޔަވައިދިނުމުގެ ހުނަރުތައް، ބައިވެރިންނަށް އުނގަންނައިދެވެއެވެ. އަދި އެންމެ ފަހުގެ ތަޢުލީމީ ދިރާސާތަކުގެ އަލީގައި ބައިވެރިންނަށް ކިޔަވައިދެވެއެވެ. މިކޯހަކީ މި ދާއިރާއަށް ޝައުޤުވެރިވާ ފަރާތްތަކަށް، ރަނގަޅު އާމްދަނީއެއް ހޯދުމުގެ ގޮތުން އަމިއްލަ ރަށުގައި ހެދިދާނެ ކޯހެކެވެ.

ކޯހަށް ވަނުމަށް ބޭނުންވާ އެންމެ ދަށް މިންގަނޑު:

ހ. ޖީ.ސީ.އީ އޭ ލެވެލް/އެޗް.އެސް.ސީ 2 މާއްދާއިން ފާސްވެފައިވުން ނުވަތަ އެފެންވަރު ހުރުން. ނުވަތަ

ށ. އެމް.ކިޔު.އޭ ޤަބޫލުކުރާ ސެޓުފިކެޓު ލެވެލް 4 ގެ ސަނަދެއް އާރލީ ޗައިލްޑްހުޑް އެޑިޔުކޭޝަން ދާއިރާއިން ހާސިލުކޮށްފައިވުން. ނުވަތަ

ނ. ބެޗްލަރ އޮފް އެޑިޔުކޭޝަން އިން އާރލީ ޗައިލްޑްހުޑް ކޯހަށް އަމާޒު ކޮށްގެން ޔުނިވަރސިޓީން ހިންގާ ފައުންޑޭޝަން ސްޓަޑީޒް ލެވެލް 2 ން ފާސްވެފައިވުން. ނުވަތަ

ރ. ފެކަލްޓީ އޮފް އެޑިއުކޭޝަނުން ހިންގާ އެޑްވާންސް ސެޓުފިކެޓު އިން އެޑިޔުކޭޝަން ފުރިހަމަކޮށްފައިވުން.

 

17. އެޑްވާންސްޑް ޑިޕްލޮމާ( ހެލްތް އެންޑް ފިޒިކަލް އެޑިޔުކޭޝަން)

   ބެޗްލަރ އޮފް އެޑިޔުކޭޝަން (ހެލްތް އެންޑް ފިޒިކަލް އެޑިޔުކޭޝަން) - އޮނަރސް

މުއްދަތު: އެޑްވާންސްޑް ޑިޕްލޮމާ އިން ހެލްތް އެންޑް ފިޒިކަލް އެޑިޔުކޭޝަން: 2 އަހަރު (4 ސިމެސްޓަރ)

      ބެޗްލަރ އޮފް އެޑިޔުކޭޝަން (ހެލްތް އެންޑް ފިޒިކަލް އެޑިޔުކޭޝަން) އޮނަރސް: 4 އަހަރު (8 ސިމެސްޓަރ)

ޖާގަ: 60 (ޖުމްލަ)

ކޯސް ހިންގާ ކެމްޕަހާއި ކޯސް ހިންގާނެގޮތް: ކ. މާލެ، ފުލްޓައިމް (ފްލެކްސީ މޯޑް)

ތަޢާރުފު:

މި ކޯހަކީ ފަށާތަޢުލީމުން ފެށިގެން ސާނަވީ ފެންވަރަށް ޞިއްޙަތާއި ހަށިގަނޑުގެ ތަރުބިއްޔަތު ކިޔަވައިދޭން މުދައްރިސުން ތައްޔާރު ކުރުމުގެ މަޤްޞަދުގައި ހިންގޭ މަތީ ޑިޕްލޮމާ ފެންވަރުގެ ކޯހެކެވެ. މިކޯހުގެ މައިގަނޑު ބައިތަކުގެ ތެރޭގައި ކަސްރަތުގެ މުހިންމު ކަމާއި، ދުޅަހެޔޮ ޞިއްޙަތެއްގައި ހުރުމަށް ޢަމަލުތައް ބަހައްޓަންވީގޮތާއި، ބައިވެރިން މުދައްރިސުކަމަށް އަހުލުވެރިކުރުވުމާއި، ކިޔަވައިދިނުމުގެ ހުނަރުތައް ދަސްކޮށްދިނުމާއި، ކިޔަވައިދިނުމަށް ބޭނުންވާ މަޢުލޫމާތު މުއްސަނދި ކުރުވުމާއި، މި ދާއިރާއިން ކުރެވިފައިވާ ދިރާސާތަކަށް އަހުލުވެރިކުރުވުން ހިމެނެއެވެ.

ކޯހަށް ވަނުމަށް ބޭނުންވާ އެންމެ ދަށް މިންގަނޑު:

ހ. ޖީ.ސީ.އީ އޭ ލެވެލް/އެޗް.އެސް.ސީ އިމްތިޙާނުތަކުން 2 މާއްދާއިން ފާސްވެފައިވުން އަދި ޖީ.ސީ.އީ އޯ ލެވެލް/އެސް.އެސް.ސީ އިމްތިޙާނުތަކުން، ދިވެހި ހިމެނޭގޮތަށް 3 މާއްދާއިން ފާސްވެފައިވުން. އަދި އިނގިރޭސިބަހުގެ ފެންވަރު ހުރިކަން އަންގައިދޭ ސަނަދެއް ނުވަތަ އެއާ އެއްފެންވަރެއްގެ ފާހެއް އޮތުން ނުވަތަ ޔުނިވަރސިޓީން ދޭ އިނގިރޭސިބަހުގެ ޓެސްޓުން ފާސްވެފައިވުން. ނުވަތަ

ށ. ކިޔަވައިދިނުމުގެ ރޮނގުން އެމް.ކިޔު.އޭ ޤަބޫލުކުރާ އެޑްވާންސްޑް ސެޓުފިކެޓު ލެވެލްގެ ސަނަދެއް އޮތުމާއެކު، ސަނަދު ލިބުމަށްފަހު 1 އަހަރު ދުވަހު، ސްކޫލެއްގައި ކިޔަވައިދިނުމުގެ ތަޖުރިބާ ލިބިފައިވުން އަދި އިނގިރޭސިބަހުގެ ފެންވަރު ހުރިކަން އަންގައިދޭ ސަނަދެއް ނުވަތަ އެއާ އެއްފެންވަރެއްގެ ފާހެއް އޮތުން ނުވަތަ ޔުނިވަރސިޓީން ދޭ އިނގިރޭސިބަހުގެ ޓެސްޓުން ފާސްވެފައިވުން. ނުވަތަ

ނ. އުމުރުން 25 އަހަރުވުމާއި 5 އަހަރު ދުވަހު ފިޒިކަލް އެޑިޔުކޭޝަންގެ ދާއިރާއިން ތަޖުރިބާ ލިބިފައިވުން. އަދި އިނގިރޭސިބަހުގެ ފެންވަރު ހުރިކަން އަންގައިދޭ ސަނަދެއް ނުވަތަ އެއާ އެއްފެންވަރެއްގެ ފާހެއް އޮތުން ނުވަތަ ޔުނިވަރސިޓީން ދޭ އިނގިރޭސިބަހުގެ ޓެސްޓުން ފާސްވެފައިވުން.

 

18. އެޑްވާންސްޑް ޑިޕްލޮމާ އިން ޓީޗިންގ ސެކަންޑަރީ

   ބެޗްލަރ އޮފް ޓީޗިންގ ސެކަންޑަރީ

   ބެޗްލަރ އޮފް އެޑިޔުކޭޝަން ސެކަންޑަރީ (އޮނަރސް)

މުއްދަތު: އެޑްވާންސްޑް ޑިޕްލޮމާ އިން ޓީޗިންގ ސެކަންޑަރީ: 2 އަހަރު (4 ސިމެސްޓަރ)

       ބެޗްލަރ އޮފް ޓީޗިންގ ސެކަންޑަރީ: 3 އަހަރު (6 ސިމެސްޓަރ)

       ބެޗްލަރ އޮފް އެޑިޔުކޭޝަން ސެކަންޑަރީ (އޮނަރސް): 4 އަހަރު (8 ސިމެސްޓަރ)

ޖާގަ: 275 (ޖުމްލަ)

ކޯސް ހިންގާ ކެމްޕަހާއި ކޯސް ހިންގާނެގޮތް: ކ.މާލެ (ފުލްޓައިމް)، ހދ.ކުޅުދުއްފުށި (ފުލްޓައިމް)، ސ.ހިތަދޫ (ފުލްޓައިމް)

ކޮމްބިނޭޝަންތަކަށް ޖާގަތައް ކަނޑައެޅިފައިވާގޮތް (ހަމައެކަނި މާލެއަށް)

އެކައުންޓިންގއާއި ބިޒްނަސް ސްޓަޑީޒް  (15) އެކައުންޓިންގ އާއި މެތަމެޓިކްސް  (10)    އެކައުންޓިންގ އާއި އިކޮނޮމިކްސް  (10)   ބިޒްނަސް ސްޓަޑީޒް އާއި އިކޮނޮމިކްސް  (15)   މެތަމެޓިކްސް އާއި އިކޮނޮމިކްސް (5)   ކެމިސްޓްރީ އާއި ފިޒިކްސް  (15)   މެތަމެޓިކްސް އާއި ކެމިސްޓްރީ  (10)   މެތަމެޓިކްސް އާއި ފިޒިކްސް  (15)    ބައޮލޮޖީ އާއި ކެމިސްޓްރީ  (15)  ބައޮލޮޖީ އާއި މެރިން ބައޮލޮޖީ (10) ކެމިސްޓްރީ އާއި މެރިން ބައޮލޮޖީ (15)  މެތަމެޓިކްސް އާއި ބައޮލޮޖީ (10) މެތަމެޓިކްސް އާއި މެރިން ބައޮލޮޖީ (10)   ބައޮލޮޖީ އާއި ފިޒިކްސް (10)

ކޮމްބިނޭޝަންތަކަށް ޖާގަތައް ކަނޑައެޅިފައިވާގޮތް (ހަމައެކަނި ކެމްޕަސްތަކަށް)

އެކައުންޓިންގ އާއި ބިޒްނަސް ސްޓަޑީޒް (15) އެކައުންޓިންގ އާއި މެތަމެޓިކްސް (10)  އެކައުންޓިންގ އާއި އިކޮނޮމިކްސް (10) ބިޒްނަސް ސްޓަޑީޒް އާއި އިކޮނޮމިކްސް (15)  މެތަމެޓިކްސް އާއި އިކޮނޮމިކްސް (5)

ތަޢާރުފު:

މި ކޯހަކީ ޘާނަވީ ފެންވަރުގައި ކިޔަވައިދޭން އެޑްވާންސްޑް ޑިޕްލޮމާ ފެންވަރުގެ މުދައްރިސުން ތައްޔާރު ކުރުމުގެ މަޤްޞަދުގައި ހިންގޭ ކޯހެކެވެ. މިކޯހުގެ މައިގަނޑު ބައިތަކުގެ ތެރޭގައި ބައިވެރިން މުދައްރިސްކަމަށް އަހުލުވެރިކުރުވުމާއި، ކިޔަވައިދިނުމުގެ ހުނަރުތައް ދަސްކޮށްދިނުމާއި، ކިޔަވައިދިނުމަށް ބޭނުންވާ މަޢުލޫމާތު މުއްސަނދި ކުރުވުމާއި، ތަޢުލީމުގެ ރޮނގުން ކުރެވިފައިވާ ދިރާސާތަކަށް ބައިވެރިން އަހުލުވެރި ކުރުވުން ހިމެނެއެވެ.

ކޯހަށް ވަނުމަށް ބޭނުންވާ އެންމެ ދަށް މިންގަނޑު:

ހ. ޚާއްޞަވާން އެދޭ މާއްދާތައް ހިމެނޭގޮތަށް ޖީ.ސީ.އީ އޭ ލެވެލް/އެޗް.އެސް.ސީ އިމްތިޙާނުތަކުން 2 މާއްދާއިން ފާސްވެފައިވުން އަދި ޖީ.ސީ.އީ އޯ ލެވެލް/އެސް.އެސް.ސީ އިމްތިޙާނުތަކުން، 3 މާއްދާއިން ފާސްވެފައިވުން. އަދި އިނގިރޭސިބަހުގެ ފެންވަރު ހުރިކަން އަންގައިދޭ ސަނަދެއް ނުވަތަ އެއާ އެއްފެންވަރެއްގެ ފާހެއް އޮތުން ނުވަތަ ޔުނިވަރސިޓީން ދޭ އިނގިރޭސިބަހުގެ ޓެސްޓުން ފާސްވެފައިވުން. ނުވަތަ

ށ. ޚާއްޞަވާން އެދޭ މާއްދާތައް ހިމެނޭގޮތަށް ބެޗްލަރ އޮފް އެޑިޔުކޭޝަން ސެކަންޑަރީ/އެޑްވާންސްޑް ޑިޕްލޮމާ އޮފް ޓީޗިންގ ސެކަންޑަރީ ކޯހަށް އަމާޒު ކޮށްގެން ޔުނިވަރސިޓީން ހިންގާ ފައުންޑޭޝަން ސްޓަޑީޒް ލެވެލް 2 ން ފާސްވެފައިވުން. ނުވަތަ

ނ. ޚާއްޞަވާން އެދޭ މާއްދާތަކުގެ ތެރެއިން ކޮންމެވެސް އެއް މާއްދާއަކުން ކިޔަވައިދިނުމުގެ ރޮނގުން އެމް.ކިޔު.އޭ ޤަބޫލުކުރާ ލެވެލް 5  ގެ ސަނަދެއް އޮތުމާއެކު ދެވަނަ މާއްދާއިން ދަށްވެގެން ޖީ.ސީ.އީ އޯލެވެލް ފާހެއް އޮތުން ނުވަތަ އެފެންވަރު ހުރުން އަދި އިނގިރޭސިބަހުގެ ފެންވަރު ހުރިކަން އަންގައިދޭ ސަނަދެއް ނުވަތަ އެއާ އެއްފެންވަރެއްގެ ފާހެއް އޮތުން ނުވަތަ ޔުނިވަރސިޓީން ދޭ އިނގިރޭސިބަހުގެ ޓެސްޓުން ފާސްވެފައިވުން. ނުވަތަ

ރ. ޚާއްޞަވާން އެދޭ މާއްދާތަކުން ކިޔަވައިދިނުމުގެ ރޮނގުން އެޑްވާންސްޑް ސެޓުފިކެޓު ލެވެލްގެ ސަނަދެއް އޮތުމާއެކު ސަނަދު ލިބުމަށްފަހު 1 އަހަރު ދުވަހު، ސްކޫލެއްގައި ކިޔަވައިދިނުމުގެ ތަޖުރިބާ ލިބިފައިވުން އަދި އިނގިރޭސިބަހުގެ ފެންވަރު ހުރިކަން އަންގައިދޭ ސަނަދެއް ނުވަތަ އެއާ އެއްފެންވަރެއްގެ ފާހެއް އޮތުން ނުވަތަ ޔުނިވަރސިޓީން ދޭ އިނގިރޭސިބަހުގެ ޓެސްޓުން ފާސްވެފައިވުން. ނުވަތަ

ބ. ކިޔަވައިދިނުމުގެ ރޮނގުން އެޑްވާންސްޑް ސެޓުފިކެޓު ލެވެލްގެ ސަނަދެއް އޮތުމާއެކު ސަނަދު ލިބުމަށްފަހު 2 އަހަރު ދުވަހު، ސްކޫލެއްގައި ޚާއްޞަވާން އެދޭ މާއްދާތައް ކިޔަވައިދިނުމުގެ ތަޖުރިބާ ލިބިފައިވުން އަދި އިނގިރޭސިބަހުގެ ފެންވަރު ހުރިކަން އަންގައިދޭ ސަނަދެއް ނުވަތަ އެއާ އެއްފެންވަރެއްގެ ފާހެއް އޮތުން ނުވަތަ ޔުނިވަރސިޓީން ދޭ އިނގިރޭސިބަހުގެ ޓެސްޓުން ފާސްވެފައިވުން. ނުވަތަ

ޅ. އުމުރުން 25 އަހަރުވުމާއެކު ޖީ.ސީ.އީ އޯލެވެލް 1 މާއްދާއިން ފާސްވެފައިވުން އަދި 5 އަހަރު ދުވަހު ޘާނަވީ ލެވެލްގައި ކިޔަވައިދިނުމުގެ ތަޖުރިބާ ލިބިފައިވުން އަދި އިނގިރޭސިބަހުގެ ފެންވަރު ހުރިކަން އަންގައިދޭ ސަނަދެއް ނުވަތަ އެއާ އެއްފެންވަރެއްގެ ފާހެއް އޮތުން ނުވަތަ ޔުނިވަރސިޓީން ދޭ އިނގިރޭސިބަހުގެ ޓެސްޓުން ފާސްވެފައިވުން.

 

19. ބެޗްޗަރ އޮފް އެޑިޔުކޭޝަން ސެކަންޑަރީ (މެތަމެޓިކްސް) އޮނަރސް

މުއްދަތު: 4 އަހަރު (8 ސިމެސްޓަރ)

ޖާގަ: 90 (ޖުމްލަ)

ކޯސް ހިންގާ ކެމްޕަހާއި ކޯސް ހިންގާނެގޮތް: ކ.މާލެ - ފުލްޓައިމް، (30 ޖާގަ), ހދ.ކުޅުދުއްފުށި- ފުލްޓައިމް، (30 ޖާގަ)، ގދ.ތިނަދޫ - ފުލްޓައިމް، (30 ޖާގަ)

ތަޢާރުފު:

މި ކޯހަކީ ޘާނަވީ ފެންވަރުގައި ކިޔަވައިދޭން ބެޗްލަރ ޑިގްރީ ފެންވަރުގެ ހިސާބު މުދައްރިސުން ތައްޔާރު ކުރުމުގެ މަޤްޞަދުގައި ހިންގޭ ކޯހެކެވެ. މިކޯހުގެ މައިގަނޑު ބައިތަކުގެ ތެރޭގައި ބައިވެރިން މުދައްރިސްކަމަށް އަހުލުވެރިކުރުވުމާއި، ކިޔަވައިދިނުމުގެ ހުނަރުތައް ދަސްކޮށްދިނުމާއި، ކިޔަވައިދިނުމަށް ބޭނުންވާ މަޢުލޫމާތު މުއްސަނދި ކުރުވުމާއި، ތަޢުލީމުގެ ރޮނގުން ކުރެވިފައިވާ ދިރާސާތަކަށް ބައިވެރިން އަހުލުވެރި ކުރުވުން ހިމެނެއެވެ.

ކޯހަށް ވަނުމަށް ބޭނުންވާ އެންމެ ދަށް މިންގަނޑު:

ހ. ހިސާބު ހިމެނޭގޮތަށް ޖީ.ސީ.އީ އޭ ލެވެލް/އެޗް.އެސް.ސީ އިމްތިޙާނުތަކުން 2 މާއްދާއިން ފާސްވެފައިވުން އަދި ޖީ.ސީ.އީ އޯ ލެވެލް/އެސް.އެސް.ސީ އިމްތިޙާނުތަކުން، 3 މާއްދާއިން ފާސްވެފައިވުން. އަދި އިނގިރޭސިބަހުގެ ފެންވަރު ހުރިކަން އަންގައިދޭ ސަނަދެއް ނުވަތަ އެއާ އެއްފެންވަރެއްގެ ފާހެއް އޮތުން ނުވަތަ ޔުނިވަރސިޓީން ދޭ އިނގިރޭސިބަހުގެ ޓެސްޓުން ފާސްވެފައިވުން. ނުވަތަ

ށ. ހިސާބު ހިމެނޭގޮތަށް ބެޗްލަރ އޮފް އެޑިޔުކޭޝަން ސެކަންޑަރީ/އެޑްވާންސްޑް ޑިޕްލޮމާ އޮފް ޓީޗިންގ ސެކަންޑަރީ ކޯހަށް އަމާޒު ކޮށްގެން ޔުނިވަރސިޓީން ހިންގާ ފައުންޑޭޝަން ސްޓަޑީޒް ލެވެލް 2 ން ފާސްވެފައިވުން. ނުވަތަ

ނ. ހިސާބު ކިޔަވައިދިނުމުގެ ރޮނގުން އެމް.ކިޔު.އޭ ޤަބޫލުކުރާ ލެވެލް 5 ގެ ސަނަދެއް އޮތުމާއެކު އިނގިރޭސިބަހުގެ ފެންވަރު ހުރިކަން އަންގައިދޭ ސަނަދެއް ނުވަތަ އެއާ އެއްފެންވަރެއްގެ ފާހެއް އޮތުން ނުވަތަ ޔުނިވަރސިޓީން ދޭ އިނގިރޭސިބަހުގެ ޓެސްޓުން ފާސްވެފައިވުން. ނުވަތަ

ރ. ހިސާބު ކިޔަވައިދިނުމުގެ ރޮނގުން އެޑްވާންސްޑް ސެޓުފިކެޓު ލެވެލްގެ ސަނަދެއް އޮތުމާއެކު ސަނަދު ލިބުމަށްފަހު 1 އަހަރު ދުވަހު، ސްކޫލެއްގައި ކިޔަވައިދިނުމުގެ ތަޖުރިބާ ލިބިފައިވުން އަދި އިނގިރޭސިބަހުގެ ފެންވަރު ހުރިކަން އަންގައިދޭ ސަނަދެއް ނުވަތަ އެއާ އެއްފެންވަރެއްގެ ފާހެއް އޮތުން ނުވަތަ ޔުނިވަރސިޓީން ދޭ އިނގިރޭސިބަހުގެ ޓެސްޓުން ފާސްވެފައިވުން. ނުވަތަ

ބ. ކިޔަވައިދިނުމުގެ ރޮނގުން އެޑްވާންސްޑް ސެޓުފިކެޓު ލެވެލްގެ ސަނަދެއް އޮތުމާއެކު ސަނަދު ލިބުމަށްފަހު 2 އަހަރު ދުވަހު، ސްކޫލެއްގައި ހިސާބު ކިޔަވައިދިނުމުގެ ތަޖުރިބާ ލިބިފައިވުން އަދި އިނގިރޭސިބަހުގެ ފެންވަރު ހުރިކަން އަންގައިދޭ ސަނަދެއް ނުވަތަ އެއާ އެއްފެންވަރެއްގެ ފާހެއް އޮތުން ނުވަތަ ޔުނިވަރސިޓީން ދޭ އިނގިރޭސިބަހުގެ ޓެސްޓުން ފާސްވެފައިވުން. ނުވަތަ

ޅ. އުމުރުން 25 އަހަރުވުމާއެކު ޖީ.ސީ.އީ އޯލެވެލް 1 މާއްދާއިން ފާސްވެފައިވުން އަދި 5 އަހަރު ދުވަހު ޘާނަވީ ލެވެލްގައި ކިޔަވައިދިނުމުގެ ތަޖުރިބާ ލިބިފައިވުން އަދި އިނގިރޭސިބަހުގެ ފެންވަރު ހުރިކަން އަންގައިދޭ ސަނަދެއް ނުވަތަ އެއާ އެއްފެންވަރެއްގެ ފާހެއް އޮތުން ނުވަތަ ޔުނިވަރސިޓީން ދޭ އިނގިރޭސިބަހުގެ ޓެސްޓުން ފާސްވެފައިވުން.

 

20. ޑިޕްލޮމާ އިން ޓީޗިންގ ޕްރައިމަރީ (ދިވެހި، އިސްލާމް، ޤުރުއާން)

   އެޑްވާންސްޑް ޑިޕްލޮމާ އިން ޓީޗިންގ ޕްރައިމަރީ (ދިވެހި، އިސްލާމް، ޤުރުއާން)

   ބެޗްލަރ އޮފް ޓީޗިންގ ޕްރައިމަރީ (ދިވެހި، އިސްލާމް، ޤުރުއާން)

   ބެޗްލަރ އޮފް އެޑިޔުކޭޝަން ޕްރައިމަރީ (ދިވެހި، އިސްލާމް، ޤުރުއާން) އޮނަރސް

މުއްދަތު: ޑިޕްލޮމާ އިން ޓީޗިންގ ޕްރައިމަރީ (ދިވެހި، އިސްލާމް ،ޤުރުއާން): 1 އަހަރު (2 ސިމެސްޓަރ)

      އެޑްވާންސްޑް ޑިޕްލޮމާ އިން ޓީޗިންގ ޕްރައިމަރީ (ދިވެހި، އިސްލާމް، ޤުރުއާން): 2 އަހަރު (4 ސިމެސްޓަރ)

      ބެޗްލަރ އޮފް ޓީޗިންގ ޕްރައިމަރީ (ދިވެހި، އިސްލާމް، ޤުރުއާން): 3 އަހަރު (6 ސިމެސްޓަރ)

      ބެޗްލަރ އޮފް އެޑިޔުކޭޝަން ޕްރައިމަރީ (ދިވެހި، އިސްލާމް، ޤުރުއާން) އޮނަރސް: 4 އަހަރު (8 ސިމެސްޓަރ)

ޖާގަ: 150 (ޖުމްލަ)

ކޯސް ހިންގާ ކެމްޕަހާއި ކޯސް ހިންގާނެގޮތް: ކ.މާލެ، ފުލްޓައިމް (60 ޖާގަ)، ހދ.ކުޅުދުއްފުށި، ބްލޮކްމޯޑް (30 ޖާގަ)، ލ.ގަން، ބްލޮކްމޯޑް (30 ޖާގަ)، ސ.ހިތަދޫ، ބްލޮކްމޯޑް (30 ޖާގަ)

ތަޢާރުފު:

މި ކޯހަކީ ފަށާ ތަޢުލީމީ ހަރުފަތުގައި ދިވެއްސާއި އިސްލާމާއި ޤުރްއާންގެ ތެރެއިން 2 މާއްދާއެއް ކިޔަވައިދޭން ޚާއްޞަވާ މުދައްރިސުން ތަމްރީނު ކުރުމުގެ މަޤްޞަދުގައި ހިންގޭ ކޯހެކެވެ. މިކޯހުގެ މައިގަނޑު ބައިތަކުގެ ތެރޭގައި ބައިވެރިން މުދައްރިސުކަމަށް އަހުލުވެރިކުރުވުމާއި، ކިޔަވައިދިނުމުގެ ހުނަރުތައް ދަސްކޮށްދިނުމާއި، ކިޔަވަދިނުމަށް ބޭނުންވާ މަޢުލޫމާތު މުއްސަނދި ކުރުވުމާއި، ތަޢުލީމުގެ ރޮނގުން ކުރެވިފައިވާ ދިރާސާތަކަށް ބައިވެރިން އަހުލުވެރި ކުރުވުން ހިމެނެއެވެ. މުދައްރިސް ކަމަކީ މުޖުތަމަޢުގައި ގަދަރުވެރި މަޤާމެކެވެ. އަދި މުސާރަވެސް އެހާމެ ރަނގަޅު ވަޒީފާއެކެވެ.

ކޯހަށް ވަނުމަށް ބޭނުންވާ އެންމެ ދަށް މިންގަނޑު:

ހ. ޖީ.ސީ.އީ އޭ ލެވެލް/އެޗް.އެސް.ސީ އިމްތިޙާނުތަކުން 2 މާއްދާއިން ފާސްވެފައިވުން ނުވަތަ އެފެންވަރު ހުރުން. އަދި ޖީ.ސީ.އީ އޯ ލެވެލް/އެސް.އެސް.ސީ އިމްތިޙާނުތަކުން، ދިވެހި ހިމެނޭ ގޮތަށް 3 މާއްދާއިން ފާސްވެފައިވުން. ނުވަތަ

ށ. އެޑްވާންސްޑް ޑިޕްލޮމާ އިން ޓީޗިންގ ޕްރައިމަރީ/ބެޗްލަރ އޮފް އެޑިޔުކޭޝަން - ޕްރައިމަރީ ކޯހަށް އަމާޒު ކޮށްގެން ޔުނިވަރސިޓީން ހިންގާ ފައުންޑޭޝަން ސްޓަޑީޒް ލެވެލް 2 ން ފާސްވެފައިވުން. ނުވަތަ

ނ. ކިޔަވައިދިނުމުގެ ރޮނގުން އެމް.ކިޔު.އޭ ޤަބޫލުކުރާ ލެވެލް 4 ގެ ސަނަދެއް އޮތުން. ނުވަތަ

ރ. އުމުރުން 20 އަހަރުވުމާއި ޖީ.ސީ.އީ އޯލެވެލް/އެސް.އެސް.ސީ އެއް މާއްދާއިން ފާސްވެފައިވުން އަދި 5 އަހަރު ދުވަހު ކިޔަވައިދިނުމުގެ ތަޖުރިބާ ލިބިފައިވުން.

 

21. ޕޯސްޓް ގްރެޖުއޭޓް ޑިޕްލޮމާ އިން އެޑިޔުކޭޝަން (އިނގިރޭސި)

މުއްދަތު:  1 އަހަރު (2 ސިމެސްޓަރ)

ޖާގަ: 40 (ޖުމްލަ)

ކޯސް ހިންގާ ކެމްޕަސް: ހދ.ކުޅުދުއްފުށި

ތަޢާރުފު:

މި ކޯހަކީ ޡާނަވީއާއި މަތީ ޡާނަވީއާއި ޔުނިވަރސިޓީ ފެންވަރަށް ކިޔަވައިދޭނޭ މުދައްރިސުންނަށް އަމާޒުކޮށް ފަރުމާކުރެވިފައިވާ އެމް.ކިޔު.އޭ ލެވަލް 8 ގެ ކޯހެކެވެ. މި ކޯސް އަމާޒުކުރެވިފައިވަނީ ތަޢުލީމީ ދާއިރާގައި މަސައްކަތްކުރައްވާ ނުވަތަ މި ދާއިރާއަށް ޝައުޤުވެރިވާ ފަރާތްތަކުގެ ތެރެއިން ފުރަތަމަ ޑިގްރީއެއް އޮވެ ކިޔަވައިދިނުމުގެ ސަނަދެއް ހާސިލުކުރަން ބޭނުންވާ ފަރާތްތަކަށެވެ. މި ކޯހަކީ ބްލޮކް މޯޑުގައި ކިޔަވައިދޭ ކޯހަކަށް ވީތީވެ ވަޒީފާ އަދާކުރަމުންވެސް ކިޔެވުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.

ކޯހަށް ވަނުމަށް ބޭނުންވާ އެންމެ ދަށް މިންގަނޑު:

ކިޔަވައިދިނުން ނޫން ދާއިރާއަކުން މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމް،ކިޔު،އޭ) ޤަބޫލުކުރާ 7 ވަނަ ދަރަޖައިގެ ސަނަދެއް ހާސިލުކޮށްފައިވުން. އަދި ބެޗްލަރ ޑިގްރީ ހާސިލުކުރިއިރު އިނގިރޭސި މީޑިއަމުން ކިޔަވާފައިނުވާނަމަ IELTS އިން ދަށްވެގެން 5.5 ލިބިފައިވުން. ނުވަތަ ޖީ.ސީ.އީ/އައި.ޖީ.ސީ.އެސް.އީ އިން “ސީ” ފާހެއް ނުވަތަ އެއާ އެއްފެންވަރެއްގެ ފާހެއް އޮތުން ނުވަތަ ޔުނިވަރސިޓީން ދޭ އިނގިރޭސިބަހުގެ އިމްތިޙާނުން ފާސްވެފައިވުން.  

 

22. މާސްޓަރ އޮފް އެޑިޔުކޭޝަން

މުއްދަތު:  2 އަހަރު (4 ސިމެސްޓަރ)      

ޖާގަ: 60 (ޖުމްލަ)

ކޯސް ހިންގާ ކެމްޕަހާއި ކޯސް ހިންގާނެގޮތް: ހދ.ކުޅުދުއްފުށި، ބްލޮކްމޯޑް (30 ޖާގަ)، ސ.ހިތަދޫ، ބްލޮކްމޯޑް (30 ޖާގަ)

ތަޢާރުފު:

މިކޯހަކީ ތަޢުލީމީ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް އެފަރާތްތަކުގެ ޢަމަލީ މަސައްކަތްތައް އިތުރަށް ފުޅާކުރުމަށް ފުރުޞަތުތަކެއް ހޯދައިދިނުމަށް އަމާޒުކޮށްގެން ފަރުމާކުރެވިފައިވާ ކޯހެކެވެ. މިކޯހުގައި ޤައުމީ އަދި ބައިނަލްއަޤްވާމީ ތިއަރެޓިކަލް ފްރޭމްވާރކްތައް ބައްޓަންކުރެވިފައިވާ ގޮތްތަކަށް ބިނާކުރަނިވިގޮތަކަށް، ދިރާސާތަކުގެ އަލީގައި ފާޑުކިޔާށާއި ތަޢުލީމީ ދާއިރާ އިތުރަށް ކުރިއަރުވައި، ހަރުދަނާގޮތުގައި ހިންގުމުގެ ހުނަރުތައް ފާހަގަކޮށް، މަޝްވަރާކޮށް ދަސްކޮށްދެވެއެވެ. މިކޯހުގެ މައިގަނޑުބައިތަކުގެ ތެރޭގައި ތަޢުލީމީ ދާއިރާގެ ލީޑަރޝިޕް، ޕޮލިސީ އެކުލަވައިލުން، އެސެސްމަންޓް އަދި ކަރިކިޔުލަމް ފަރުމާކުރުން ފަދަ މާއްދާތައް ހިމެނިފައިވެއެވެ. މީގެއިތުރުން ދިރާސާ ރާވައި، ހިންގައި، އަދި ދިރާސާ ރިޕޯޓް ލިޔުމުގެ ފުރުޞަތު މިކޯހުން ދަރިވަރުންނަށް ފަހިކޮށްދެއެވެ. މިކޯސް ހަދާ ފަރާތްތަކަށް ވަޒީފާގެ ކުރިއެރުންތަކާއި މަގު ތަނަވަސްވެއެވެ. އަދި ޕީ.އެޗްޑީ އަށް ކިޔެވުމުގެ މަގު ފަހިވެއެވެ.

ކޯހަށް ވަނުމަށް ބޭނުންވާ އެންމެ ދަށް މިންގަނޑު:

1- ތަޢުލީމީ ޝަރުޠު:

ހ. އެޑިޔުކޭޝަނާ ގުޅުންހުރި ދާއިރާއަކުން 03 އަހަރު ދުވަހުގެ ބެޗްލަރ ޑިގްރީއެއް (އެމް.ކިޔު.އޭ ލެވެލް 7) ހާސިލުކޮށްފައިވުން. ނުވަތަ

ށ. އެޑިޔުކޭޝަން ނޫން ދާއިރާއަކުން 03 އަހަރު ދުވަހުގެ ބެޗްލަރ ޑިގްރީއެއް (އެމް.ކިޔު.އޭ ލެވެލް 7) ހާސިލުކޮށްފައި ވުމާއެކު އެމް.ކިޔު.އޭ ޤަބޫލުކުރާ ޑިޕްލޮމާ ފެންވަރުގެ އެޑިޔުކޭޝަން ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ

ނ. ޑިޕްލޮމާއިން ޓީޗިންގ ފުރިހަމަކޮށްފައި ވުމާއި 8 އަހަރު ދުވަހުގެ ތަޖުރިބާ އެޑިޔުކޭޝަން ދާއިރާއިން ހޯދާފައިވުމާއި އުމުރުން 25 އަހަރު ފުރިހަމަވެފައިވުން.

އިނގިރޭސި ފެންވަރު:

ޑިޕްލޮމާ/ބެޗްލަރ ޑިގްރީ އިނގިރޭސި މީޑިއަމުން ކިޔަވާފައި ނުވާނަމަ ސީ.އޭ.އީ އިން ދަށްވެގެން “ސީ” ގްރޭޑް ހޯދާފައިވުން ނުވަތަ IELTS ގެ އެކަޑަމިކް މޮޑިޔުލްއިން 6.0 ލިބިފައިވުން.

 

ފެކަލްޓީ އޮފް އެންޖިނިއަރިންގ ޓެކްނޯލޮޖީ

23. ސެޓުފިކެޓު 3 އިން އިލެކްޓްރޯޓެކްނިކަލް ޓެކްނޯލޮޖީ

މުއްދަތު: 0.5 އަހަރު (1 ސިމެސްޓަރ)       

ޖާގަ: 70 (ޖުމްލަ)                        

ކޯސް ހިންގާ ކެމްޕަހާއި ކޯސް ހިންގާނެގޮތް: ކ. މާލެ، ފުލްޓައިމް (35 ޖާގަ)، ސ.ހިތަދޫ، ފުލްޓައިމް (35 ޖާގަ)

ތަޢާރުފު:

ކަރަންޓް ވައިރު ކުރުމުގެ ދާއިރާއިން ޓެކްނީޝަނުން ތައްޔާރު ކުރުމަށް ފަރުމާ ކުރެވިފައިވާ މިކޯހުގައި ޒަމާނީ މާހައުލެއްގައި މަސައްކަތް ކުރަން އެނގުމާއި، ވައިރު ކުރުމުގެ މަތީފެންވަރުގެ ޢިލްމާއި ހުނަރު އުނގަންނައިދިނުމުގެ އިތުރުން މިދާއިރާއިން ފޯރުކޮށްދޭންޖެހޭ ހުރިހާ ޚިދުމަތްތަކަކަށް ކޯހުގެ ބައިވެރިން އަހުލުވެރި ކުރެވޭނެއެވެ. މިކޯސް ފުރިހަމަކޮށް ސެޓުފިކެޓު ހޯދާ ފަރާތްތަކަށް ކެޓަގަރީ A (ހައުސް ވައިރިންގ) ގެ ކަރަންޓް މަސައްކަތް ކުރުމުގެ ލައިސަންސް މޯލްޑިވްސް އެނަރޖީ އޮތޯރިޓީން ދޫކުރާނެއެވެ.

ކޯހަށް ވަނުމަށް ބޭނުންވާ އެންމެ ދަށް މިންގަނޑު:

ހ. ގްރޭޑް 7 ނިންމާފައިވުން. ނުވަތަ

ށ. ގުޅުންހުރި ދާއިރާއަކުން އެމް.ކިޔު.އޭ ޤަބޫލުކުރާ ލެވެލް 2 ގެ ސަނަދެއް ހާސިލު ކޮށްފައިވުން. ނުވަތަ

ނ. އުމުރުން 18 އަހަރު ފުރިފައިވުމާއެކު 1 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

 

24. ސެޓުފިކެޓު 3 އިން ވެލްޑިންގ އެންޑް ޝީޓްމެޓަލް

މުއްދަތު: 0.5 އަހަރު (1 ސިމެސްޓަރ)       

ޖާގަ: 20                                    

ކޯސް ހިންގާ ކެމްޕަހާއި ކޯސް ހިންގާނެގޮތް: ހދ. ކުޅުދުއްފުށީ، ފުލްޓައިމް

ތަޢާރުފު:

މި ކޯހުގައި ވެލްޑިންގ ކުރުމަށް ބޭނުން ކުރެވޭ އާލާތްތަކަށް ބައިވެރިން އަހުލުވެރިކުރުމާއި، ވެލްޑިންގ ކުރަން ދަސްކޮށްދިނުމާއި، މެޓަލް ޝީޓުން ތަކެތި ހަދަން ދަސްކޮށްދެވެއެވެ. މިދާއިރާއިން ތަމްރީނު ވާ ފަރާތްތަކަށް ވެލްޑަރުންގެ ގޮތުގައި ވަރކްޝޮޕްތަކުންނާއި ފަތުރުވެރިކަމުގެ ދާއިރާއިންނާއި މަސްވެރިކަމުގެ ދާއިރާއިން ފުރުޞަތުތައް ލިބެއެވެ. ތަފާތު ވައްތަރުގެ ވެލްޑިންގ އަމިއްލައަށް ކުރެވޭ ފެންވަރަށް ދަސްކޮށްދެވެއެވެ.

ކޯހަށް ވަނުމަށް ބޭނުންވާ އެންމެ ދަށް މިންގަނޑު:

ހ. ގްރޭޑް 7 ނިންމާފައިވުން ނުވަތަ އެ ފެންވަރު ހުރުން. ނުވަތަ

ށ. އުމުރުން 18 އަހަރު ފުރިފައިވުމާއެކު ގުޅުންހުރި ދާއިރާއަކުން 1 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

 

25. ސެޓުފިކެޓު 3 އިން އިންޖީން ރިޕެއަރ އެންޑް މެއިންޓެނަންސް

މުއްދަތު: 0.5 އަހަރު (1 ސިމެސްޓަރ)                   

ޖާގަ: 20                                    

ކޯސް ހިންގާ ކެމްޕަހާއި ކޯސް ހިންގާނެގޮތް: ހދ. ކުޅުދުއްފުށީ، ފުލްޓައިމް

ތަޢާރުފު:

މި ކޯސް ފަރުމާކުރެވިފައިވަނީ ރާއްޖޭގެ އޮޑިދޯނިފަހަރުގައި އާންމުގޮތެއްގައި ބޭނުންކުރެވޭ އިންޖީނަށް ދިމާވާ މައްސަލަތައް ދެނެގަނެ ހައްލުކުރުމުގެ މައްޗަށެވެ. މި ކޯސް ފުރިހަމަކުރުމަށްފަހު ފަތުރުވެރިކަމުގެ ދާއިރާއިންނާއި، މަސްވެރިކަމުގެ ދާއިރާއިންނާއި ދަތުރުފަތުރުކުރުމުގެ ދާއިރާއިން ވަޒީފާގެ ފުރުޞަތުތައް ފަހިވެއެވެ.

ކޯހަށް ވަނުމަށް ބޭނުންވާ އެންމެ ދަށް މިންގަނޑު:

ހ. ގްރޭޑް 7 ނިންމާފައިވުން ނުވަތަ އެ ފެންވަރު ހުރުން. ނުވަތަ

ށ. އުމުރުން 18 އަހަރު ފުރިފައިވުމާއެކު ގުޅުންހުރި ދާއިރާއަކުން 1 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

 

26. އެޑްވާންސްޑް ސެޓުފިކެޓު އިން އިލެކްޓްރިކަލް އެންޑް އިލެކްޓްރޯނިކްސް އިންޖިނިއަރިންގ

މުއްދަތު: 1.5 އަހަރު (3 ސިމެސްޓަރ)       

ޖާގަ: 20                              

ކޯސް ހިންގާ ކެމްޕަހާއި ކޯސް ހިންގާނެގޮތް:ސ. ހިތަދޫ، ފުލްޓައިމް

ތަޢާރުފު:

މި ކޯސް ފަރުމާ ކުރެވިފައިވަނީ ކަރަންޓާއި އިލެކްޓްރޯނިކްސް ދާއިރާއަށް ޝައުޤުވެރިކަން ހުންނަ ފަރާތްތަކަށް މި ދާއިރާއިން މަތީ ސެޓުފިކެޓު ހާސިލުކޮށް ދިނުމަށް އަމާޒު ކޮށްގެންނެވެ. މި ކޯސް ފުރިހަމަ ކުރުމަށްފަހު މި ދާއިރާއިން މަތީ ތަޢުލީމުގެ ފުރުޞަތުތައް ފަހިވެގެންދާނެއެވެ. މި ކޯސް ފުރިހަމަކުރާ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތުތައް މުއާޞަލާތުގެ ދާއިރާއިންނާއި ފަތުރުވެރިކަމުގެ ދާއިރައިންނާއި މަސްވެރިކަމުގެ ދާއިރާއިން ލިބެއެވެ.

ކޯހަށް ވަނުމަށް ބޭނުންވާ އެންމެ ދަށް މިންގަނޑު:

ހ. ހިސާބު ނުވަތަ ފިޒިކްސް ހިމެނޭ ގޮތަށް ޖީ.ސީ.އީ އޯލެވެލް 3 މާއްދާއިން ފާސްވެފައިވުން ނުވަތަ އެފެންވަރު ހުރުން. ނުވަތަ

ށ. ގުޅުންހުރި ދާއިރާއަކުން ސެޓުފިކެޓު ލެވެލް 3 ގެ ސަނަދެއް ހާސިލު ކޮށްފައިވުން.

 

27. ޑިޕްލޮމާ އިން އިލެކްޓްރޯނިކްސް އިންޖިނިއަރިންގ

މުއްދަތު: 2 އަހަރު (4 ސިމެސްޓަރ)        

ޖާގަ: 20                                    

ކޯސް ހިންގާ ކެމްޕަހާއި ކޯސް ހިންގާނެގޮތް: ކ. މާލެ، ފުލްޓައިމް

ތަޢާރުފު:

މި ކޯސް ފަރުމާ ކުރެވިފައިވަނީ އިލެކްޓްރޯނިކްސް ދާއިރާއަށް ޝައުޤުވެރިކަން ހުންނަ ފަރާތްތަކަށް މި ދާއިރާއިން ޑިޕްލޮމާ ހާސިލުކޮށްދިނުމަށް އަމާޒުކޮށްގެންނެވެ. މި ކޯސް ފުރިހަމަ ކުރުމަށްފަހު އެހެން ޑިޕްލޮމާ ފަދައިން ޑިގްރީ ހެދޭނެއެވެ. އަދި މި ކޯސް ފުރިހަމަކުރާ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތުތައް މުއާޞަލާތުގެ ދާއިރާއިންނާއި ފަތުރުވެރިކަމުގެ ދާއިރާއިންނާއި މަސްވެރިކަމުގެ ދާއިރާއިން ލިބެއެވެ.

ކޯހަށް ވަނުމަށް ބޭނުންވާ އެންމެ ދަށް މިންގަނޑު:

ހ. ޖީ.ސީ.އީ އޯ ލެވެލްގެ ހިސާބު ނުވަތަ ފިޒިކްސް ހިމެނޭ ގޮތަށް 3 މާއްދާއިން ފާސްވެފައިވުމާއެކު އިނގިރޭސިބަހުގެ ފެންވަރު ހުރިކަން އަންގައިދޭ ސަނަދެއް ނުވަތަ އެއާ އެއްފެންވަރެއްގެ ފާހެއް އޮތުން ނުވަތަ ޔުނިވަރސިޓީން ދޭ އިނގިރޭސިބަހުގެ ޓެސްޓުން ފާސްވެފައިވުން. ނުވަތަ

ށ. ގުޅުންހުރި ދާއިރާއަކުން އެމް.ކިޔު.އޭ ޤަބޫލުކުރާ ލެވެލް 4 ގެ ސަނަދެއް ހާސިލު ކޮށްފައިވުމާއެކު އިނގިރޭސިބަހުގެ ފެންވަރު ހުރިކަން އަންގައިދޭ ސަނަދެއް ނުވަތަ އެއާ އެއް ފެންވަރެއްގެ ފާހެއް އޮތުން ނުވަތަ ޔުނިވަރސިޓީން ދޭ އިނގިރޭސިބަހުގެ ޓެސްޓުން ފާސްވެފައިވުން. ނުވަތަ

ނ. ޔުނިވަރސިޓީން ހިންގާ ފައުންޑޭޝަން ލެވެލް 1 ން ފާސްވެފައިވުން.

 

28. ބެޗްލަރ އޮފް އާރޓްސް އިން އާރކިޓެކްޗުރަލް ޑިޒައިން

މުއްދަތު: 3 އަހަރު (6 ސިމެސްޓަރ)             

ޖާގަ: 20                                    

ކޯސް ހިންގާ ކެމްޕަހާއި ކޯސް ހިންގާނެގޮތް: ކ. މާލެ، ފުލްޓައިމް

ތަޢާރުފު:

މިކޯހުގައި ހިމެނެނީ ބެޗްލަރ ފެންވަރުގެ އާރކިޓެކްޗަރ ޑިގްރީގެ ފުރަތަމަ ބައެވެ. އެހެނީ ގިނަ ޕްރޮފެޝަނަލް އާކިޓެކްޗަރ ޖަމާޢަތްތަކުގައި ބައިވެރިވުމަށް 5 އަހަރު ކިޔަވަން ޖެހެއެވެ. ފުރަތަމަ ފިޔަވަހީގައި ހިމެނެނީ 3 އަހަރުގެ ބެޗްލަރ ޑިގްރީއެކެވެ. މި ޑިގްރީ ލިބުމަށް ފަހު، ބެޗްލަރ އޮފް އާކިޓެކްޗަރ ކިޔެވުމަށް އިތުރު 2 އަހަރު ހޭދަކުރަން ޖެހެއެވެ. މި ކޯހަކީ ރޯޔަލް އިންސްޓިޓިއުޓް އޮފް ބްރިޓިޝް އާރކިޓެކްސްގެ މެންބަރުކަމަށް ބޭނުންވާ މުޤައްރަރަށް ޔުނިވަރސިޓީ އޮފް ނިއުކާސްލް-އަޕްއޮން-ޓައިންގެ މި ދާއިރާގެ ޕްރޮފެސަރަކު އެކުލަވާލާފައިވާ ކޯހެކެވެ.

ކޯހަށް ވަނުމަށް ބޭނުންވާ އެންމެ ދަށް މިންގަނޑު:

ހ. ޖީ.ސީ.އީ އޭ ލެވެލް 2 މާއްދާއިން ފާސްވެފައިވުމާއެކު އިނގިރޭސިބަހުގެ ފެންވަރު ހުރިކަން އަންގައިދޭ ސަނަދެއް ނުވަތަ އެއާ އެއްފެންވަރެއްގެ ފާހެއް އޮތުން ނުވަތަ ޔުނިވަރސިޓީން ދޭ އިނގިރޭސި ޓެސްޓުން ފާސްވެފައިވުން. ނުވަތަ

ށ. ބެޗްލަރ އޮފް އާރޓްސް އިން އާރކިޓެކްޗުރަލް ޑިޒައިން ކޯހަށް އަމާޒުކޮށްގެން ޔުނިވަރސިޓީން ހިންގާ ފައުންޑޭޝަން ލެވެލް 2 ން ފާސްވެފައިވުން. ނުވަތަ

ނ. ގުޅުންހުރި ދާއިރާއަކުން އެމް.ކިޔު.އޭ ޤަބޫލުކުރާ ލެވެލް 3 ގެ ސަނަދެއް ހާސިލު ކޮށްފައިވުމާއެކު 1 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. އަދި އިނގިރޭސިބަހުގެ ފެންވަރު ހުރިކަން އަންގައިދޭ ސަނަދެއް ނުވަތަ އެއާ އެއްފެންވަރެއްގެ ފާހެއް އޮތުން ނުވަތަ ޔުނިވަރސިޓީން ދޭ އިނގިރޭސިބަހުގެ ޓެސްޓުން ފާސްވެފައިވުން. ނުވަތަ

ރ. ގުޅުންހުރި ދާއިރާއަކުން 1 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުމާއެކު، އުމުރުން 20 އަހަރު ވެފައިވާ މީހުން، ޖީ.ސީ.އީ އޯލެވެލް/އެސް.އެސް.ސީ ގެ ކޮންމެވެސް މާއްދާއަކުން ފާސްވެފައިވުން. އަދި އިނގިރޭސިބަހުގެ ފެންވަރު ހުރިކަން އަންގައިދޭ ސަނަދެއް ނުވަތަ އެއާ އެއްފެންވަރެއްގެ ފާހެއް އޮތުން ނުވަތަ ޔުނިވަރސިޓީން ދޭ އިނގިރޭސިބަހުގެ ޓެސްޓުން ފާސްވެފައިވުން.

 

29. ބެޗްލަރ އޮފް ސިވިލް އިންޖިނިއަރިންގ

މުއްދަތު: 4 އަހަރު (8 ސިމެސްޓަރ)        

ޖާގަ: 20                                    

ކޯސް ހިންގާ ކެމްޕަހާއި ކޯސް ހިންގާނެގޮތް: ކ. މާލެ، ފުލްޓައިމް

ތަޢާރުފު:

ސިވިލް އިންޖިނިއަރިންގެ ޢިލްމަކީ ބިނާވެށި ފަރުމާކޮށް، ތަރައްޤީކޮށް، އާރާސްތުކުރުމާ ގުޅިފައިވާ ޢިލްމެކެވެ. މިގޮތުން ޤައުމެއްގެ ޢުމްރާނީ ތަރައްޤީއަށް ބޭނުންވާ އެންމެހާ އިމާރާތްތަކާއި ސިނާއީ މަސައްކަތްތަކާއި ދަތުރުފަތުރުގެ ނިޒާމު އެ ޢިލްމެއްގައި ހިމެނިފައިވާ ޢިލްމެވެ. މި ކޯސް ފުރިހަމަކުރާ ފަރާތްތަކަށް ކޮންސްޓްރަކްޝަން، ސްޓްރަކްޗަރަލް، ޓްރާންސްޕޯރޓް، ވޯޓަރ، ސިވިލް އަދި ޖިއޯޓެކްނިކަލް އިންޖިނޭރުންގެ ގޮތުގައި މަސައްކަތްކުރުމުގެ ފުރުޞަތު ލިބެއެވެ.

ކޯހަށް ވަނުމަށް ބޭނުންވާ އެންމެ ދަށް މިންގަނޑު:

ހ. ޖީ.ސީ.އީ އޭ ލެވެލް ގެ ހިސާބު އަދި ފިޒިކްސް ހިމެނޭ ގޮތަށް 2 މާއްދާއިން ފާސްވެފައިވުން. ނުވަތަ

ށ. ޑިޕްލޮމާ އިން ސިވިލް އިންޖިނިއަރިންގ ފުރިހަމަކޮށްފައިވުން. ނުވަތަ ގުޅުންހުރި ދާއިރާއަކުން އެމް.ކިޔު.އޭ ޤަބޫލުކުރާ ލެވެލް 5 ގެ ސަނަދެއް ހާސިލު ކޮށްފައިވުން. ނުވަތަ

ނ. ބެޗްލަރ އޮފް ސިވިލް އިންޖީނިއަރިންގ ކޯހަށް އަމާޒުކޮށްގެން ޔުނިވަރސިޓީން ހިންގާ ފައުންޑޭޝަން ލެވެލް 2 އިން ފާސްވެފައިވުން.

 

ފެކަލްޓީ އޮފް ހެލްތް ސައެންސަސް

30. އެޑްވާންސްޑް ސެޓުފިކެޓު އިން ނާރސިންގ

މުއްދަތު: 1 އަހަރު (2 ސިމެސްޓަރ)       

ޖާގަ: 50 (ޖުމްލަ)

ކޯސް ހިންގާ ކެމްޕަހާއި ކޯސް ހިންގާނެގޮތް: ގދ.ތިނަދޫ، ފުލްޓައިމް (25 ޖާގަ)، ސ.ހިތަދޫ، ފުލްޓައިމް (25 ޖާގަ)

ތަޢާރުފު:

އެންރޯލްޑް ނަރުހުންނަށް ވުމުގެ ފުރުޞަތު ކޯހުގެ ބައިވެރިންނަށް ފަހިކޮށްދެވޭ މިކޯސް ފަރުމާ ކުރެވިފައިވަނީ ކޯސް ފުރިހަމަ ކުރުމަށްފަހު ނަރުސް ކަމުގެ ޚިދުމަތް، ރެޖިސްޓަރޑް ނަރުހުންގެ ބެލުމުގެ ދަށުން ދެވޭނެ ފެންވަރަށް ކޯހުގެ ބައިވެރިން ތައްޔާރުކުރުން އަމާޒަކަށް ބަލައިގެންނެވެ. މިކޯހުގައި ތިޔަރީގެ އިތުރުން ޕްރެކްޓިކަލް ބައި ދަސްކޮށްދެވޭނެއެވެ. ކްލާހުގައި ޕްރެކްޓިކަލް ބައި ދަސްކުރުމަށްފަހު ޢަމަލީ ތަޖުރިބާ ހޯދުމަށް ހޮސްޕިޓަލްތަކުގައި މަސައްކަތް ކުރުމުގެ ފުރުޞަތުވެސް ކޯހުގެ ބައިވެރިންނަށް ހޯދައިދެވޭނެއެވެ. ނަރުސް ކަމަކީ މުޖްތަމަޢުގައި ގަދަރުހުރި ރަނގަޅު މުސާރައެއް ލިބޭ ވަޒީފާއެކެވެ. 

ކޯހަށް ވަނުމަށް ބޭނުންވާ އެންމެ ދަށް މިންގަނޑު:

ޖީ.ސީ.އީ އޯ ލެވެލް 3 މާއްދާއިން (އެސް.އެސް.ސީ މާއްދާތައް ނުހިމަނައި) ފާސްވެފައިވުން.

 

31. ޑިޕްލޮމާ އިން ނާރސިންގ

މުއްދަތު: 3 އަހަރު (6 ސިމެސްޓަރ)

ޖާގަ:  100 (ޖުމްލަ)                  

ކޯސް ހިންގާ ކެމްޕަހާއި ކޯސް ހިންގާނެ ގޮތް: ކ. މާލެ، ފުލްޓައިމް 40 ޖާގަ، ޝަރުޠު ހ،ށ، އާއި ނ އިން ހޮވޭ ފަރާތްތަކަށް، 20 ޖާގަ، ޝަރުޠު ރ އިން ހޮވޭ ފަރާތްތަކަށް، ހދ.ކުޅުދުއްފުށި، ފުލްޓައިމް 20 ޖާގަ، ޝަރުޠު ރ އިން ހޮވޭ ފަރާތްތަކަށް، ސ.ހިތަދޫ، ފުލްޓައިމް، 20 ޖާގަ، ޝަރުޠު ރ އިން ހޮވޭ ފަރާތްތަކަށް

ތަޢާރުފު:

ސްޓާފް ނަރުސް ގްރޭޑް 1އަށް ވުމުގެ ފުރުޞަތު ބައިވެރިންނަށް ހުޅުވާލައިދޭ މި ކޯސް ފަރުމާ ކުރެވިފައިވަނީ ނަރުސްކަމުގެ ޚިދުމަތް ހޮސްޕިޓަލުތަކާއި ކުލިނިކުތަކާއި އެހެނިހެން ޞިއްޙީ ފަރުވާދޭ ތަންތަނުގައި އެކަށޭނަގޮތަކަށް ފޯރުކޮށްދެވޭނެ ޤާބިލު ނަރުހުން ތައްޔާރު ކުރުމަށެވެ. މިކޯހުގައި ބަލިމީހުންނަށް ޚިދުމަތް ފޯރުކޮށްދިނުމާއި ވޯޑު ބެލެހެއްޓުމުގެ ހުނަރުތައްވެސް ބައިވެރިންނަށް ދަސްކޮށްދެވެއެވެ. މިކޯހުގެ ބައިވެރިންނަށް ޢަމަލީ ތަމްރީނު ދިވެހިރާއްޖެއިންނާއި އަވަށްޓެރި ޤައުމުތަކުން ވެސް ދެވެއެވެ. ޑިގްރީ ނެގޭނެ މަގު ކޮށިފައި ވެއެވެ. ނަރުސްކަމަކީ މުޖްތަމަޢުގައި ޤަދަރުހުރި ރަނގަޅު މުސާރައެއް ލިބޭ ވަޒީފާއެކެވެ. ޢާއިލާއަށް ވަރަށް ފައިދާ ކުރާނެ ވަޒީފާއެކެވެ.

ކޯހަށް ވަނުމަށް ބޭނުންވާ އެންމެ ދަށް މިންގަނޑު:

ހ. ޖީ.ސީ.އީ އޯލެވެލް ގެ ހިސާބާއި، ބަޔޮލޮޖީ ނުވަތަ ހިއުމަން ބަޔޮލޮޖީއާއި، ފިޒިކްސް ނުވަތަ ކެމިސްޓްރީ އިން ފާސްވެފައިވުން. އަދި އިނގިރޭސިބަހުގެ ފެންވަރު ހުރިކަން އަންގައިދޭ ސަނަދެއް ނުވަތަ އެއާ އެއްފެންވަރެއްގެ ފާހެއް އޮތުން ނުވަތަ ޔުނިވަރސިޓީން ދޭ އިނގިރޭސިބަހުގެ ޓެސްޓުން ފާސްވެފައިވުން. ނުވަތަ

ށ. ނަރުސްކަމުގެ ޑިޕްލޮމާ ކޯހަށް އަމާޒުކޮށްގެން ޔުނިވަރސިޓީން ހިންގާ ފައުންޑޭޝަން ސްޓަޑީސް ލެވެލް 1 ން ފާސްވެފައިވުން. އަދި އިނގިރޭސިބަހުގެ ފެންވަރު ހުރިކަން އަންގައިދޭ ސަނަދެއް ނުވަތަ އެއާ އެއްފެންވަރެއްގެ ފާހެއް އޮތުން ނުވަތަ ޔުނިވަރސިޓީން ދޭ އިނގިރޭސިބަހުގެ ޓެސްޓުން ފާސްވެފައިވުން. ނުވަތަ

ނ. ޝަހާދާ ޘާނަވިއްޔާގެ ހިސާބާއި، ބަޔޮލޮޖީ ނުވަތަ ހިއުމަން ބަޔޮލޮޖީއާއި، ފިޒިކްސް ނުވަތަ ކެމިސްޓްރީ އިން ފާސްވެފައިވުން. އަދި އިނގިރޭސިބަހުގެ ފެންވަރު ހުރިކަން އަންގައިދޭ ސަނަދެއް ނުވަތަ އެއާ އެއްފެންވަރެއްގެ ފާހެއް އޮތުން ނުވަތަ ޔުނިވަރސިޓީން ދޭ އިނގިރޭސިބަހުގެ ޓެސްޓުން ފާސްވެފައިވުން. ނުވަތަ

ރ. ނަރުސްކަމުގެ ދާއިރާއިން އެމް.ކިޔު.އޭ ޤަބޫލުކުރާ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން، އަދި އިނގިރޭސިބަހުގެ ފެންވަރު ހުރިކަން އަންގައިދޭ ސަނަދެއް ނުވަތަ އެއާ އެއް ފެންވަރެއްގެ ފާހެއް އޮތުން ނުވަތަ ޔުނިވަރސިޓީން ދޭ އިނގިރޭސިބަހުގެ ޓެސްޓުން ފާސްވެފައިވުން.

 

32. ބެޗްލަރ އޮފް ނާރސިންގ

މުއްދަތު: 4 އަހަރު (8 ސިމެސްޓަރ)

ޖާގަ:  60 (ޖުމްލަ)                  

ކޯސް ހިންގާ ކެމްޕަހާއި ކޯސް ހިންގާނެގޮތް: ކ. މާލެ (20 ޖާގަ، ޝަރުޠު ހ އިން ހޮވޭ ފަރާތްތަކަށް)، ކ.މާލެ، ފުލްޓައިމް (20 ޖާގަ، ޝަރުޠު ށ އިން ހޮވޭ ފަރާތްތަކަށް)، ކ.މާލެ، ޕާރޓްޓައިމް (20 ޖާގަ، ޝަރުޠު ށ އިން ހޮވޭ ފަރާތްތަކަށް)

ތަޢާރުފު:

މި ކޯސް ފަރުމާ ކުރެވިފައިވަނީ ޑިގްރީ ފެންވަރުގެ ނަރުހުން ތަމްރީނު ކުރުމުގެ މަޤްޞަދުގައެވެ. މި ކޯހުގެ ސަބަބުން ރެޖިސްޓަރޑް ނަރުހުންނަށް، ރާއްޖޭގައި ތިބެގެން ވަޒީފާގެ ހަރުގަނޑުގެ މަތީ ހަރުތަކަކަށް އެރުމުގެ ދޮރު ހުޅުވިގެންދެއެވެ. އަދި މިކޯސް ފުރިހަމަ ކުރުމަށްފަހު ރާއްޖޭގެ ބޮޑެތި ހޮސްޕިޓަލުތަކުގައާއި ކުލިނިކުތަކުގައި ސްޓާފް ނަރުހުންގެ މަޤާމުގައި މަސައްކަތް ކުރުމުގެ ފުރުޞަތު ބައިވެރިންނަށް ހުޅުވިގެންދާނެއެވެ. ނަރުސްކަމަކީ މުޖުތަމަޢުގައި ޤަދަރުހުރި ރަނގަޅު މުސާރައެއް ލިބޭ ވަޒީފާއެކެވެ.

ކޯހަށް ވަނުމަށް ބޭނުންވާ އެންމެ ދަށް މިންގަނޑު:

ހ. ޖީ.ސީ.އީ އޭ ލެވެލް ސައިންސް 2 މާއްދާއިން ފާސްވެފައިވުން އަދި ޖީ.ސީ.އީ އޯލެވެލް ބަޔޮލޮޖީ/ހިއުމަން ބަޔޮލޮޖީ އާއި ކެމިސްޓްރީ/ފިޒިކްސް އާއި ހިސާބުން ފާސްވެފައިވުން އަދި ޖީ.ސީ.އީ އޯލެވެލް އިނގިރޭސިން ފާސްވެފައިވުން ނުވަތަ އެފެންވަރު ހުރުން. ނުވަތަ

ށ. ޑިޕްލޮމާ އިން ނާރސިންގ ފުރިހަމަ ކޮށްފައިވުމާއި މޯލްޑިވްސް ނަރސިންގ ކައުންސިލުގައި ރެޖިސްޓަރޑް ނަރުހެއްގެ ގޮތުގައި ރަޖިސްޓަރީ ވެފައިވުމާއި ނަރުސްކަން ކުރުމުގެ ލައިސަންސް ލިބިފައިވުން. އަދި ޖީ.ސީ.އީ އޯލެވެލް އިނގިރޭސިން ފާސްވެފައިވުން ނުވަތަ IELTS އިން ދަށްވެގެން 6.0 ހޯދާފައިވުން ނުވަތަ އެހެން ބައިނަލްއަޤްވާމީ އިނގިރޭސި އިމްތިޙާނަކުން މިފެންވަރު ހޯދާފައިވުން.

ނޯޓް: ށ.ގައިވާ ނަރސިންގ ކައުންސިލުގެ ރެޖިސްޓްރޭޝަން ޝަރުޠުން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން ޑިޕްލޮމާ އިން ނަރސިންގ ފުރިހަމަކޮށްފައިވާ ފަރާތްތައް އިސްތިސްނާ ވާނެއެވެ.

 

33. މާސްޓަރ އޮފް ނާރސިންގ

މުއްދަތު: 2 އަހަރު (4 ސިމެސްޓަރ)

ޖާގަ: 10

ކޯސް ހިންގާ ކެމްޕަހާއި ކޯސް ހިންގާނެގޮތް: ކ. މާލެ (ފުލްޓައިމް)

ތަޢާރުފު:

މި ކޯސް ފަރުމާ ކުރެވިފައިވަނީ މާސްޓަރސް ފެންވަރުގެ ނަރުހުން ތަމްރީނު ކުރުމުގެ މަޤްޞަދުގައެވެ. މި ކޯހުގެ ސަބަބުން ރެޖިސްޓަރޑް ނަރުހުންނަށް، ރާއްޖޭގައި ތިބެގެން ވަޒީފާގެ ހަރުގަނޑުގެ މަތީ ހަރުތަކަކަށް އެރުމުގެ ދޮރު ހުޅުވިގެންދެއެވެ. އަދި މިކޯސް ފުރިހަމަ ކުރުމަށްފަހު ރާއްޖޭގެ ބޮޑެތި ހޮސްޕިޓަލުތަކުގައާއި ކުލިނިކުތަކުގައި ސްޓާފް ނަރުހުންގެ މަޤާމުގައި މަސައްކަތް ކުރުމުގެ ފުރުޞަތު ބައިވެރިންނަށް ހުޅުވިގެންދާނެއެވެ. ނަރުސްކަމަކީ މުޖުތަމަޢުގައި ޤަދަރުހުރި ރަނގަޅު މުސާރައެއް ލިބޭ ވަޒީފާއެކެވެ.

ކޯހަށް ވަނުމަށް ބޭނުންވާ އެންމެ ދަށް މިންގަނޑު:

ހ. ބެޗްލަރ އޮފް ނާރސިންގ ފުރިހަމަކޮށްފައިވުމާއެކު 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. އަދި

ށ. މޯލްޑިވްސް ނާރސިންގ ކައުންސިލުން ލައިސަންސް ލިބިފައިވުމާއެކު ޖީ.ސީ.އީ އޯލެވެލް އިނގިރޭސިން ފާސްވެފައިވުން ނުވަތަ އެފެންވަރު ހުރުން. ނުވަތަ IELTS އިން ދަށްވެގެން 6.0 ހޯދާފައިވުން.

 

34. އެޑްވާންސްޑް ޑިޕްލޮމާ އިން ކްރިޓިކަލް ކެއަރ ނާރސިންގ

މުއްދަތު: 6.5 ސިމެސްޓަރ (ފެކަލްޓީ އޮފް ހެލްތު ސައިންސަސް އިން ޑިޕްލޮމާ އިން ނަރސިންގ ކޯސް ހަދާފައިވާ ފަރާތްތަކަށް މި ކޯސް 1 އަހަރު ދުވަހުގެ ޕާރޓް-ޓައިމް ކިޔެވުމާއި 4 މަހުގެ ބްލޮކްމޯޑުގެ ކްލިނިކަލްސް އާއެކު ފުރިހަމަ ކުރެވޭނެއެވެ).

ޖާގަ: 10                   

ކޯސް ހިންގާ ކެމްޕަހާއި ކޯސް ހިންގާނެގޮތް: ކ. މާލެ، ޕާރޓް-ޓައިމް  

ތަޢާރުފު:

މި ކޯސް ފަރުމާ ކުރެވިފައިވަނީ މި ދާއިރާގެ ޚާއްޞަ ހުނަރުތަކާއި ތަޢުލީމު ލިބިތިބެ ބަލިމީހުންގެ ބޭނުންތަކާއި އިޙްސާސްތައް ދެނެގެން ޚިދްމަތް ދިނުން އަމާޒަކަށް ބަލައިގެންނެވެ. ކޯހުގެ ތެރޭގައި, ޚިދުމަތް ބޭނުންވާ މީހުންނަށް އަޅާލުންތެރިކަމާއެކު ޚިދުމަތް ދިނުމަށާއި މަސައްކަތުގެ މާހަޢުލަކީ އެންމެން ބައިވެރިވެގެން މަސައްކަތްކުރާ ތަނަކަށް ހެދުމަށް ބާރު އެޅޭނެއެވެ. މި ކޯހުގެ ތެރޭގައި ހިމެނެނީ އިމަރޖެންސީގައި ގެންނަ މީހުންނާއި ޙާލު ބޮޑު ބަލިމީހުންނާއި އެމީހުންގެ ޢާއިލާތަކަށް ބޭނުންވާ ނާރސިންގް ކެޔަރ ދިނުމުގެ ހުނަރު ތަކާއި މަޢުލޫމާތެވެ. މީގެ އިތުރުން، ޞިއްޙީ ޚިދުމަތްދޭ އެހެން ފަންނުވެރިންނާ ގުޅިގެން ވިސްނުންތެރިކަމާއެކީ މުހިންމު ނިންމުންތައް ނިންމާނެ ގޮތްތައް ބައިވެރިންނަށް ދަސްކޮށް ދެވެއެވެ. އަދިކޯހުން ލިބޭ މަޢުލޫމާތާއި ހުނަރުގެ އަލީގައި މި ޚާއްޞަ ފަންނީ ރޮނގުން ތަމްރީނުވާ ނަރުހުންނަކީ މިރޮނގުން ދާއިމީ ކުރިއެރުމަށް މަސައްކަތްކުރާނެ ބަޔަކަށް ވުމަށް ބާރުއެޅެއެވެ.

ކޯހަށް ވަނުމަށް ބޭނުންވާ އެންމެ ދަށް މިންގަނޑު:

ނަރުސްކަމުގެ ޑިޕްލޮމާ ކޯސް ފުރިހަމަ ކޮށްފައިވުމާއެކު ކްލިނިކަލް ނަރސިންގގެ ދާއިރާގައި މަސައްކަތް ކުރުމުގެ 1 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ނޯޓް: މިކޯސް ފަރުމާ ކުރެވިފައިވަނީ ފެކަލްޓީ އޮފް ހެލްތު ސައިންސަސް އިން ހިންގާ ޑިޕްލޮމާ އިން ނަރސިންގ ކޯސް ފުރިހަމަ ކުރުމަށްފަހު އިތުރު ދޮޅު ސެމެސްޓަރގެ ކިޔެވުމާއެކު އެޑްވާންސްޑް ޑިޕްލޮމާ ހާސިލުކުރެވޭ ގޮތަށެވެ. މަތީގައި އެވަނީ ކޯހުގެ މުޅި ޖުމްލަ މުއްދަތެވެ. ފެކަލްޓީ އޮފް ހެލްތު ސައިންސަސްއިން ޑިޕްލޮމާ އިން ނަރސިންގ ކޯސް ހަދާފައިވާ ފަރާތްތައް ހަދަންޖެހޭނީ ކޯހުގެ ފަހު ދޮޅު ސެމެސްޓަރގެ މާއްދާތަކެވެ. އަދި މިފަރާތްތައް ދައްކަންޖެހޭނީ މިމާއްދާތަކުގެ ފީ އެކަންޏެވެ. ޕާރޓްޓައިމްކޮށް މި ކޯސް ކުރިއަށް ގެންދެވޭނީ 1 އަހަރު ދުވަހުގެ ޕާރޓް-ޓައިމް ކިޔެވުމާއި 4 މަހުގެ ބްލޮކްމޯޑުގެ ކްލިނިކަލްސް ހިމެނޭ ގޮތަށެވެ. އަދި ފެކަލްޓީ އޮފް ހެލްތު ސައިންސަސް އިން ޑިޕްލޮމާ އިން ނަރސިންގ ކޯސް ހަދާފައިވާ ފަރާތްތަކަށް ފުލްޓައިމް ކޮށް މި ކޯސް 1.5 ސެމެސްޓަރގެ ތެރޭގައި ފުރިހަމަ ކުރެވޭނެއެވެ.

 

35. އެޑްވާންސްޑް ޑިޕްލޮމާ އިން މިޑްވައިފަރީ

މުއްދަތު: 6.5 ސިމެސްޓަރ (ފެކަލްޓީ އޮފް ހެލްތު ސައިންސަސް އިން ޑިޕްލޮމާ އިން ނަރސިންގ ކޯސް ހަދާފައިވާ ފަރާތްތަކަށް ފުލްޓައިމްކޮށް މި ކޯސް 1.5 ސެމެސްޓަރގެ ތެރޭގައި ފުރިހަމަ ކުރެވޭނެއެވެ. އަދި ޕާރޓް-ޓައިމްކޮށް 1.5 އަހަރުގެ ތެރޭގައި ފުރިހަމަ ކުރެވޭނެއެވެ).

ޖާގަ: 20 (ޖުމްލަ)

ކޯސް ހިންގާ ކެމްޕަހާއި ކޯސް ހިންގާނެގޮތް: ކ. މާލެ، ޕާރޓް-ޓައިމް (10 ޖާގަ)، ކ. މާލެ، ފުލް-ޓައިމް (10 ޖާގަ)

ތަޢާރުފު:

ފޫޅުމާކަމުގެ ތަމްރީނާއި މަޢުލޫމާތު ބައިވެރިންނަށް ފޯރުކޮށްދޭ މިކޯހުގައި، މާބަނޑު ދުވަސްވަރާއި، ވިހެއުމުގެ ތެރޭގައާއި އެއަށްފަހުގައާއި، މާބަނޑު އަންހެނުންނާއި އެ މީހުންގެ ޢާއިލާތަކަށް އެހީ ފޯރުކޮށްދިނުމަށް ދަރިވަރުންނަށް ދަސްކޮށްދެވެއެވެ. މި ކޯސް ނިންމުމަށްފަހު އަންހެނުން ވިއްސުމުގެ މަސައްކަތް ހޮސްޕިޓަލްތަކާއި ކުލިނިކުތަކާއި ހެލްތު ޕޯސްޓުތަކުގައި ކުރުމުގެ ދޮރު މި ދަސްވެނިންނަށް ހުޅުވިގެންދާނެއެވެ.

ކޯހަށް ވަނުމަށް ބޭނުންވާ އެންމެ ދަށް މިންގަނޑު:

ނަރުސްކަމުގެ ޑިޕްލޮމާ ކޯސް ފުރިހަމަ ކޮށްފައިވުން.

ނޯޓް:މިކޯސް ފަރުމާ ކުރެވިފައިވަނީ ފެކަލްޓީ އޮފް ހެލްތު ސައިންސަސް އިން ހިންގާ ޑިޕްލޮމާ އިން ނަރސިންގ ކޯސް ފުރިހަމަ ކުރުމަށްފަހު އިތުރު ދޮޅު ސެމެސްޓަރގެ ކިޔެވުމާއެކު އެޑްވާންސްޑް ޑިޕްލޮމާ ހާސިލު ކުރެވޭ ގޮތަށެވެ. މަތީގައި އެވަނީ ކޯހުގެ މުޅި ޖުމްލަ މުއްދަތެވެ. ފެކަލްޓީ އޮފް ހެލްތު ސައިންސަސްއިން ޑިޕްލޮމާ އިން ނަރސިންގ ކޯސް ހަދާފައިވާ ފަރާތްތައް ހަދަން ޖެހޭނީ ކޯހުގެ ފަހު ދޮޅު ސެމެސްޓަރގެ މާއްދާތަކެވެ. އަދި މިފަރާތްތައް ދައްކަންޖެހޭނީ މިމާއްދާތަކުގެ ފީ އެކަންޏެވެ. މިކޯސް ފުލްޓައިމާއި ޕާރޓްޓައިމްކޮށް މިބުރުގައި ހިންގޭނެއެވެ. ޕާރޓްޓައިމްކޮށް މި ކޯސް ކުރިއަށް ގެންދެވޭނީ 1 އަހަރު ދުވަހުގެ ޕާރޓް-ޓައިމް ކިޔެވުމާއި 4 މަހުގެ ބްލޮކްމޯޑުގެ ކްލިނިކަލްސް ހިމެނޭ ގޮތަށެވެ. އަދި ފެކަލްޓީ އޮފް ހެލްތު ސައިންސަސް އިން ޑިޕްލޮމާ އިން ނަރސިންގ ކޯސް ހަދާފައިވާ ފަރާތްތަކަށް ފުލްޓައިމްކޮށް މި ކޯސް 1.5 ސެމެސްޓަރގެ ތެރޭގައި ފުރިހަމަ ކުރެވޭނެއެވެ.

 

36. ޑިޕްލޮމާ އިން ޕްރައިމަރީ ހެލްތް ކެއަރ

މުއްދަތު: 2.5 އަހަރު (5 ސިމެސްޓަރ)

ޖާގަ: 25

ކޯސް ހިންގާ ކެމްޕަހާއި ކޯސް ހިންގާނެގޮތް: ކ. މާލެ، ފުލްޓައިމް

ތަޢާރުފު:

މިކޯސް ފަރުމާ ކުރެވިފައިވަނީ ބައިވެރިންނަށް ދުޅަހެޔޮކަން ކުރިއެރުވުމަށާއި ބަލިން ރައްކާތެރިވުމަށާއި، ބަލިވުމުން ބޭސް ދިނުމާބެހޭ (ކިއުރޭޓިވް، ޕްރިވެންޓިވް އަދި ޕްރޮމޯޓިވް) ޞިއްޙީ ޚިދުމަތްތައް އުނގަންނައިދިނުމަށް އަމާޒުކޮށްގެންނެވެ. މި ކޯހުގައި ޞިއްޙީ ޚިދުމަތް ދޭ ތަންތަން ހިންގައި މޮނީޓަރ ކުރުމުގެ ހުނަރާއި މަޢުލޫމާތު ބައިވެރިންނަށް ދަސްކޮށްދެވެއެވެ. އަދި މިކޯހުގައި ދަރިވަރުންނަށް ޢަމަލީ ތަމްރީނު، ރާއްޖެއިންނާއި އަވަށްޓެރި ޤައުމުތަކުންވެސް ދެވެއެވެ. މި ކޯސް ފުރިހަމަ ކުރުމަށްފަހު ބައިވެރިންނަށް މާލެއާއި، އަތޮޅުތެރޭގައާއި ރިސޯޓުތަކުގައި ޞިއްޙީ ދާއިރާގައި ޙަރަކާތްތެރިވުމުގެ ފުރުޞަތު ލިބޭނެއެވެ.

ކޯހަށް ވަނުމަށް ބޭނުންވާ އެންމެ ދަށް މިންގަނޑު:

ހ. ޖީ.ސީ.އީ އޭ ލެވެލް 2 މާއްދާއިން ފާސްވެފައިވުން ނުވަތަ އެފެންވަރު ހުރުން އަދި އަދި އިނގިރޭސިބަހުގެ ފެންވަރު ހުރިކަން އަންގައިދޭ ސަނަދެއް ނުވަތަ އެއާ އެއް ފެންވަރެއްގެ ފާހެއް އޮތުން. ނުވަތަ

ށ. ޖީ.ސީ.އީ އޯލެވެލް ބަޔޮލޮޖީ/ހިއުމަން ބަޔޮލޮޖީ އާއި ކެމިސްޓްރީ/ޕިޒިކްސް އާއި ހިސާބުން ފާސްވެފައިވުން އަދި އިނގިރޭސިބަހުގެ ފެންވަރު ހުރިކަން އަންގައިދޭ ސަނަދެއް ނުވަތަ އެއާ އެއް ފެންވަރެއްގެ ފާހެއް އޮތުން. ނުވަތަ

ނ. އެމް.ކިޔު.އޭ ޤަބޫލުކުރާ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން އަދި އިނގިރޭސިބަހުގެ ފެންވަރު ހުރިކަން އަންގައިދޭ ސަނަދެއް ނުވަތަ އެއާ އެއް ފެންވަރެއްގެ ފާހެއް އޮތުން.

ނޯޓް: ނ ގައިވާ ޝަރުޠުން މިކޯހަށް ހޮވޭ ފަރާތްތަކަށް އެޑްވާންސްޑް ސެޓުފިކެޓުގައި ފުރިހަމަކޮށްފައިވާ މާއްދާތަކުގެ ތެރެއިން މަތީ ފުރުޞަތު ދެވެންހުރި މާއްދާތަކަށް ޔުނިވަރސިޓީގެ ‘ރިކޮގްނިޝަން އޮފް ޕްރައަރ ލާރނިންގ އެންޑް ޓްރާންސްފަރ އޮފް ކްރެޑިޓް’ ޕޮލިސީގެ ދަށުން މަތީ ފުރުޞަތު ދެވޭނެއެވެ.

 

37. ބެޗްލަރ އޮފް ޕްރައިމަރީ ހެލްތް ކެއަރ

މުއްދަތު: 4 އަހަރު (8 ސިމެސްޓަރ)  

ޖާގަ: 25

ކޯސް ހިންގާ ކެމްޕަހާއި ކޯސް ހިންގާނެގޮތް: ކ. މާލެ، ފުލްޓައިމް

ތަޢާރުފު:

މިކޯސް ފަރުމާ ކުރެވިފައިވަނީ ބައިވެރިންނަށް ދުޅަހެޔޮކަން ކުރިއެރުވުމަށާއި ބަލިން ރައްކާތެރިވުމަށާއި، ބަލިވުމުން ބޭސް ދިނުމާބެހޭ (ކިއުރޭޓިވް، ޕްރިވެންޓިވް އަދި ޕްރޮމޯޓިވް) ޞިއްޙީ ޚިދުމަތްތައް އުނގަންނައިދިނުމަށް އަމާޒުކޮށްގެންނެވެ. މި ކޯހުގައި ޞިއްޙީ ޚިދުމަތް ދޭ ތަންތަން ހިންގައި މޮނީޓަރ ކުރުމުގެ ހުނަރާއި މަޢުލޫމާތު ބައިވެރިންނަށް ދަސްކޮށްދެވެއެވެ. އަދި މިކޯހުގައި ދަރިވަރުންނަށް ޢަމަލީ ތަމްރީނު، ރާއްޖެއިންނާއި އަވަށްޓެރި ޤައުމުތަކުންވެސް ދެވެއެވެ. މި ކޯސް ފުރިހަމަ ކުރުމަށްފަހު ބައިވެރިންނަށް މާލެއާއި، އަތޮޅުތެރޭގައާއި ރިސޯޓުތަކުގައި ޞިއްޙީ ދާއިރާގައި ޙަރަކާތްތެރިވުމުގެ ފުރުޞަތު ލިބޭނެއެވެ.

ކޯހަށް ވަނުމަށް ބޭނުންވާ އެންމެ ދަށް މިންގަނޑު:

ހ. ޖީ.ސީ.އީ އޭ ލެވެލް 2 މާއްދާއިން ފާސްވެފައިވުން ނުވަތަ އެފެންވަރު ހުރުން އަދި އަދި އިނގިރޭސިބަހުގެ ފެންވަރު ހުރިކަން އަންގައިދޭ ސަނަދެއް ނުވަތަ އެއާ އެއް ފެންވަރެއްގެ ފާހެއް އޮތުން. ނުވަތަ

ށ. ޖީ.ސީ.އީ އޯލެވެލް ބަޔޮލޮޖީ/ހިއުމަން ބަޔޮލޮޖީ އާއި ކެމިސްޓްރީ/ޕިޒިކްސް އާއި ހިސާބުން ފާސްވެފައިވުން އަދި އިނގިރޭސިބަހުގެ ފެންވަރު ހުރިކަން އަންގައިދޭ ސަނަދެއް ނުވަތަ އެއާ އެއް ފެންވަރެއްގެ ފާހެއް އޮތުން. ނުވަތަ

ނ. އެމް.ކިޔު.އޭ ޤަބޫލުކުރާ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން އަދި އިނގިރޭސިބަހުގެ ފެންވަރު ހުރިކަން އަންގައިދޭ ސަނަދެއް ނުވަތަ އެއާ އެއް ފެންވަރެއްގެ ފާހެއް އޮތުން.

ނޯޓް: ނ ގައިވާ ޝަރުޠުން މިކޯހަށް ހޮވޭ ފަރާތްތަކަށް އެޑްވާންސްޑް ސެޓުފިކެޓުގައި ފުރިހަމަކޮށްފައިވާ މާއްދާތަކުގެ ތެރެއިން މަތީ ފުރުޞަތު ދެވެންހުރި މާއްދާތަކަށް ޔުނިވަރސިޓީގެ ‘ރިކޮގްނިޝަން އޮފް ޕްރައަރ ލާރނިންގ އެންޑް ޓްރާންސްފަރ އޮފް ކްރެޑިޓް’ ޕޮލިސީގެ ދަށުން މަތީ ފުރުޞަތު ދެވޭނެއެވެ.

 

38. އެޑްވާންސްޑް ސެޓުފިކެޓު އިން ފާރމަސީ

މުއްދަތު: 1 އަހަރު (2 ސިމެސްޓަރ) 

ޖާގަ: 45

ކޯސް ހިންގާ ކެމްޕަހާއި ކޯސް ހިންގާނެގޮތް: ކ. މާލެ، ފުލްޓައިމް

ތަޢާރުފު:

ބަލި މީހުންނަށް ގެއްލުމެއް ނުވާ ގޮތަށް ޑަކްޓަރީ ބޭސް ފޯރުކޮށްދިނުމަށް ތަމްރީނު ކުރާ މި ކޯހުގައި އިންސާނާގެ ހަށިގަނޑުގެ ސިސްޓަމްތަކާއި، އެކިއެކި ބަލިތަކާބެހޭ މަޢުލޫމާތު ބައިވެރިންނަށް ދެވޭނެއެވެ. މި ކޯސް ނިންމުމަށްފަހު މާލެއާއި އަތޮޅުތެރޭގެ ބޭސްފިހާރަތަކުގައި މަސައްކަތް ކުރުމުގެ ޤާބިލުކަން ބައިވެރިންނަށް ލިބިގެންދާނެއެވެ.

ކޯހަށް ވަނުމަށް ބޭނުންވާ އެންމެ ދަށް މިންގަނޑު:

ހ. ޖީ.ސީ.އީ އޯލެވެލް/އެސް.އެސް.ސީ 3 މާއްދާއިން ފާސްވެފައިވުން. ނުވަތަ

ށ. ޔުނިވަރސިޓީން ހިންގާ ސެޓުފިކެޓު 3 އިން ފާރމަސީ ފުރިހަމަ ކޮށްފައިވުން.

 

39. ޑިޕްލޮމާ އިން ފާރމަސީ

މުއްދަތު: 2 އަހަރު (4 ސިމެސްޓަރ) 

ޖާގަ:  50 (ޖުމްލަ)

ކޯސް ހިންގާ ކެމްޕަހާއި ކޯސް ހިންގާނެގޮތް: ކ. މާލެ، ފުލްޓައިމް (25 ޖާގަ)، ހދ.ކުޅުދުއްފުށި، ފުލްޓައިމް (25 ޖާގަ)

ތަޢާރުފު:

ބަލި މީހުންނަށް ގެއްލުމެއް ނުވާ ގޮތަށް ޑަކްޓަރީ ބޭސް ފޯރުކޮށްދިނުމަށް ތަމްރީނުކުރާ މި ކޯހުގައި އިންސާނާގެ ހަށިގަނޑުގެ ސިސްޓަމްތަކާއި، އެކިއެކި ބަލިތަކާބެހޭ މަޢުލޫމާތު ބައިވެރިންނަށް ދެވޭނެއެވެ. މި ކޯސް ނިންމުމަށްފަހު މާލެއާއި އަތޮޅުތެރޭގެ ބޭސްފިހާރަތަކުގައި މަސައްކަތް ކުރުމުގެ ޤާބިލުކަން ބައިވެރިންނަށް ލިބިގެންދާނެއެވެ.

ކޯހަށް ވަނުމަށް ބޭނުންވާ އެންމެ ދަށް މިންގަނޑު:

ހ. އެޑްވާންސްޑް ސެޓުފިކެޓު އިން ފާރމަސީ ފުރިހަމަ ކޮށްފައިވުން. ނުވަތަ ގުޅުންހުރި ދާއިރާއަކުން އެމް.އެން.ކިޔު.އެފް ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ

ށ. ޖީ.ސީ.އީ އޯލެވެލް ގެ ހިސާބާއި، ބަޔޮލޮޖީ ނުވަތަ ހިއުމަން ބަޔޮލޮޖީއާއި، ފިޒިކްސް ނުވަތަ ކެމިސްޓްރީ އިން ފާސްވެފައިވުން. އަދި އިނގިރޭސިބަހުގެ ފެންވަރު ހުރިކަން އަންގައިދޭ ސަނަދެއް ނުވަތަ އެއާ އެއްފެންވަރެއްގެ ފާހެއް އޮތުން ނުވަތަ ޔުނިވަރސިޓީން ދޭ އިނގިރޭސިބަހުގެ ޓެސްޓުން ފާސްވެފައިވުން.

 

40. ޑިޕްލޮމާ އިން ކައުންސެލިންގ

މުއްދަތު: 2 އަހަރު (4 ސިމެސްޓަރ) 

ޖާގަ:  15

ކޯސް ހިންގާ ކެމްޕަހާއި ކޯސް ހިންގާނެގޮތް: ކ.މާލެ، ފުލްޓައިމް

ތަޢާރުފު:

މިކޯހުގައި ކައުންސެލިންގގެ ހުނަރުތަކާއި ކައުންސެލިންގ ދޭނެގޮތާއި، މި ދާއިރާއިން ހޯދިފައިވާ ހޯދުންތައް ބައިވެރިންނަށް އުނގަންނައިދެވެއެވެ. އަދި 100 ގަޑިއިރުގެ ޢަމަލީ ތަމްރީނު ކައުންސެލިންގ ދޭ މަރުކަޒެއްގައި ކޯހުގެ ބައިވެރިންނަށް ދެވެއެވެ. ކައުންސެލިންގއަކީ ތަފާތު ގޮންޖެހުންތަކާއި ކުރިމަތިލާންޖެހޭ، ނަމަވެސް މަންފާ ބޮޑު މަސައްކަތެކެވެ. މި ކޯސް ފުރިހަމަ ކުރުމަށްފަހު އަދާކުރެވިދާނެ ވަޒީފާތަކުގެ ތެރޭގައި ޑްރަގް އެޑިކްޓުންނަށް އެކަމުން ސަލާމަތްވުމަށް އެހީވުމާއި، ސުކޫލްތަކުގައި ކައުންސެލަރެއްގެ ގޮތުން މަސައްކަތް ކުރުމާއި، ޞިއްޙީ ދާއިރާގައި ކައުންސެލަރެއްގެ ގޮތުން މަސައްކަތް ކުރުން ހިމެނެއެވެ. އަދި އަމިއްލަ ފަރާތްތަކުން ވެސް މި ރޮނގުން ކިޔަވައިގެން ތިބި ފަރާތްތަކަށް ވަޒީފާ ލިބެއެވެ.

ކޯހަށް ވަނުމަށް ބޭނުންވާ އެންމެ ދަށް މިންގަނޑު:

1. ހ. ޖީ.ސީ.އީ އޯ ލެވެލް/އެސް.އެސް.ސީ 4 މާއްދާއިން ފާސްވެފައިވުން. ނުވަތަ

  ށ. އެމް.ކިޔު.އޭ ޤަބޫލުކުރާ ލެވެލް 4 ގެ ސަނަދެއް ހޯދާފައިވުން. އަދި

2. ފެކަލްޓީގެ ފަރާތުން ކުރާ އިންޓަރވިއުއަކުން ފާސްވުން. އަދި

3. ކޯހަށް ކުރިމަތިލާ ފަރާތާބެހޭ މަޢުލޫމާތު ރަނގަޅަށް ދަންނަ ދެ ފަރާތަކުން ރެފަރެންސް (ތަޖުރިބާއާ ފެންވަރުގެ ގޮތުން ޤާބިލުކަން ބަޔާންކޮށްދޭ) ސިޓީ ހުށަހެޅުން.

4. ޕޮލިސް ކްލިއަރެންސް ރިޕޯޓެއް ހުށަހެޅުން.

ނޯޓް: ޘާނަވީ ތަޢުލީމު ނުވަތަ އެއަށްވުރެ މަތީ ސަނަދަކަށް ކިޔަވާފައިވަނީ އިނގިރޭސި މީޑިއަމުން ނޫންނަމަ، އިނގރޭސިބަހުގެ ފެންވަރު ހުރިކަން އަންގައިދޭ ސަނަދެއް ނުވަތަ އެއާ އެއް ފެންވަރެއްގެ ފާހެއް އޮތުން ޔުނިވަރސިޓީން ދޭ އިނގިރޭސިބަހުގެ ޓެސްޓުން ފާސްވެފައިވުން.

 

41. އެޑްވާންސްޑް ސެޓުފިކެޓު އިން ސޯޝަލް ސަރވިސަސް ވާރކް

މުއްދަތު: 1 އަހަރު (2 ސިމެސްޓަރ)       

ޖާގަ: 20

ކޯސް ހިންގާ ކެމްޕަސް: ކ.މާލެ، ފުލްޓައިމް

ތަޢާރުފު:

މި ކޯސް ފަރުމާކުރެފައިވަނީ ދަރިވަރުންނަށް އިޖްތިމާޢީ ކަންތައްތަކާއި އަދި އެކި ކަހަލަ ޚިދުމަތްތަކުގެ ދާއިރާއިން މަޢުލޫމާތާއި ހުނަރު ލިއްބައިދިނުމަށެވެ. އެކި މީހުންނަށް އަމިއްލަ ދިރިއުޅުމުގައި ދިމާވާ ހިތްދަތި އަދި އެހެނިހެން މުޞީބާތްތަކާއި ކުރިމަތިލުމަށް އެހީތެރިވެދިނުމަކީ މިކޯހުގެ މަޤްޞަދެކެވެ. ޢާއިލާތަކާއި ޖަމާޢަތުގައި ދިމާވެދާނެ އިޖްތިމާޢީ މައްސަލަތައް ހައްލުކުރުމަށް ކުރެވިދާނެ މަސައްކަތްތައް ދަރިވަރުންނަށް އުނގަންނައިދެވެއެވެ. ރާއްޖެ ފަދަ، އާބާދީ އަވަހަށް އިތުރުވަމުންދާ ޤައުމެއްގައި މިފަދަ ކޯހެއް ހެދުމަށްފަހު އަދާކުރެވިދާނެ އެތައް ވަޒީފާތަކެއް ވެއެވެ.                

ކޯހަށް ވަނުމަށް ބޭނުންވާ އެންމެ ދަށް މިންގަނޑު:

1- ހ. ޖީ.ސީ.އީ އޯ ލެވެލް/އެސް.އެސް.ސީ 4 މާއްދާއިން ފާސްވެފައިވުން. ނުވަތަ

  ށ. އުމުރުން 18 އަހަރު ފުރިފައިވުމާއެކު ގުޅުންހުރި ދާއިރާއެއްގައި މަދުވެގެން 3 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން އަދި ޖީ.ސީ.އީ އޯލެވެލް އިނގިރޭސިން ދަށްވެގެން “ޑީ” ފާސް ހޯދާފައިވުން ނުވަތަ ޔުނިވަރސިޓީން ދޭ އިނގިރޭސިބަހުގެ ޓެސްޓުން ފާސްވުން. ނުވަތަ

  ނ. އެމް.ކިޔު.އޭ ޤަބޫލުކުރާ ލެވެލް 3 ގެ ސަނަދެއް ހާސިލު ކޮށްފައިވުން.

އަދި

2- ފެކަލްޓީގެ ފަރާތުން ކުރާ އިންޓަވިއުއަކުން ފާސްވުން.

ނޯޓް: މިކޯހަށް ކުރިމަރިލާ ފަރާތްތައް ޕޮލިސް ކްލިއަރެންސް ރިޕޯޓެއް އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންވާނެއެވެ.

 

42. އެޑްވާންސްޑް ސެޓުފިކެޓު އިން ޕްރައިމަރީ ހެލްތް ކެއަރ

މުއްދަތު: 1.5 އަހަރު (3 ސިމެސްޓަރ)

ޖާގަ: 45 (ޖުމްލަ)

ކޯސް ހިންގާ ކެމްޕަހާއި ކޯސް ހިންގާނެގޮތް: ކ. މާލެ، ފުލްޓައިމް (15 ޖާގަ)، ހދ.ކުޅުދުއްފުށި، ފުލްޓައިމް (15 ޖާގަ)، ސ.ހިތަދޫ، ފުލްޓައިމް (15 ޖާގަ)

ތަޢާރުފު:

މިކޯސް ފަރުމާ ކުރެވިފައިވަނީ ބައިވެރިންނަށް ދުޅަހެޔޮކަން ކުރިއެރުވުމަށާއި ބަލިން ރައްކާތެރި ވުމަށާއި، ބަލިވުމުން ބޭސް ދިނުމާބެހޭ (ކިއުރޭޓިވް، ޕްރިވެންޓިވް އަދި ޕްރޮމޯޓިވް) ޞިއްޙީ ޚިދުމަތްތައް އުނގަންނައިދިނުމަށް އަމާޒުކޮށްގެންނެވެ. މި ކޯހުގައި ޞިއްޙީ ޚިދްމަތްދޭ ތަންތަން ހިންގައި މޮނީޓަރކުރުމުގެ ހުނަރާއި މަޢުލޫމާތު ބައިވެރިންނަށް ދަސްކޮށްދެވެއެވެ. މި ކޯސް ފުރިހަމަ ކުރުމަށްފަހު ބައިވެރިންނަށް މާލެއާއި، އަތޮޅުތެރޭގައާއި ރިސޯޓުތަކުގައި ޞިއްޙީ ދާއިރާގައި ޙަރަކާތްތެރިވުމުގެ ފުރުޞަތު ލިބޭނެއެވެ.

ކޯހަށް ވަނުމަށް ބޭނުންވާ އެންމެ ދަށް މިންގަނޑު:

ހ. ޖީ.ސީ.އީ އޭ ލެވެލް 2 މާއްދާއިން ފާސްވެފައިވުން ނުވަތަ އެފެންވަރު ހުރުން އަދި އަދި އިނގިރޭސިބަހުގެ ފެންވަރު ހުރިކަން އަންގައިދޭ ސަނަދެއް ނުވަތަ އެއާ އެއް ފެންވަރެއްގެ ފާހެއް އޮތުން. ނުވަތަ

ށ. ޖީ.ސީ.އީ އޯލެވެލް ބަޔޮލޮޖީ/ހިއުމަން ބަޔޮލޮޖީ އާއި ކެމިސްޓްރީ/ޕިޒިކްސް އާއި ހިސާބުން ފާސްވެފައިވުން އަދި އިނގިރޭސިބަހުގެ ފެންވަރު ހުރިކަން އަންގައިދޭ ސަނަދެއް ނުވަތަ އެއާ އެއް ފެންވަރެއްގެ ފާހެއް އޮތުން. ނުވަތަ

ނ. އެމް.ކިޔު.އޭ ޤަބޫލުކުރާ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން އަދި އިނގިރޭސިބަހުގެ ފެންވަރު ހުރިކަން އަންގައިދޭ ސަނަދެއް ނުވަތަ އެއާ އެއް ފެންވަރެއްގެ ފާހެއް އޮތުން. ނުވަތަ

ރ. ޔުނިވަރސިޓީން ހިންގާ ފައުންޑޭޝަން ލެވަލް 1 ގެ ބައޮލޮޖީ އާއި ކެމިސްޓްރީ/ޕިޒިކްސް އާއި ހިސާބުން ފާސްވެފައިވުން އަދި އިނގިރޭސިބަހުގެ ފެންވަރު ހުރިކަން އަންގައިދޭ ސަނަދެއް ނުވަތަ އެއާ އެއް ފެންވަރެއްގެ ފާހެއް އޮތުން.

 

ފެކަލްޓީ އޮފް ހޮސްޕިޓެލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒް

43. ސެޓުފިކެޓު 3 އިން ހައުސްކީޕިންގ އޮޕަރޭޝަންސް

މުއްދަތު: 0.5 އަހަރު (1 ސިމެސްޓަރ)

ޖާގަ: 40 (ޖުމްލަ)

ކޯސް ހިންގާ ކެމްޕަހާއި ކޯސް ހިންގާނެގޮތް: ކ. މާލެ، ފުލް-ޓައިމް (25 ޖާގަ)، ހދ. ކުޅުދުއްފުށި، ފުލް-ޓައިމް (15 ޖާގަ)

ތަޢާރުފު:

މި ކޯސް ފަރުމާ ކުރެވިފައިވަނީ ކޯހުގެ ބައިވެރިންނަށް ހޮޓާ، ރިސޯޓު ފަދަ ތަންތަނުގައި ގެސްޓުން ބޭތިއްބުމުގައި ގެންގުޅޭ ރީތި އުސޫލުތަކާއި މަސައްކަތުގެ ހުނަރުތައް ދަސްކޮށްދިނުމަށް އަމާޒުކޮށްގެންނެވެ. މި ކޯސް ނިންމާ ފަރާތްތަކަށް ފަތުރުވެރިކަމުގެ ދާއިރާއިން ވަޒީފާގެ ފުރުޞަތު ތަނަވަސްވެއެވެ.

ކޯހަށް ވަނުމަށް ބޭނުންވާ އެންމެ ދަށް މިންގަނޑު:

ހ. ގްރޭޑް 7 ނިންމާފައިވުން. ނުވަތަ

ށ. އެމް.އެން.ކިޔު.އެފް ލެވެލް 2 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ

ނ. އުމުރުން 18 އަހަރު ފުރިފައިވުމާއެކު 1 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

 

44. ސެޓުފިކެޓު 3 އިން ފުޑް އެންޑް ބެވަރެޖް އޮޕަރޭޝަންސް

މުއްދަތު: 0.5 އަހަރު (1 ސިމެސްޓަރ)

ޖާގަ: 30        

ކޯސް ހިންގާ ކެމްޕަހާއި ކޯސް ހިންގާނެގޮތް: ކ. މާލެ، ފުލް-ޓައިމް

ތަޢާރުފު:

މި ކޯސް ފަރުމާކުރެވިފައިވަނީ ކޯހުގެ ބައިވެރިންނަށް ހޮޓާ، ރިސޯޓު ފަދަ ތަންތަނުގައި ކެއިންބުއިމުގެ ޚިދުމަތް ދިނުމުގައިހުރި ރަނގަޅު އުސޫލުތައް ދަސްކޮށްދިނުމަށް އަމާޒުކޮށްގެންނެވެ. މިކޯސް ފުރިހަމަ ކުރުމަށްފަހު ރިސޯޓުތަކުގައި ކެއިންބުއިމުގެ ޚިދުމަތްދޭ ދާއިރާގައި މަސައްކަތް ކުރުމުގެ ފުރުޞަތު ލިބޭނެއެވެ.

ކޯހަށް ވަނުމަށް ބޭނުންވާ އެންމެ ދަށް މިންގަނޑު:

ހ. ގްރޭޑް 7 ނިންމާފައިވުން. ނުވަތަ

ށ. އެމް.އެން.ކިޔު.އެފް ލެވެލް 2 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ

ނ. އުމުރުން 18 އަހަރު ފުރިފައިވުމާއެކު 1 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

 

45. ސެޓުފިކެޓު 3 އިން ފްރަންޓް އޮފީސް އޮޕަރޭޝަންސް

މުއްދަތު: 0.5 އަހަރު (1 ސިމެސްޓަރ)

ޖާގަ: 200 (ޖުމްލަ)  

ކޯސް ހިންގާ ކެމްޕަހާއި ކޯސް ހިންގާނެގޮތް: ކ. މާލެ، ފުލް-ޓައިމް (100 ޖާގަ)، ހދ. ކުޅުދުއްފުށި، ފުލް-ޓައިމް (20 ޖާގަ) ލ. ގަން، ފުލް-ޓައިމް (20 ޖާގަ)، ގދ. ތިނަދޫ، ފުލް-ޓައިމް (20 ޖާގަ)، ސ. ހިތަދޫ، ފުލް-ޓައިމް (40 ޖާގަ)

ތަޢާރުފު:

މި ޕްރޮގްރާމުގެ ސަބަބުން ފަތުރުވެރިކަމުގެ ދާއިރާގައި މަތީ ތަޢުލީމަށް ދިއުމުގެ ފުރުޞަތުތައް ތަނަވަސްވެގެންދެއެވެ. އަދި މިއީ އިންޑަސްޓްރީގައި މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކާއި އަދި މި ދާއިރާއަށް މަތީ ތަޢުލީމު ފުރިހަމަކުރުމަށްފަހު ވަނުމަށް ބޭނުންވާ ފަރާތްތަކަށް ފަރުމާކުރެވިފައިވާ ކޯހެކެވެ.

ކޯހަށް ވަނުމަށް ބޭނުންވާ އެންމެ ދަށް މިންގަނޑު:

ހ. ގްރޭޑް 7 ނިންމާފައިވުން. ނުވަތަ

ށ. އެމް.އެން.ކިޔު.އެފް ލެވެލް 2 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ

ނ. އުމުރުން 18 އަހަރު ފުރިފައިވުމާއެކު 1 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

 

46. ސެޓުފިކެޓު 3 އިން ޕެޓިސަރީ

މުއްދަތު: 0.5 އަހަރު (1 ސިމެސްޓަރ)

ޖާގަ: 30

ކޯސް ހިންގާ ކެމްޕަހާއި ކޯސް ހިންގާނެގޮތް: ކ. މާލެ، ފުލްޓައިމް

ތަޢާރުފު:

މި ކޯހުގައި އެކި ވައްތަރުގެ ޕޭސްޓްރީ ފަދަ ތަކެތި ހަދަން ދަސްކޮށްދެވޭނެއެވެ. މިފަދަ ތަމްރީނެއް ލިބުމަށްފަހު އަމިއްލަ މަސައްކަތެއްގެ ގޮތުގައި މިކަން ކޮށްގެން މަންފާ ހޯދުމުގެ މަގު ފަހިވެގެންދެއެވެ. އަދި މި ތަމްރީނަކީ ރިސޯޓް ދާއިރާގައި ވެސް ބޭނުންތެރި ތަމްރީނެކެވެ.

ކޯހަށް ވަނުމަށް ބޭނުންވާ އެންމެ ދަށް މިންގަނޑު:

ހ. ގްރޭޑް 7 ނިންމާފައިވުން. ނުވަތަ

ށ. އެމް.އެން.ކިޔު.އެފް ލެވެލް 2 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ

ނ. އުމުރުން 18 އަހަރު ފުރިފައިވުމާއެކު 1 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

 

47. ސެޓުފިކެޓު 3 އިން ކަލިނަރީ އާރޓްސް

މުއްދަތު: 0.5 އަހަރު (1 ސިމެސްޓަރ)

ޖާގަ: 30

ކޯސް ހިންގާ ކެމްޕަހާއި ކޯސް ހިންގާނެގޮތް: ކ. މާލެ، ފުލްޓައިމް

ތަޢާރުފު:

މި ކޯހުގައި ވިޔަފާރި އުސޫލުން ކެއްކުމުގެ ހުނަރުތައް ބައިވެރިންނަށް ދަސްކޮށްދެވެއެވެ. މިފަދަ ތަމްރީނެއް ލިބުމަށްފަހު ބައިވެރިންނަށް ހޮޓާ، ރިސޯޓު ފަދަ ތަންތަނުގައި މަސައްކަތް ކުރުމުގެ ފުރުޞަތު ލިބެއެވެ. އަދި އަމިއްލަ މަސައްކަތެއްގެ ގޮތުގައި މިކަން ކޮށްގެން މަންފާ ހޯދުމުގެ މަގު ފަހިވެގެންދެއެވެ. މިއީ ފަތުރުވެރިކަމުގެ ދާއިރާގައި ކުރިއަށްދިއުމަށްޓަކައި ވަރަށް މުހިންމު ކޯހެކެވެ.

ކޯހަށް ވަނުމަށް ބޭނުންވާ އެންމެ ދަށް މިންގަނޑު:

ހ. ގްރޭޑް 7 ނިންމާފައިވުން. ނުވަތަ

ށ. އެމް.އެން.ކިޔު.އެފް ލެވެލް 2 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ

ނ. އުމުރުން 18 އަހަރު ފުރިފައިވުމާއެކު 1 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

 

48. ސެޓުފިކެޓު 3 އިން ޓުއަރ ގައިޑިންގ

މުއްދަތު: 0.5 އަހަރު (1 ސިމެސްޓަރ)

ޖާގަ: 30

ކޯސް ހިންގާ ކެމްޕަހާއި ކޯސް ހިންގާނެގޮތް: ކ . މާލެ، ހަވީރު ދަންފަޅި

ތަޢާރުފު:

މި ޕްރޮގްރާމްގެ ސަބަބުން ފަތުރުވެރިކަމުގެ ދާއިރާގައި މަތީ ތަޢުލީމަށް ދިއުމުގެ ފުރުޞަތުތައް ތަނަވަސް ވެގެންދެއެވެ. އަދި މިއީ އިންޑަސްޓްރީގައި މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކާއި އަދި މި ދާއިރާއަށް މަތީ ތަޢުލީމު ފުރިހަމަ ކުރުމަށްފަހު ވަނުމަށް ބޭނުންވާ ފަރާތްތަކަށް ފަރުމާކުރެވިފައިވާ ކޯހެކެވެ.

ކޯހަށް ވަނުމަށް ބޭނުންވާ އެންމެ ދަށް މިންގަނޑު:

ހ. ގްރޭޑް 7 ނިންމާފައިވުން. ނުވަތަ

ށ. އެމް.އެން.ކިޔު.އެފް ލެވެލް 2 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ

ނ. އުމުރުން 18 އަހަރު ފުރިފައިވުމާއެކު 1 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

 

49. އެޑްވާންސްޑް ސެޓުފިކެޓު އިން ހޮސްޕިޓަލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒް

މުއްދަތު: 1 އަހަރު (2 ސިމެސްޓަރ)  

ޖާގަ: 20

ކޯސް ހިންގާ ކެމްޕަހާއި ކޯސް ހިންގާނެގޮތް: މާލެ، ފުލްޓައިމް

ތަޢާރުފު:

މި ކޯހަކީ މެހެމާންދާރީއާއި ޓޫރިޒަމް ދާއިރާގެ މަސައްކަތަށް ނުކުތުމަށް ބޭނުންވާ މަޢުލޫމާތާއި ޢިލްމާއި ހުނަރުތައް ދަރިވަރުންނަށް އުނގަންނައިދޭ ކޯހެކެވެ. މި ކޯސް ހެދުމަށްފަހު، މިދާއިރާއިން މަތީ ޑިޕްލޮމާތަކާއި ޑިގްރީތަކަށް ދިއުމުގެ މަގު ފަހިވެއެވެ.

ކޯހަށް ވަނުމަށް ބޭނުންވާ އެންމެ ދަށް މިންގަނޑު:

ހ. ޖީ.ސީ.އީ އޯ ލެވެލް/އެސް.އެސް.ސީ އިމްތިޙާނުތަކުން 3 މާއްދާއިން ފާސްވެފައިވުން. ނުވަތަ

ށ. އެމް.އެން.ކިޔު.އެފް ލެވެލް 3 ގެ ސަނަދެއް ހާސިލު ކޮށްފައިވުން. ނުވަތަ

ނ. އުމުރުން 16 އަހަރު ފުރިހަމަވުމާއެކު އެމް.އެން.ކިޔު.އެފް ލެވެލް 3 ގެ ފައުންޑޭޝަން ޕްރޮގްރާމެއް ފުރިހަމަ ކޮށްފައިވުން. ނުވަތަ

ރ. އުމުރުން 18 އަހަރު ފުރިހަމަވުމާއެކު ގްރޭޑް 7 ނިންމާފައިވުން އަދި ގުޅުންހުރި ދާއިރާއަކުން 1 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

 

50. ޑިޕްލޮމާ އިން ޓޫރިޒަމް މެނޭޖްމަންޓް

މުއްދަތު:  2 އަހަރު (4 ސިމެސްޓަރ) 

ޖާގަ: 70                    

ކޯސް ހިންގާ ކެމްޕަހާއި ކޯސް ހިންގާނެގޮތް: ކ. މާލެ، ފުލް-ޓައިމް

ތަޢާރުފު:

މި ކޯހަކީ ޓްރެވަލް އެންޑް ޓޫރިޒަމް ދާއިރާގެ މަސައްކަތަށް ނުކުތުމަށް ބޭނުންވާ މައުލޫމާތާއި ޢިލްމާއި ހުނަރުތައް ދަރިވަރުންނަށް އުނގަންނައިދޭ ކޯހެކެވެ. މިކޯސް ފުރިހަމަ ކުރުމަށްފަހު މިދާއިރާއިން ޑިޕްލޮމާއާއި ޑިގްރީއަށް ދިއުމުގެ މަގުފަހިވެއެވެ. މިކޯހުގައި ފަތުރުވެރިކަމުގެ ދާއިރާގެ މުހިންމުކަމާއި، މުޅި ދުނިޔެއަށް ފެތުރިފައިވާ ފަތުރުވެރިކަމުގެ ދާއިރާއާބެހޭ ވަރަށް ގިނަ މައުލޫމާތު ހިމެނިގެންދާނެއެވެ.

ކޯހަށް ވަނުމަށް ބޭނުންވާ އެންމެ ދަށް މިންގަނޑު:

ހ. ޖީ.ސީ.އީ އޯ ލެވެލް/އެސް.އެސް.ސީ އިމްތިޙާނުތަކުން 3 މާއްދާއިން ފާސްވެފައިވުން. ނުވަތަ

ށ. އެމް.އެން.ކިޔު.އެފް ލެވެލް 3 ގެ ސަނަދެއް ހާސިލު ކޮށްފައިވުން. ނުވަތަ

ނ. ގްރޭޑް 10 ނިންމާފައިވުމާއެކު އެމް.އެން.ކިޔު.އެފް ލެވެލް 3 ގެ ފައުންޑޭޝަން ޕްރޮގްރާމެއް ފުރިހަމަ ކޮށްފައިވުން. ނުވަތަ

ރ. އުމުރުން 16 އަހަރު ފުރިހަމަވުމާއެކު އެމް.އެން.ކިޔު.އެފް ލެވެލް 3 ގެ ފައުންޑޭޝަން ޕްރޮގްރާމެއް ފުރިހަމަ ކޮށްފައިވުން. ނުވަތަ

ބއުމުރުން 18 އަހަރު ފުރިހަމަވުމާއެކު ގްރޭޑް 7 ނިންމާފައިވުން އަދި ގުޅުންހުރި ދާއިރާއަކުން 1 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

 

51. ޑިޕްލޮމާ އިން ހޮސްޕިޓަލިޓީ މެނޭޖްމަންޓް

މުއްދަތު:  2 އަހަރު (4 ސިމެސްޓަރ) 

ޖާގަ: 70                    

ކޯސް ހިންގާ ކެމްޕަހާއި ކޯސް ހިންގާނެގޮތް: މާލެ، ފުލް-ޓައިމް

ތަޢާރުފު:

މި ކޯހުގައި ހިމެނެނީ، ހޮސްޕިޓަލިޓީ ނުވަތަ މެހެމާންދާރީ އަދާކުރުމުގެ ދާއިރާއާބެހޭ މަޢުލޫމާތާއި، މެހެމާނުންނަށް ކަމޭހިތުމާއި މެހެމާނުންގެ ޞިއްޙަތާއި ސަލާމަތްތެރިކަމާއި ރައްކާތެރިކަމާބެހޭ މަޢުލޫމާތާއި، މި ދާއިރާގެ ވިޔަފާރި ހިންގާނެ ގޮތާއި، އެހެން މީހުންނާއެކު މަސައްކަތް ކުރުމުގެ ހުނަރެވެ. މި ހުނަރުތަކާއެކު ހޮޓާތަކާއި ރިސޯޓް އަދި އެފަދަ މި ދާއިރާއާ ގުޅުންހުރި ތަންތާނގައި މަސައްކަތް ކުރުމަށް ފުރުޞަތު ތަނަވަސްވެގެންދާނެއެވެ.

ކޯހަށް ވަނުމަށް ބޭނުންވާ އެންމެ ދަށް މިންގަނޑު:

ހ. ޖީ.ސީ.އީ އޯ ލެވެލް/އެސް.އެސް.ސީ އިމްތިޙާނުތަކުން 3 މާއްދާއިން ފާސްވެފައިވުން. ނުވަތަ

ށ. އެމް.އެން.ކިޔު.އެފް ލެވެލް 3 ގެ ސަނަދެއް ހާސިލު ކޮށްފައިވުން. ނުވަތަ

ނ. ގްރޭޑް 10 ނިންމާފައިވުމާއެކު އެމް.އެން.ކިޔު.އެފް ލެވެލް 3 ގެ ފައުންޑޭޝަން ޕްރޮގްރާމެއް ފުރިހަމަ ކޮށްފައިވުން. ނުވަތަ

ރ. އުމުރުން 16 އަހަރު ފުރިހަމަވުމާއެކު އެމް.އެން.ކިޔު.އެފް ލެވެލް 3 ގެ ފައުންޑޭޝަން ޕްރޮގްރާމެއް ފުރިހަމަ ކޮށްފައިވުން. ނުވަތަ

ބ. އުމުރުން 18 އަހަރު ފުރިހަމަވުމާއެކު ގްރޭޑް 7 ނިންމާފައިވުން އަދި ގުޅުންހުރި ދާއިރާއަކުން 1 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

 

52. ބެޗްލަރ އޮފް ހޮސްޕިޓަލިޓީ މެނޭޖްމަންޓް (ކަލިނަރީ އާރޓްސް އިން ފުޑް ސަރވިސަސް)

މުއްދަތު: 3 އަހަރު (6 ސިމެސްޓަރ)

ޖާގަ: 15 

ކޯސް ހިންގާ ކެމްޕަހާއި ކޯސް ހިންގާނެގޮތް: ކ. މާލެ، ބްލޮކް މޯޑް

ތަޢާރުފު:

ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ދިވެހި ހުނަރުވެރިން އެންމެ މަދު ދާއިރާއަކީ ކަލިނަރީ އާރޓްސް އާއި ފުޑް ސަރވިސް މެނޭޖްމަންޓްގެ ދާއިރާއެވެ. ވީމާ، މި ދާއިރާއިން ހުނަރުވެރިން ބިނާ ކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. ދަރިވަރުންނަށް މި ދާއިރާއިން ލީޑަރުންނަށް ވުމުގެ މަގު ތަނަވަސްކޮށްދެވޭނެއެވެ.

ކޯހަށް ވަނުމަށް ބޭނުންވާ އެންމެ ދަށް މިންގަނޑު:

ހ. ޖީ.ސީ.އީ އޭ ލެވެލް/އެޗް.އެސް.ސީ އިމްތިޙާނުތަކުން 2 މާއްދާއިން ފާސްވެފައިވުން. އަދި އިނގިރޭސިބަހުގެ ފެންވަރު ހުރިކަން އަންގައިދޭ ސަނަދެއް ނުވަތަ އެއާ އެއްފެންވަރެއްގެ ފާހެ އޮތުން. ނުވަތަ ޔުނިވަރސިޓީން ދޭ އިނގިރޭސިބަހުގެ ޓެސްޓުން ފާސްވެފައިވުން. ނުވަތަ

ށ. ދަށްވެގެން އެމް.އެން.ކިޔު.އެފް ލެވެލް 4 ގެ ސަނަދެއް ހާސިލު ކޮށްފައިވުން. ނުވަތަ

ނ. ޔުނިވަރސިޓީން ހިންގާ ފައުންޑޭޝަން ސްޓަޑީޒް ލެވެލް 2 ން ފާސްވެފައިވުން. ނުވަތަ

ރ. ޖީ.ސީ.އީ އޯ ލެވެލް ފުރިހަމަކޮށްފައިވުމާއެކު އެމް.އެން.ކިޔު.އެފް ލެވެލް 4 ގެ ފައުންޑޭޝަން ކޯހެއް ފުރިހަމަކޮށްފައިވުން.

ބ. އުމުރުން 20 އަހަރު ފުރިހަމަވުމާއެކު ޖީ.ސީ.އީ އޯ ލެވެލް 1 މާއްދާއިން ފާސްވެފައިވުން އަދި ގުޅުންހުރި ދާއިރާއަކުން 1 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

 

53. ބެޗްލަރ އޮފް އިންޓަނޭޝަނަލް ޓޫރިޒަމް މެނެޖްމަންޓް

މުއްދަތު: 3 އަހަރު (6 ސިމެސްޓަރ)

ޖާގަ:40

ކޯސް ހިންގާ ކެމްޕަހާއި ކޯސް ހިންގާނެގޮތް: ކ. މާލެ، ބްލޮކް މޯޑް

ތަޢާރުފު:

މިކޯސް ފަރުމާކުރެވިފައިވަނީ ކޯހުގެ ބައިވެރިންނަށް ހޮޓާ، ރިސޯޓު ފަދަ ތަންތަނުގެ ފްރަންޓް އޮފީސް ބެލެހެއްޓުމުގެ އުސޫލުތައް ދަސްކޮށްދިނުމަށް އަމާޒު ކޮށްގެންނެވެ. މިކޯސް ފުރިހަމަ ކުރުމަށްފަހު ރިސޯޓުތަކާއި ހޮޓާ ފަދަ ތަންތަނުގައި، މިދާއިރާގައި މަސައްކަތް ކުރުމުގެ ފުރުޞަތު ލިބޭނެއެވެ.

ކޯހަށް ވަނުމަށް ބޭނުންވާ އެންމެ ދަށް މިންގަނޑު:

ހ. ޖީ.ސީ.އީ އޭ ލެވެލް އިމްތިޙާނުތަކުން 2 މާއްދާއިން ފާސްވެފައިވުން އަދި ޖީ.ސީ.އީ އޯލެވެލް/އައި.ޖީ.ސީ.އެސް.އީ އިމްތިޙާނުތަކުން 2 މާއްދާއިން ފާސްވެފައިވުން. ނުވަތަ

ށ. ދަށްވެގެން އެމް.އެން.ކިޔު.އެފް ލެވެލް 4 ގެ ސަނަދެއް ހާސިލު ކޮށްފައިވުން. ނުވަތަ

ނ. ޔުނިވަރސިޓީން ހިންގާ ފައުންޑޭޝަން ސްޓަޑީޒް ލެވެލް 2 ން ފާސްވެފައިވުން. ނުވަތަ

ރ. އުމުރުން 20 އަހަރު ފުރިހަމަވުމާއެކު ޖީ.ސީ.އީ އޯ ލެވެލް 1 މާއްދާއިން ފާސްވެފައިވުން އަދި ގުޅުންހުރި ދާއިރާއަކުން 1 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

 

54. ބެޗްލަރ އޮފް އިންޓަނޭޝަނަލް ހޮސްޕިޓަލިޓީ މެނެޖްމަންޓް

މުއްދަތު: 3 އަހަރު (6 ސިމެސްޓަރ)

ޖާގަ: 40 

ކޯސް ހިންގާ ކެމްޕަހާއި ކޯސް ހިންގާނެގޮތް: ކ. މާލެ، ބްލޮކް މޯޑް

ތަޢާރުފު:

މި ޕްރޮގްރާމްގެ ސަބަބުން މެހެމާންދާރީ އަދާކުރުމުގެ ދާއިރާގައި މަތީ ތަޢުލީމަށް ދިއުމުގެ ފުރުޞަތުތައް ތަނަވަސް ވެގެންދެއެވެ. އަދި މިއީ އިންޑަސްޓްރީގައި މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކާއި އަދި މި ދާއިރާއަށް މަތީ ތަޢުލީމު ފުރިހަމަ ކުރުމަށްފަހު ވަނުމަށް ބޭނުންވާ ފަރާތްތަކަށް ފަރުމާކުރެވިފައިވާ ކޯހެކެވެ.

ކޯހަށް ވަނުމަށް ބޭނުންވާ އެންމެ ދަށް މިންގަނޑު:

ހ. ޖީ.ސީ.އީ އޭ ލެވެލް އިމްތިޙާނުތަކުން 2 މާއްދާއިން ފާސްވެފައިވުން އަދި ޖީ.ސީ.އީ އޯލެވެލް/އައި.ޖީ.ސީ.އެސް.އީ އިމްތިޙާނުތަކުން 2 މާއްދާއިން ފާސްވެފައިވުން. ނުވަތަ

ށ. ދަށްވެގެން އެމް.އެން.ކިޔު.އެފް ލެވެލް 4 ގެ ސަނަދެއް ހާސިލު ކޮށްފައިވުން. ނުވަތަ

ނ. ޔުނިވަރސިޓީން ހިންގާ ފައުންޑޭޝަން ސްޓަޑީޒް ލެވެލް 2 ން ފާސްވެފައިވުން. ނުވަތަ

ރ. އުމުރުން 20 އަހަރު ފުރިހަމަވުމާއެކު ޖީ.ސީ.އީ އޯ ލެވެލް 1 މާއްދާއިން ފާސްވެފައިވުން އަދި ގުޅުންހުރި ދާއިރާއަކުން 1 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

 

55. މާސްޓަރ އިން ހޮސްޕިޓަލިޓީ އެންޑް ޓޫރިޒަމް މެނެޖްމަންޓް

މުއްދަތު: 2 އަހަރު (4 ސިމެސްޓަރ)  

ޖާގަ:15 

ކޯސް ހިންގާ ކެމްޕަހާއި ކޯސް ހިންގާނެގޮތް: ކ. މާލެ، ބްލޮކް މޯޑް

ތަޢާރުފު:

މި ކޯސް ފަރުމާ ކޮށްފައިވަނީ ދުނިޔޭގެ ބައެއް ޔުނިވަރސިޓީތަކާއި ބެންޗްމާރކް ކޮށްގެން މެހެމާންދާރީއާއި ފަތުރުވެރިކަމުގެ ދާއިރާގައި ތަޖުރިބާހުރި ފަރާތްތަކާއި، މި ދާއިރާއާ ގުޅޭ ދާއިރާއަކުން ޑިގްރީ ހާސިލުކޮށްފައިވާ ފަރާތްތަކަށް މަތީ ތަޢުލީމުގެ ފުރުޞަތުތައް ތަނަވަސްވާނޭ ގޮތަށެވެ. މި ކޯހުގައި ފަތުރުވެރިކަމުގެ ދާއިރާއާބެހޭ ދިރާސާތައް ކުރުމަކީ ވަރަށް މުހިންމު މަޤްޞަދެކެވެ. އަދި މިއީ މިދާއިރާއިން ކުރިއަށް ދިއުމަށް ވަރަށް ރަނގަޅު ފުރުޞަތެކެވެ.

ކޯހަށް ވަނުމަށް ބޭނުންވާ އެންމެ ދަށް މިންގަނޑު:

ހ. ގުޅުންހުރި ދާއިރާއަކުން ބެޗްލަރ ޑިގްރީއެއް (އެމް.ކިޔު.އޭ ލެވެލް 7 ނުވަތަ 8) ހާސިލުކޮށްފައިވުން. ނުވަތަ

ށ. ގުޅުންހުރި ދާއިރާއަކުން ގްރެޖުއޭޓް ޑިޕްލޮމާ (އެމް.ކިޔު.އޭ ލެވެލް 8) ހާސިލުކޮށްފައިވުން. ނުވަތަ

ނ. އެޑްވާންސްޑް ޑިޕްލޮމާ (އެމް.ކިޔު.އޭ ލެވެލް 6) ފުރިހަމަކޮށްފައިވުމާއި 4 އަހަރު ދުވަހުގެ ތަޖުރިބާ ގުޅުންހުރި ދާއިރާއަކުން ހޯދާފައިވުމާއި އުމުރުން 25 އަހަރު ފުރިހަމަވެފައިވުން. ނުވަތަ

ރ. ޑިޕްލޮމާ (އެމް.ކިޔު.އޭ ލެވެލް 5) ފުރިހަމަކޮށްފައިވުމާއި 8 އަހަރު ދުވަހުގެ ތަޖުރިބާ ގުޅުންހުރި ދާއިރާއަކުން ހޯދާފައިވުމާއި އުމުރުން 25 އަހަރު ފުރިހަމަވެފައިވުން. ނުވަތަ

ބ. އެޑްވާންސްޑް ސެޓުފިކެޓް (އެމް.ކިޔު.އޭ ލެވެލް 4) ފުރިހަމަކޮށްފައިވުމާއި 10 އަހަރު ދުވަހުގެ ތަޖުރިބާ ގުޅުންހުރި ދާއިރާއަކުން ހޯދާފައިވުމާއި އުމުރުން 25 އަހަރު ފުރިހަމަވެފައިވުން.

އިނގިރޭސި ފެންވަރު:

ޖީ.ސީ.އީ އޯލެވެލް / އައި.ޖީ.ސީ.އެސް.އީ އިނގިރޭސިން ދަށްވެގެން “ސީ” ގްރޭޑް ހޯދާފައިވުން ނުވަތަ IELTS 5.5 ލިބިފައިވުން. ނުވަތަ ޔުނިވަރސިޓީން ދޭ އިނގިރޭސިބަހުގެ ޓެސްޓުން ފާސްވެފައިވުން. ބެޗްލަރ ޑިގްރީ އިނގިރޭސި މީޑިއަމުން ކިޔަވާފައިވާ ފަރާތްތައް އިނގިރޭސި ޝަރުޠުން އިސްތިސްނާވާނެއެވެ.

 

ފެކަލްޓީ އޮފް އިސްލާމިކް ސްޓަޑީޒް

56. ސެޓުފިކެޓު 3 އިން އަރަބިކް ލޭންގްވިޖް

މުއްދަތު: 0.5 އަހަރު (1 ސިމެސްޓަރ)

ޖާގަ:  90 (ޖުމްލަ)   

ކޯސް ހިންގާ ކެމްޕަހާއި ކޯސް ހިންގާނެގޮތް: ކ. މާލެ، ހެނދުނު ދަންފަޅި (30 ޖާގަ)، ހދ. ކުޅުދުއްފުށި (20 ޖާގަ)، ލ.ގަން (20 ޖާގަ)،

ސ. ހިތަދޫ (20 ޖާގަ)

ތަޢާރުފު:

މިކޯހަކީ ޢަރަބިބަސް ކިޔަވަން ބޭނުންވާ ފަރާތްތަކަށް ތައްޔާރު ކުރެވިފައިވާ ފަށާ ފެންވަރުގެ ބިންގާ ކޯހެކެވެ. މިކޯހުން ޢާންމު އާދައިގެ މުޢާމަލާތްތައް ކުރެވޭ މިންވަރަށް ޢަރަބިބަސް ދަސްވާނެއެވެ. މިކޯސް ފުރިހަމަ ކުރުމުން ޢަރަބިބަހުގެ މަތީ ފެންވަރުގެ ކޯސްތަކުގައި ބައިވެރިވުމަށް މަގުފަހިވާނެއެވެ.

ކޯހަށް ވަނުމަށް ބޭނުންވާ އެންމެ ދަށް މިންގަނޑު:

ހ. ގްރޭޑް 7 ނިންމާފައިވުން. ނުވަތަ

ށ. އުމުރުން 18 އަހަރު ފުރިފައިވުމާއެކު 1 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

 

57. ޑިޕްލޮމާ އިން އަރަބިކް ލޭންގްވިޖް

މުއްދަތު: 2 އަހަރު (4 ސިމެސްޓަރ)

ޖާގަ: 140 (ޖުމްލަ)              

ކޯސް ހިންގާ ކެމްޕަހާއި ކޯސް ހިންގާނެގޮތް: ކ. މާލެ، ހެނދުނު ދަންފަޅި (30 ޖާގަ)، ކ. މާލެ، ހަވީރު ދަންފަޅި (30 ޖާގަ)، ހދ.ކުޅުދުއްފުށި (20 ޖާގަ)، ލ.ގަން (20 ޖާގަ)، ގދ.ތިނަދޫ (20 ޖާގަ)، ސ. ހިތަދޫ، (20 ޖާގަ)

ތަޢާރުފު:

މި ކޯހަކީ ޢަރަބިބަސް އުގަންނައިދީ، އިސްލާމީ ތަޢުލީމުގެ ދާއިރާއިން ކުރިއަށްދާން ބޭނުންވާ ފަރާތްތައް ޢަރަބިބަހަށް އަހުލުވެރިކުރުވައި، މަތީ ލެވެލްތަކުގެ ދިރާސީ ކޯސްތަކުގައި ބައިވެރިވުން ފަހިކޮށްދިނުމަށް ހިންގޭ ކޯހެކެވެ. މިކޯހުން ދަރިވަރުންނަށް މީސްތަކުންނާ މުޢާމަލާތްކުރުމުގައި ޢަރަބިބަހުން ވާހަކަދައްކައި އުޅުމާއި، ޢަރަބިބަހުން ލިޔެފައި ހުންނަ ޢާންމު ފޮތްތަކާއި، ޚާއްޞަކޮށް ދީނީ ޢިލްމުގެ ފޮތްތައް ކިޔައިއުޅެވޭވަރަށް ޢަރަބި އުނގެނެވޭނެއެވެ. އަދި ޢަރަބިބަހުން ކުރިއަށް ދިއުމުގައި އެޅިގެންދާނެ ރަނގަޅު ބިންގަލަކަށް ވާނެއެވެ. މިއީ އެއްވެސްވަރަކަށް ޢަރަބި ނެނގޭ ހިސާބުންފެށިގެންގޮސް ޑިގްރީގެ ތުންފަތްމައްޗަށް ދަރިވަރު ވާސިލުކޮށްދެވޭނޭ ވަރަށް ޢަރަބިބަސް އުނގަންނައިދިނުމުގެ މައްޗަށް ފަރުމާކުރެވިފައިވާ ކޯހެކެވެ.

ކޯހަށް ވަނުމަށް ބޭނުންވާ އެންމެ ދަށް މިންގަނޑު:

ހ. ޖީ.ސީ.އީ އޯލެވެލް އިމްތިޙާނުތަކުން 3 މާއްދާއިން ފާސްވެފައިވުން ނުވަތަ އެފެންވަރުގެ ފާހެއް އޮތުން. ނުވަތަ

ށ. ޝަހާދާ ޘާނަވިއްޔާގެ ފުރަތަމަ އަހަރު ފުރިހަމަކޮށްފައިވުން. ނުވަތަ

ނ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ ސެޓުފިކެޓް ލެވެލް 3 ގެ ފާހެއް އޮތުން. ނުވަތަ

ރ. ގްރޭޑް 07 ނިންމާފައިވުމާއެކު 18 އަހަރު ފުރި 1 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

 

58. އެޑްވާންސްޑް ސެޓުފިކެޓު އިން އިސްލާމިކް ސްޓަޑީޒް

މުއްދަތު: 1  އަހަރު (2 ސިމެސްޓަރ)  

ޖާގަ:  110 (ޖުމްލަ)       

ކޯސް ހިންގާ ކެމްޕަހާއި ކޯސް ހިންގާނެގޮތް: ކ. މާލެ، ހެނދުނު ދަންފަޅި (30 ޖާގަ)، ކ. މާލެ، ހަވީރު ދަންފަޅި (30 ޖާގަ)، ހދ. ކުޅުދުއްފުށި (20 ޖާގަ)، ލ.ގަން (20 ޖާގަ)، ގދ. ތިނަދޫ (20 ޖާގަ)، ސ. ހިތަދޫ (20 ޖާގަ)

ތަޢާރުފު:

މި ކޯހަކީ އިސްލާމީ ތަޢުލީމުގެ ދާއިރާއިން ކުރިއަށް ދާން ބޭނުންވާ ފަރާތްތަކަށް ލިބިފައިވާ މަޢުލޫމާތާއި ހުނަރު އިތުރަށް ތަރައްޤީކޮށްދީ މަތީ ލެވެލްތަކުގެ ކޯސްތަކުގައި ބައިވެރިވުމަށް މަގު ފަހިކޮށްދިނުމުގެ ގޮތުން ހިންގޭ ކޯހެކެވެ. މި ކޯހުގައި އިސްލާމީ ތަޢުލީމުގެ މައިގަނޑު ދާއިރާތައް ކަމުގައިވާ ޢަޤީދާއާއި، ޤުރުއާނާއި ތަފްސީރު އަދި ޙަދީޘުގެ ޢިލްމާއި ފިޤްހުގެ އިތުރުން ތާރީޚާއި ސީރަތުގެ ޢިލްމުން އެނގިފައިވާ އެނގުން އިތުރުވެ އިތުރަށް އޮޅުން ފިލައިގެންދާނެއެވެ. އަދި އިތުރަށް ކުރިއަށް ދިއުމަށް ބޭނުންވާ ޢިލްމުގެ ތެރެއިން ޢަރަބިބަހާއި އިނގިރޭސިބަސް ކިޔަވައިދެވޭނެއެވެ. އިސްލާމީ ފޮތްތަކަށް ފަރިތަކުރުވުމުގެ އެންމެ ފުރަތަމަ މަރުޙަލާ މި ކޯހުން އުނގަންނައިދެވޭނެއެވެ.

ކޯހަށް ވަނުމަށް ބޭނުންވާ އެންމެ ދަށް މިންގަނޑު:

ހ. އިސްލާމް ހިމެނޭގޮތަށް ޖީ.ސީ.އީ އޯލެވެލް/އެސް.އެސް.ސީ އިމްތިޙާން ތަކުން 3 މާއްދާއިން ފާސްވެފައިވުން. ނުވަތަ

ށ. ގުޅުންހުރި ދާއިރާއަކުން ދަށްވެގެން ސެޓުފިކެޓު 3 ލެވެލްގެ ސަނަދެއް ހާސިލު ކޮށްފައިވުން. ނުވަތަ

ނ. އެޑްވާންސްޑް ސެޓުފިކެޓު ލެވެލްގެ ސަނަދެއް ހާސިލު ކޮށްފައިވުން. ނުވަތަ

ރ. އުމުރުން 18 އަހަރު ފުރިފައިވުމާއެކު ގްރޭޑް 7 ނިންމައި، 1 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

 

59. ޑިޕްލޮމާ އިން ޓީޗިންގ އިސްލާމް

މުއްދަތު: 2 އަހަރު (4 ސިމެސްޓަރ)  

ޖާގަ:  20        

ކޯސް ހިންގާ ކެމްޕަހާއި ކޯސް ހިންގާނެގޮތް: ކ.މާލެ، ހަވީރު ދަންފަޅި

ތަޢާރުފު:

މި ކޯހަކީ ޘާނަވީ ފެންވަރަށް ކިޔަވައިދޭނެ އިސްލާމް މުދައްރިސުން ތައްޔާރު ކުރުމުގެ މަޤްޞަދުގައި ހިންގޭ ކޯހެކެވެ. މިކޯހުގެ މައިގަނޑު ބައިތަކުގެ ތެރޭގައި ބައިވެރިން މުދައްރިސްކަމަށް އަހުލުވެރިކުރުވުމާއި، ކިޔަވައިދިނުމުގެ ހުނަރުތައް ދަސްކޮށްދިނުމާއި، ކިޔަވައިދިނުމަށް ބޭނުންވާ މަޢުލޫމާތު މުއްސަނދި ކުރުވުމާއި، ތަޢުލީމުގެ ރޮނގުން ކުރެވިފައިވާ ދިރާސާތަކަށް ބައިވެރިން އަހުލުވެރި ކުރުވުން ހިމެނެއެވެ. މުދައްރިސްކަމަކީ މުޖްތަމަޢުގައި ގަދަރުވެރި މުސާރަވެސް އެހާމެ ރަނގަޅު ވަޒީފާއެކެވެ.

ކޯހަށް ވަނުމަށް ބޭނުންވާ އެންމެ ދަށް މިންގަނޑު:

ހ. ދިރާސާތުލް އިސްލާމިއްޔާގެ ރޮނގުން ދަށްވެގެން އެޑްވާންސްޑް ސެޓުފިކެޓު ލެވެލްގެ ސަނަދެއް ހާސިލު ކޮށްފައިވުން. ނުވަތަ

ށ. އިސްލާމް މުދައްރިސްކަމުގެ ރޮނގުން ދަށްވެގެން އެޑްވާންސްޑް ސެޓުފިކެޓު ލެވެލްގެ ސަނަދެއް ހާސިލު ކޮށްފައިވުން. ނުވަތަ

ނ. ޖީ.ސީ.އީ އޯލެވަލް އިން މަދުވެގެން 1 މާއްދާއިން ފާސްވެފައި ވުމާއެކު އެސް.އެސް.ސީ ދިވެއްސާއި އިސްލާމުން ފާސްވެފައިވުން.

 

60. ބެޗްލަރ އޮފް ޓީޗިންގ އިސްލާމް (އޮނަރސް)

މުއްދަތު: 4  އަހަރު (8 ސިމެސްޓަރ) 

ޖާގަ:  50 (ޖުމްލަ)

ކޯސް ހިންގާ ކެމްޕަހާއި ކޯސް ހިންގާނެގޮތް: ކ. މާލެ، ހަވީރު ދަންފަޅި (30 ޖާގަ)، ސ.ހިތަދޫ (20 ޖާގަ)

ތަޢާރުފު:

މި ކޯހުގެ މައިގަނޑު އަމާޒަކީ ޘާނަވީ އާއި މަތީ ޘާނަވީ ފިޔަވަހިތަކަށް ބޭނުންވާ ޤާބިލު ހުނަރުވެރި އިސްލާމް މުދައްރިސުން ތައްޔާރު ކުރުމެވެ. މި ކޯހުގެ ޛަރީޢާއިން ތަޢުލީމީ އަދި ތަރުބަވީ މައިދާނަށް އަންނަ އިތުރު ކުރިއެރުންތަކާއި ގޮންޖެހުންތަކަށް، ކޯހުގެ ބައިވެރިން އަހުލުވެރިކުރުވައި، އިތުރަށް މިރޮނގުން ތާޒާ ކުރުވައި ފެންވަރު މަތިކުރެވެއެވެ. އަދި މި ކޯސް ފުރިހަމަ ކުރާ ފަރާތްތަކަކީ އަމިއްލައަށް މަޢުލޫމާތު ހޯދައި، މުޠާލަޢާކުރުމުގެ ޤާބިލުކަން ލިބިފައިވާ ބަޔަކު ކަމުގައިވެއެވެ. އަދި މިކޯހުގެ ސަބަބުން މަތީ ތަޢުލީމު އުނގެނުމުގެ ފުރުޞަތުތައް އިތުރުވެގެން ދެއެވެ.

ކޯހަށް ވަނުމަށް ބޭނުންވާ އެންމެ ދަށް މިންގަނޑު:

ހ. ޖީ.ސީ.އީ އޭ. ލެވަލް/އެޗް.އެސް.ސީން އިސްލާމު ހިމެނޭގޮތަށް ދެމާއްދާއިން ފާސްވެފައިވުމާއެކު ޖީ.ސީ.އީ އޯ.ލެވަލް 3 މާއްދާއިން ފާސްވެފައިވުން. ނުވަތަ

ށ. އިސްލާމް މުދައްރިސް ޑިގްރީ ފައުންޑޭޝަން ކޯހެއް ފުރިހަމަ ކޮށްފައިވުން. ނުވަތަ

ނ. ޝަހާދާ ޘާނަވިއްޔާ ހާސިލު ކޮށްފައިވުން. ނުވަތަ

ރ. ގުޅުންހުރި ދާއިރާއަކުން އެމް.ކިޔު.އޭ ޤަބޫލު ކުރާ ލެވެލް 4 ގެ ސެޓުފިކެޓެއް ހާސިލު ކޮށްފައިވުން. ނުވަތަ

ބ. އެމް.ކިޔު.އޭ ޤަބޫލު ކުރާ ލެވެލް 5 ގެ ސެޓުފިކެޓެއް ހާސިލު ކޮށްފައިވުން.

 

61. ބެޗްލަރ އޮފް އިސްލާމިކް ސްޓަޑީޒް (އޮނަރސް)

މުއްދަތު: 4  އަހަރު (8 ސިމެސްޓަރ) 

ޖާގަ:  50 (ޖުމްލަ)

ކޯސް ހިންގާ ކެމްޕަހާއި ކޯސް ހިންގާނެގޮތް: ކ. މާލެ، ހެނދުނު ދަންފަޅި (30 ޖާގަ)، ހދ.ކުޅުދުއްފުށި (20 ޖާގަ)

ތަޢާރުފު:

މި ކޯހުގެ މައިގަނޑު އަމާޒަކީ ދިވެހި މުޖުތަމަޢުގެ އެކިއެކި ދާއިރާތަކަށް ބޭނުންވާ އިސްލާމީ ޢިލްމާއި ޢަޤީދާއާއި ޘަޤާފަތުގެ ދާއިރާތަކުން މަޢުލޫމާތު ލިބި، އެދާއިރާތަކުން އަމިއްލައަށް މަޢުލޫމާތު ހޯދައި، މުޠާލަޢާކުރުމުގެ ޤާބިލުކަން ލިބިފައިވާ ބަޔަކު އުފެއްދުމެވެ. މި ކޯސް ފުރިހަމަކުރާ ފަރާތްތަކަށް ކުރިމަގުގައި މި ރޮނގުން މަތީ ތަޢުލީމާއި ތަމްރީނު ހޯދުމަށްޓަކައި ކިޔެވުން ކުރިއަށް ގެންދިއުމުގެ ޤާބިލުކަން ލިބެއެވެ.

ކޯހަށް ވަނުމަށް ބޭނުންވާ އެންމެ ދަށް މިންގަނޑު:

ހ. ޖީ.ސީ.އީ އޭ. ލެވަލް/އެޗް.އެސް.ސީން އިސްލާމު ހިމެނޭގޮތަށް ދެމާއްދާއިން ފާސްވެފައިވުމާއެކު ޖީ.ސީ.އީ އޯ.ލެވަލް 3 މާއްދާއިން ފާސްވެފައިވުން. ނުވަތަ

ށ. އިސްލާމް މުދައްރިސް ޑިގްރީ ފައުންޑޭޝަން ކޯސް ފުރިހަމަ ކޮށްފައިވުން. ނުވަތަ

ނ. ޝަހާދާ ޘާނަވިއްޔާ ހާސިލު ކޮށްފައިވުން. ނުވަތަ

ރ. ގުޅުންހުރި ދާއިރާއަކުން އެމް.ކިޔު.އޭ ޤަބޫލު ކުރާ ލެވެލް 4 ގެ ސެޓުފިކެޓެއް ހާސިލު ކޮށްފައިވުން.

 

62. މާސްޓަރ އޮފް އާރޓްސް އިން އިސްލާމިކް ސްޓަޑީޒް

މުއްދަތު: 1.5  އަހަރު (3 ސިމެސްޓަރ) 

ޖާގަ:  50 (ޖުމްލަ)      

ކޯސް ހިންގާ ކެމްޕަހާއި ކޯސް ހިންގާނެގޮތް: ކ. މާލެ، ޕާރޓްޓައިމް (30 ޖާގަ)، ސ. ހިތަދޫ، ޕާރޓްޓައިމް (20 ޖާގަ)

ތަޢާރުފު:

މިކޯހުގެ މައިގަނޑު އަމާޒަކީ އިސްލާމިކް ސްޓަޑީޒްގެ ދާއިރާއިން ކިޔަވައިގެން ތިބި މީހުންނަށް ރާއްޖޭގައި ތިބެގެން އިތުރަށް އެމީހުންގެ ޢިލްމީ ޚަޒާނާ މުއްސަނދިކުރުމަށް އެހީތެރިވުމާއި ދިވެހިރާއްޖެއާ ގުޅޭ މަޢުޟޫޢުތަކަށް ޢިލްމީ ދިރާސާކޮށް ރާއްޖޭގެ ދީނީ ވަޙުދަތު ވަރުގަދަކޮށް އަދި ދިވެހިރާއްޖެ ދާއިމަށް އިސްލާމީ ޤައުމެއްގެ ގޮތުގައި ބޭއްވުމަށް އެހީތެރިވުމެވެ.

ކޯހަށް ވަނުމަށް ބޭނުންވާ އެންމެ ދަށް މިންގަނޑު:

1. ހ. ގުޅޭ ދާއިރާއަކުން 4 އަހަރު ދުވަހުގެ ބެޗްލަރ ޑިގްރީއެއް ހާސިލުކޮށްފައިވުން. ނުވަތަ

  ށ. އުމުރުން 25 އަހަރު ފުރިފައިވުމާއެކު ގުޅޭ ދާއިރާއަކުން އެމް.އެން.ކިޔު.އެފް ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން އަދި ގުޅުންހުރި ދާއިރާއަކުން މަދުވެގެން 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

  ނ. އުމުރުން 25 އަހަރު ފުރިފައިވުމާއެކު ގުޅޭ ދާއިރާއަކުން އެމް.އެން.ކިޔު.އެފް ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން އަދި ގުޅުންހުރި ދާއިރާއަކުން މަދުވެގެން 8  އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

  ރ. އުމުރުން 25 އަހަރު ފުރިފައިވުމާއެކު ގުޅޭ ދާއިރާއަކުން އެމް.އެން.ކިޔު.އެފް ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން އަދި ގުޅުންހުރި ދާއިރާއަކުން މަދުވެގެން 10 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

އަދި

2. ބެޗްލަރ ސަނަދު ހާސިލުކޮށްފައިވަނީ ޢަރަބިބަސް ފިޔަވައި އެހެން ބަހަކުން ކަމުގައިވާނަމަ ފެކަލްޓީން ދެވޭ ޢަރަބިބަހުގެ އިމްތިޙާނަކުން ފާސް ވާންވާނެއެވެ.

 

ފެކަލްޓީ އޮފް ސައިންސް

63. ޑިޕްލޮމާ އިން ނެޓްވާރކިންގ

މުއްދަތު: 2  އަހަރު (4 ސިމެސްޓަރ)      

ޖާގަ: 30

ކޯސް ހިންގާ ކެމްޕަސް: ކ. މާލެ

ތަޢާރުފު:

ނެޓްވާރކިންގ ދާއިރާގައި ޢަމަލީގޮތުން ހަރަކާތްތެރިވުމަށް ބައިވެރިންނަށް ދަސްކޮށްދޭ މި ކޯހުގައި ކުދިވިޔަފާރިތަކުން ފެށިގެން ބޮޑެތި ކުންފުނިތަކަށް ބޭނުންވާ ކޮމްޕިއުޓަރ ވިއުގަތައް ފަރުމާކޮށް، ބަލަހައްޓައި، އެއަށް ދިމާވާ މައްސަލަތައް ހައްލުކުރުމަށް ދަސްކޮށްދެވެއެވެ. މިކޯސް ނިންމާ ފަރާތްތަކަށް ސިސްޓަމް އެޑްމިނިސްޓްރޭޓަރ ފަދަ ނެޓްވާރކިންގ ދާއިރާގެ މުސާރަ ބޮޑެތި ވަޒީފާތައް ލިބެއެވެ.

ކޯހަށް ވަނުމަށް ބޭނުންވާ އެންމެ ދަށް މިންގަނޑު:

ހ. ޖީ.ސީ.އީ އޯލެވެލް ހިސާބު ހިމެނޭގޮތަށް 3 މާއްދާއިން ފާސްވެފައިވުން. ނުވަތަ

ށ. ޔުނިވަރސިޓީން ހިންގާ ފައުންޑޭޝަން ލެވެލް 1 ން ފާސްވެފައިވުން. ނުވަތަ

ނ. ގުޅުންހުރި ދާއިރާއަކުން އެމް.ކިޔު.އޭ ޤަބޫލު ކުރާ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ

ރ. އުމުރުން 18 އަހަރު ފުރިފައި ވުމާއެކު ގްރޭޑް 7 ނިންމާފައިވުން އަދި ގުޅުންހުރި ދާއިރާއަކުން 1 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

 

64. އެޑްވާންސްޑް ސެޓުފިކެޓު އިން އިންފޮމޭޝަން ޓެކްނޯލޮޖީ

މުއްދަތު: 1 އަހަރު (2 ސިމެސްޓަރ)

ޖާގަ: 20     

ކޯސް ހިންގާ ކެމްޕަސް: ހދ.ކުޅުދުއްފުށި

ތަޢާރުފު:

ވިޔަފާރިއާއި އިންފޮމޭޝަން ޢިލްމުން ކުރިއަށް ދިއުމަށް ބޭނުންވާ ފަރާތްތަކަށް އަމާޒު ކޮށްގެން ހިންގޭ މިކޯހުގައި ސޮފްޓްވެއަރ ހެދުމާއި އިންފޮމޭޝަން ސިސްޓަމާއި ޑޭޓާ ބޭސް އަދި ހިސާބު ޢިލްމުން ބައިވެރިންނަށް މަޢުލޫމާތާއި ތަމްރީނު ދެވެއެވެ. މި ދާއިރާއަކީ ބޮޑު މުސާރަ ލިބޭ، ވަޒީފާގެ ފުރުޞަތުތައް ގިނަ ދާއިރާއެކެވެ.

ކޯހަށް ވަނުމަށް ބޭނުންވާ އެންމެ ދަށް މިންގަނޑު:

ހ. ހިސާބު ހިމެނޭ ގޮތަށް ޖީ.ސީ.އީ އޯ ލެވަލް 3 މާއްދާއިން ފާސްވެފައިވުން. ނުވަތަ

ށ. ޔުނިވަރސިޓީން ހިންގާ ފައުންޑޭޝަން ލެވެލް 1 އިން ފާސްވެފައިވުން.

 

65. ޑިޕްލޮމާ އިން އިންފޮމޭޝަން ޓެކްނޯލޮޖީ

މުއްދަތު: 2  އަހަރު (4 ސިމެސްޓަރ)

ޖާގަ: 45 (ޖުމްލަ)

ކޯސް ހިންގާ ކެމްޕަހާއި ކޯސް ހިންގާނެގޮތް: ކ . މާލެ (30 ޖާގަ)، ހދ. ކުޅުދުއްފުށި (15 ޖާގަ)

ތަޢާރުފު:

ވިޔަފާރިއާއި އިންފޮމޭޝަން ޢިލްމުން ކުރިއަށް ދިއުމަށް ބޭނުންވާ ފަރާތްތަކަށް އަމާޒު ކޮށްގެން ހިންގޭ މިކޯހުގައި ސޮފްޓްވެއަރ ހެދުމާއި އިންފޮމޭޝަން ސިސްޓަމާއި ޑޭޓާ ބޭސް އަދި ހިސާބު ޢިލްމުން ބައިވެރިންނަށް މަޢުލޫމާތާއި ތަމްރީނު ދެވެއެވެ. މި ދާއިރާއަކީ ބޮޑު މުސާރަ ލިބޭ، ވަޒީފާގެ ފުރުޞަތުތައް ގިނަ ދާއިރާއެކެވެ.

ކޯހަށް ވަނުމަށް ބޭނުންވާ އެންމެ ދަށް މިންގަނޑު:

ހ. ހިސާބު ހިމެނޭ ގޮތަށް ޖީ.ސީ.އީ އޯ ލެވަލް 3 މާއްދާއިން ފާސްވެފައިވުން. ނުވަތަ

ށ. ޔުނިވަރސިޓީން ހިންގާ ފައުންޑޭޝަން ލެވެލް 1 ން ފާސްވެފައިވުން. ނުވަތަ

ނ. ގުޅުންހުރި ދާއިރާއަކުން އެމް.ކިޔު.އޭ ޤަބޫލު ކުރާ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ

ރ. އުމުރުން 18 އަހަރުވުމާއި ޖީ.ސީ.އީ އޯލެވެލް އެއް މާއްދާއިން ފާސްވެފައިވުން އަދި ގުޅުންހުރި ދާއިރާއަކުން 1 އަހަރު ދުވަހު މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

 

66. ބެޗްލަރ އޮފް އިންފޮމޭޝަން ޓެކްނޯލޮޖީ

މުއްދަތު: 3 އަހަރު (6 ސިމެސްޓަރ)

ޖާގަ: 45 (ޖުމްލަ)

ކޯސް ހިންގާ ކެމްޕަހާއި ކޯސް ހިންގާނެގޮތް: ކ . މާލެ (30 ޖާގަ)، ސ.ހިތަދޫ (15 ޖާގަ)

ތަޢާރުފު:

ކޮމްޕިއުޓަރުގެ ޢިލްމުން ކުރިއަށް ދިއުމަށް ބޭނުންވާ ފަރާތްތަކަށް އަމާޒު ކޮށްގެން ހިންގޭ މިކޯހުގައި ސޮފްޓްވެއަރ ހެދުމާއި އިންފޮމޭޝަން ސިސްޓަމާއި ޑޭޓާ ބޭސް އަދި ހިސާބު ޢިލްމުން ބައިވެރިންނަށް މަޢުލޫމާތާއި ތަމްރީނު ދެވެއެވެ. މި ދާއިރާއަކީ ބޮޑު މުސާރަ ލިބޭ، ވަޒީފާގެ ފުރުޞަތުތައް ގިނަ ދާއިރާއެކެވެ.

ކޯހަށް ވަނުމަށް ބޭނުންވާ އެންމެ ދަށް މިންގަނޑު:

ހ. ޖީ.ސީ.އީ އޭ ލެވެލް 2 މާއްދާއިން ފާސްވެފައިވުން އަދި އިނގިރޭސިބަހުގެ ފެންވަރު ހުރިކަން އަންގައިދޭ ސަނަދެއް ނުވަތަ އެއާ އެއްފެންވަރެއްގެ ފާހެއް އޮތުން ނުވަތަ ޔުނިވަރސިޓީން ދޭ އިނގިރޭސިބަހުގެ ޓެސްޓުން ފާސްވެފައިވުން. ނުވަތަ

ށ. ޔުނިވަރސިޓީގެ ފައުންޑޭޝަން ލެވެލް 2 ން ފާސްވެފައިވުން. ނުވަތަ

ނ. ގުޅުންހުރި ދާއިރާއަކުން އެމް.ކިޔު.އޭ ޤަބޫލު ކުރާ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު އިނގިރޭސިބަހުގެ ފެންވަރު ހުރިކަން އަންގައިދޭ ސަނަދެއް ނުވަތަ އެއާ އެއްފެންވަރެއްގެ ފާހެއް އޮތުން ނުވަތަ ޔުނިވަރސިޓީން ދޭ އިނގިރޭސިބަހުގެ ޓެސްޓުން ފާސްވެފައިވުން. ނުވަތަ

ރ. އުމުރުން 20 އަހަރުވުމާއި ޖީ.ސީ.އީ އޯލެވެލް އެއް މާއްދާއިން ފާސްވެފައިވުން އަދި ގުޅުންހުރި ދާއިރާއަކުން 3 އަހަރު ދުވަހު މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން އަދި އިނގިރޭސިބަހުގެ ފެންވަރު ހުރިކަން އަންގައިދޭ ސަނަދެއް ނުވަތަ އެއާ އެއްފެންވަރެއްގެ ފާހެއް އޮތުން ނުވަތަ ޔުނިވަރސިޓީން ދޭ އިނގިރޭސިބަހުގެ ޓެސްޓުން ފާސްވެފައިވުން.

 

67. ބެޗްލަރ އޮފް އެންވަޔަރަމަންޓް މެނޭޖްމަންޓް

މުއްދަތު: 3 އަހަރު (6 ސިމެސްޓަރ)        

ޖާގަ: 30                                    

ކޯސް ހިންގާ ކެމްޕަހާއި ކޯސް ހިންގާނެގޮތް: ކ . މާލެ

ތަޢާރުފު:

މި ކޯސް ފަރުމާ ކުރެވިފައިވަނީ ދިވެހިރާއްޖޭގެ ތިމާވެށި ދެމެހެއްޓެނިވި ގޮތުގައި ރައްކާތެރިކޮށް ބަލަހައްޓާނެ ޤާބިލު ބަޔަކު ތައްޔާރު ކުރުމުގެ ނިޔަތުގައެވެ. ކޯހުގެ ބައިތަކުގެ ތެރޭގައި ތިމާވެށި ރައްކާތެރި ކުރުމާއި ގުޅުންހުރި ގަވާއިދުތަކާއި ގޮތްތަކަށް ދަރިވަރުން އަހުލުވެރި ކުރުވައެވެ. މިކޯސް ފަރުމާ ކުރެވިފައިވަނީ ރާއްޖޭން ބޭރުގެ ޔުނިވަރސިޓީތަކުގައި މި ރޮނގުން މި ފެންވަރަށް ހިންގޭ ކޯސްތައް އަސާސަކަށް ބަލައިގެންނެވެ. ކޯސް ފުރިހަމަ ކުރުމަށްފަހު ކޯހުގެ ބައިވެރިންނަށް ތިމާވެށްޓާ ގުޅުންހުރި ދާއިރާތަކުން ވަޒީފާގެ ފުރުޞަތުތައް ހުޅުވިގެންދެއެވެ.

ކޯހަށް ވަނުމަށް ބޭނުންވާ އެންމެ ދަށް މިންގަނޑު:

ހ. ޖީ.ސީ.އީ އޭ ލެވެލް/އެޗް.އެސް.ސީ އިމްތިޙާނުތަކުން 2 މާއްދާއިން ފާސްވެފައިވުން އަދި ޖީ.ސީ.އީ އޯ ލެވެލް/އެސް.އެސް.ސީ އިމްތިޙާނުތަކުން، 3 މާއްދާއިން ފާސްވެފައިވުން. އަދި އިނގިރޭސިބަހުގެ ފެންވަރު ހުރިކަން އަންގައިދޭ ސަނަދެއް ނުވަތަ އެއާ އެއްފެންވަރެއްގެ ފާހެއް އޮތުން ނުވަތަ ޔުނިވަރސިޓީން ދޭ އިނގިރޭސިބަހުގެ ޓެސްޓުން ފާސްވެފައިވުން. ނުވަތަ

ށ. ތިމާވެށި ރައްކާތެރި ކުރުމާއި ބެލެހެއްޓުމުގެ ޑިޕްލޮމާ ކޯހަށް އަމާޒު ކޮށްގެން ޔުނިވަރސިޓީން ހިންގާ ފައުންޑޭޝަން ސްޓަޑީޒް ލެވެލް 2 ން ފާސްވެފައިވުން. ނުވަތަ

ނ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ޤަބޫލު ކުރާ ލެވެލް 4 ގެ ސަނަދެއް އެންވަޔަރަމެންޓަލް މެނެޖްމަންޓް/އެންވަޔަރަމެންޓް ސައިންސް ނުވަތަ ގުޅުންހުރި ދާއިރާއަކުން ހާސިލު ކޮށްފައިވުން. ނުވަތަ

ރ. އުމުރުން 20 އަހަރުވުމާއި ޖީ.ސީ.އީ އޯލެވެލް އެއް މާއްދާއިން ފާސްވެފައިވުން އަދި ގުޅުންހުރި ދާއިރާއަކުން 2 އަހަރު ދުވަހު ތަޖުރިބާ ލިބިފައިވުން. އަދި އިނގިރޭސިބަހުގެ ފެންވަރު ހުރިކަން އަންގައިދޭ ސަނަދެއް ނުވަތަ އެއާ އެއްފެންވަރެއްގެ ފާހެއް އޮތުން ނުވަތަ ޔުނިވަރސިޓީން ދޭ އިނގިރޭސިބަހުގެ ޓެސްޓުން ފާސްވެފައިވުން.

 

ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯ 

68. ޑިޕްލޮމާ އިން ޝަރީޢާ އެންޑް ލޯ

މުއްދަތު: 2 އަހަރު (4 ސިމެސްޓަރ)

ޖާގަ: 30 (ޖުމްލަ)

ކޯސް ހިންގާ ކެމްޕަހާއި ކޯސް ހިންގާނެގޮތް: ކ. މާލެ، ހެނދުނު ދަންފަޅި

ތަޢާރުފު:

މި ކޯހަކީ ދިވެހިރާއްޖޭގެ ޝަރުޢީ ދާއިރާ ހަރުދަނާ ކުރުމަށްޓަކައި އެދާއިރާގައި މަސައްކަތް ކުރައްވަމުންގެންދަވާ ބޭފުޅުންނަށާއި، އަލަށް އެދާއިރާއާ ގުޅެން ބޭނުންވާ ފަރާތްތަކަށް އަމާޒުކޮށްގެން ތައްޔާރު ކުރެވިފައިވާ ކޯހެކެވެ. މިކޯހުގައި އިސްލާމީ ޝަރީޢަތުގެ ބައެއް މުހިންމު މާއްދާތަކާއި އިނގިރޭސި ކޮމަންލޯ ފަދަ ބައެއް މުހިންމު މާއްދާތައް އެކުލެވިފައިވާނެއެވެ. މީގެ އިތުރުން ޢަރަބިބަސް ވެސް މިކޯހުގައި ކިޔަވައިދޭނެއެވެ. މި ކޯސް ފުރިހަމަ ކުރުމަށްފަހު މިރޮނގުން މަތީ ތަޢުލީމު ހާސިލުކުރުމުގެ މަގު ފަހިވެއެވެ.

ކޯހަށް ވަނުމަށް ބޭނުންވާ އެންމެ ދަށް މިންގަނޑު:

ހ. ޖީ.ސީ.އީ އޯލެވެލް/އެސް.އެސް.ސީ އިމްތިޙާނުތަކުން ނުވަތަ އެއާ އެއް ފެންވަރެއްގެ 3 މާއްދާއިން ފާސްވެފައިވުން. އަދި އެސް.އެސް.ސީ ދިވެއްސާއި ޖީ.ސީ.އީ އޯލެވެލް އިނގިރޭސިން ދަށްވެގެން “އީ” ގްރޭޑް ހާސިލު ކޮށްފައިވުން. ނުވަތަ

ށ. ގުޅުންހުރި ދާއިރާއަކުން އެމް.އެން.ކިޔު.އެފްގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުން. އަދި އެސް.އެސް.ސީ ދިވެއްސާއި ޖީ.ސީ.އީ އޯލެވެލް އިނގިރޭސިން ދަށްވެގެން “އީ” ގްރޭޑް ހާސިލު ކޮށްފައިވުން. ނުވަތަ

ނ. ޝަހާދާ ޡާނަވިއްޔާގެ ފުރަތަމަ އަހަރު ފުރިހަމަ ކޮށްފައިވުން. އަދި އެސް.އެސް.ސީ ދިވެއްސާއި ޖީ.ސީ.އީ އޯލެވެލް އިނގިރޭސިން ދަށްވެގެން “އީ” ގްރޭޑް ހާސިލު ކޮށްފައިވުން. ނުވަތަ

ރ. އުމުރުން 18 އަހަރު ވެފައިވުމާއެކު ގްރޭޑް 7 ނިންމާފައިވުމާއި ޝަރީޢަތާއި ޤާނޫނުގެ ދާއިރާއިން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުމާއި އަދި އެސް.އެސް.ސީ ދިވެއްސާއި ޖީ.ސީ.އީ އޯލެވެލް އިނގިރޭސިން ދަށްވެގެން “އީ” ގްރޭޑް ހާސިލު ކޮށްފައިވުން.

 

69. ބެޗްލަރ އޮފް ޝަރީޢާ އެންޑް ލޯ

މުއްދަތު: 4 އަހަރު (8 ސިމެސްޓަރ)

ޖާގަ: 90 (ޖުމްލަ)

ކޯސް ހިންގާ ކެމްޕަހާއި ކޯސް ހިންގާނެގޮތް: ކ . މާލެ، ހަވީރު ދަންފަޅި (60 ޖާގަ)، ކ. މާލެ، ހެނދުނު ދަންފަޅި (30 ޖާގަ)

ތަޢާރުފު:

މި ކޯހަކީ އިސްލާމީ ޝަރީޢަތާއި ޤާނޫނު ހިމެނޭ ގޮތަށް ތައްޔާރު ކުރެވިފައިވާ ކޯހެކެވެ. ކޯހުގެ ބައިތަކުގެ ތެރޭގައި ދިވެހިރާއްޖޭގެ ޝަރުޢީ ނިޒާމު ރޭވިފައިވާގޮތް އުނގަންނައިދިނުމާއި މި ދާއިރާގެ ޢަމަލީ ތަޖުރިބާ ހިމެނިފައިވާތީ، މި ކޯސް ފުރިހަމަކުރާ ފަރާތްތައް ވެގެންދާނީ ދިވެހިރާއްޖޭގެ ޝަރުޢީ އަދި ޤާނޫނީ ދާއިރާއަށް އަހުލުވެރިވެފައިވާ ބަޔަކަށެވެ.

ކޯހަށް ވަނުމަށް ބޭނުންވާ އެންމެ ދަށް މިންގަނޑު:

ހ. ޖީ.ސީ.އީ އޭ ލެވެލް/އެޗް.އެސް.ސީ އިމްތިޙާނުތަކުން ނުވަތަ އެއާ އެއް ފެންވަރެއްގެ 2 މާއްދާއިން ފާސްވެފައިވުމާއެކު ޖީ.ސީ.އީ އޯލެވެލް/އެސް.އެސް.ސީ އިމްތިޙާނުތަކުން ނުވަތަ އެއާ އެއް ފެންވަރެއްގެ 3 މާއްދާއިން ފާސްވެފައިވުން. އަދި އެސް.އެސް.ސީ ދިވެހި އިސްލާމުން ފާސްވެފައިވުމާއި ޓޮފުލް އިމްތިޙާނުން 550 ލިބިފައިވުން ނުވަތަ އައި.އީ.އެލް.ޓީ.އެސް އިމްތިޙާނުން 6.0 ލިބިފައިވުން ނުވަތަ ޖީ.ސީ.އީ އޯލެވެލް ނުވަތަ އެއާ އެއް ފެންވަރެއްގެ އިނގިރޭސި ފާހެއް އޮތުން ނުވަތަ ޔުނިވަރސިޓީން ދޭ އިނގިރޭސިބަހުގެ ޓެސްޓުން ފާސްވެފައިވުން. ނުވަތަ

ށ. ޖީ.ސީ.އީ އޭ ލެވެލް/އެޗް.އެސް.ސީ އިމްތިޙާނުތަކުން ނުވަތަ އެއާ އެއް ފެންވަރެއްގެ 3 މާއްދާއިން ފާސްވެފައިވުމާއެކު ޖީ.ސީ.އީ އޯލެވެލް/އެސް.އެސް.ސީ އިމްތިޙާނުތަކުން ނުވަތަ އެއާ އެއް ފެންވަރެއްގެ 2 މާއްދާއިން ފާސްވެފައިވުން. އަދި އެސް.އެސް.ސީ ދިވެހި އިސްލާމުން ފާސްވެފައިވުމާއި ޓޮފުލް އިމްތިޙާނުން 550 ލިބިފައިވުން ނުވަތަ އައި.އީ.އެލް.ޓީ.އެސް އިމްތިޙާނުން 6.0 ލިބިފައިވުން ނުވަތަ ޖީ.ސީ.އީ އޯލެވެލް ނުވަތަ އެއާ އެއް ފެންވަރެއްގެ އިނގިރޭސި ފާހެއް އޮތުން ނުވަތަ ޔުނިވަރސިޓީން ދޭ އިނގިރޭސިބަހުގެ ޓެސްޓުން ފާސްވެފައިވުން. ނުވަތަ 

ނ. އޯލެވެލް 3 މާއްދާއިން ފާސްވެފައިވުމާއެކު 3 އަހަރު ދުވަހުގެ ތަޖުރިބާ މި ދާއިރާއިން ލިބިފައިވުން. އަދި އެސް.އެސް.ސީ ދިވެހި އިސްލާމުން ފާސްވެފައިވުމާއި ޓޮފުލް އިމްތިޙާނުން 550 ލިބިފައިވުން ނުވަތަ އައި.އީ.އެލް.ޓީ.އެސް އިމްތިޙާނުން 6.0 ލިބިފައިވުން ނުވަތަ ޖީ.ސީ.އީ އޯލެވެލް ނުވަތަ އެއާ އެއް ފެންވަރެއްގެ އިނގިރޭސި ފާހެއް އޮތުން ނުވަތަ ޔުނިވަރސިޓީން ދޭ އިނގިރޭސިބަހުގެ ޓެސްޓުން ފާސްވެފައިވުން. ނުވަތަ

ރ. އެމް.ކިއު.އޭ ޤަބޫލު ކުރާ މަރުކަޒަކުން ޑިޕްލޮމާ ފެންވަރުގެ ސަނަދެއް ހާސިލު ކޮށްފައިވުން. އަދި އެސް.އެސް.ސީ ދިވެހި އިސްލާމުން ފާސްވެފައިވުމާއި ޓޮފުލް އިމްތިޙާނުން 550 ލިބިފައިވުން ނުވަތަ އައި.އީ.އެލް.ޓީ.އެސް އިމްތިޙާނުން 6.0 ލިބިފައިވުން ނުވަތަ ޖީ.ސީ.އީ އޯލެވެލް ނުވަތަ އެއާ އެއް ފެންވަރެއްގެ އިނގިރޭސި ފާހެއް އޮތުން ނުވަތަ ޔުނިވަރސިޓީން ދޭ އިނގިރޭސިބަހުގެ ޓެސްޓުން ފާސްވެފައިވުން. ނުވަތަ

ބ. ޝަހާދާ ޘާނަވިއްޔާ ފުރިހަމަ ކޮށްފައިވުން. އަދި ޓޮފުލް އިމްތިޙާނުން 550 ލިބިފައިވުން ނުވަތަ އައި.އީ.އެލް.ޓީ.އެސް އިމްތިޙާނުން 6.0 ލިބިފައިވުން ނުވަތަ ޖީ.ސީ.އީ އޯލެވެލް އާއި އެއް ފެންވަރެއްގެ އިނގިރޭސި ފާހެއް އޮތުން ނުވަތަ ޔުނިވަރސިޓީން ދޭ އިނގިރޭސިބަހުގެ ޓެސްޓުން ފާސްވެފައިވުން. ނުވަތަ

ޅ. އެޑްވާންސްޑް ސެޓުފިކެޓު އިން ޝަރީޢާ އިން ލޯ ފުރިހަމަ ކޮށްފައިވުން. ނުވަތަ

ކ. ޑިޕްލޮމާ އިން ޖަސްޓިސް ސްޓަޑީޒް ފުރިހަމަ ކޮށްފައިވުން. ނުވަތަ

އ. ޔުނިވަރސިޓީގެ ފައުންޑޭޝަން ލެވެލް 2 ން ފާސްވެފައިވުން. ނުވަތަ

ވ. އެމް.ކިއު.އޭ ޤަބޫލުކުރާ މަރުކަޒަކުން ފުރަތަމަ ޑިގްރީ ހާސިލު ކޮށްފައިވުން. ފުރަތަމަ ޑިގްރީ ހަދާފައިވަނީ އިނގިރޭސި މީޑިއަމުން ނޫންނަމަ ޓޮފްލް އިމްތިޙާނުން 550 ލިބިފައިވުން ނުވަތަ އައި.އީ.އެލް.ޓީ.އެސް އިމްތިޙާނުން 6.0 ލިބިފައިވުން ނުވަތަ ޖީ.ސީ.އީ އޯލެވެލް އާ އެއް ފެންވަރެއްގެ އިނގިރޭސި ފާހެއް އޮތުން ނުވަތަ ޔުނިވަރސިޓީން ދޭ އިނގިރޭސިބަހުގެ ޓެސްޓުން ފާސްވެފައިވުން. ފުރަތަމަ ޑިގްރީ ހަދާފައިވަނީ ދިވެހި މީޑިއަމުން ނޫންނަމަ އެސް.އެސް.ސީ ދިވެހިން ނުވަތަ އެއާ އެއް ފެންވަރެއްގެ ފާހެއް އޮތުން ނުވަތަ ޔުނިވަރސިޓީން ދޭ ދިވެހި ބަހުގެ ޓެސްޓުން ފާސްވެފައިވުން.

 

70. މާސްޓަރ އޮފް އާރޓްސް އިން ޝަރީޢާ

މުއްދަތު: 1.5 އަހަރު (3 ސިމެސްޓަރ)

ޖާގަ: 20

ކޯސް ހިންގާ ކެމްޕަހާއި ކޯސް ހިންގާނެގޮތް: ކ . މާލެ، ޕާރޓްޓައިމް (ހަވީރު ދަންފަޅި)

ތަޢާރުފު:

މި ކޯހުގެ ސަބަބުން ޝަރުޢީ ދާއިރާ އިތުރަށް ހަރުދަނާވުމުގެ އިތުރުން ޢަރަބި މީޑިއަމުން ޝަރީޢާ ނުވަތަ އިސްލާމިކް ސްޓަޑީޒްގެ ރޮނގުން ޑިގްރީ ހައްދަވާފައިވާ ބޭފުޅުންނަށް އަމިއްލަ ޤައުމުގައި ތިއްބަވައިގެން މާސްޓަރޒް ހެދުމުގެ ފުރުޞަތު ތަނަވަސްވެގެން ދެއެވެ.

ކޯހަށް ވަނުމަށް ބޭނުންވާ އެންމެ ދަށް މިންގަނޑު:

1- ހ. ގުޅޭ ދާއިރާއަކުން 4 އަހަރު ދުވަހުގެ ބެޗްލަރ ޑިގްރީއެއް ހާސިލު ކޮށްފައިވުން. ނުވަތަ

  ށ. އުމުރުން 25 އަހަރު ފުރިފައިވުމާއެކު ގުޅޭ ދާއިރާއަކުން އެމް.އެން.ކިޔު.އެފް ލެވެލް 6 އެއްގެ ސަނަދެއް ހާސިލުކޮށްފައިވުން އަދި ގުޅުންހުރި ދާއިރާއަކުން މަދުވެގެން 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

  ނ. އުމުރުން 25 އަހަރު ފުރިފައިވުމާއެކު ގުޅޭ ދާއިރާއަކުން އެމް.އެން.ކިޔު.އެފް ލެވެލް 5 އެއްގެ ސަނަދެއް ހާސިލުކޮށްފައިވުން އަދި ގުޅުންހުރި ދާއިރާއަކުން މަދުވެގެން 8 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

  ރ. އުމުރުން 25 އަހަރު ފުރިފައިވުމާއެކު ގުޅޭ ދާއިރާއަކުން އެމް.އެން.ކިޔު.އެފް ލެވެލް 4 އެއްގެ ސަނަދެއް ހާސިލުކޮށްފައިވުން އަދި ގުޅުންހުރި ދާއިރާއަކުން މަދުވެގެން 10 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

އަދި

2- ހ. ބެޗްލަރ ޑިގްރީ ހާސިލުކޮށްފައިވަނީ ޢަރަބި ބަސް ފިޔަވައި އެހެން ބަހަކުން ކަމުގައިވާނަމަ ޢަރަބި ބަހަށް އަހުލުކުރެވިފައިވާކަން ލިޔެކިޔުމުން ސިލެކްޝަން ކޮމިޓީއަށް ސާބިތުކޮށްދޭންވާނެއެވެ. ނުވަތަ ފެކަލްޓީން ދެވޭ ޢަރަބިބަހުގެ އިމްތިޙާނަކުން ފާސް ވާންވާނެއެވެ.

 

އެމް.އެން.ޔޫ ބިޒްނަސް ސްކޫލް

71. އެޑްވާންސްޑް ސެޓުފިކެޓު އިން މެނެޖްމަންޓް

މުއްދަތު: 1  އަހަރު (2 ސިމެސްޓަރ)       

ޖާގަ: 25 (ޖުމްލަ)

ކޯސް ހިންގާ ކެމްޕަހާއި ހިންގާނެގޮތް: ސ. ހިތަދޫ، ހަވީރު ދަންފަޅި

ތަޢާރުފު:

މިކޯސް ފަރުމާ ކުރެވިފައިވަނީ ބައިވެރިންނަށް ހިންގުމުގެ ހުނަރުތައް ދަސްކޮށް ދިނުމަށާއި ހިންގުމުގެ ހުނަރުތައް މަސައްކަތު ދާއިރާގައި ބޭނުން ކުރެވޭނެ ގޮތްތައް އުނގަންނައިދިނުމަށެވެ. މި ކޯސް ފުރިހަމަ ކުރުމަށްފަހު އޮފީސްތަކުގައި ހިންގުމުގެ ދާއިރާގައި މަސައްކަތް ކުރުމުގެ ފުރުޞަތު ހުޅުވިގެންދާނެއެވެ.

ކޯހަށް ވަނުމަށް ބޭނުންވާ އެންމެ ދަށް މިންގަނޑު:

ހ. ޖީ.ސީ.އީ އޯ ލެވެލް 3 މާއްދާއިން ފާސްވެފައިވުން. ނުވަތަ

ށ. ޔުނިވަރސިޓީން ހިންގާ ފައުންޑޭޝަން ލެވެލް 1 ން ފާސްވެފައިވުން.

 

72. ޑިޕްލޮމާ އިން ބިޒްނަސް

މުއްދަތު: 1  އަހަރު (2 ސިމެސްޓަރ)       

ޖާގަ: 25 (ޖުމްލަ)

ކޯސް ހިންގާ ކެމްޕަހާއި ކޯސް ހިންގާނެގޮތް: ސ.ހިތަދޫ، ހަވީރު ދަންފަޅި

ތަޢާރުފު:

ބައިނަލްއަޤްވާމީ ފެންވަރުގެ ވިޔަފާރިއާބެހޭ މަޢުލޫމާތު ބައިވެރިންނަށް އުނގަންނައިދެވޭ މި ކޯހުގެ ސަބަބުން ބައިވެރިންގެ މުޢާމަލާތު ކުރުމުގެ ހުނަރާއި، ކަންކަމާމެދު ވިސްނުމުގެ ހުނަރާއި، އެއްބައިވަންތަކަމާއެކު މަސައްކަތް ކުރުމުގެ ހުނަރާއި، މައްސަލަ ޙައްލު ކުރުމުގެ ހުނަރު ތަރައްޤީ ވެއެވެ. ކިލާހުގައި ކިޔަވައިދެވޭ ފިލާވަޅުތައް މަސައްކަތުގެ މާޙައުލުގައި ބޭނުން ކުރުމުގެ ފުރުޞަތު ވެސް ކޯހުގައި ބައިވެރިންނަށް ލިއްބައިދެވެއެވެ. މި ކޯސް ނިންމާ ފަރާތްތަކަށް ވިޔަފާރީގެ ދާއިރާއިންނާއި ރިސޯޓުގެ ދާއިރާއިންނާއި ހިންގުމުގެ ދާއިރާއިން ވަޒީފާގެ ފުރުޞަތުތައް ލިބެއެވެ. އަދި މިކޯސް ފުރިހަމަކުރާ ފަރާތްތަކަށް ޑިގްރީއަށް ކިޔެވުމުގެ ފުރުޞަތު ފަހިވެގެންދެއެވެ.

ކޯހަށް ވަނުމަށް ބޭނުންވާ އެންމެ ދަށް މިންގަނޑު:

ހ. ޖީ.ސީ.އީ އޭ ލެވެލް 2 މާއްދާއިން ފާސްވެފައިވުން އަދި އިނގިރޭސިބަހުގެ ފެންވަރު ހުރިކަން އަންގައިދޭ ސަނަދެއް ނުވަތަ އެއާ އެއްފެންވަރެއްގެ ފާހެއް އޮތުން ނުވަތަ ޔުނިވަރސިޓީން ދޭ އިނގިރޭސިބަހުގެ ޓެސްޓުން ފާސްވެފައިވުން. ނުވަތަ

ށ. ޔުނިވަރސިޓީން ހިންގާ ފައުންޑޭޝަން ލެވެލް 2 ން ފާސްވެފައިވުން. ނުވަތަ

ނ. ގުޅުންހުރި ދާއިރާއަކުން އެމް.ކިޔު.އޭ ޤަބޫލު ކުރާ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު އިނގިރޭސިބަހުގެ ފެންވަރު ހުރިކަން އަންގައިދޭ ސަނަދެއް ނުވަތަ އެއާ އެއްފެންވަރެއްގެ ފާހެއް އޮތުން ނުވަތަ ޔުނިވަރސިޓީން ދޭ އިނގިރޭސިބަހުގެ ޓެސްޓުން ފާސްވެފައިވުން.

 

73. ޑިޕްލޮމާ އިން ބިޒްނަސް

މުއްދަތު: 2 އަހަރު (4 ސިމެސްޓަރ)

ޖާގަ: 90 (ޖުމްލަ)

ކޯސް ހިންގާ ކެމްޕަހާއި ކޯސް ހިންގާނެގޮތް: ކ . މާލެ، ހެނދުނު ދަންފަޅި (40 ޖާގަ)، ހދ. ކުޅުދުއްފުށި، ހަވީރު ދަންފަޅި (25 ޖާގަ)، ގދ.ތިނަދޫ، ހަވީރު ދަންފަޅި (25 ޖާގަ)

ތަޢާރުފު:

ބައިނަލްއަޤްވާމީ ފެންވަރުގެ ވިޔަފާރިއާބެހޭ މަޢުލޫމާތު ބައިވެރިންނަށް އުނގަންނައިދެވޭ މި ކޯހުގެ ސަބަބުން ބައިވެރިންގެ މުޢާމަލާތު ކުރުމުގެ ހުނަރާއި، ކަންކަމާމެދު ވިސްނުމުގެ ހުނަރާއި، އެއްބައިވަންތަކަމާއެކު މަސައްކަތް ކުރުމުގެ ހުނަރާއި، މައްސަލަ ޙައްލު ކުރުމުގެ ހުނަރު ތަރައްޤީ ވެއެވެ. ކިލާހުގައި ކިޔަވައިދެވޭ ފިލާވަޅުތައް މަސައްކަތު މާޙައުލުގައި ބޭނުން ކުރުމުގެ ފުރުޞަތު ވެސް ކޯހުގައި ބައިވެރިންނަށް ލިއްބައިދެވެއެވެ. މި ކޯސް ނިންމާ ފަރާތްތަކަށް ވިޔަފާރީގެ ދާއިރާއިންނާއި ރިސޯޓުގެ ދާއިރާއިންނާއި ހިންގުމުގެ ދާއިރާއިން ވަޒީފާގެ ފުރުޞަތުތައް ލިބެއެވެ. އަދި މިކޯސް ފުރިހަމަކުރާ ފަރާތްތަކަށް ޑިގްރީއަށް ކިޔެވުމުގެ ފުރުޞަތު ފަހިވެގެންދެއެވެ.

ކޯހަށް ވަނުމަށް ބޭނުންވާ އެންމެ ދަށް މިންގަނޑު:

ހ. ޖީ.ސީ.އީ އޯލެވެލް 3 މާއްދާއިން ފާސްވެފައިވުން. ނުވަތަ

ށ. ޔުނިވަރސިޓީން ހިންގާ ފައުންޑޭޝަން ލެވެލް 1 ން ފާސްވެފައިވުން. ނުވަތަ

ނ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ޤަބޫލު ކުރާ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން ނުވަތަ އެފެންވަރު ހުރުން.

 

74. ބެޗްލަރ އޮފް ބިޒްނަސް (މެނެޖްމަންޓް އެންޑް މާކެޓިންގ)

މުއްދަތު: 3  އަހަރު (6 ސިމެސްޓަރ)

ޖާގަ: 55 (ޖުމްލަ)

ކޯސް ހިންގާ ކެމްޕަހާއި ކޯސް ހިންގާނެގޮތް: ކ . މާލެ، ހަވީރު ދަންފަޅި (30 ޖާގަ)، ސ.ހިތަދޫ، ހަވީރު ދަންފަޅި (25 ޖާގަ)

ތަޢާރުފު:

ބައިނަލްއަޤްވާމީ ފެންވަރުގައި ވިޔަފާރިއާ ބެހޭ މަޢުލޫމާތު ބައިވެރިންނަށް އުނގަންނައިދެވޭ މި ކޯހުގެ ސަބަބުން ބައިވެރިންގެ މުޢާމަލާތު ކުރުމުގެ ހުނަރާއި، ކަންކަމާމެދު ވިސްނުމުގެ ހުނަރާއި، އެއްބައިވަންތަކަމާއެކު މަސައްކަތް ކުރުމުގެ ހުނަރާއި، މައްސަލަ ޙައްލު ކުރުމުގެ ހުނަރު ތަރައްޤީ ވެއެވެ. މި ކޯސް ނިންމާ ފަރާތްތަކަށް ވިޔަފާރީގެ ދާއިރާއިންނާއި ރިސޯޓުގެ ދާއިރާއިންނާއި ހިންގުމުގެ ދާއިރާއިން ވަޒީފާގެ ފުރުޞަތުތައް ލިބެއެވެ.

ކޯހަށް ވަނުމަށް ބޭނުންވާ އެންމެ ދަށް މިންގަނޑު:

ހ. އެމްއެންޔޫ ބިޒްނަސް ސްކޫލުން ހިންގާ ޑިޕްލޮމާ އިން ބިޒިނަސް ކޯސް ފުރިހަމަ ކޮށްފައިވުން.

 

75. ބެޗްލަރ އޮފް ބިޒްނަސް (މެނެޖްމަންޓް އެންޑް މާކެޓިންގ)

މުއްދަތު: 3  އަހަރު (6 ސިމެސްޓަރ)

ޖާގަ: 85 (ޖުމްލަ)

ކޯސް ހިންގާ ކެމްޕަހާއި ކޯސް ހިންގާނެގޮތް: ކ .މާލެ، ހަވީރު ދަންފަޅި (35 ޖާގަ)، ސ.ހިތަދޫ، ހަވީރު ދަންފަޅި (25 ޖާގަ)، ހދ.ކުޅުދުއްފުށި، ހަވީރު ދަންފަޅި (25 ޖާގަ)

ތަޢާރުފު:

ބައިނަލްއަޤްވާމީ ފެންވަރުގައި ވިޔަފާރިއާ ބެހޭ މަޢުލޫމާތު ބައިވެރިންނަށް އުނގަންނައިދެވޭ މި ކޯހުގެ ސަބަބުން ބައިވެރިންގެ މުޢާމަލާތު ކުރުމުގެ ހުނަރާއި، ކަންކަމާމެދު ވިސްނުމުގެ ހުނަރާއި، އެއްބައިވަންތަކަމާއެކު މަސައްކަތް ކުރުމުގެ ހުނަރާއި، މައްސަލަ ޙައްލު ކުރުމުގެ ހުނަރު ތަރައްޤީ ވެއެވެ. މި ކޯސް ނިންމާ ފަރާތްތަކަށް ވިޔަފާރީގެ ދާއިރާއިންނާއި ރިސޯޓުގެ ދާއިރާއިންނާއި ހިންގުމުގެ ދާއިރާއިން ވަޒީފާގެ ފުރުޞަތުތައް ލިބެއެވެ.

ކޯހަށް ވަނުމަށް ބޭނުންވާ އެންމެ ދަށް މިންގަނޑު:

ހ. ޖީ.ސީ.އީ އޭ ލެވެލް 2 މާއްދާއިން ފާސްވެފައިވުން. އަދި އިނގިރޭސިބަހުގެ ފެންވަރު ހުރިކަން އަންގައިދޭ ސަނަދެއް ނުވަތަ އެއާ އެއްފެންވަރެއްގެ ފާހެއް އޮތުން ނުވަތަ ޔުނިވަރސިޓީން ދޭ އިނގިރޭސިބަހުގެ ޓެސްޓުން ފާސްވެފައިވުން. ނުވަތަ

ށ. ޔުނިވަރސިޓީން ހިންގާ ފައުންޑޭޝަން ލެވެލް 2 ން ފާސްވެފައިވުން. ނުވަތަ

ނ. ގުޅުންހުރި ދާއިރާއަކުން އެމް.ކިޔު.އޭ ޤަބޫލު ކުރާ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު އިނގިރޭސިބަހުގެ ފެންވަރު ހުރިކަން އަންގައިދޭ ސަނަދެއް ނުވަތަ އެއާ އެއްފެންވަރެއްގެ ފާހެއް އޮތުން ނުވަތަ ޔުނިވަރސިޓީން ދޭ އިނގިރޭސިބަހުގެ ޓެސްޓުން ފާސްވެފައިވުން.

 

76. ބެޗްލަރ އޮފް މާކެޓިންގ

މުއްދަތު: 3  އަހަރު (6 ސިމެސްޓަރ)

ޖާގަ: 35

ކޯސް ހިންގާ ކެމްޕަހާއި ކޯސް ހިންގާނެގޮތް: ކ . މާލެ، ހަވީރު ދަންފަޅި

ތަޢާރުފު:

މި ކޯހަކީ މާރކެޓިންގގެ ދާއިރާގައި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އަމާޒު ކުރެވިގެން ހިންގޭ ޑިގްރީ ފެންވަރުގެ ކޯހެކެވެ. މި ކޯހުގައި ކުދިވިޔަފާރިތަކުން ފެށިގެންގޮސް ބޮޑެތި ވިޔަފާރިތަކުގެ މާކެޓިންގ ޙަރަކާތްތައް ރާވައި ހިންގުމަށް ބޭނުންވާ މަޢުލޫމާތާއި ހުނަރު ދަސްކޮށްދެވޭނެއެވެ. މިއީ ވަޒީފާގެ ފުރުޞަތު ބޮޑު މުސާރަތައް ރަނގަޅު ދާއިރާއެކެވެ.

ކޯހަށް ވަނުމަށް ބޭނުންވާ އެންމެ ދަށް މިންގަނޑު:

ހ. ޖީ.ސީ.އީ އޭ ލެވެލް 2 މާއްދާއިން ފާސްވެފައިވުން އަދި އިނގިރޭސިބަހުގެ ފެންވަރު ހުރިކަން އަންގައިދޭ ސަނަދެއް ނުވަތަ އެއާ އެއްފެންވަރެއްގެ ފާހެއް އޮތުން ނުވަތަ ޔުނިވަރސިޓީން ދޭ އިނގިރޭސިބަހުގެ ޓެސްޓުން ފާސްވެފައިވުން. ނުވަތަ

ށ. ޔުނިވަރސިޓީން ހިންގާ ފައުންޑޭޝަން ލެވެލް 2 އިން ފާސްވެފައިވުން. ނުވަތަ

ނ. ގުޅުންހުރި ދާއިރާއަކުން އެމް.ކިޔު.އޭ ޤަބޫލު ކުރާ ލެވެލް 4 އެއްގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު އިނގިރޭސިބަހުގެ ފެންވަރު ހުރިކަން އަންގައިދޭ ސަނަދެއް ނުވަތަ އެއާ އެއްފެންވަރެއްގެ ފާހެއް އޮތުން ނުވަތަ ޔުނިވަރސިޓީން ދޭ އިނގިރޭސިބަހުގެ ޓެސްޓުން ފާސްވެފައިވުން.

 

77. ބެޗްލަރ އޮފް ހިއުމަން ރިސޯސް މެނެޖްމަންޓް

މުއްދަތު: 3  އަހަރު (6 ސިމެސްޓަރ)

ޖާގަ: 35     

ކޯސް ހިންގާ ކެމްޕަހާއި ކޯސް ހިންގާނެގޮތް: ކ . މާލެ، ހަވީރު ދަންފަޅި

ތަޢާރުފު:

މުއައްޒަފުން ބެލެހެއްޓުމުގެ ހުރިހާ ހުނަރެއް ޑިގްރީ ފެންވަރަށް ކިޔަވައިދޭ މިކޯހަކީ މިހާރު ތިބި ފަރާތްތަކަށާއި އަލަށް ސްކޫލް ނިންމާ ދަރިވަރުންގެ ތެރެއިން މިދާއިރާއަށް ޝައުޤުވެރިކަން ހުންނަ ފަރާތްތަކަށް އަމާޒުކުރެވިފައިވާ ކޯހެކެވެ. ވަޒީފާއާބެހޭ ޤާނޫނު އުފެދުނު ފަހުން އޮފީސްތަކާއި ކުންފުނިތަކުން މުވައްޒަފުން ބެލެހެއްޓުމުގެ މަތީ ފެންވަރުގެ ޢިލްމާއި ފަންނު ހުރި ފަރާތްތައް މުވައްޒަފުން ބެލެހެއްޓުމުގެ ވަޒީފާއަށް ގެނައުމަށް ޚާއްޞަ ސަމާލުކަމެއްދޭކަމުން އެއީ މިކޯސް ނިންމާ ފަރާތްތަކަށް ލިބިދޭ ވަޒީފާގެ ޔަޤީންކަމެކެވެ.

ކޯހަށް ވަނުމަށް ބޭނުންވާ އެންމެ ދަށް މިންގަނޑު:

ހ. ޖީ.ސީ.އީ އޭ ލެވެލް 2 މާއްދާއިން ފާސްވެފައިވުން އަދި އިނގިރޭސިބަހުގެ ފެންވަރު ހުރިކަން އަންގައިދޭ ސަނަދެއް ނުވަތަ އެއާ އެއްފެންވަރެއްގެ ފާހެއް އޮތުން ނުވަތަ ޔުނިވަރސިޓީން ދޭ އިނގިރޭސިބަހުގެ ޓެސްޓުން ފާސްވެފައިވުން. ނުވަތަ

ށ. ޔުނިވަރސިޓީގެ ފައުންޑޭޝަން ލެވެލް 2 ން ފާސްވެފައިވުން. ނުވަތަ

ނ. ގުޅުންހުރި ދާއިރާއަކުން އެމް.ކިޔު.އޭ ޤަބޫލު ކުރާ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު އިނގިރޭސިބަހުގެ ފެންވަރު ހުރިކަން އަންގައިދޭ ސަނަދެއް ނުވަތަ އެއާ އެއްފެންވަރެއްގެ ފާހެއް އޮތުން ނުވަތަ ޔުނިވަރސިޓީން ދޭ އިނގިރޭސިބަހުގެ ޓެސްޓުން ފާސްވެފައިވުން. ނުވަތަ

ރ. އުމުރުން 20 އަހަރު ފުރިފައިވުމާއެކު ޖީސީއީ އޯލެވެލް 3 މާއްދާއިން ފާސްވެފައިވުން އަދި އެޗް.އާރް ދާޢިރާއިން މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

 

78. ބެޗްލަރ އޮފް އެކައުންޓިންގ އެންޑް ފައިނޭންސް

މުއްދަތު: 3  އަހަރު (6 ސިމެސްޓަރ)

ޖާގަ: 70 (ޖުމްލަ)

ކޯސް ހިންގާ ކެމްޕަހާއި ކޯސް ހިންގާނެގޮތް: ކ. މާލެ، ހަވީރު ދަންފަޅި (35 ޖާގަ)، ކ. މާލެ، ހެނދުނު ދަންފަޅި (35 ޖާގަ)

ތަޢާރުފު:

އޭލެވެލް ނިންމާ ފަރާތްތަކަށް އެކައުންޓިންގެ ދާއިރާއިން ކުރިއަށް ދިއުމަށް މަގުފަހިކޮށް ދިނުމަށްޓަކައި ފަރުމާ ކުރެވިފައިވާ މިކޯހުގައި ކިލާހުގެ ކިޔެވުމުގެ އިތުރުން ޢަމަލީ ދާއިރާއިން ދަރިވަރުންނަށް ތަމްރީނުދެވެއެވެ. މި ކޯސް ނިންމާ ފަރާތްތަކަށް ފައިނޭންޝަލް މެނޭޖަރުންގެ ގޮތުގައާއި އެޑްމިނިސްޓްރޭޓަރުންގެ ގޮތުގައާއި އެކައުންޓަންޓުންނާއި މެނޭޖަރުންގެ ގޮތުގައި ސަރުކާރާއި އަމިއްލަ ފަރާތްތަކުގައި މަސައްކަތުކުރުމުގެ ފުރުޞަތުތައް ފަހިވެގެންދެއެވެ.

ކޯހަށް ވަނުމަށް ބޭނުންވާ އެންމެ ދަށް މިންގަނޑު:

ހ. ޖީ.ސީ.އީ އޭ ލެވެލް 2 މާއްދާއިން ފާސްވެފައިވުން އަދި ޖީ.ސީ.އީ އޯލެވެލް 3 މާއްދާއިން ފާސްވެފައިވުން އަދި އިނގިރޭސިބަހުގެ ފެންވަރު ހުރިކަން އަންގައިދޭ ސަނަދެއް ނުވަތަ އެއާ އެއް ފެންވަރެއްގެ ފާހެއް އޮތުން. ނުވަތަ ޔުނިވަރސިޓީން ދޭ އިނގިރޭސިބަހުގެ ޓެސްޓުން ފާސްވެފައިވުން. ނުވަތަ

ށ. ޔުނިވަރސިޓީން ހިންގާ ފައުންޑޭޝަން ލެވަލް 2 އިން ފާސްވެފައިވުން. ނުވަތަ

ނ. އެމް.ކިޔު.އޭ ޤަބޫލުކުރާ ޑިޕްލޮމާއެއް ނުވަތަ އެ ފެންވަރުގެ ސަނަދެއް އިނގިރޭސި މީޑިއަމުން ހަދާފައިވުން.

 

79. އޭ.އޭ.ޓީ ސެޓުފިކެޓު އިން އެކައުންޓިންގ (ލެވެލް 2)

މުއްދަތު: 1  އަހަރު (2 ސިމެސްޓަރ)

ޖާގަ: 30 (ޖުމްލަ)

ކޯސް ހިންގާ ކެމްޕަހާއި ކޯސް ހިންގާނެގޮތް: ހދ.ކުޅުދުއްފުށި، ހަވީރު ދަންފަޅި (15 ޖާގަ)، ސ.ހިތަދޫ، ހަވީރު ދަންފަޅި (15 ޖާގަ)

ތަޢާރުފު:

އެކައުންޓިންގ އާއި ފައިނޭންސް ދާއިރާގެ ހުނަރުތަކާއި މަޢުލޫމާތު ބައިވެރިންނަށް ދަސްކޮށްދެވޭ މިކޯހަކީ މި ދާއިރާގެ ގިނަ ވަޒީފާތަކަކަށް ބައިވެރިން ތައްޔާރު ކޮށްދޭ ކޯހެކެވެ. މި ކޯހުގެ ޛަރީޢާއިން ބައިވެރިންނަށް މަސައްކަތުގެ މާޙައުލަށް ބޭނުންވާ ހުނަރާއި މަޢުލޫމާތު ދަސްކޮށްދެވެއެވެ. އަދި މި ދާއިރާއަކީ މާލެއާއި އަތޮޅުތެރޭގައިވެސް ވަޒީފާގެ ފުރުޞަތުތައް ގިނަ، ބޮޑު މުސާރަ ލިބޭ ވަޒީފާތަކެއް ހިމެނޭ ދާއިރާއެކެވެ.

ކޯހަށް ވަނުމަށް ބޭނުންވާ އެންމެ ދަށް މިންގަނޑު:

ހ. ގްރޭޑް 10 ނިންމާފައިވުން. ނުވަތަ

ށ. އުމުރުން 18 އަހަރު ފުރިފައވުމާއެކު ގުޅުންހުރި ދާއިރާއަކުން 1 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

 

80. އޭ.އޭ.ޓީ ޑިޕްލޮމާ އިން އެކައުންޓިންގ (ލެވެލް 4،3)

މުއްދަތު: 1.5  އަހަރު (3 ސިމެސްޓަރ)

ޖާގަ: 85 (ޖުމްލަ)

ކޯސް ހިންގާ ކެމްޕަހާއި ކޯސް ހިންގާނެގޮތް: ކ. މާލެ، ހަވީރު ދަންފަޅި (30 ޖާގަ)، ކ. މާލެ، ހެނދުނު ދަންފަޅި (30 ޖާގަ), ސ.ހިތަދޫ، ހަވީރު ދަންފަޅި (25 ޖާގަ)

ތަޢާރުފު:

އެކައުންޓިންގ އާއި ފައިނޭންސް ދާއިރާގެ ހުނަރުތަކާއި މަޢުލޫމާތު ބައިވެރިންނަށް ދަސްކޮށްދެވޭ މިކޯހަކީ މި ދާއިރާގެ ގިނަ ވަޒީފާތަކަަކަށް ބައިވެރިން ތައްޔާރު ކޮށްދޭ ކޯހެކެވެ. މި ކޯހުގެ ޛަރީޢާއިން ބައިވެރިންނަށް މަސައްކަތުގެ މާޙައުލަށް ބޭނުންވާ ހުނަރާއި މަޢުލޫމާތު ދަސްކޮށްދެވެއެވެ. އަދި މި ދާއިރާއަކީ މާލެއާއި އަތޮޅުތެރޭގައިވެސް ވަޒީފާގެ ފުރުޞަތުތައް ގިނަ، ބޮޑު މުސާރަ ލިބޭ ވަޒީފާތަކެއް ހިމެނޭ ދާއިރާއެކެވެ.

ކޯހަށް ވަނުމަށް ބޭނުންވާ އެންމެ ދަށް މިންގަނޑު:

ހ. އެކައުންޓިންގގެ އިތުރުން އިނގިރޭސި ނުވަތަ ހިސާބު ހިމެނޭގޮތަށް ޖީ.ސީ.އީ އޯލެވަލް/ އެސް.އެސް.ސީ 3 މާއްދާއިން ފާސްވެފައިވުން. ނުވަތަ

ށ. އެކައުންޓިންގ ދާއިރާގެ ވަޒިފާއެއްގައި މަދުވެގެން 2 އަހަރު ދުވަހު މަސައްކަތް ކޮށްފައިވުން އަދި އުމުރުން 21 އަހަރު ވެފައިވުން އަދި ޖީ.ސީ.އީ އޯލެވެލް/އެސް.އެސް.ސީ ގެ ކޮންމެވެސް މާއްދާއަކުން ފާސްވެފައިވުން އަދި ޔުނިވަރސިޓީން ދޭ އިނގިރޭސިބަހުގެ އިމްތިޙާނަކުން ފާސްވެފައިވުން.

 

ސެންޓަރ ފޮރ މެރިޓައިމް ސްޓަޑީޒް

81. ސެޓުފިކެޓު 2 އިން މެރިން އޮޕަރޭޝަންސް (ކޯސްޓަލް)

މުއްދަތު: 0.5 އަހަރު (1 ސިމެސްޓަރ)

ޖާގަ: 30 (ޖުމްލަ)

ކޯސް ހިންގާ ކެމްޕަހާއި ކޯސް ހިންގާނެގޮތް: ކ . މާލެ

ތަޢާރުފު:

މިއީ ރާއްޖޭގެ އެތެރޭގައި ދަތުރުފަތުރުކުރާ އުޅަނދުފަހަރުގައި މަސައްކަތްކުރާ މީހުން ތަމްރީނު ކުރުމަށް ދިވެހިބަހުން ހިންގާ ކޯހެކެވެ. މި ކޯހުގައި ނެވިކަމުގެ ރޮނގުންނާއި، އުޅަނދާއި، އުފުލާ މުދަލާއި، އަދި ފަސިންޖަރުންގެ ސަލާމަތާއި ރައްކާތެރިކަމާބެހޭ ރޮނގުތަކުން ބައިވެރިން ތަމްރީނު ކުރުވެއެވެ.

ކޯހަށް ވަނުމަށް ބޭނުންވާ އެންމެ ދަށް މިންގަނޑު:

ހ. ފަށާ ތަޢުލީމު ހާސިލުކޮށްފައިވުން ނުވަތަ އެފެންވަރު ހުރުން. ނުވަތަ

ށ. ގުޅޭ ދާއިރާއަކުން އެމް.އެން.ކިޔު.އެފް ލެވެލް 1 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ

ނ. އުމުރުން 18 އަހަރު ފުރިފައިވުމާއެކު ގުޅުންހުރި ދާއިރާއަކުން 1 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުންް އަދި ދިވެހިބަހުން ލިޔަން ކިޔަން އެނގުން.

 

82. ސެޓުފިކެޓު 3 އިން މެރިން އޮޕަރޭޝަންސް

މުއްދަތު: 0.5 އަހަރު (1 ސިމެސްޓަރ)

ޖާގަ: 30 (ޖުމްލަ)

ކޯސް ހިންގާ ކެމްޕަހާއި ކޯސް ހިންގާނެގޮތް: ކ . މާލެ

ތަޢާރުފު:

މި ކޯހުގައި އާގު ބޯޓުގެ ނެވިކަމުގެ ރޮނގުން ބައިވެރިން ތަމްރީނު ކުރުވެއެވެ. ބޯޓު ދަތުރު ކުރުމަކީ ރަނގަޅު މަންފާއެއް ލިބޭ މަސައްކަތެކެވެ. މިއީ ރާއްޖޭގެ އެތެރޭގެ ދަތުރުތަކަށް ވެސް ވަރަށް ބޭނުންތެރި ކޯހެކެވެ.

ކޯހަށް ވަނުމަށް ބޭނުންވާ އެންމެ ދަށް މިންގަނޑު:

ހ. ފަށާ ތަޢުލީމު ހާސިލުކޮށްފައިވުން ނުވަތަ އެމް.އެން.ކިޔު.އެފް. ގެ ލެވެލް 2 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ

ށ. އުމުރުން 18 އަހަރު ފުރިފައިވުމާއެކު ކޯސްޓަލް ނެވިގޭޝަން ކޯހުގެ ސަނަދު ހާސިލުކޮށްފައިވުން އަދި ދަށްވެގެން 100 ގްރޮސް ޓަނޭޖްގެ، ނުވަތަ ކުރުވެގެން 24 މީޓަރުގެ، ނުވަތަ މަދުވެގެން 12 ފަސިންޖަރުންގެ އުޅަނދެއްގައި މާސްޓަރ ނުވަތަ ނެވިގޭޓިންގ އޮފިސަރެއްގެ ގޮތުގައި 36 މަސްދުވަހުގެ ކަނޑުމަތީގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

ނ. ޞައްޙަކަން ބެލިފައިވާ 36 މަސްދުވަހަށްވުރެ މަދުނޫން މުއްދަތެއްގެ ކަނޑުމަތީގެ ތަޖުރިބާ 500 ގްރޮސް ޓަނާއި މިއަށްވުރެ ބޮޑު އާގުބޯޓުފަހަރުގެ ޑެކް ޑިޕާޓްމަންޓްގެ ދާއިރާއިން ލިބިފައިވުން. (މީގެ ތެރޭގައި 6 މަސްދުވަހުގެ ނެވިކަމުގެ ޑިއުޓީ ބެލެހެއްޓުމުގެ ތަޖުރިބާ ލިބިފައިވުން). ނުވަތަ

ރ. ޞައްޙާކަން ބެލިފައިވާ 1 އަހަރު ދުވަހަށްވުރެ މަދުނޫން މުއްދަތެއްގެ ތަމްރީނު ޕްރޮގްރާމެއް އާގުބޯޓުފަހަރުގެ ޑެކް ޑިޕާޓްމަންޓްގެ ދާއިރާއިން ފުރިހަމަކޮށް ތަމްރީން ރެކޯޑް ފޮތެއްގައި ރެކޯޑް ކުރެވިފައި އޮތުން.

ނޯޓް: ކަނޑުމަތީ ތަޖުރިބާ ހުރިކަން ދައްކާދޭ ލިޔުމެއް (letter of eligibility) ޓްރާންސްޕޯޓް އޮތޯރިޓީ އިން ހޯދާ އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންވާނެއެވެ.

 

83. ސެޓުފިކެޓު 4 އިން މެރިން އޮޕަރޭޝަންސް

މުއްދަތު: 1 އަހަރު (2 ސިމެސްޓަރ)

ޖާގަ: 30

ކޯސް ހިންގާ ކެމްޕަހާއި ކޯސް ހިންގާނެގޮތް: ކ . މާލެ

ތަޢާރުފު:

މި ކޯހުގައި އާގު ބޯޓުގެ ނެވިކަމުގެ ރޮނގުން ބައިވެރިން ތަމްރީނު ކުރުވެއެވެ. ބޯޓު ދަތުރު ކުރުމަކީ ރަނގަޅު މަންފާއެއް ލިބޭ މަސައްކަތެކެވެ. މިއީ ރާއްޖޭގެ އެތެރޭގެ ދަތުރުތަކަށް ވެސް ވަރަށް ބޭނުންތެރި ކޯހެކެވެ.

ކޯހަށް ވަނުމަށް ބޭނުންވާ އެންމެ ދަށް މިންގަނޑު:

ހ. ސާނަވީ މަދަރުސާ ނިންމާފައިވުން ނުވަތަ ސެޓުފިކެޓު 3 ގުޅޭ ދާއިރާއަކުން އޮތުން. ނުވަތަ

ށ. ގްރޭޑް 7 ނިންމާފައިވުމާއި ޢުމުރުން 18 އަހަރު ވެފައިވުމާއި ބޯޓުދަތުރުކުރުމުގެ ދާއިރާގައި އެއް އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން އިންޓަރވިޔުއަކުން ކަށަވަރުވުން. ނުވަތަ

ނ. އެސް.ޓީ.ސީ ޑަބްލިޔޫ ކޯޑުގެ ސެކްޝަން A-II/I އަށް ފެތޭ ޓްރޭނިންގ ޕްރޮގްރާމެއްގެ ދަށުން ބޯޓެއްގައި މަދުވެގެން 12 މަސްދުވަހު އުޅެފައިވާކަން ޓްރޭނިން ރެކޯޑު ފޮތަކުން ހާމަވުން. ނުވަތަ

ރ. 36 މަސްދުވަހުގެ ބޯޓު ދަތުރު ކުރުމުގެ ޤަބޫލުކުރެވޭ ތަޖުރިބާ ހުރުން އަދި މި ތަޖުރިބާ ހޯދުމުގައި މާސްޓަރ އެއް ނުވަތަ ކޮލިފައިޑް އޮފިސަރެއްގެ ބެލުމުގެ ދަށުން 6 މަސްދުވަސް ވަންދެން ބްރިޖްގެ ވޮޗް ކީޕިންގ ޑިޔުޓީ އަދާ ކޮށްފައިވުން.

ނޯޓް: 1. ޝަރުޠު ހ އާއި ޝަރުޠު ރ އިން ކޯހަށް ވަނުމަށް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިޔުނިކޭޝަންސް އިން 500 ގްރޮސް ޓޮންއަށް ވުރެ ބޮޑެތި ބޯޓުފަހަރުގައި ތަޖުރިބާ ލިބިފައިވާ ކަމުގެ ލިޔުމެއް ބޭނުންވާނެއެވެ. letter of eligibility

    2. ޝަރުޠު ހ އާއި ޝަރުޠު ށ ން ކޯހަށް ވަދެ ކޯސް ފުރިހަމަކުރާ ފަރާތްތަކަށް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިޔުނިކޭޝަންސްގެ ޓްރާންސްޕޯޓް އޮތޯރިޓީން ކަނޑައަޅާ ޝަރުޠު ނ ނުވަތަ ރ ގައިވާ ތަޖުރިބާ ބޭނުންވާނެއެވެ.

    3. ކޯސް ނިންމާ ދަރިވަރުންނަށް 500 ގްރޮސް ޓޮނޭޖަށް ވުރެ ބޮޑެތި އާގުބޯޓުފަހަރުގެ އޮފިސަރ އިން ޗާރޖް އޮފް އަ ނެވިގޭޝަނަލް ވޮޗްގެ ސަނަދު ލިބޭނީ އެސް.ޓީ.ސީ ޑަބްލިޔޫގެ ރެގިޔުލޭޝަން 1/9 އަދި ކޯޑްގެ ސެކްޝަން A-1/9 ގެ މެޑިކަލް ސްޓޭންޑަރޑަށް ދަރިވަރުން ފެތޭނަމައެވެ.

 

84. ސެޓުފިކެޓު 3 އިން މެރިން އިންޖިނިއަރިންގ

މުއްދަތު: 0.5  އަހަރު (1 ސިމެސްޓަރ)

ޖާގަ: 30

ކޯސް ހިންގާ ކެމްޕަހާއި ކޯސް ހިންގާނެގޮތް: ކ . މާލެ

ތަޢާރުފު:

މި ކޯހުގައި އާގު ބޯޓުގެ އިންޖީނޭރުކަމުގެ ރޮނގުން ބައިވެރިން ތަމްރީނު ކުރުވެއެވެ. ބޯޓު ދަތުރު ކުރުމަކީ ރަނގަޅު މަންފާއެއް ލިބޭ މަސައްކަތެކެވެ. މިއީ ރާއްޖޭގެ އެތެރޭގެ ދަތުރުތަކަށް ވެސް ވަރަށް ބޭނުންތެރި ކޯހެކެވެ.

ކޯހަށް ވަނުމަށް ބޭނުންވާ އެންމެ ދަށް މިންގަނޑު:

ހ. ފަށާ ތަޢުލީމު ހާސިލުކޮށްފައިވުން ނުވަތަ އެމް.އެން.ކިޔު.އެފް. ގެ ލެވެލް 2 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ

ށ. އުމުރުން 18 އަހަރު ފުރިފައިވުމާއެކު މަދުވެގެން 750 ކިލޯވޮޓްގެ އިންޖީނެއް ހުރި އާގުބޯޓެއްގެ އިންޖީން ރޫމުގައި މަދުވެގެން 36 މަސްދުވަހުގެ ކަނޑުމަތީގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

ނޯޓް: މި ކޯހަށް ކުރިމަތިލާ ހުރިހާ ފަރާތްތަކުންވެސް ވޭތުވެދިޔަ 6 މަސްދުވަހުގެ ތެރޭގައި ހައްދާފައިވާ މެޑިކަލް ސެޓުފިކެޓެއް ހުށަހަޅަންޖެހޭނެއެވެ. އަދި ކަނޑުމަތީ ތަޖުރިބާ ހުރިކަން ދައްކައިދޭ ލިޔުމެއް (letter of eligibility) ޓްރާންސްޕޯޓް އޮތޯރިޓީން ހޯދާ އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންވާނެއެވެ.

 

ސެންޓަރ ފޮރ އޯޕަން ލަރނިންގ

 

85. އިންގްލިޝް ފޮރ ފަރދަރ ސްޓަޑީޒް

މުއްދަތު: 0.5 އަހަރު (1 ސިމެސްޓަރ)

ޖާގަ: 510 (ޖުމްލަ)

ކޯސް ހިންގާނެގޮތް: ޑިސްޓަންސް މޯޑް

ކޯސް ހިންގުމަށް ހަމަޖެހިފައިވާ ސެންޓަރާއި ސެންޓަރުތަކަށް ކަނޑައެޅިފައިވާ ޖާގަ:

ކ. މާލެ (150 ޖާގަ)                 ހއ. ދިއްދޫ (20 ޖާގަ)

ހދ. ކުޅުދުއްފުށި (60 ޖާގަ)            ށ. މިލަންދޫ (20 ޖާގަ)               ޅ. ނައިފަރު (20 ޖާގަ)

ދ. މީދޫ (20 ޖާގަ)                  ރ. ދުވާފަރު (20 ޖާގަ)              ފ. ނިލަންދޫ (20 ޖާގަ)        

ލ. ގަން (30 ޖާގަ)                 ގއ. ވިލިނގިލި (20 ޖާގަ)             ގދ. ތިނަދޫ (60 ޖާގަ)        

ސ. ހިތަދޫ (30 ޖާގަ)                ޏ. ފޯއްމުލައް (20 ޖާގަ)              ނ. ކެނދިކުޅުދޫ (20 ޖާގަ)

ތަޢާރުފު:

މި ކޯހަކީ އިނގިރޭސި ބަހުން ކިޔަވައިދޭ ކޯހަކަށް ވަންނަ ފެންވަރު ނެތް ފަރާތްތަކަށް މަތީ ތަޢުލީމުގައި ކުރިއަށް ދިއުމަށް ބޭނުންވާ ފެންވަރަށް އިނގިރޭސިބަސް އުނގަންނައިދިނުމަށް އަމާޒު ކުރެވިގެން ހިންގާ ކޯހެކެވެ. ޔުނިވަރސިޓީގެ ކޯސްތަކަށް ދަރިވަރުން ހޮވާއިރު މި މާއްދާއިން ފާސްވެފައިވާނަމަ އެ ފާސް، އޯލެވެލް އާ އެއް ފެންވަރެއްގެ ފާހެއް ކަމުގައި ބެލެވޭނެއެވެ.

ކޯހަށް ވަނުމަށް ބޭނުންވާ އެންމެ ދަށް މިންގަނޑު:

ހ. ގްރޭޑް 10 ނިންމާފައިވުން ނުވަތަ އެއާ އެއް ފެންވަރެއްގެ ފާހެއް އޮތުން. ނުވަތަ

ށ. ސީ.ސީ.އީން ހިންގާ އިނގިރޭސިބަހުގެ ސެޓުފިކެޓު 1، 2. 3 ފުރިހަމަ ކޮށްފައިވުން. ނުވަތަ

ނ. ސެންޓަރ ފޯރ އޯޕަން ލާރނިންގއިން ދޭ ގްރޭޑް 10 ފެންވަރުގެ އިނގިރޭސި ޓެސްޓަކުން ފާސްވެފައިވުން.

ނޯޓް: ކޯސް ހެދުމަށް ގަސްދުކުރާ ސެންޓަރުގެ ކޯހަށް އެދި ހުށަހަޅާ ފޯމުގައި ބަޔާންކުރަން ވާނެއެވެ. އަދި މި ކޯސް ކޮންމެ ސެންޓަރެއްގައިވެސް ހިންގޭނީ އެ ސެންޓަރެއްގައި މަދުވެގެން 10 ދަރިވަރުން ރަޖިސްޓަރީވާނަމައެވެ.

 

86. އެޑްވާންސްޑް ސެޓުފިކެޓު އިން ހިއުމަން ރިސޯސަސް މެނެޖްމަންޓް

މުއްދަތު: 1.5  އަހަރު (3 ސެމިސްޓަރ)

ޖާގަ: 250 (ޖުމްލަ)

ކޯސް ހިންގާނެ ގޮތް: ޑިސްޓަންސް މޯޑް 

ކޯސް ހިންގާ ކެމްޕަހާއި ހިންގާނެގޮތް: ކ. މާލެ (30 ޖާގަ)، ހދ. ކުޅުދުއްފުށި (30 ޖާގަ)، ލ. ގަން (30 ޖާގަ)، ގދ. ތިނަދޫ (30 ޖާގަ)، ސ. ހިތަދޫ (30 ޖާގަ)، ނ.ކެނދިކުޅުދޫ (25 ޖާގަ)، ފ.ނިލަންދޫ (25 ޖާގަ)، ގއ.ވިލިނގިލި (25 ޖާގަ)، ޅ.ނައިފަރު (25 ޖާގަ)

ތަޢާރުފު:

މި ކޯހަކީ އިންސާނީ ވަސީލަތްތައް ބެލެހެއްޓުމުގެ ހުނަރު ކޯހުގެ ބައިވެރިންނަށް އުނގަންނައިދިނުމަށްޓަކައި ފަރުމާ ކުރެވިފައިވާ ކޯހެކެވެ. މި ކޯސް އަމާޒު ކުރެވިފައިވަނީ އޮފީސްތަކުގައި އުޅޭ އިދާރީ މަސައްކަތްކުރާ ފަރާތްތަކަށް އަމާޒު ކޮށްގެންނެވެ. މިކޯހުގައި ވަޒީފާގައި އުޅޭ މުވައްޒަފުންނަށް ވަޒީފާގައި ދެމިހުރެވޭނެ ގޮތާއި ކުރިއަށް ދިއުމުގެ ގޮތްތަކުގެ މަޢުލޫމާތާއި ހުނަރު އުނގަންނައިދެވެއެވެ. އަދި މީގެ އިތުރުން ޒަމާނީ ވިޔަފާރީގެ މުޢާމަލާތުތައް ހިންގާނެގޮތް ދަސްކޮށްދެވެއެވެ.

ކޯހަށް ވަނުމަށް ބޭނުންވާ އެންމެ ދަށް މިންގަނޑު:

ޖީ.ސީ.އީ އޯލެވެލް/އެސް.އެސް.ސީ 3 މާއްދާއިން ފާސްވެފައިވުން.

ނޯޓް:މި ކޯސް ކޮންމެ ކެމްޕަހެއްގައިވެސް ހިންގޭނީ އެ ކެމްޕަހެއްގައި މަދުވެގެން 10 ދަރިވަރުން ރަޖިސްޓަރީ ވާނަމައެވެ.

 

87. އެޑްވާންސްޑް ޑިޕްލޮމާ އިން އެޑިޔުކޭޝަން (އާރލީ  ޗައިލްޑްހުޑް)

މުއްދަތު: 2.5 އަހަރު (5 ސިމެސްޓަރ)

ޖާގަ: 120 (ޖުމްލަ)

ކޯސް ހިންގާނެގޮތް: ޑިސްޓަންސް މޯޑް         

ކޯސް ހިންގާ ކެމްޕަސް: ޏ.ފުވައްމުލައް (20 ޖާގަ)، ނ.ކެނދިކުޅުދޫ (20 ޖާގަ)، ދ.ކުޑަހުވަދޫ (20 ޖާގަ)، ގއ.ވިލިނގިލި (20 ޖާގަ)، ރ.ދުވާފަރު (20 ޖާގަ)، ބ.އޭދަފުށި (20 ޖާގަ)

ތަޢާރުފު:

މި ކޯހަކީ ޕްރީ ސްކޫލް މުދައްރިސުން ތަމްރީނު ކުރުމަށްޓަކައި ފަރުމާ ކުރެވިފައިވާ ކޯހެކެވެ. މިކޯހުގައި ޕްރީ ސްކޫލް އުމުރުފުރާގެ ދަރިވަރުންނަށް ކިޔަވައިދިނުމުގެ ހުނަރުތައް، ބައިވެރިންނަށް އުނގަންނައިދެވެއެވެ. އަދި އެންމެ ފަހުގެ ތަޢުލީމީ ދިރާސާތަކުގެ އަލީގައި ބައިވެރިންނަށް ކިޔަވައިދެވެއެވެ. މިކޯހަކީ މި ދާއިރާއަށް ޝައުޤުވެރިވާ ފަރާތްތަކަށް، ރަނގަޅު އާމްދަނީއެއް ހޯދުމުގެ ގޮތުން އަމިއްލަ ރަށުގައި ހެދިދާނެ ކޯހެކެވެ.

ކޯހަށް ވަނުމަށް ބޭނުންވާ އެންމެ ދަށް މިންގަނޑު:

ހ. ޖީ.ސީ.އީ އޭ ލެވެލް/އެޗް.އެސް.ސީ 2 މާއްދާއިން ފާސްވެފައިވުން ނުވަތަ އެފެންވަރު ހުރުން. ނުވަތަ

ށ. އެމް.ކިޔު.އޭ ޤަބޫލުކުރާ ސެޓުފިކެޓު ލެވެލް 4 ގެ ސަނަދެއް އާރލީ ޗައިލްޑްހުޑް އެޑިއުކޭޝަން ދާއިރާއިން ހާސިލުކޮށްފައިވުން. ނުވަތަ

ނ. ބެޗްލަރ އޮފް އެޑިޔުކޭޝަން އިން އާރލީ ޗައިލްޑްހުޑް ކޯހަށް އަމާޒު ކޮށްގެން ޔުނިވަރސިޓީން ހިންގާ ފައުންޑޭޝަން ސްޓަޑީޒް ލެވެލް 2 ން ފާސްވެފައިވުން.

ނޯޓް: މި ކޯސް ކޮންމެ ކެމްޕަހެއްގައިވެސް ހިންގޭނީ އެ ކެމްޕަހެއްގައި މަދުވެގެން 10 ދަރިވަރުން ރަޖިސްޓަރީވާނަމައެވެ.

 

88. ޑިޕްލޮމާ އިން ބިޒްނަސް

މުއްދަތު: 2.5  އަހަރު (5 ސިމެސްޓަރ)

ޖާގަ: 150 (ޖުމްލަ)

ކޯސް ހިންގާނެގޮތް:ޑިސްޓަންސް މޯޑް

ކޯސް ހިންގާ ކެމްޕަހާއި ސެންޓަރ:ކ. މާލެ (30 ޖާގަ)، ހދ. ކުޅުދުއްފުށި (30 ޖާގަ)، ބ. އޭދަފުށި (30 ޖާގަ)، ގދ.ތިނަދޫ (30 ޖާގަ)، ދ. ކުޑަހުވަދޫ (30 ޖާގަ)، ޏ.ފުވައްމުލައް (30 ޖާގަ)

ތަޢާރުފު:

ބައިނަލްއަޤްވާމީ ފެންވަރުގެ ވިޔަފާރިއާ ބެހޭ މަޢުލޫމާތު ބައިވެރިންނަށް އުނގަންނައިދެވޭ މި ކޯހުގެ ސަބަބުން ބައިވެރިންގެ މުޢާމަލާތު ކުރުމުގެ ހުނަރާއި، ކަންކަމާމެދު ވިސްނުމުގެ ހުނަރާއި، އެއްބައިވަންތަކަމާއެކު މަސައްކަތް ކުރުމުގެ ހުނަރާއި، މައްސަލަ ޙައްލު ކުރުމުގެ ހުނަރު ތަރައްޤީ ވެއެވެ. ކިލާހުގައި ކިޔަވައިދެވޭ ފިލާވަޅުތައް މަސައްކަތުގެ މާޙައުލުގައި ބޭނުންކުރުމުގެ ފުރުޞަތު ވެސް ކޯހުގައި ބައިވެރިންނަށް ލިއްބައި ދެވެއެވެ. މި ކޯސް ނިންމާ ފަރާތްތަކަށް ވިޔަފާރީގެ ދާއިރާއިންނާއި ރިސޯޓުގެ ދާއިރާއިންނާއި ހިންގުމުގެ ދާއިރާއިން ވަޒީފާގެ ފުރުޞަތުތައް ލިބެއެވެ. އަދި މިކޯސް ފުރިހަމަކުރާ ފަރާތްތަކަށް ޑިގްރީއަށް ކިޔެވުމުގެ ފުރުޞަތު ފަހިވެގެންދެއެވެ.

ކޯހަށް ވަނުމަށް ބޭނުންވާ އެންމެ ދަށް މިންގަނޑު:

ހ. ޖީ.ސީ.އީ އޯލެވަލް 3 މާއްދާއިން ފާސްވެފައިވުން. ނުވަތަ

ށ. ޔުނިވަރސިޓީން ހިންގާ ފައުންޑޭޝަން ލެވެލް 1 ން ފާސްވެފައިވުން. ނުވަތަ

ނ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ޤަބޫލުކުރާ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން ނުވަތަ އެފެންވަރު ހުރުން.

ނޯޓް: މި ކޯސް ކޮންމެ ކެމްޕަހެއްގައިވެސް ހިންގޭނީ އެ ކެމްޕަހެއްގައި މަދުވެގެން 10 ދަރިވަރުން ރަޖިސްޓަރީވާނަމައެވެ.

 

89. ޑިޕްލޮމާ އިން ޖުޑިޝަލް އެޑްމިނިސްޓްރޭޝަން

މުއްދަތު: 2 އަހަރު (4 ސިމެސްޓަރ)

ޖާގަ: 110 (ޖުމްލަ)

ކޯސް ހިންގާނެގޮތް:ޑިސްޓަންސް މޯޑް - ދިވެހިބަސް  

ކޯސް ހިންގާ ކެމްޕަސް: ކ. މާލެ (30 ޖާގަ)، ހދ. ކުޅުދުއްފުށި (20 ޖާގަ)، ލ.ގަން ކެމްޕަސް (20 ޖާގަ)، ގދ. ތިނަދޫ (20 ޖާގަ)، ސ. ހިތަދޫ (20 ޖާގަ)

ތަޢާރުފު:

މި ކޯހަކީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ އިދާރީ މަސައްކަތް ކުރުމުގެ މަސައްކަތްކުރާ މުވައްޒަފުންނަށް އަމާޒުކުރެވިގެން، މެނެޖްމަންޓާއި ޖުޑީޝަލް ސިސްޓަމްގެ އެންމެފަހުގެ މަޢުލޫމާތާއި ހުނަރު ދަސްކޮށްދިނުމަށް ދިވެހިބަހުން ހިންގޭ ކޯހެކެވެ. މިކޯސް އަމާޒުކުރެވިފައިވަނީ ޖުޑިޝަރީގެ އެކި ދާއިރާތަކުގައި މިހާރު ވަޒީފާ އަދާކުރާ މުވައްޒަފުންނަށާއި އަލަށް މިދާއިރާއަށް ނިކުންނަން ޝައުޤުވެރިވާ ފަރާތްތަކަށެވެ. މިކޯހުގައި ކިޔަވައިދެވޭ ބައިތަކުގެ ތެރޭގައި މެނެޖްމަންޓްގެ އެކިއެކި ހުނަރުތަކާއި މުޢާމަލާތުކުރާނެ ގޮތްތަކާއި ކޯޓްތަކުގެ އިދާރީ ކަންކަން މެނޭޖްކުރާނޭގޮތް ހިމެނެއެވެ.

ކޯހަށް ވަނުމަށް ބޭނުންވާ އެންމެ ދަށް މިންގަނޑު:

ހ. ޖީ.ސީ.އީ އޭލެވެލް/އެޗް.އެސް.ސީ އިމްތިޙާންތަކުން 2 މާއްދާއިން ފާސްވެފައިވުން. ނުވަތަ

ށ. ޖުޑިޝަލް އެޑްމިނިސްޓްރޭޝަން ދާއިރާއިން އެމް.އެން.ކިޔު.އެފް ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ

ނ. ގްރޭޑް 10 ނިންމާފައި އޮތުން އަދި ޔުނިވަރސިޓީން ހިންގާ ފައުންޑޭޝަން ސްޓަޑީޒް ލެވެލް 2 ން ފާސްވެފައިވުން. ނުވަތަ

ރ. އުމުރުން 20 އަހަރުވުމާއި ޖީ.ސީ.އީ އޯލެވެލް / އެސް.އެސް.ސީ އިމްތިޙާންތަކުން 1 މާއްދާއިން ފާސްވެފައިވުމާއެކު 4 އަހަރު ދުވަހު ގާނޫނީ ދާއިރާގައި މަސައްކަތް ކޮށްފައިވުން.

ނޯޓް: މި ކޯސް ކޮންމެ ކެމްޕަހެއްގައިވެސް ހިންގޭނީ އެ ކެމްޕަހެއްގައި މަދުވެގެން 10 ދަރިވަރުން ރަޖިސްޓަރީވާނަމައެވެ.

 

ސެންޓަރ ފޮރ އޯޕަން ލަރނިންގ

90. ފައުންޑޭޝަން ސްޓަޑީޒް ލެވެލް 2: އެޑްވާންސްޑް ޑިޕްލޮމާ/ބެޗްލަރ އޮފް ޓީޗިންގ ސެކަންޑަރީ

މުއްދަތު: 1 އަހަރު (2 ސިމެސްޓަރ)

ޖާގަ: 210

ކޯސް ހިންގާ ކެމްޕަސް:ކ. މާލެ (30 ޖާގަ)، ހދ. ކުޅުދުއްފުށި (30 ޖާގަ)، ސ. ހިތަދޫ (30 ޖާގަ)

ކޮމްބިނޭޝަންތަކަށް ޖާގަތައް ކަނޑައެޅިފައިވާގޮތް (ހަމައެކަނި މާލެއަށް)

  މެތަމެޓިކްސް އާއި ބަޔޮލޮޖީ (10)              ކެމިސްޓްރީ އާއި މެރިން ބަޔޮލޮޖީ (15)

  މެތަމެޓިކްސް އާއި ފިޒިކްސް(15)              މެތަމެޓިކްސް އާއި މެރިން ބަޔޮލޮޖީ (10)

  ބަޔޮލޮޖީ އާއި ކެމިސްޓްރީ (15)               ބަޔޮލޮޖީ އާއި ފިޒިކްސް (10)

  ބަޔޮލޮޖީ އާއި މެރިން ބަޔޮލޮޖީ (10)            ކެމިސްޓްރީ އާއި ފިޒިކްސް (15)

ކޮމްބިނޭޝަންތަކަށް ޖާގަތައް ކަނޑައެޅިފައިވާގޮތް (ކެމްޕަސްތަކަށް)

  އެކައުންޓިންގ އާއި ބިޒްނަސް ސްޓަޑީޒް (15)                 އެކައުންޓީންގ އާއި އިކޮނިމިކްސް (10)

  ބިޒްނަސް ސްޓަޑީޒް އާއި އިކޮނިމިކްސް (15)                 މެތަމެޓިކްސް އާއި އެކައުންޓިންގ (10)

  މެތަމެޓިކްސް އާއި އިކޮނޮމިކްސް (5)

ކޯހަށް ވަނުމަށް ބޭނުންވާ އެންމެ ދަށް މިންގަނޑު:

ކިޔަވައިދޭން ޚާއްޞަވާ މާއްދާ ކޮމްބިނޭޝަން ނުވަތަ އެއާ ގުޅުންހުރި 2 މާއްދާއާއި އެސް.އެސް.ސީ ދިވެހި ހިމެނޭ ގޮތަށް ޖީ.ސީ.އީ އޯލެވެލް/އެސް.އެސް.ސީ 3 މާއްދާއިން ފާސްވެފައިވުން.

 

91. ފައުންޑޭޝަން ސްޓަޑީޒް ލެވެލް 2: ބީއޭޓެފްލް / ބީއެޑް އިންގްލިޝް

މުއްދަތު: 1  އަހަރު (2 ސިމެސްޓަރ)

ޖާގަ:  90 (ޖުމްލަ)

ކޯސް ހިންގާ ކެމްޕަހާއި ކޯސް ހިންގާނެގޮތް: ކ . މާލެ، ފުލް-ޓައިމް (30 ޖާގަ)، ހދ.ކުޅުދުއްފުށި (30 ޖާގަ)، ސ.ހިތަދޫ (30 ޖާގަ)

ކޯހަށް ވަނުމަށް ބޭނުންވާ އެންމެ ދަށް މިންގަނޑު:

ޖީ.ސީ.އީ އޯލެވެލް އިނގިރޭސި ހިމެނޭ ގޮތަށް ޖީ.ސީ.އީ އޯލެވެލް/އެސް.އެސް.ސީ އިމްތިޙާނުތަކުން 3 މާއްދާއިން ފާސްވެފައިވުން ނުވަތަ އެފެންވަރު ހުރުން.

 

92. ފައުންޑޭޝަން ސްޓަޑީޒް ލެވެލް 1: ޑިޕްލޮމާ އިން ފާރމަސީ

މުއްދަތު: 1  އަހަރު (2 ސިމެސްޓަރ)

ޖާގަ: 15

ކޯސް ހިންގާ ކެމްޕަހާއި ކޯސް ހިންގާނެގޮތް: ކ . މާލެ، ފުލް-ޓައިމް    

ކޯހަށް ވަނުމަށް ބޭނުންވާ އެންމެ ދަށް މިންގަނޑު:

ޖީ.ސީ.އީ އޯ ލެވެލް / އެސް.އެސް.ސީ އިމްތިޙާނުތަކުން، 1 މާއްދާއިން ފާސްވެފައިވުން.

 

93. ފައުންޑޭޝަން ސްޓަޑީޒް ލެވެލް 2: ބެޗްލަރ އޮފް އާރޓްސް އިން އާރކިޓެކްޗުރަލް ޑިޒައިން

މުއްދަތު: 1  އަހަރު (2 ސިމެސްޓަރ)

ޖާގަ: 20

ކޯސް ހިންގާ ކެމްޕަހާއި ކޯސް ހިންގާނެގޮތް: ކ . މާލެ، ފުލް-ޓައިމް    

ކޯހަށް ވަނުމަށް ބޭނުންވާ އެންމެ ދަށް މިންގަނޑު:

ހިސާބު/ ފިޒިކްސް/ އާރޓް/ ޖިއޮމެޓްރިކަލް ޑްރޯވިންގގެ ތެރެއިން އެއް މާއްދާ ހިމެނޭ ގޮތަށް ޖީ.ސީ.އީ އޯލެވެލް/ އެސް.އެސް.ސީ އިމްތިޙާންތަކުން 3 މާއްދާއިން ފާސްވެފައިވުން.

 

94. ފައުންޑޭޝަން ސްޓަޑީޒް ލެވެލް 2: އެންވަޔަރަމަންޓް މެނެޖްމަންޓް (ޑިޕްލޮމާ/އެޑްވާންސްޑް ޑިޕްލޮމާ/ބެޗްލަރ)

މުއްދަތު:1  އަހަރު (2 ސިމެސްޓަރ)      

ޖާގަ: 20 (ޖުމްލަ)

ކޯސް ހިންގާ ކެމްޕަހާއި ކޯސް ހިންގާނެގޮތް: ކ . މާލެ

ކޯހަށް ވަނުމަށް ބޭނުންވާ އެންމެ ދަށް މިންގަނޑު:

ހ. ޖީ.ސީ.އީ އޯލެވެލް ކެމިސްޓަރީ އާއި ބަޔޮލޮޖީ ނުވަތަ ފިޝަރީޒް ސައިންސް ހިމެނޭ ގޮތަށް ޖީ.ސީ.އީ އޯލެވެލް/ އެސް.އެސް.ސީ އިމްތިޙާނުތަކުން 3 މާއްދާއިން ފާސްވެފައިވުން. ނުވަތަ

ށ. ޖީ.ސީ.އީ އޯލެވެލް ކެމިސްޓްރީ، ބަޔޮލޮޖީ ނުވަތަ ފިޝަރީޒް ސައިންސްގެ ތެރެއިން އެއް މާއްދާ ހިމެނޭ ގޮތަށް ޖީ.ސީ.އީ އޯލެވެލް/އެސް.އެސް.ސީ އިމްތިޙާނުތަކުން 3 މާއްދާއިން ފާސްވެފައިވުމާއެކު ގުޅުންހުރި ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހު މަސައްކަތް ކޮށްފައިވުން.

 

95. ފައުންޑޭޝަން ސްޓަޑީޒް ލެވެލް 2: އިންފޮމޭޝަން ޓެކްނޯލޮޖީ

މުއްދަތު:1  އަހަރު (2 ސިމެސްޓަރ)      

ޖާގަ: 50 (ޖުމްލަ)

ކޯސް ހިންގާ ކެމްޕަހާއި ކޯސް ހިންގާނެގޮތް: ކ . މާލެ (20 ޖާގަ)، ހދ.ކުޅުދުއްފުށި (15 ޖާގަ)، ސ.ހިތަދޫ (15 ޖާގަ)

ކޯހަށް ވަނުމަށް ބޭނުންވާ އެންމެ ދަށް މިންގަނޑު:

ހ. ޖީ.ސީ.އީ އޯލެވެލް/އެސް.އެސް.ސީ އިމްތިޙާނުތަކުން 3 މާއްދާއިން ފާސްވެފައިވުން.

15 ސެޕްޓެންބަރު 2015
ހޯދާ