މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ކުޅިވަރު ސާމާނު ގަތުމަށް

ކުޅިވަރު ސާމާނު ގަތުމަށް ބޭނުންވެއްޖެ

މިނިސްޓްރީގެ ނަންބަރު IUL)22-PU/1/2015/264) އިޢުލާނާ ގުޅިގެން އަންދާސީހިސާބު ހުށަހެޅި ފަރާތްތަކުން ލޮޓް 2 އަދި 4 އަށް ހުށަހަޅާފައިވާ ތަކެތީގެ ކޮލިޓީ ދަށްވުމާއި އަދި ލޮޓް 3 އަށް ދެ ފަރާތުން އަންދާސީހިސާބު ހުށަހަޅާފައިވާތީ، މި 3 ލޮޓުގައިވާ ކުޅިވަރު ސާމާނު ގަތުމަށް އަލުން އިޢުލާން ކުރީމެވެ.

ލޮޓް 02

140 ޓެނިސް ރެކެޓް

470 ޓެނިސް ބޯޅަ

420 މާރކާސް 

140 ރިލޭ ބަޓަންސް

350 ހޫލާ ހޫޕްސް

ލޮޓް 03

140 ނެޓް ބޯޅަ

155 ހޭންޑް ބޯޅަ 2

140 ހޭންޑް ބޯޅަ 3

105 ބާސްކެޓް ބޯޅަ

ލޮޓް 04

130 ބެޑްމިންޓަން ރެކެޓް

70 ބެޑްމިންޓަން ނެޓް

280 ޓީ.ޓީ ރެކެޓް

1050 ޓީ.ޓީ ބޯޅަ

ވީމާ، މިތަކެތި ވިއްކެވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަން (ވެލާނާގޭގެ 08 ވަނަ ފަންގިފިލާ) ގެ ޕްރޮކިއުމަންޓް ސެކްޝަނަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހިއްޕަވައިގެން މިނިސްޓްރީ އޮފް އެޑިޔުކޭޝަން (ވެލާނާގޭގެ 08 ވަނަ ފަންގިފިލާ) ގެ ޕްރޮކިއުމަންޓް ސެކްޝަނަށް ވަޑައިގެންދެއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމަށް

އަންދާސީހިސާބު ހުށަހެޅުމަށް

28 ސެޕްޓެންބަރު 2015 (ހޯމަ) ދުވަހުގެ 13:00 އަށް

05 އޮކްޓޫބަރު 2015 (ހޯމަ) ދުވަހުގެ 13:00 އަށް

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3341436, 3341403 ނަންބަރު ފޯނާއެވެ.

01 ޛުލްޙިއްޖާ 1436

15 ސެޕްޓެންބަރު 2015
ހޯދާ