މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ
ދިވެހިރާއްޖެ
ފަރުނީޗަރު ހޯދުމަށް

މި މިނިސްޓްރީއަށް ތިރީގައި މި ދަންނަވާ ފަރުނީޗަރު ހޯދުމަށް ބޭނުންވެއްޖެއެވެ.

  • 16 (ސޯޅަ) އެގްޒެކްޓިވް ގޮނޑި
  • 1 (އެކެއް) އެގްޒެކްޓިވް ގޮނޑި
  • 1 (އެކެއް) އެގްޒެކްޓިވް މޭޒު
  • 2 (ދޭއް) ކޮންފަރެންސް މޭޒު

ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 28 ސެޕްޓެންބަރު 2015 ވާ ހޯމަ ދުވަހުގެ 13:00 އަށް މި މިނިސްޓްރީއަށް (ގ. ބިއްލޫރިޖެހިގެ) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 1 އޮކްޓޫބަރު 2015 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް މި މިނިސްޓްރީއަށް (ގ. ބިއްލޫރިޖެހިގެ) ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކާއި މަޢުލޫމާތު ފުރިހަމަނުވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

4 ޛުލްޙިއްޖާ 1436

17 ސެޕްޓެންބަރު 2015
ހޯދާ