ހުވަދުއަތޮޅު ދެކުނުބުރީ ނަޑެއްލާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސައިކަލެއް ހޯދައި ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދަން

އަންދާސީހިސާބު ހޯދުން:

މި އިދާރާއަށް ގަންނަން ބޭނުންވާ 125 ސީސީގެ ބްރޭންޑެޑް އާ ސައިކަލެއް ހޯދައި ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، 125 ސީސީގެ ބްރޭންޑެޑް އާ ސައިކަލެއް ހޯދައި ސަޕްލައިކޮށް ދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މި އިދާރާއަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ދިނުމާއި އަންދާސީހިސާބު ބަލައިގަތުން އޮންނާނީ ތިރީގައި މި ދަންނަވާ ގަޑިތަކުގައި މި އިދާރާގައެވެ. އަންދާސީހިސާބު ހުށަހަޅުއްވަންވާނީ ސިޓީއުރައެއްގައި ބަންދުކޮށްފައެވެ. އަންދާސީހިސާބު ހުށަހަޅާ ސިޓީއުރައިގެ ބޭރުގައި "ނަޑެއްލާ ކައުންސިލްގެ އިދާރާއަށް 125 ސީސީގެ ބްރޭންޑެޑް އާ ސައިކަލެއް ހޯދައިދިނުން އެދި" މިހެން ލިޔެފައި އޮންނަންވާނެއެވެ. އަދި މަޢުލޫމާތު ސާފުކުރުމަށް ގަޑިއަށް ހާޒިރުނުވާ ފަރާތްތަކުގެ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ. ބަދަލުގައި މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީހިސާބު ހުށަހެޅުއްވުމަށް މީހަކު ފޮނުއްވާނަމަ އެކަމާބެހޭ މަޢުލޫމާތު ކަނޑައެޅިފައިވާ ވަގުތުގެ ކުރިން ސިޓީއަކުން މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

  • މަޢުލޫމާތު ސާފުކޮށްދިނުން: 30 ސެޕްޓެންބަރު 2015 ވާ ބުދަ ދުވަހުގެ 10:00 ގައި.
  • އަންދާސީހިސާބު ބަލައިގަތުން: 06 އޮކްޓޫބަރު 2015 ވާ އަންގާރަ ދުވަހުގެ 10:00 ގައި.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ. 

03 ޛުލްޙިއްޖާ 1436

17 ސެޕްޓެންބަރު 2015
ހޯދާ