ރީޖަނަލް އެއަރޕޯޓްސް
ދިވެހިރާއްޖެ
ހައި ޕާރފޯމެންސް ފޭން ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމާބެހޭ

އެއަރޕޯޓްތަކުގެ ފަޔަރުގައި ބޭނުންކުރުމަށް ހައި ޕާރފޯމެންސް 01 ފޭން ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މިކަމަށް އެދި ޝައުޤުވެރިވެލައްވާ ފަރާތްތަކުން 29 ސެޕްޓެންބަރު 2015 ވާ އަންގާރަ ދުވަހުގެ 14:00 އަށް ރީޖަނަލް އެއަރޕޯޓްސް، ވެލާނާގޭގެ 11 ވަނަ ފަންގިފިލާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 06 އޮކްޓޫބަރު 2015 ވާ އަންގާރަ ދުވަހުގެ 14:00 އަށް ރީޖަނަލް އެއަރޕޯޓްސްއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި، މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބު ބާޠިލު ކުރެވޭނެ ވާހަކަ ދެންނެވީމެވެ.

30 ޛުލްޤަޢިދާ 1436

14 ސެޕްޓެންބަރު 2015
ހޯދާ