އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އައްޑޫ ސިޓީ ކައުންސިލް ގެ އިދާރާއަށް މޮޓޯ ސައިކަލެއް ގަތުމާބެހޭ

މި އިދާރާއަށް 125 ސީސީގެ ބްރޭންޑްނިއު ސައިކަލެއް ގަންނަން ބޭނުންވެގެން ކުރެވުނު ނަންބަރު: IUL)426-EB/1/2015/12) ގެ އިޢުލާނާއި، ނަންބަރު:IUL)426-EB/1/2015/20) ގެ އިޢުލާނަށް މަޢުލޫމާތު ސާފުކުރެއްވުމަށް އެއްވެސް ފަރާތަކުން ވަޑައިގެންފައިނުވާތީ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް އަލުން ފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 17 ސެޕްޓެންބަރު 2015 ވާ ބުރާސްފަތި ދުވަހުގެ 10:00 އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 28 ސެޕްޓެންބަރު 2015 ވާ ހޯމަ ދުވަހުގެ 10:00 އަށް މިއިދާރާ އަށް ވަޑައިގެން ޕްރޮޕޯޒަލް ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކޮށްދިނުމާއި ޕްރޮޕޯޒަލް ބަލައިގަތުން އޮންނާނީ މިއިދާރާގެ ކޮންފަރެންސްހޯލުގައެވެ. މަޢުލޫމާތު ސާފުކުރުމުގެ ސެޝަނުގައި ބައިވެރިނުވާ ފަރާތަކަށް ޕްރޮޕޯޒަލް ހުށަނޭޅުއްވޭނެއެވެ. އަދި ކަނޑައެޅިފައިވާ ގަޑީގެ ފަހުން ވަޑައިގަންނަވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމާއި ޕްރޮޕޯޒަލް ބަލައިގަތުމުގެ ސެޝަނުގައިވެސް ބައިވެރިނުވެވޭނެއެވެ. 

25 ޛުލްޤަޢިދާ 1436

09 ސެޕްޓެންބަރު 2015
ހޯދާ