މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
ދިވެހިރާއްޖެ
ކަލަންޑަރުތަކުގައި ޙައްޖު ދުވަހަކީ މި ސެޕްޓެންބަރު މަހުގެ 22 ވަނަ ދުވަސް ކަމަށް އޮތަސް ޙައްޖު ދުވަހަށް ދެން ވާނީ މި ސެޕްޓެންބަރު މަހުގެ 23 ވާ ބުދަ ދުވަސް

1436 ވަނަ އަހަރުގެ ޛުލްޙިއްޖާ މަހުގެ ހަނދު ސާބިތު ނުވާ ކަމަށް ސަޢޫދީ ޢަރަބިއްޔާއިން އިޢުލާނު ކުރުމާގުޅިގެން މީލާދީ ސަނަތުން 2015 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުން 14 ވާ ހޯމަ ދުވަހަކީ މި އަހަރުގެ ޛުލްޤަޢިދާ މަހުގެ 30 ވަނަ ދުވަސް ކަމަށާއި މި އަހަރުގެ ޢަޟްޙާ ޢީދު ދުވަހަކީ، މިހިނގާ ސެޕްޓެންބަރު މަހުގެ 24 ވާ ބުރާސްފަތި ދުވަސް ކަމުގައި ހަމަޖައްސައިފީމެވެ.

ވީމާ، މިކަން ޢާންމުކޮށް ޢިއުލާނު ކުރީމެވެ.

މިފުރުޞަތުގައި 1436 ވަނަ އަހަރުގެ އަޟްޙާ ޢީދު ދުވަހުގެ މުނާސަބަތުގައި ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް ތަހުނިޔާ ދަންނަވަމެވެ.

30 ޛުލްޤަޢިދާ 1436

14 ސެޕްޓެންބަރު 2015
ހޯދާ