މަޤާމު
|
އެނިއުމަރޭޓާރސް (ސުވާލުދާރުން)
|
މުސާރައާއި އިނާޔަތްތައް
|
ދުވާލަކަށް -/300 ރުފިޔާ އަދި މީގެ އިތުރުން މަސައްކަތުގެ ގޮތުން ދޭންޖެހޭ އެހެނިހެން އިނާޔަތްތައް ދެވޭނެ ވާހަކަ ދަންނަވަމެވެ.
|
ވަޒީފާ އަދާކުރަންޖެހޭ ރަށް، އޮފީސް، ސެކްޝަން
|
މާލެ، އަތޮޅުތެރެ/ މިނިސްޓްރީ އޮފް ހެލްތު/ މޯލްޑިވްސް ޑިމޮގްރަފިކް އެންޑް ހެލްތު ސާރވޭ 16/2015
|
ބޭނުންވާ އަދަދު
|
100
|
ބޭނުންވާ މުއްދަތު
|
ސާރވޭގެ ޓްރެއިނިންގް ފެށިގެން ފީލްޑް މަސައްކަތް ނިމެންދެން.( 4 މަހާއި 6 މަހާއި ދެމެދުގެ ދުވަހުގެ މުއްދަތުގެ ނިޔަލަށް).
|
ޝަރުޠު
|
- މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއި، ހަޔަރ ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން. ނުވަތަ
- ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. ނުވަތަ
- ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅޭދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.
|
އިންޓަރވިއު ކުރުމުގައި ބެލެވޭނެ ކަންތައްތައް
|
- އެކި މިޒާޖުގެ މީހުންނާއި މުޢާމަލާތު ކުރުމުގެ ޤާބިލުކަން.
- އިނގިރޭސި އަދި ދިވެހި ބަހުން ފަރިތަކަމާއި އެކު ލިޔަން ކިޔަން އެނގުމުގެ ހުނަރު.
- އިސް ނަގައިގެން މަސައްކަތް ކުރުމުގެ ހުނަރު.
- އެހެން މުވައްޒަފުންނާއި ގުޅިގެން މަސައްކަތް ކުރުމުގެ ހުނަރު.
- ސުޕަވައިޒަރު ދޭ އިރުޝާދުގެ ދަށުން މަސައްކަތް ރާވާ ހިންގުމުގެ ޤާބިލުކަން.
- ބައިވެރިވެފައިވާ ސާރވޭ ތަކުގެ ތަޖުރިބާ.
- ގިނަ ދުވަސް ވަންދެން އަތޮޅު ތެރޭގެ ރަށްތަކަށް ދަތުރު ކުރުން.
|
މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް
|
މޯލްޑިވްސް ޑިމޮގްރަފިކް އެންޑް ހެލްތު ސާރވޭގައި ފީލްޑް މަސައްކަތް ކުރާ ފަރާތްތަކުން މަސައްކަތް ކުރަމުންދާނީ މާލެއާއި އަތޮޅު ތެރޭގެ ރަށްރަށުން ސާރވޭ ކުރުމަށް ގުރުއަތުން ހޮވޭ ގެތަކަކަށް ޒިޔާރަތްކޮށް އެގޭގައި ދިރިއުޅޭ ސާރވޭ ކުރުމަށް ޝަރުޠު ފުރިހަމަވާ ފަރާތްތަކާ ބައްދަލުކޮށް ކަނޑައެޅިފައިވާ އުސޫލުން ސުވާލުކޮށް މަޢުލޫމާތު އެއްކުރުމަށެވެ.
މައިގަނޑު މަސައްކަތްތައް.
- މޯލްޑިވްސް ޑިމޮގްރެފިކް އެންޑް ހެލްތު ސާރވޭގައި ބޭނުންކުރާ ގޭބިސީ ތަކުގެ ލިސްޓް އަދި ސާމްޕަލްގައި ވާ ގޮތުގެ މަތިން ސާރވޭ ކުރަންޖެހޭ ގޭބިސީތައް ފާހަގަ ކޮށް އެ ގޭބިސީ ތަކުގެ ސުވާލުތައް ފުރިހަމަ ކުރުން.
- ސާރވޭގައި ފުރިހަމަ ކުރުމަށް ކަނޑައެޅިފައިވާ ސުވާލުކަރުދާސްތައް ފުރިހަމަ ކުރުން.
- ސާރވޭގައި ބައިވެރިވާ މީހުންނާ ސުވާލުކަރުދާހުގައި ކަނޑައެޅިފައިވާ ގޮތުގެ މަތިން ސުވާލުކުރުމާއި، ހުރިހާ ސުވާލެއް ފުރިހަމަ ކުރެވިފައި ވޭތޯ ބަލާ ޗެކްކުރުމާއި އަދި އެކަމާބެހޭ ލިޔެކިއުންތައް ފުރިހަމަކުރުން.
- ސާރވޭ ފީލްޑުގައި މަސައްކަތް ކުރަމުންދާއިރު، ކޮންމެ ސުވާލުދާރަކު ވެސް މަސައްކަތްތައް ނިންމަމުންދާ ވަރަކުން އެ ސުވާލުދާރެއްގެ ސުޕަވައިޒަރާއި މަޢުލޫމާތު ޙިއްސާކުރުން.
- ސާރވޭ ކުރުމުގެ މެނުއަލްގައި، ސާރވޭ ކުރުމަށް ކަނޑައަޅާފައިވާ އެންމެހާ ކަންތައްތައް ފުރިހަމަކުރުން.
ނޯޓު
ސުވާލުދާރުންނަށް ސާރވޭގެ ހުރިހާ ބައިތަކެއްގެ މަސައްކަތްތައް ކުރިއަށް ގެންދަން ޖެހޭނެ ގޮތުގެ ފުރިހަމަ މަޢުލޫމާތު ސާރވޭގެ ތަމްރީނުގެ ތެރެއިން ފޯރުކޮށްދެވޭނެއެވެ. ސާރވޭގައި މަސައްކަތް ކުރެވޭނީ މި ތަމްރީނު ނިންމުމަށް ފަހުއެވެ.
|
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިމިނިސްޓްރީގެ ފޯނު ނަންބަރު 3014330،3014335 އަށް ގުޅުއްވުން އެދެމެވެ.
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް:
- ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.
- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއާއި މަސައްކަތުގެ ހުނަރަށް ބަލައިގެން.
|
ހުށަހަޅަންޖެހޭ ތަކެތި:
- ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ.
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ (އެކްރެޑިޓް ކުރެވިފައިވާ) ފޮޓޯކޮޕީ
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު
- ވަޒީފާއެއް އަދާކޮށްފައިވާނަމަ، ވަޒީފާ އަދާކުރި ތަނަކުން އަދާކުރި ވަޒީފާގެ މުއްދަތު އެނގޭނޭ ލިޔުމެއް.
ނޯޓު
ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ އަދި އެހެނިހެން ލިޔެކިއުންތައް އީމެއިލް ގެ ޒަރިއްޔާއިން ޤަބޫލުކުރެވޭނެ ވާހަކަ ދަންނަވަމެވެ. ވީމާ އީމެއިލްގެ ޒަރިއްޔާއިން ހިއްސާކުރައްވަން ތިރީގައި މި ދަންނަވާ އީ-މެއިލްއަށް ފޮނުވުން އެދެމެވެ
[email protected]
|
ސުންގަޑީ: 15 އޮކްޓޫބަރު 2015 ވާ ބުރާސްފަތި ދުވަހުގެ 15:00 ގެ ކުރިން މިނިސްޓްރީ އޮފް ހެލްތަށް.
އިންޓަރވިއު ކުރުން އޮންނާނީ 15 އޮކްޓޫބަރު 2015 އާއި 25 އޮކްޓޫބަރު 2015 ދޭތެރޭގައި މި މިނިސްޓްރީގައެވެ.
|
26 ޛުލްޤަޢިދާ 1436
|