ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފަރިއްކޮޅު ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމާބެހޭ

ޑިމޮކްރަސީ ވީކް – 2015 ގެ ބައިވެރިވެވަޑައިގަތުމަށް ހޯރަފުށްޓަށް ވަޑައިގަންނަވާ އެންމެހާ މެހްމާނުންގެ ފަރިއްކޮޅާއި ޑިނަރ ނައިޓްގެ ފަރިއްކޮޅު ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމާބެހޭ

ރާއްޖޭގެ އިލެކްޝަންސް ކޮމިޝަނާއި ހޯރަފުށީ ކައުންސިލާ ގުޅިގެން 2015 އޮކްޓޫބަރު 04 ން 10 އަށް ހޯރަފުށީގައި ފާހަގަކުރުމަށް ހަމަޖެހިފައިވާ ޑިމޮކްރަސީ ވީކްގެ ޕްރޮގްރާމްތަކުގައި ބައިވެރިވުމަށް ހޯރަފުށްޓަށް ވަޑައިގަންނަވާ އެންމެހާ މެހްމާނުންގެ ފަރިއްކޮޅާއި އަދި 2015 އޮކްޓޫބަރު 10 ވަނަ ދުވަހުގެ ރޭ އޮންނަ ޑިނަރ ނައިޓްގެ ފަރިއްކޮޅު އަމިއްލަ ތަކެތީގައި ތައްޔާރުކޮށް ކޭޓަރ ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލެއްވާ ފަރާތްތަކުން ތިރީގައި މި ދަންނަވާ ގޮތުގެ މަތިން މި އިދާރާއަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

ތަފުސީލު

ތާރީޚު

ދުވަސް

ގަޑި

އަންދާސީހިސާބު ހުށަހަޅާ ފޯމު ދޫކުރުމާއި، މަޢުލޫމާތު ދިނުން

15 ސެޕްޓެންބަރު 2015

ބުދަ

13:30

އަންދާސީހިސާބު ބަލައިގަތުމުގެ ސުންގަޑި

17 ސެޕްޓެންބަރު 2015

ބުރާސްފަތި

13:30

މަޢުލޫމާތު ސާފުކުރުމަށާއި އަންދާސީހިސާބު ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ، އެކަމަށް އެދޭ ފަރާތުގެ ސިޓީއެއް، ބަދަލުގައި ހާޒިރުވާ ފަރާތުން ހުށަހަޅަންވާނެއެވެ. މި ސިޓީގައި ބަދަލުގައި ފޮނުވާ ފަރާތުގެ ނަމާއި، އެޑްރެސް އަދި ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަންބަރު ޖަހާފައި އޮންނަންވާނެއެވެ. އަންދާސީހިސާބު ހުށަހެޅޭނީ މަޢުލޫމާތު ސާފުކުރުމަށް ހާޒިރުވާ ފަރާތްތަކަށް އެކަނި ކަމުގައިވެސް ދަންނަވަމެވެ.

މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

24 ޛުލްޤަޢިދާ 1436

08 ސެޕްޓެންބަރު 2015
ހޯދާ