މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
އޭ.ސީ. އިންޑޯރ އަދި އައުޓްޑޯރ ޔުނިޓް ސަޕްލައިކޮށް އިންސްޓޯލް ކޮށްދިނުމާބެހޭ

އޭ.ސީ. އިންޑޯރ އަދި އައުޓްޑޯރ ޔުނިޓް ސަޕްލައިކޮށް އިންސްޓޯލް ކޮށްދިނުމާބެހޭ:

މި މިނިސްޓްރީގެ ބެލުމުގެ ދަށުގައިވާ ވެލާނާގޭގެ ސާވަރރޫމްތަކުގެ އޭ.ސީ. އިންޑޯރ އަދި އައުޓްޑޯރ ޔުނިޓް ހަލާކުވެފައިވާތީ، މި ޔުނިޓްތައް ސަޕްލައިކޮށް އިންސްޓޯލް ކޮށްދެއްވާނެ ފަރާތެއް ބޭނުން ވެގެން ކުރެވުނު ނަންބަރު IUL)138-AS6/1/2015/216) އިޢުލާނާ ގުޅިގެން އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ އެ އިޢުލާން ބާޠިލުކޮށް، އަލުން އިޢުލާން ކުރަމެވެ.

ވީމާ، މިމަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 17 ސެޕްޓެންބަރު 2015 ވަނަ ދުވަހުގެ މެންދުރުފަހުގެ 02:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 27 ސެޕްޓެންބަރު 2015 ވަނަ ދުވަހުގެ މެންދުރުފަހުގެ 02:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން އަގު ހުށަހެޅުއްވުމަށް ދެންނެވީމެވެ. އަދި މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކުގެ އަގު ބަލައިނުގަނެވޭނެ ކަމުގައި ދެންނެވީމެވެ.

މި އިޢުލާނާ ބެހޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންވެލައްވާނަމަ 4345-300 އަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.

25 ޛުލްޤަޢިދާ 1436

09 ސެޕްޓެންބަރު 2015
ހޯދާ