ނަޑެއްލާ ސުކޫލް
ދިވެހިރާއްޖެ
އަލަށް އިތުރުކުރި ބައިގެ ވަށާފާރު ރޭނުމަށް

ސްކޫލް ބިމަށް އަލަށް އިތުރުކުރި ބައިގެ ވަށާފާރު ރޭނުމާ ގުޅޭގޮތުން ކުރެވުނު އިޢުލާނަށް އެކަށީގެންވާ ވަރަށް ބީލަން ހުށަހަޅާފައިނުވާތީ އެ އިޢުލާން ބާޠިލުކޮށް، އަލުން އިޢުލާން ކުރަމެވެ. މި އިޢުލާނަށް ބީލަން ހުށަހެޅުމަށް ފުރުޞަތު ހުޅުވާލެވިފައިވަނީ ހަމައެކަނި ދިވެހިރާއްޖޭގައި ވިޔަފާރި ރަޖިސްޓަރީ ކޮށްފައިވާ ކުންފުނިތަކަށް ކަމުގައި ދަންނަވަމެވެ.

އަންދާސީހިސާބު ބޭނުންވެއްޖެ

ތިރީގައި މި ދަންނަވާ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދެއްވާނެ ފަރާތެއް ބޭނުންވެއްޖެއެވެ.

1- އަލަށް އިތުރުކުރި ބައިގައި ވަށާފާރު ރޭނުން

ވީމާ، މި ކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 27 ސެޕްޓެންބަރު 2015 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 5 އޮކްޓޫބަރު 2015 ވާ ހޯމަ ދުވަހުގެ 13:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ހާޒިރުނުވާ ފަރާތްތަކާއި، ގަޑިޖެހިގެން ހާޒިރުވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. ބަދަލުގައި އަންނަ ފަރާތަށް މަޢުލޫމާތު ސާފުކުރެވޭނީ އެއްފަރާތެއްގެ ނަމުގައެވެ.

މިހެންވެ މިކަން ޢާންމުކޮށް އަންގައި އިޢުލާން ކުރަމެވެ.

10 ސެޕްޓެންބަރު 2015
ހޯދާ