ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
އިމާރާތެއް ކުއްޔަށް ހިފުމަށް

މިއޮފީހުގެ އައްޑޫ ގޮފީގެ މަސައްކަތްތަށް އިތުރަށް ފުޅާކުރާންޖެހިފައިވާތީ، ގޮފި ހިންގާނެ ޢިމާރާތެއް ހިފުމަށް ކުރެވުނު މިއޮފީހުގެ ނަންބަރު IUL)196-C/1/2015/45 (ތާރީޚު ޖޫން 2015) އިޢުލާނާ ގުޅިގެން ހުށަހަޅުއްވާފައިވާ އަންދާސީ ހިސާބުތަކުގެ މަޢުލޫމާތު ފުރިހަމަ ނުވާކަމަށް ފާހަގަ ކުރެވޭތީ އެއަންދާސީ ހިސާބުތައް ބާޠިލުކޮށް، އަލުން އިޢުލާނު ކުރަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން، 2015 ސެޕްޓެންބަރު 16 ވާ ބުދު ދުވަހުގެ މެންދުރު 13:00 އަށް މިއޮފީހުގެ ސ. އަތޮޅު ގޮތްޕަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2015 ސެޕްޓެންބަރު 28 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 13:00 އަށް އަންދާސީ ހިސާބު، މިއޮފީހުގެ ސ. އަތޮޅު ގޮތްޕަށް ހުށަހެޅުއްވުން އެދެމެވެ.

މިއޮފީހުގެ އައްޑޫ ގޮފި މިހާރު ހިނގަމުންދަނީ ސ.ހިތަދޫ/ ބިނާ ގޭގައެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިއޮފީހުގެ ނަންބަރު 3003288 ފޯނާ ގުޅުއްވުން އެދެމެވެ.

26 ޛުލްޤަޢިދާ 1436

10 ސެޕްޓެންބަރު 2015
ހޯދާ