މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ
ދިވެހިރާއްޖެ
ސ.ހިތަދޫ މެޖިސްޓްރޭޓް ކޯޓް އިމާރާތްކުރުން

ބީލަން ހުށަހެޅުއްވުމުގެ ދަޢުވަތު

1. ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަންގެ އެދިލެއްވުމުގެ މަތިން، ތިރީގައިވާ ތާވަލުގައި ދެންނެވިފައިވާ ކޯޓް އިމާރާތުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ކުރެވުނު މިމިނިސްޓްރީގެ ނަންބަރު IUL)13-K1/13/2015/122) އިޢުލާނަށް އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ، މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުޠު ހަމަވާ ހުރިހާ ފަރާތްތަކަށް އަލުން ހުޅުވާލަމެވެ.

ތަފުސީލު

ޕްރޮޖެކްޓް ނަންބަރު

ބިޑް ސެކިޔުރިޓީ

1. ސ.ހިތަދޫ މެޖިސްޓްރޭޓް ކޯޓް އިމާރާތްކުރުން

TES/2015/W-72

-/35,000 ރ

 

 

2. 1 އެޕްރީލް 2014 އިން ފެށިގެން މިމިނިސްޓްރީން ކުރިއަށް ގެންދެވޭ ބީލަންތަކުގައި ބައިވެރިވެވޭނީ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ނޭޝަނަލް ކޮންޓްރެކްޓަރސް ރަޖިސްޓަރީގައި ރަޖިސްޓަރީ ވެފައިވާ ފަރާތްތަކަށެވެ. މިބީލަމުގައި ބައިވެރިވެވޭނީ އެރަޖިސްޓަރީގެ 1-GC01-3 ,GC01-2 ، GC01 އަދި 4-GC01 އަކަށް ޝަރުޠު ހަމަވެފައިވާ ކޮންޓްރެކްޓަރުންނަށެވެ.

3. ދައުލަތަށް ދައްކަންޖެހޭ އެއްވެސް ފައިސާއެއްވާކަން ނުވަތަ ނޫންކަން އަންގައިދޭ، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީން ދޫކުރާ ލިޔުން (ޓެކްސް ކްލިއަރެންސް ރިޕޯޓް) މިބީލަމާއެކު ހުށަހަޅަން ޖެހޭނެއެވެ. އަދި މި ލިޔުން ވާންވާނީ ބީލަން ހުޅުވާ ތާރީޚުގެ ކުރިޔަށް 10 (ފަހެއް) ދުވަހަށްވުރެ އިތުރުނޫން ތާރީޚެއްގެ ލިޔުމަކަށެވެ.

4. ބިޑްސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީޚުން ފެށިގެން 118 ދުވަހެވެ. ޕާރފޯމަންސް ސެކިޔުރިޓީގެ ގޮތުގައި ހުށަހަޅަންޖެހޭނީ ކޮންޓްރެކްޓް އަގުގެ %5 އެވެ. އެޑްވާންސް ޕޭމަންޓްގެ ގޮތުގައި ކޮންޓްރެކްޓް އަގުގެ % 15 އެޑްވާންސް ޕޭމަންޓް ގެރެންޓީއެއް ހުށަހެޅުމުން ލިބޭނެއެވެ.

5. ބީލަންފޮތަށް ފައިސާ ބަލައިގަތުން އޮންނާނީ 17 ސެޕްޓެންބަރު 2015 އިން ފެށިގެން 8 އޮކްޓޫބަރު 2015އަށް ބަންދުނޫން ކޮންމެ ދުވަހަކު 08:30 އިން 14:00 އަށް މި މިނިސްޓްރީންނެވެ. ބީލަން ފޮތެއްގެ އަގަކީ -/500 (ފައްސަތޭކަ) ރުފިޔާއެވެ. ފައިސާ ދެއްކެވުމުން ބީލަން ފޮތްތައް ސޮފްޓްކޮޕީ ފޯމެޓްގައި މިމިނިސްޓްރީގެ ޓެންޑަރ އިވެލުއޭޝަން ސެކްޝަނުން ލިބިވަޑައިގަންނަވާނެއެވެ.

6. މި ޕްރޮޖެކްޓްގެ ޕްރީބިޑް ބައްދަލުވުން އޮންނާނީ 11 އޮކްޓޫބަރު 2015ވާ އާދީއްތަ ދުވަހުގެ 11:00ގައި، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ، ޓެންޑަރ އިވެލުއޭޝަން ސެކްޝަނުގެ ޖަލްސާކުރާ މާލަމުގައެވެ.

7. ބިޑް ހުޅުވުން އޮންނާނީ 20 އޮކްޓޫބަރު 2015ވާ އަންގާރަ ދުވަހުގެ 11:00 ގައި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ، ޓެންޑަރ އިވެލުއޭޝަން ސެކްޝަންގެ ޖަލްސާކުރާ މާލަމުގައެވެ. ބީލަންތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ކޮންޓްރެކްޓަރުންގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.

08 ސެޕްޓެންބަރު 2015
ހޯދާ