ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން
ދިވެހިރާއްޖެ
ޚާއްޞަ ސްކޮލަރޝިޕްގެ ފުރުޞަތު

ޞިއްޙީ ދާއިރާއަށް ބޭނުންވާ ސްޕެޝަލިސްޓް ޑޮކްޓަރުން ތަމްރީންކުރުމަށް ހުޅުވާލާ ސްކޮލަރޝިޕް ފުރުޞަތު

މިއީ 31 އޮގަސްޓު 2015 ގައި ކުރެވުނު އިޢުލާން ނަންބަރު 110/IUL)166-Schol/166/2015) ބާޠިލުކޮށް، އެއިޢުލާނުގެ ޝަރުޠުތަކަށް ބަދަލުގެނެސް ކުރެވިފައިވާ އިޢުލާނެކެވެ.

ނޭޕާލް

ޤައުމު:

ކޯހުގެ ފެންވަރު: ޕޯސްޓްގްރެޖުއޭޓް

ނެޝަނަލް އެކަޑަމީ އޮފް މެޑިކަލް ސައިންސަސް

އިންސްޓިޓިއުޓް:

- 2 އޮފްތަމޮލޮޖީ

ކޯހުގެ އަދަދު، ދާއިރާ އަދި ލެވެލް:

  1. އެމް.ބީ.ބީ.އެސް ހާސިލުކޮށްފައިވުން. (ކޯހަށް އެދި ހުށަހަޅާ ޑިގްރީ ސެޓުފިކެޓަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ވެލިޑޭޓް ކޮށްފައިވާ ސެޓުފިކެޓަކަށް ވާންޖެހޭނެއެވެ.) އަދި
  2. އެމް.ބީ.ބީ.އެސް ހެދުމަށްފަހު މޯލްޑިވްސް މެޑިކަލް ކައުންސިލްގައި ރަޖިސްޓަރީވެ 15 ސެޕްޓެންބަރު 2015ގެ ނިޔަލަށް 1 އަހަރު ފުރިހަމަވެފައިވުން.

ޝަރުޠު:

  • މިކޯސްތަކަށް ކެންޑިޑޭޓުން ހޮވުމުގައި އިސްކަންދޭނީ ތިރީގައިވާ މިންގަނޑަށް ބަލައިގެންނެވެ.

1. މިފުރުޞަތުތަކަށް މީހުން ހޮވުމުގައި އެންމެ ފުރަތަމަ އިސްކަންދެވޭނީ އަތޮޅުތެރޭގެ ސަރުކާރު ހޮސްޕިޓަލެއް / ޞިއްޚީ މަރުކަޒެއްގައި މަސައްކަތް ކުރައްވާ ޑޮކްޓަރުންނަށެވެ. ނަމަވެސް އަތޮޅުތެރޭގައި މަސައްކަތްކުރައްވާ ޑޮކްޓަރުންގެ އަދަދު ހުޅުވާލެވިފައިވާ ފުރުޞަތުގެ އަދަދަށްވުރެ އިތުރުވާނަމަ ދެން އިސްކަންދެވޭނީ، އެމް.ބީ.ބީ.އެސް ހެދުމަށްފަހު އަތޮޅުތެރޭގެ ސަރުކާރު ހޮސްޕިޓަލެއް / ޞިއްޚީ މަރުކަޒެއްގައި ޚިދުމަތް ކޮށްފައިވާ މުއްދަތަށެވެ. ނަމަވެސް ޚިދުމަތުގެ މުއްދަތު އެއްވަރުވެއްޖެނަމަ ކެންޑިޑޭޓުން ހޮވާނީ ގުރުއަތުންނެވެ.

2. މަތީގައި ދެންނެވިފައިވާ ފަދައިން އަތޮޅުތެރޭގެސަރުކާރު ހޮސްޕިޓަލެއް / ޞިއްޚީ މަރުކަޒެއްގައި މަސައްކަތް ކުރައްވާ ކެންޑިޑޭޓުން ހުޅުވާލެވިފައިވާ ފުރުޞަތުގެ އަދަދަށް ނުލިބިއްޖެނަމަ، ދެން އިސްކަންދޭނީ، މާލެ، ހުޅުމާލެ އަދި ވިލިނގިލީގެ ސަރުކާރުގެ ހޮސްޕިޓަލް / ޞިއްޙީ މަރުކަޒުތަކުގައި މަސައްކަތްކުރައްވާ ފަރާތްތަކަށެވެ. ނަމަވެސް ސަރުކާރުގެ ހޮސްޕިޓަލް / ޞިއްޙީ މަރުކަޒުތަކުގައި މަސައްކަތްކުރައްވާ ކެންޑިޑޭޓުންގެ އަދަދު ހުޅުވާލެވިފައިވާ ފުރުޞަތުގެ އަދަދަށްވުރެ އިތުރުވާނަމަ ދެން އިސްކަންދެވޭނީ، އެމް.ބީ.ބީ.އެސް ހެދުމަށްފަހު ސަރުކާރުގެ ހޮސްޕިޓަލް / ޞިއްޙީ މަރުކަޒުތަކުގައި ޚިދުމަތްކޮށްފައިވާ މުއްދަތަށެވެ. ޚިދުމަތުގެ މުއްދަތު އެއްވަރުވެއްޖެނަމަ ކެންޑިޑޭޓުން ހޮވާނީ ގުރުއަތުންނެވެ.

3. މަތީގައި ދެންނެވިފައިވާ ފަދައިން އަތޮޅުތެރޭގެ އަދި މާލެ، ހުޅުމާލެ އަދި ވިލިނގިލީގެ ސަރުކާރުގެ ހޮސްޕިޓަލް / ޞިއްޙީ މަރުކަޒެއްގައިމަސައްކަތްކުރައްވާ ކެންޑިޑޭޓުން ހުޅުވާލެވިފައިވާ ފުރުޞަތުގެ އަދަދަށް ނުލުބިއްޖެ ޙާލަތެއްގައި ދެން ފުރުޞަތުދެވޭނީ އަތޮޅުތެރޭގެ ޕްރައިވެޓް ހޮސްޕިޓަލް / ޞިއްޙީ މަރުކަޒު އަދި ކްލިނިކްތަކުގައި މަސައްކަތް ކުރައްވާ ފަރާތްތަކަށެވެ. ނަމަވެސް  އަތޮޅުތެރޭގެ ޕްރައިވެޓް ހޮސްޕިޓަލް / ކްލިނިކްތަކުގައި މަސައްކަތް ކުރައްވާ ފަރާތްތަކުގެ އަދަދު ހުޅުވާލެވިފައިވާ ފުރުޞަތުގެ އަދަދަށްވުރެ އިތުރުވެއްޖެނަމަ ދެން އިސްކަންދެވޭނީ އެމް.ބީ.ބީ.އެސް ހެދުމަށްފަހު އަތޮޅުތެރޭގައި މަސައްކަތްކޮށްފައިވާ މުއްދަތަށެވެ.  ޚިދުމަތުގެ މުއްދަތު އެއްވަރުވެއްޖެނަމަ ކެންޑިޑޭޓުން ހޮވާނީ ގުރުއަތުންނެވެ.

4. މަތީގައި ދެންނެވިފައިވާ ތިން ގޮތަށްވެސް ބަލައިގެންވެސް ފުރުޞަތުގެ އަދަދަށް ކެންޑިޑޭޓުން ނުލިބިއްޖެނަމަ ދެން ފުރުޞަތުދެވޭނީ މާލެ، ހުޅުމާލެ އަދި ވިލިނގިލީގެ ޕްރައިވެޓް ހޮސްޕިޓަލް / ކްލިނިކްތަކުގައި މަސައްކަތް ކުރައްވާ ފަރާތްތަކަށެވެ. ނަމަވެސް މާލެ، ހުޅުމާލެ އަދި ވިލިނގިލީގެ ޕްރައިވެޓް ހޮސްޕިޓަލް / ކްލިނިކްތަކުގައި މަސައްކަތް ކުރައްވާ ފަރާތްތަކުގެ އަދަދު ހުޅުވާލެވިފައިވާ ފުރުޞަތުގެ އަދަދަށްވުރެ އިތުރުވެއްޖެނަމަ ދެން އިސްކަންދެވޭނީ އެމް.ބީ.ބީ.އެސް ހެދުމަށްފަހު ދިވެހިރާއްޖެއަށް ޚިދުމަތް ކޮށްފައިވާ މުއްދަތަށެވެ. ޚިދުމަތުގެ މުއްދަތު އެއްވަރުވެއްޖެނަމަ ކެންޑިޑޭޓުން ހޮވާނީ ގުރުއަތުންނެވެ.

  • ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން ނުވަތަ މިޑިޕާޓްމަންޓް މެދުވެރިވެގެން ކިޔެވުމަށް ބޭންކަކުން ލޯނެއް ނަގާފައިވާނަމަ ގަވާއިދުން ލޯނު ދައްކަމުންދާ ފަރާތެއްކަމުގައިވުން. އަދި މިކޯސް ހަދަމުންދާ މުއްދަތުގައިވެސް ލޯނު ގަވާއިދުން  ދައްކަމުންގެންދަން އެއްބަސްވާ ފަރާތެއްކަމުގައިވުން.
  • ކޯހަށް އެދި ހުށަހަޅާ ޑިޕްލޮމާއިން ފެށިގެން މަތީގެ ސެޓުފިކެޓުތަކަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ވެލިޑޭޓްކޮށްފައިވާ ސެޓްފިކެޓަކަށް ވާންވާނެއެވެ. އަދި ބެޗްލަރސް ޑިގްރީ ސެޓުފިކެޓު ނުލިބޭފަރާތްތަކުން ޕްރޮވިޝަނަލް ސެޓުފިކެޓު ހުށަހަޅާނަމަ އެކެންޑިޑޭޓެއް ފުރިހަމަ ކޮށްފައިވާ ކޯހަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ޤަބޫލްކުރާ ޔުނިވަރސިޓީއަކުން ފުރިހަމަ ކޮށްފައިވާ އަދި އެއޮތޯރިޓީއިން ޤަބޫލްކުރާ ފެންވަރެއްގެ ކޯހެއްކަން އަންގައިދޭ ލިޔުމެއް ހުށަހަޅަންވާނެއެވެ. އަދި އެސެޓްފިކެޓާއެކު ތަޢުލީމު ހާސިލްކުރި ކޯހުގެ ޓްރާންސްކްރިޕްޓް ހުށަހަޅަންވާނެއެވެ.
  • އެކެންޑިޑޭޓަކު ބެޗުލަރސް ޑިގްރީ ހާސިލްކުރި ޔުނިވަރސިޓީއެއްގެ ގްރޭޑިންގ ކްރައިޓީރިއާ އާއްމުކޮށް މިޑިޕާޓްމަންޓުން ބަލާ ގްރޭޑިންގ ސްކީމާ ތަފާތުނަމަ، އެޔުނިވަރސިޓީއެއްގެ ގްރޭޑިންގ ކްރައިޓީރިއާ ހުށަހަޅަންވާނެއެވެ. ގްރޭޑިންގ ކްރައިޓީރިއާ ހުށަހަޅާފައިނުވާނަމަ، ޓްރާންސްކްރިޕްޓަށް ޕޮއިންޓް ދިނުމުގައި ބެލެވޭނީ މިޑިޕާޓްމަންޓުން ބަލަމުންގެންދާ އުޞޫލުގެ މަތިންނެވެ.
  • ޑިޕްލޮމާއިން ފެށިގެން މަތީގެ ކޯސްތައް ފުރިހަމަ ކޮށްފައިވަނީ އެހެން ކޯހަކުން ކްރެޑިޓް ލިބިގެން ކަމުގައި  ވަނީނަމަ، އެޕްލިކޭޝަން ހުށަހަޅާއިރު ކުރިން ހަދާފައިވާ ކޯސްތަކުގެ ޓްރާންސްކްރިޕްޓް ހުށަހަޅަން ވާނެއެވެ. މި ގޮތަށް ހުށަނާޅާ ފަރާތްތަކުގެ ޓްރާންސްކްރިޕްޓަށް ޕޮއިންޓް ދެވެން ނޯންނާތީ އެ ފަރާތްތަކުގެ އެޕްލިކޭޝަން ބާތިލް ކުރެވޭނެވެ.
  • މިކޯސްތަކަށް ފަންޑުކުރުމަށް ހަމަޖެހިފައިވަނީ ދިވެހި ސަރުކާރުގެ ބަޖެޓުންނެވެ.
  • މި ސްކޮލަރޝިޕްގެ ދަށުން މަތީތަޢުލީމް ހާސިލް ކުރުމަށް ފުރުސަތު ލިބޭ ދަރިވަރުން ކިޔަވާ ނިންމުމަށްފަހު، މިނިސްޓްރީ އޮފް ހެލްތުން ބޭނުންވެއްޖެ ހިނދެއްގައި އަތޮޅުތެރޭ ހޮސްޕިޓަލްތަކުގައި އަހަރަކު 1 ފަހަރު 3 މަސް ދުވަހަށްވުރެން ކުރުނޫން މުއްދަތަކަށް ޚިދުމަތް ކުރުމަށް ބޮންޑު ކުރެވޭނެއެވެ.  
  • މިކޯހަށް އެދި ހުށަހަޅާ ދަރިވަރަކީ، އިއުލާން ކުރެވިފައިވާ ކޯހާއި އެއްފެންވަރެއްގެ ނުވަތަ އެއަށްވުރެ މަތީ ފެންވަރެއްގެ ކޯހެއް މީގެކުރިން ފުރިހަމަކޮށްފައިވާ ދަރިވަރެއްކަމުގައި ވެގެން ނުވާނެއެވެ. އަދި އެއާއި އެއްފެންވަރެއްގެ ކޯހެއް މިހާރު ފުރިހަމަ ކުރަމުންދާ ދަރިވަރެއް ކަމުގައިވެސް ވެގެން ނުވާނެއެވެ.
  • މިއިޢުލާންގައި ބަޔާން ކުރެވިފައިވާ ޝަރުތެއް ހަމަނުވުމުގެ ސަބަބުން ނުވަތަ ހުށަހަޅަންޖެހޭ ތަކެތި ހުށަނޭޅުމުގެ ސަބަބުން ޑިސްކޮލިފައި ކުރެވޭ ކެންޑިޑޭޓުން، މިޑިޕާޓްމަންޓްގެ ވެބްސައިޓްގައި އަޕްލޯޑް ކުރެވިފައިވާ " ސްކޮލަރޝިޕްތަކަށް ދަރިވަރުން ހޮވުމުގައި ޢަމަލުކުރެވޭ ޚާއްސަ އުސޫލު" ގެ ދަށުން ކޮލިފައި ކުރެވިދާނެއެވެ.
  • ނޭޕާލްގެ ނޭޝަނަލް އެކަޑަމީ އޮފް މެޑިކަލް ސައިންސަސްގެ އެންޓްރީ ކްރައިޓީރިއާ އެނގިވަޑައިގަންނަވާނެ ލިޔުމެއް މިޑިޕާޓްމަންގެ ވެބްސައިޓް www.dhe.gov އަށް އަޕްލޯޑް ކުރެވިފައިވާނެއެވެ.
  • މިކޯހަށް އެޕްލިކޭޝަން ހުށަހަޅާ ފަރާތްތަކުގެ ލިސްޓް، ނޮމިނޭޝަން ހެދުމަށްފަހު މިޑިޕާރޓްމަންޓްގެ ވެބްސައިޓް: www.dhe.gov  އަށް އަޕްލޯޑް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު:

  • ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަންގެ އެޕްލިކޭޝަން ފޯމާއި އެފޯމުގައި ބަޔާންކޮށްފައިވާ ތަކެތީ 1 ސެޓް.
  • ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ އާއި ފުލް ޓްރާންސްކްރިޕްޓްގެ ކޮޕީގައި އަޞްލާއި އެއްގޮތްކަމަށް ބަޔާންކޮށް، ސަރުކާރުގެ އޮފީހަކުން، ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަނުން ނުވަތަ ލޯފަރމަކުން ތައްގަނޑުޖެހި އަޞްލު. އެޓެސްޓްކޮށްފައިވާ ސެޓުފިކެޓުތަކުން ނަގާފައިވާ ކޮޕީ، އަދި އެޓެސްޓްކޮށްފައިވާ ސެޓުފިކެޓުތަކުގެ ސްކޭން ކޮޕީ ޤަބޫލެއް ނުކުރެވޭނެއެވެ. (އެޓެސްޓް ކުރަންވާނީ އިނގިރޭސި ބަހުންނެވެ.) 
  • އެޓެސްޓްކޮށްފައިވާ ލިޔުމުގައި އެޓެސްޓްކޮށްފައިވާ އޮފީހެއްގެ ތައްގަނޑާއި އަދި ސޮއިކުރެއްވި ބޭފުޅެއްގެ ނަން، މަޤާމު، ސޮއި އަދި ތާރީޚު އޮންނަންވާނެއެވެ. އެޓެސްޓޭޝަން ފުރުހަމަ ނޫންނަމަ އެޕްލިކޭޝަން ބާޠިލުކުރުމުގެ އިޚުތިޔާރު މިޑިޕާޓްމަންޓަށް ލިބިގެންވެއެވެ.
  • ކޯހަށް އެދި ހުށަހަޅާ ޑިޕްލޮމާއިން ފެށިގެން މަތީ ސެޓުފިކެޓުތަކަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ވެލިޑޭޓް ކޮށްފައިވާ ސެޓުފިކެޓަކަށް ވާންޖެހޭނެއެވެ. އަދި މާސްޓަރސް ޑިގްރީ ސެޓުފިކެޓު ނުލިބޭ ފަރާތްތަކުން ޕްރޮވިޝަނަލް ސެޓުފިކެޓު ހުށަހަޅާނަމަ އެކެންޑިޑޭޓެއް ފުރިހަމަ ކޮށްފައިވާ ކޯހަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ޤަބޫލުކުރާ ޔުނިވަރސިޓީއަކުން ހަދާފައިވާ އެއޮތޯރިޓީން ޤަބޫލުކުރާ ފެންވަރެއްގެ ކޯހެއްކަން އަންގައިދޭ ލިޔުން. އަދި އެސެޓުފިކެޓާއެކު ތަޢުލީމު ހާސިލުކުރި ކޯހުގެ ޓްރާންސްކްރިޕްޓް ހުށަހަޅަންވާނެއެވެ.
  • ހާސިލުކޮށްފައިވާ މަތީ ތަޢުލީމުގެ ހުރިހާ ސެޓުފިކެޓުތަކެއްގެ ކޮޕީގައި އަސްލާ އެއްގޮތްކަމަށް ބަޔާންކޮށް، ސަރުކާރުގެ އޮފީހަކުން، ޑިޕާޓްމަންޓް އޮފަ ޕަބްލިކް އެގްޒަމިނޭޝަނުން ނުވަތަ ލޯފަރމަކުން ތައްގަނޑުޖެހި އަސްލު.
  • އެމް.ބީ.ބީ.އެސް ހެދުމަށްފަހު މޯލްޑިވްސް މެޑިކަލް ކައުންސިލްގައި ރަޖިސްޓަރީވެ 15 ސެޕްޓެންބަރު 2015ގެ ނިޔަލަށް 1 އަހަރު ފުރިހަމަވެފައިވާކަން އަންގައިދޭ ލިޔުން.
  • ސަރުކާރުގެ ނުވަތަ އަމިއްލަ ފަރާތަކަށް ޚިދުމަތްކުރުމުގެ ބޮންޑެއް އޮތް މީހަކުނަމަ، އެތަނުން އެމީހަކު މިކޯހަށް ދޫކުރާނެކަމުގެ ލިޔުން.
  • އަތޮޅުތެރޭގައި މަސައްކަތް ކުރައްވާ ޑޮކްޓަރުން އެމް.ބީ.ބީ.އެސް ހެދުމަށްފަހު އަތޮޅުތެރެއަށް ޚިދުމަތްކޮށްފައިވާ މުއްދަތު އަންގައިދޭ ރަސްމީ ލިޔުން.
  • މާލެ، ހުޅުމާލެ އަދި ވިލިނގިލީގައި މަސައްކަތްކުރައްވާ ޑޮކްޓަރުން އެމް.ބީ.ބީ.އެސް ހެދުމަށްފަހު ދިވެހިރާއްޖެއަށް ޚިދުމަތްކޮށްފައިވާ މުއްދަތު އަންގައިދޭ ރަސްމީ ލިޔުން.
  • ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން ނުވަތަ މިޑިޕާޓްމަންޓް މެދުވެރިވެގެން ކިޔެވުމަށް ބޭންކަކުން ލޯނެއް ނަގާފައިވާނަމަ ގަވާއިދުން ލޯނު ދައްކަމުންދާކަމުގެ ރަސްމީ ލިޔުން އަދި މިކޯސް ހަދަމުންދާ މުއްދަތުގައިވެސް ލޯނު ދައްކަމުންގެންދަން އެއްބަސްވާކަމުގެ ލިޔުން.
  • ކޯހަށް ހުށަހަޅުއްވާ ފަރާތް މިވަގުތު މަސައްކަތް ކުރައްވަނީ ކޮން ތަނެއްގައިކަން އަންގައިދޭ ރަސްމީ ލިޔުން
  • ހުށަހަޅަންޖެހޭ ހުރިހާ ޑޮކިއުމަންޓެއް ހަމައަށް ހުށަހަޅާފައިނުވާނަމަ އެޕްލިކޭޝަން ޑިސްކޮލިފައި ކުރެވޭނެއެވެ.

ހުށަހަޅަންޖެހޭ ތަކެތި:

ސުންގަޑި: 15 ސެޕްޓެންބަރު 2015 (އަންގާރަ) ދުވަހުގެ 14:30 ގެ ކުރިން ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިއުކޭޝަންގެ ކައުންޓަރ (ވެލާނާގެ / 2 ވަނަ ފަންގިފިލާ) އަށް ހުށަހެޅުއްވުން އެދެމެވެ. ސުންގަޑި ހަމަވުމުގެ ކުރިން އެޕްލިކޭޝަން ހުށަހެޅުމުގެ މާނައަކީ އިޢުލާންގައި ބަޔާންކޮށްފައިވާ ހުރިހާ ޑޮކިއުމަންޓްތަކެއް ހަމަކުރުމަށްފަހު ސިޓީއުރައަށް ލައި ބަންދުކޮށް އެޕްލިކޭޝަން ފޯމުގައި ބަޔާންކޮށްފައިވާ މަޢުލޫމާތު ސިޓީއުރައިގެ ބޭރުގައި ލިޔުމަށްފަހު މިޑިޕާޓްމަންޓްގެ ކައުންޓަރަށް ސުންގަޑި ހަމަވުމުގެ ކުރިން ހުށަހެޅުމެވެ.

ކޯހަށްއެދޭ ފޯމު ހެނދުނު 8:30 އިން މެންދުރުފަހު 15:00 އަށް ވެލާނާގޭ 2 ވަނަ ފަންގިފިލާގައި ހުންނަ ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަންގެ ކައުންޓަރުންނާއި، މިޑިޕާޓްމަންޓްގެ ވެބްސައިޓުން (http://www.dhe.gov.mv)  ލިބެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު 3341325 ނަންބަރު ފޯނުން ލިބިވަޑައިގަންނަވާނެއެވެ.

09 ސެޕްޓެންބަރު 2015
ހޯދާ