މިލަދުންމަޑުލު އުތުރުބުރީ ބިލެތްފަހީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު

1. ރައްޔިތުންނަށް ސާފު ބޯފެން ފޯރުކޮށްދިނުމުގެ ގޮތުން ށ. ބިލެތްފަހީގެ ބަނދަރު ސަރަޙައްދާއި، މަސްޖިދުލްއާބިދާތި ހޯލްތެރޭގައި ވާރޭފެން ނަގާ ރައްކާކުރާނެ ނިޒާމެއް ޤާއިމުކުރުމަށް ބޭނުންވެގެން މި މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މި އިދާރާގެ ނަންބަރު: 2015/33/A-ފ276 އިޢުލާނުން ބީލަން ހުށަހެޅުމުގެ ދަޢުވަތު ހުޅުވާލާފައިވާނެއެވެ. ނަމަވެސް، އެ އިޢުލާނަށް އިޖާބަދެއްވައި އެއްވެސް ފަރާތަކުން ބީލަން ހުށަހަޅުއްވާފައިނުވާތީ، އަލުން އެފުރުޞަތު ހުޅުވާލަމެވެ.

2. ބީލަން ފޮތް ބަންދު ނޫން ކޮންމެ ދުވަހަކު 10:30 އިން 14:00 މިލަދުންމަޑުލު އުތުރުބުރީ ބިލެތްފަހީ ކައުންސިލްގެ އިދާރާއިން ހިލޭ ލިބިވަޑައިގަންނަވާނެއެވެ.

3. މިމަޝްރޫޢުގެ ޕްރީ ބިޑް ބައްދަލުވުން އޮންނާނީ 17 ސެޕްޓެންބަރު 2015 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި މިލަދުންމަޑުލު އުތުރުބުރީ ބިލެތްފަހީ ކައުންސިލްގެ އިދާރާގެ މީޓިންގރޫމުގައެވެ.

4. ބިޑް ހުޅުވުން އޮންނާނީ 30 ސެޕްޓެންބަރު 2015 ވާ ބުދަ ދުވަހުގެ 12:05 ގައި މިލަދުންމަޑުލު އުތުރުބުރީ ބިލެތްފަހީ ކައުންސިލްގެ އިދާރާގެ އިދާރާގެ މީޓިންގރޫމްގައެވެ. ބީލަންތައް ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި ތިރީގައިވާ މަޢުލޫމާތު ލިޔެފައި އޮންނަންވާނެއެވެ.

  ހ. " މިލަދުންމަޑުލު އުތުރުބުރީ ބިލެތްފަހީ ކައުންސިލުގެ އިދާރާގެ ށ. ބިލެތްފަހީގެ ބަނދަރު ސަރަޙައްދާއި، މަސްޖިދުލްއާބިދާތި ހޯލްތެރޭގައި ވާރޭފެން ނަގާ ރައްކާކުރާނެ ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތް"

  ށ. ބީލަން ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް އަދި ގުޅޭނެ ނަންބަރު

  ނ. ބީލަން ހުށަހަޅާ ތާރީޚާއި ވަގުތު

ބީލަން ފޮތުގައި ފުރިހަމަ ކުރަން ކަނޑައަޅާފައިވާ ހުރިހާ ފޯމުތައް ފުރިހަމަނުވާނަމަ ބިޑް ކެންސަލް ކުރެވޭނެ ވާހަކަ ދަންނަވަމެވެ.

08 ސެޕްޓެންބަރު 2015
ހޯދާ