މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
ކޮމިއުނިކޭޝަން ކޮންސަލްޓަންޓެއް ހޯދުމަށް

ވަޒީފާގެ ފުރުޞަތު

މި މިނިސްޓްރީގެ ފަރާތުން ހިންގުމަށް ހަމަޖެހިފައިވާ މޫސުމަށް އަންނަ ބަދަލުތަކާއި ބެހޭ ހޭލުން ތެރިކަން އިތުރު ކުރުމުގެ ޕްރޮގްރާމްތަކާއި، ތަފާތު ޕްރޮމޯޝަނަލް އެކްޓިވިޓީސް ހިންގުމަށްޓަކައި ކޮމިއުނިކޭޝަން ކޮންސަލްޓަންޓެއް ހޯދުމަށް ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންވާ ޝަރުޠުހަމަވާ ފަރާތްތަކުން 27 ސެޕްޓެންބަރު 2015 ވާ އާދިއްތަ ދުވަހުގެ 12:00 ގެ ކުރިން، ތަޢުލީމީ ފެންވަރާއި މި މަސައްކަތާ ގުޅުންހުރި މަސައްކަތް ކުރުމުގެ ތަޖުރިބާ (އަހަރު އަދި ހިންގާފައިވާ ޕްރޮޖެކްޓްތަކުގެ އަދަދު) އާއި، ހުނަރާއި ޤާބިލުކަން ސާބިތު ކޮށްދޭ ލިއުންތަކާއަދި ވަނަވަރު ހިމެނޭގޮތަށް މި މިނިސްޓްރީއަށް ހުށަހެޅުމަށް ދަންނަވަމެވެ.

މިމަސައްކަތުގެ "ޓާރމްސް އޮފް ރެފަރެންސް" މި މިނިސްޓްރީން އަދި މިނިސްޓްރީގެ ވެބްސައިޓު www.environment.gov.mv އިން ލިބިވަޑައިގަންނަވާނެއެވެ.

ހިއުމަން ރިސޯސް ޔުނިޓް

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ

ފޯން: 3018329

ފެކްސް: 3018301

ވެބްސައިޓް: www.environment.gov.mv

08 ސެޕްޓެންބަރު 2015
ހޯދާ