ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމު:

އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު:

01

މުސާރަ:

މަހަކު 3,888.82 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު 1,666.64 ރުފިޔާ

އޮފީސް:

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / ފެކަލްޓީ އޮފް އެންޖިނިއަރިންގ ޓެކްނޮލޮޖީ

 

 

ގްރޭޑް:

2

ސްޕައިން ޕޮއިންޓް:

4

މަޤާމުގެ ޝަރުޠު:

  • ގްރޭޑް 12 ނިންމާފައި، އެއްވެސް ތަޖުރިބާއެއް ނެތި، ނުވަތަ 10 ނިންމާފައި 2 އަހަރު ދުވަހުގެ ތަޖުރިބާ ގުޅޭ މަސައްކަތަކުން ލިބިފައިވުން
  • ސެޓްފިކެޓް ލެވެލް 1 ނުވަތަ 2، މަސައްކަތުގެ ދާއިރާއިން ލިބިފައިވުން. ނުވަތަ،
  • މަތީގައި ބުނެވުނުފަދަ ތަޢުލީމާއި ތަޖުރިބާ އެހެން ގޮތަކުން ހޯދާފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  1. އޮފީހަށް ހޯދޭ މެޝިނަރީ އިކްވިޕްމެންޓްތައް ސާރިވިސްކޮށް ބެލެހެއްޓުން.
  2. މައްސަލަ ދިމާވެ މަރާމާތު ކުރަންޖެހޭ ތަކެތި މަރާމާތު ކުރުމާއި، މަރާމާތު ކުރެވޭނެ ގޮތެއް އޮތްތޯ ބަލާ އެމަސައްކަތްތައް ކުރުން.
  3. ކޯސްތައް ހިންގުމުގައި ޕްރެކްޓިކަލް މަސައްކަތްތަކަށް ސްޓޯރުތަކުން ނަގަންޖެހޭ ތަކެތި ނަގާ ޕްރެކްޓިކަލް ގަޑިތަކަށް ތަކެތި ހަމަކުރުން.
  4. ކޯސްތައް ހިންގުމަށް ހޯދަންޖެހޭ ސާމާނު ލިބެން ހުރި ތަންތަން ބަލާ، ޕްރޮކިޔޯމެންޓް އޯޑަރ ފޯމުތައް ތައްޔާކޮށް މަރުކަޒީ އިދާރާއަށް ފޮނުވުން.
  5. އޮފީހުން ހަމަޖައްސާ ގޮތެއްގެ މަތިން އިތުރު ގަޑީގެ ޑިއުޓީތަކަށް ނިކުތުމާއި، ޑިއުޓީ ތާވަލުގައި ވާ ގޮތުގެ މަތިން އޮފީސް ހުޅުވާ ލެއްޕުން.
  6. ފެކަލްޓީއިން ހިންގާ ޚާއްޞަ ކަންތައްތަކުގައި ބައިވެރިވުމާއި އެހީތެރިވުން.
  7. މީގެއިތުރުންވެސް އޮފީހުގެ މަސައްކަތްތަކާ ގުޅޭ ގޮތުން ޙަވާލުކުރެވޭ މަސައްކަތްތައް ކުރުން.

އުޖޫރައާއި ޢިނާޔަތްތައް:

އިތުރުގަޑީ ގައި މަސައްކަތް ކުރާނަމަ އިތުރުގަޑީގެ ފައިސާ ހަމަޖެހިފައި އޮންނަ އުޞޫލުން ދެވޭނެއެވެ.

ސިޓީއާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:

  1. މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީ (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
  1. ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާ ކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
  2. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓެވި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް.
  3. ލިބިފައިވާ ތަޢްލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (އެކްރިޑިޓް ކޮށްފައިވާ ސަނަދާއި އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަސްލު)
  4. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)

ނޯޓް:

  • އިޢުލާންގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާންގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
  • އިޢުލާންގައި ބަޔާންކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއި އެކު ފޮނުވަންޖެހޭނެއެވެ.
  • އިޢުލާންގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ފުރިހަމަ ނުވާ އެޕްލިކޭޝަންތައް ބާޠިލު ވާނެއެވެ.
  • އިންޓަރވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠު ހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
  • މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށް ފަހުގައެވެ.
  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ތަޢުލީމީ ސެޓްފިކެޓް އެކްރިޑެޓް ކުރެވިފައިނުވިޔަސް ބަލައިގަންނާނެއެވެ.
  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކޯހެއް ފުރިހަމަ ކޮށްފައިވާ ފަރާތްތައް ތަޢުލީމީ ސެޓްފިކެޓް ނުލިބެނިސް ޔުނިވަރސިޓީގެ ވަޒީފާއަކަށް ކުރިމަތި ލާނަމަ ކޯހުން ފާސްވިކަމުގެ ލިޔުމަކަށް ހުށަހަޅަންވާނީ ރެޖިސްޓްރާރ އޮފީހުގެ ލިޔުމެކެވެ. 

ސިޓީ ފޮނުވަންވީ ތާރީޚު:  

27 ސެޕްޓެންބަރު 2015ވާ އާދީއްތަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ/އިދާރީ މަރުކަޒަށް

އިތުރު މަޢުލޫމާތު

  • މިމަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސް ދުވަސް ބެލެވޭނީ ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މި މުއްދަތުގެ ތެރޭގައި މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި، ވަޒީފާގެ އެއްބަސްވުން އެއްވެސް ނޯޓިހެއް ދިނުމަކާނުލައި، އުވާލާ މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.
  • މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3345131 ނަންބަރު ފޯނާއެވެ.
10 ސެޕްޓެންބަރު 2015
ހޯދާ